Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެކާބޯތަކެތި ލޭބަލްކުރުން

މިހާރު ބާޒާރުގައި ހުރި ތަކެތި ޤަވާއިދާ އެއްގޮތަށް ލޭބަލްކުރަން 6 މަސް ދުވަހުގެ މުއްދަތެއް ދީފި

14 ޖޫން 2026 | އާދީއްތަ 08:40

ކާބޯތަކެތީގެ އަސްލު އޮޅޭގޮތަށް ލޭބަލްކުރުމާއި ފެންވަރު ދަށް ތަކެތީގައި ބަންދުކުރުން މަނާކުރާ އާ ގަވާއިދުގެ ދަށުން، އިހުމާލުވާ ފަރާތްތައް އެއް މިލިއަން ރުފިޔާއާ ހަމައަށް ޖޫރިމަނާކޮށް ޖިނާއީ ދައުވާ ކުރެވޭނެ. މި ގަވާއިދާ އެއްގޮތަށް ބާޒާރުގައި ހުރި ތަކެތި އިސްލާހުކުރުމަށް ވިޔަފާރިވެރިންނަށް ހަ މަސްދުވަހުގެ މުއްދަތެއް ދީފައިވާއިރު، ކާބޯތަކެތި ބަންދުކުރަން ޖެހޭނީ ހަމައެކަނި "ފުޑް ގްރޭޑަޑް" މެޓީރިއަލް ބޭނުންކޮށްގެން.

ލައިޝާ އަހްމަދު
ލައިޝާ އަހްމަދު | 14 ޖޫން 2026 | އާދީއްތަ 08:40
ކާބޯތަކެތި ވިއްކާ ފިހާރައެއްގައި ކާބޯތަކެތީ އަޅާ ފުރާލާފައިވާ ޝޮޕިންގް ކާޓެއް.

ކާބޯތަކެތި ވިއްކާ ފިހާރައެއްގައި ކާބޯތަކެތީ އަޅާ ފުރާލާފައިވާ ޝޮޕިންގް ކާޓެއް. | އައިސްޓޮކް

ކާބޯތަކެތި ބަންދުކުރުމާއި ލޭބަލްކުރުމުގެ އާ ގަވާއިދަށް އަމަލުކުރަން ފެށުމުގެ ކުރިން ބަންދުކޮށް ލޭބަލްކޮށްފައިވާ ކާބޯތަކެތި، އާ މިންގަނޑުތަކަށް ފައްތަން ވިޔަފާރިވެރިންނަށް ހަ މަސް ދުވަހުގެ މުއްދަތެއް މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީން ދީފިއެވެ.

އެމްއެފްޑީއޭއިން ކުރި އިއުލާނެއްގައި ބުނީ،  "ކާބޯތަކެތި ބަންދުކުރުމާއި ލޭބަލްކުރުމުގެ ގަވާއިދު" އާންމުކޮށް އެ ޤަވާއިދަށް މިހާރު އަމަލުކުރަން ފަށާފައިވާ ކަމަށާއި، މި އާ ގަވާއިދަށް އަމަލުކުރަން ފެށުމުގެ ކުރިން ބަންދުކޮށް ލޭބަލްކޮށްފައިވާ ކާބޯތަކެތި، އާ މިންގަނޑުތަކަށް ފައްތަން ވިޔަފާރިވެރިންނަށް ހަ މަސް ދުވަހުގެ މުއްދަތެއް ދިނުމަށް ހިމަނާފައިވާ ކަމަށެވެ.

Advertisement - newsAdvertisement

އެހެންކަމުން، މިހާރު ބާޒާރުގައި ހުރި ތަކެތި މި މުއްދަތުގެ ތެރޭގައި ގަވާއިދާ އެއްގޮތަށް އިސްލާހުކުރުމަށް އެމްއެފްޑީއޭއިން ވަނީ ވިޔަފާރިވެރިންނަށް އަންގާފައެވެ.

 މި ގަވާއިދުގެ ދަށުން، ކާބޯތަކެތީގެ އަސްލު އޮޅޭގޮތަށް ލޭބަލްކޮށްގެން ރާއްޖެއަށް ތަކެތި އެތެރެކުރުމާއި، އެފަދަ ތަކެތި ބަންދުކޮށް ގަނެވިއްކުމަކީ މަނާކަމެއްގެ ގޮތުގައި ވަނީ ކަނޑައަޅާފައެވެ.

މި ގަވާއިދުގައިވާ ގޮތުން، ކާބޯތަކެތި ބަންދުކުރުމާއި ލޭބަލްކުރުމުގައި އިހުމާލުވެގެން މީހެއްގެ ސިއްޙަތަށް ނުރައްކާތެރި ގެއްލުމެއް ލިބިއްޖެނަމަ ނުވަތަ މީހެއްގެ ފުރާނައަށް ނުރައްކާވާފަދަ ހާލަތެއް މެދުވެރިވެއްޖެނަމަ، އެކަމުގެ ކުޑަބޮޑުމިނަށް ބަލައި އެއް މިލިއަން ރުފިޔާއާ ހަމައަށް ޖޫރިމަނާ ކުރެވޭނެއެވެ.

މީގެ އިތުރުން، އަސްލު އޮޅޭގޮތަށް ލޭބަލްކޮށްގެން ކާބޯތަކެތި ވިއްކައިފި ނަމަ 10،000 ރުފިޔާއާއި 750،000 ރުފިޔާއާ ދެމެދުގެ އަދަދަކުން ޖޫރިމަނާ ކުރެވޭނެ ކަމަށްވެސް ގަވާއިދުގައި ބަޔާންކޮށްފައިވެއެވެ.

ކާބޯތަކެތި ބަންދުކުރަންޖެހޭ މިންގަނޑުތަކަށް ބަލާއިރު، ކޮންމެ އެއްޗެއްވެސް ބަންދުކުރަންވާނީ "ފުޑް ގްރޭޑަޑް" މެޓީރިއަލްއެއް ބޭނުންކޮށްގެންނެވެ. ވަކިން ހާއްސަކޮށް، އެއްފަހަރު ބޭނުންކުރުމަށް ފަހު އުކާލަން ތައްޔާރުކޮށްފައި ހުންނަ ޕެޓު ފުޅި ފަދަ ޕްލާސްޓިކު ފުޅިތަކަށް ކާބޯތަކެތި އަޅައި ބަންދުކުރުމަކީ މި ގަވާއިދުގެ ދަށުން މަނާކަމެކެވެ. މިފަދަ ބަންދުކުރުމުގެ މިންގަނޑުތަކާ ހިލާފުވާ ފަރާތްތައް 5،000 ރުފިޔާއާއި 100،000 ރުފިޔާއާ ދެމެދުގެ އަދަދަކުން ޖޫރިމަނާ ކުރެވޭނެއެވެ.

މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީކާބޯތަކެތި ބަންދުކުރުމާއި ލޭބަލްކުރުމުގެ ގަވާއިދު

އެންމެ ހިނގާ

1

އާރްޑީސީން މަގު ކޮނުމުގެ ތެރޭގައި ފާރެއް ވެއްޓި އުމުރުން ދުވަސްވީ މީހަކު "ވަޅުލެވިއްޖެ"

2

ޓްރަމްޕް ފަދަ ރައީސްއަކާ އީރާން އަށް ކުރިމަތިލާާން ޖެހިފައި ނުވޭ، އީރާންގެ ވެރިކަން ބަދަލުވާން ޖެހޭ: ރޫބިއޯ

3

ޚާމަނާއީ އަވަހާރަކޮށްލި ހާދިސާއަށްފަހު ފުރަތަމަ ހިނގި ކަންތައްތަކުގެ ތަފުސީލު ޣާލީބާފް ހާމަކުރައްވައިފި

4

އިދިކޮޅުން ދޭ އިންޒާރުތަކަކީ ހަގީގީ ނުރައްކަލުގެ ގޮތުގައި ބަލާނަން: އީރާންގެ ވަގުތީ ޑިފެންސް މިނިސްޓަރު

5

އީރާނުގެ ހަމަލާތަކުން އިސްރާއީލު ދިފާއުކުރެވޭނެ ގާބިލުކަމެއް އެމެރިކާ އަކު ނެތް ކަމަށް އެމެރިކާގެ އިސް ކޮމާންޑަރަކު ވިދާޅުވެއްޖެ

އިތުރަށް ކިޔާލަން

10 ޖޫން 2026

ގޯސްކޮށް ކާބޯތަކެތި ލޭބަލްކުރާނަމަ އެއް މިލިއަން ރުފިޔާއާ ހަމައަށް ޖޫރިމަނާ ކުރެވޭގޮތަށް ގަވާއިދު އާންމުކޮށްފި

10 ޖޫން 2026
ގޯސްކޮށް ކާބޯތަކެތި ލޭބަލްކުރާނަމަ އެއް މިލިއަން ރުފިޔާއާ ހަމައަށް ޖޫރިމަނާ ކުރެވޭގޮތަށް ގަވާއިދު އާންމުކޮށްފި
21 މެއި 2026

ބަރުދަން ލުއި ކުރުމާއި، ޖިންސީ ބަލި ކަށި ކަމަށް ބޭނުންކުރާ ބޭސްތަކާއެކު ޖުމްލަ 21 ބޭހެއް ލިސްޓުކޮށް، އެމްއެފްޑީއޭއިން އަނެއްކާ ވެސް އިންޒާރެއް ދީފި

21 މެއި 2026
ބަރުދަން ލުއި ކުރުމާއި، ޖިންސީ ބަލި ކަށި ކަމަށް ބޭނުންކުރާ ބޭސްތަކާއެކު ޖުމްލަ 21 ބޭހެއް ލިސްޓުކޮށް،
އެމްއެފްޑީއޭއިން އަނެއްކާ ވެސް އިންޒާރެއް ދީފި
12 މެއި 2026

އޭޑީއެޗްޑީ ބޭސް ނުލިބޭ މައްސަލަ އެމްޑީޕީގެ މެންބަރު ކުޑޫ ހުށަަހަޅައި މަސައްކަތް ކުރިއަށްދަނިކޮށް ކުއްލިގޮތަކަށް ރައީސް މުއިއްޒުގެ ގަރާރަކުން އެކަން ކުރައްވަން ނިންމަވައިފި

12 މެއި 2026
އޭޑީއެޗްޑީ ބޭސް ނުލިބޭ މައްސަލަ އެމްޑީޕީގެ މެންބަރު ކުޑޫ ހުށަަހަޅައި މަސައްކަތް ކުރިއަށްދަނިކޮށް ކުއްލިގޮތަކަށް ރައީސް މުއިއްޒުގެ ގަރާރަކުން އެކަން ކުރައްވަން ނިންމަވައިފި
23 އެޕްރީލު 2026

އޭޑީއެޗްޑީގެ ބޭސް ނުލިބުމުގެ މައްސަލަ ބޮޑުވެފައި ވަނިކޮށް ބޭސްކުންފުންޏާއި އެފްޑީއޭ މަޖިލީހަށް ހާޒިރުކޮށްދިނުމަށް އެދިއްޖެ

23 އެޕްރީލު 2026
އޭޑީއެޗްޑީގެ ބޭސް ނުލިބުމުގެ މައްސަލަ ބޮޑުވެފައި ވަނިކޮށް ބޭސްކުންފުންޏާއި އެފްޑީއޭ މަޖިލީހަށް ހާޒިރުކޮށްދިނުމަށް އެދިއްޖެ
13 އެޕްރީލު 2026

ބަރުދަން ލުއިކޮށް، ހަންގަނޑު ރީތި ކުރުމަށާއި، ޖިންސީ ކަންކަމުގައި ބޭނުން ކުރާ ބޭސް ހުއްދަ ނުނަގާ އެތެރެކުރާނަމަ ފިޔަވަޅު އަޅާނެ ކަމުގެ އިންޒާރު އަނެއްކާ ވެސް ދީފި

13 އެޕްރީލު 2026
ބަރުދަން ލުއިކޮށް، ހަންގަނޑު ރީތި ކުރުމަށާއި، ޖިންސީ ކަންކަމުގައި ބޭނުން ކުރާ ބޭސް ހުއްދަ ނުނަގާ އެތެރެކުރާނަމަ ފިޔަވަޅު އަޅާނެ ކަމުގެ އިންޒާރު އަނެއްކާ ވެސް ދީފި
09 މާރިޗު 2026

ސާފުތާހިރުކަން ކުޑަވުމުގެ ސަބަބުން ތެލުލި ފަތް ފަދަ ކާބޯތަކެތި އުފައްދާ ތަނެއްގެ މަސައްކަތް ހުއްޓާލަން އަންގައިފި

09 މާރިޗު 2026
ސާފުތާހިރުކަން ކުޑަވުމުގެ ސަބަބުން ތެލުލި ފަތް ފަދަ ކާބޯތަކެތި އުފައްދާ ތަނެއްގެ މަސައްކަތް ހުއްޓާލަން އަންގައިފި
23 ފެބުރުއަރީ 2026

ބޭނުންކޮށްފައިވާ ޕްލާސްޓިކް ފުޅީގައި ކާބޯތަކެތި ބަންދު ކޮށްގެން ނުވިއްކަން އެދިފި.

23 ފެބުރުއަރީ 2026
ބޭނުންކޮށްފައިވާ ޕްލާސްޓިކް ފުޅީގައި ކާބޯތަކެތި ބަންދު ކޮށްގެން ނުވިއްކަން އެދިފި.
08 ފެބުރުއަރީ 2026

ތުއްތު ކުދީންނަށް ކާންދިނުމަށް ބޭނުންކުރާ ފޯމިއުލާއަކުން ވިހަ މާއްދާއެއް ފެނުމާއި ގުޅިގެން ބޭނުން ނުކުރުމަށް އަންގައިފި

08 ފެބުރުއަރީ 2026
ތުއްތު ކުދީންނަށް ކާންދިނުމަށް ބޭނުންކުރާ ފޯމިއުލާއަކުން ވިހަ މާއްދާއެއް ފެނުމާއި ގުޅިގެން ބޭނުން ނުކުރުމަށް އަންގައިފި
28 ޖެނުއަރީ 2026

ކާބޯތަކެތީގެ ހިދުމަތްދޭ ތަންތަނުން ނަގާ ފީ ދެ އަހަރު ދުވަހަށް ކުޑަކޮށްދޭން ނިންމައިފި

28 ޖެނުއަރީ 2026
ކާބޯތަކެތީގެ ހިދުމަތްދޭ ތަންތަނުން ނަގާ ފީ ދެ އަހަރު ދުވަހަށް ކުޑަކޮށްދޭން ނިންމައިފި
19 ޖެނުއަރީ 2026

ހުއްދަ ނުހޯދާ ބަރުދަން ލުއިކުރާ ބޭސްފަދަ ބޭސްތައް ދަނީ ވިއްކަމުން، އެފަދަ ފަރާތްތަކާ މެދު ފިޔަވަޅު އަޅާނަން: އެމްއެފްޑީއޭ

19 ޖެނުއަރީ 2026
ހުއްދަ ނުހޯދާ ބަރުދަން ލުއިކުރާ ބޭސްފަދަ ބޭސްތައް ދަނީ ވިއްކަމުން، އެފަދަ ފަރާތްތަކާ މެދު ފިޔަވަޅު އަޅާނަން: އެމްއެފްޑީއޭ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް