Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެ
މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ

ބަރުދަން ލުއިކޮށް، ހަންގަނޑު ރީތި ކުރުމަށާއި، ޖިންސީ ކަންކަމުގައި ބޭނުން ކުރާ ބޭސް ހުއްދަ ނުނަގާ އެތެރެކުރާނަމަ ފިޔަވަޅު އަޅާނެ ކަމުގެ އިންޒާރު އަނެއްކާ ވެސް ދީފި

ހުއްދަ ނުނަގައި އެތެރެކޮށް ވިއްކާ ބޭސްތަކަކީ އޭގެ ރައްކާތެރިކަން ކަށަވަރުކުރެވިފައިވާ ތަކެތި ނޫން ކަމަށާއި، މިފަދަ ބޭސް ބޭނުންކުރުމުން ހިތް ހުއްޓުމާއި ސްޓްރޯކް ޖެހުން ފަދަ ސިއްހީ ބޮޑެތި ގެއްލުންތައް ލިބިދާނެ ކަމަށް އެމްއެފްޑީއޭ. އިން ވަނީ ބުނެފައި. އެހެންކަމުން ގަވާއިދާ ހިލާފަށް ބޭސް އިމްޕޯޓްކޮށް އިޝްތިހާރުކުރާ ފަރާތްތަކާ މެދު ގާނޫނީ ފިޔަވަޅު އަޅާނެ ކަމުގެ އިންޒާރު އެ އޮތޯރިޓީން ދީފައިވޭ. އަދި ހުއްދަ ނެތް މިފަދަ އުފެއްދުންތައް ބާޒާރުން ނެގުމުގެ މަސައްކަތް ކުރިއަށް ގެންދާނެ ކަމަށްވެސް އެމްއެފްޑީއޭ. އިން ބުނޭ.

އަމްނާ އިމާދު
އަމްނާ އިމާދު, ރާއްޖެ އެމްވީ | 13 އެޕްރީލު 2026 | ހޯމަ 07:59
ފާމަސީ އެއްގެ ހަރުގަނޑުގައި ޖަހާފައިވާ ބޭސް ފޮށިތަކެއް. ރާއްޖެއަށް ބޭސް އެތެރެ ކުރުމުގައި އެމްއެފްޑީއޭގެ ހުއްދަ ނަގަން ޖެހޭ.

ފާމަސީ އެއްގެ ހަރުގަނޑުގައި ޖަހާފައިވާ ބޭސް ފޮށިތަކެއް. ރާއްޖެއަށް ބޭސް އެތެރެ ކުރުމުގައި އެމްއެފްޑީއޭގެ ހުއްދަ ނަގަން ޖެހޭ. | ގެޓީ އިމޭޖަސް

ބަރުދަން ލުއިކޮށް، ހަންގަނޑު ރީތި ކުރުމަށާއި ޖިންސީ ކަންކަމުގައި ބޭނުން ކުރާ ބޭސް ހުއްދަ ނުނަގާ އެތެރެކުރާ ނަމަ ފިޔަވަޅު އަޅާނެ ކަމުގެ އިންޒާރު މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ (އެމްއެފްޑީއޭ) އިން ދީފި އެވެ. 

އާދިއްތަ ދުވަހު އެމްއެފްޑީއޭ އިން ބުނީ، ހަށިގަނޑުގެ ބަރުދަން ލުއި ކުރުމަށާއި، ހަށިގަނޑުގެ މަސްތައް ވަރުގަދަ ކުރުމަށާއި (މަސަލް ބިލްޑް)، ހަންގަނޑު ރީތި ކުރުމަށާއި، ޖިންސީ ކަންކަމުގައި ބޭނުން ކުރުމަށް، އެކިއެކި ނަންނަމުގައި، ބޭސް އިމްޕޯރޓް ކުރާ ކަމަށެވެ.

Advertisement - newsAdvertisement

މި ބޭސްތައް ވިއްކުމަށް ނަގަންޖެހޭ ހުއްދަތައް ނުނަގައި އިމްޕޯރޓްކޮށް، އެކިއެކި ކްލެއިމްތައްކޮށް، އޮންލައިން މަސްދަރު ތަކުގައާއި ބައެއް އާއްމު ފިހާރަ ތަކުން ވެސް އިޝްތިހާރުކޮށް  ވިއްކަމުންދާކަން ފާހަގަ ކުރެވިފައިވާ ކަމަށް އެމްއެފްޑީއޭއިން ބުންޏެވެ. އަދި ޑޮކްޓަރެއްގެ އިރުޝާދާއި ނުލައި މިފަދަ ތަކެތި ގަނެ، ބައެއް އާއްމުފަރާތް ތަކުން މިފަދަ ތަކެތި ބޭނުން ކުރަމުން ގެންދާ ކަމަށް އެއޮތޯރިޓީން ބުންޏެވެ. 

އެމްއެފްޑީއޭ އިން ބުނީ، މިގޮތަށް ނަގަންޖެހޭ ހުއްދަތައް ނުނަގައި ވިއްކާ ބޭސްތަކަކީ އެ އޮތޯރިޓީގެ ފަރާތުން އެއްވެސް ގޮތަކަށް އޭގެ ރައްކާތެރިކަމާއި ފެންވަރު ކަށަވަރު ކޮށްފައިވާ ބޭސްތަކެއް ނޫން ކަމަށެވެ.

އެހެންކަމުން، މިފަދަ ބޭސް ބޭނުންކުރުމުގެ ސަބަބުން އާއްމު ސިއްހަތަށް ނުހަނު ބޮޑެތި ގެއްލުން ތަކާއި ކުރިމަތިލާން ޖެހިދާނެ ކަމަށް އެ އޮތޯރިޓީން ބުންޏެވެ. 

އެގޮތުން ހިތް ހުއްޓުމާއި ސްޓްރޯކް ޖެހުން ފަދަ ހިތާމަވެރި ހާދިސާ ތަކުގެ އިތުރުން ކުއްލި މަރަށް ހުށަހެޅުމުގެ ފުރުސަތު އޮންނަ ކަމަށް އެމްއެފްޑީއޭ. އިން ބުންޏެވެ. 

މިފަދަ ބޭސް ތަކަކީ ހަމަ އެކަނި ހުއްދަ ނަގައިގެން ހިންގާ ފާރމަސީ ތަކުގައި، މިބޭސްތަކަށް ނަގަން ޖެހޭ ހުއްދަ ނަގައިގެން ވިއްކޭނެ ތަކެތި ކަމުގައި ވެސް އާއްމުކޮށް އަންގާ އިއުލާން ކުރާކަން ފާހަގަކޮށް އެމްއެފްޑީއޭ. އިން ބުނީ، ހުއްދަ ނުނަގައި އިޝްތިހާރުކޮށް ވިއްކާ މިފަދަ ޕްރޮޑަކްޓްތައް މާރކެޓުން ނެގުމުގެ މަސައްކަތް ކުރިއަށް ގެންދާނެ ކަމަށެވެ.

މީގެ އިތުރުން އެ އޮތޯރިޓީން ބުނީ، ހުއްދަނެތި ބޭސް އިމްޕޯރޓްކޮށް، ވިއްކާ އަދި އިޝްތިހާރުކުރާ ފަރާތްތަކާއި މެދު ބޭހާއި ބެހޭ ގަވާއިދު އަދި ސިއްހީ ޚިދުމަތް ދިނުމުގެ ގާނޫނުގެ ދަށުން ފިޔަވަޅު އަޅާނެ ކަމަށެވެ. 

އެމްއެފްޑީއޭއިން މިފަދަ އިންޒާރެއް ދިންއިރު،  19 ޖެނުއަރީ 2026 ގައި ވެސް ހުއްދަ ނުހޯދާ ބަރުދަން ލުއިކުރާ ބޭސްފަދަ ބޭސްތައް ވިއްކަމުންދާކަން ފާހަގަކޮށް އެފަރާތްތަކާ މެދު ފިޔަވަޅު އަޅާނެކަމުގެ އިންޒާރު ދީފައިވެ އެވެ.

މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީބޭހާއި ބެހޭ ގަވާއިދުސިއްޙީ ޚިދުމަތްތަކުގެ ޤާނޫނުއެމްއެފްޑީއޭ

ކޮމެންޓް

އިތުރަށް ކިޔާލަން

ސާފުތާހިރުކަން ކުޑަވުމުގެ ސަބަބުން ތެލުލި ފަތް ފަދަ ކާބޯތަކެތި އުފައްދާ ތަނެއްގެ މަސައްކަތް ހުއްޓާލަން އަންގައިފި

ސާފުތާހިރުކަން ކުޑަވުމުގެ ސަބަބުން ތެލުލި ފަތް ފަދަ ކާބޯތަކެތި އުފައްދާ ތަނެއްގެ މަސައްކަތް ހުއްޓާލަން އަންގައިފި

09 މާރިޗު 2026
ބޭނުންކޮށްފައިވާ ޕްލާސްޓިކް ފުޅީގައި ކާބޯތަކެތި ބަންދު ކޮށްގެން ނުވިއްކަން އެދިފި.

ބޭނުންކޮށްފައިވާ ޕްލާސްޓިކް ފުޅީގައި ކާބޯތަކެތި ބަންދު ކޮށްގެން ނުވިއްކަން އެދިފި.

23 ފެބުރުއަރީ 2026
ތުއްތު ކުދީންނަށް ކާންދިނުމަށް ބޭނުންކުރާ ފޯމިއުލާއަކުން ވިހަ މާއްދާއެއް ފެނުމާއި ގުޅިގެން ބޭނުން ނުކުރުމަށް އަންގައިފި

ތުއްތު ކުދީންނަށް ކާންދިނުމަށް ބޭނުންކުރާ ފޯމިއުލާއަކުން ވިހަ މާއްދާއެއް ފެނުމާއި ގުޅިގެން ބޭނުން ނުކުރުމަށް އަންގައިފި

08 ފެބުރުއަރީ 2026
ކާބޯތަކެތީގެ ހިދުމަތްދޭ ތަންތަނުން ނަގާ ފީ ދެ އަހަރު ދުވަހަށް ކުޑަކޮށްދޭން ނިންމައިފި

ކާބޯތަކެތީގެ ހިދުމަތްދޭ ތަންތަނުން ނަގާ ފީ ދެ އަހަރު ދުވަހަށް ކުޑަކޮށްދޭން ނިންމައިފި

28 ޖެނުއަރީ 2026
ހުއްދަ ނުހޯދާ ބަރުދަން ލުއިކުރާ ބޭސްފަދަ ބޭސްތައް ދަނީ ވިއްކަމުން، އެފަދަ ފަރާތްތަކާ މެދު ފިޔަވަޅު އަޅާނަން: އެމްއެފްޑީއޭ

ހުއްދަ ނުހޯދާ ބަރުދަން ލުއިކުރާ ބޭސްފަދަ ބޭސްތައް ދަނީ ވިއްކަމުން، އެފަދަ ފަރާތްތަކާ މެދު ފިޔަވަޅު އަޅާނަން: އެމްއެފްޑީއޭ

19 ޖެނުއަރީ 2026

އަހަރުތަކުން މިއަދު

23 ޖޫން
ފޯނުން ގުޅުއްވައި ރައީސް ޞާލިހު ރައީސް ނަޝީދަށް މަރުހަބާ ވިދާޅުވެއްޖެ
20251 އަހަރު ކުރިން
ރާއްޖެ

ފޯނުން ގުޅުއްވައި ރައީސް ޞާލިހު ރައީސް ނަޝީދަށް މަރުހަބާ ވިދާޅުވެއްޖެ

13.7 ބިލިއަން ރުފިޔާ ނެގީ އެމްއެމްއޭ އިން، މިއީ ހަމަ ފައިސާ ޗާޕްކުރުން - ކުރީގެ ރައީސް ޔާމީން
20242 އަހަރު ކުރިން
ރާއްޖެ

13.7 ބިލިއަން ރުފިޔާ ނެގީ އެމްއެމްއޭ އިން، މިއީ ހަމަ ފައިސާ ޗާޕްކުރުން - ކުރީގެ ރައީސް ޔާމީން

"ޓައިޓަން ސަބްމަރސިބަލް ގޮވި ގޮވުމަކީ ރަހުމަތެއް"
20233 އަހަރު ކުރިން
ރިޕޯޓު

"ޓައިޓަން ސަބްމަރސިބަލް ގޮވި ގޮވުމަކީ ރަހުމަތެއް"

ޔޫކްރެއިން-ރަޝިއާ ހަނގުރާމައަށް 4 މަސް: ޔޫކްރެއިނަށް އީޔޫގެ މެމްބަރުކަން. ރަޝިއާއަށް ސިއެވިއެރޮޑެނެސްކް؟
20224 އަހަރު ކުރިން
ރިޕޯޓު

ޔޫކްރެއިން-ރަޝިއާ ހަނގުރާމައަށް 4 މަސް: ޔޫކްރެއިނަށް އީޔޫގެ މެމްބަރުކަން. ރަޝިއާއަށް ސިއެވިއެރޮޑެނެސްކް؟

ނަޝީދުއަށް ލިބިވަޑައިގެންނެވި އެންމެ ޒަޚަމެއް ފިޔަވައި އެހެން ހުރިހާ ޒަޚަމެއް ފަސޭހަވެއްޖެ
20215 އަހަރު ކުރިން
ރާއްޖެ

ނަޝީދުއަށް ލިބިވަޑައިގެންނެވި އެންމެ ޒަޚަމެއް ފިޔަވައި އެހެން ހުރިހާ ޒަޚަމެއް ފަސޭހަވެއްޖެ

ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެެ އަދަދު 7 އަށް ބަދަލުކުރަނީ
20197 އަހަރު ކުރިން
ރާއްޖެ

ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެެ އަދަދު 7 އަށް ބަދަލުކުރަނީ

އިންޑިއާއިން ރާއްޖެއަށް ދިން ވިޔަފާރީގެ އިންޒާރު، ވަރަށް ހިތްދަތި!
20188 އަހަރު ކުރިން
ރިޕޯޓު

އިންޑިއާއިން ރާއްޖެއަށް ދިން ވިޔަފާރީގެ އިންޒާރު، ވަރަށް ހިތްދަތި!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު