Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުފީފާ ވޯލްޑް ކަޕް

ފީފާ ވޯލްޑް ކަޕްގެ ފައިނަލްގައި މެސީ އާއި ޔަމާލް: އުމުރުން 20 އަހަރުގައި މެސީ ހުރީ ފަސް މަހުގެ ޔަމާލް އުރައިގެން!

މެސީގެ އުމުރުން މިހާރު 39 އަހަރުވެފައިވާއިރު، ޔަމާލްގެ އުމުރުން އަދި އެންމެ 19 އަހަރު. ނަމަވެސް، މީގެ ކުރިން ވެސް މެސީ އާއި ޔަމާލް ވަނީ ބައްދަލުވެފައި. 2007 ވަނަ އަހަރުގެ ތެރޭގައި މި ދެ ކުޅުންތެރިން ބައްދަލުވީއިރު، މެސީގެ އުމުރުން 20 އަހަރެވެ. އޭރު ޔަމާލްގެ އުމުރުން އެންމެ ފަސް މަސް ދުވަސް.

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 17 ޖުލައި 2026 | ހުކުރު 01:50
އާޖެންޓީނާގެ ކެޕްޓަން ލިއޮނަލް މެސީގެ އުމުރުން 19 އަހަރުގައި، އޭރު އުމުރުން ފަސް މަހުގެ ޔަމާލް އާއެކު ނަގާފައިވާ ފޮޓޯ.

އާޖެންޓީނާގެ ކެޕްޓަން ލިއޮނަލް މެސީގެ އުމުރުން 19 އަހަރުގައި، އޭރު އުމުރުން ފަސް މަހުގެ ޔަމާލް އާއެކު ނަގާފައިވާ ފޮޓޯ. | ރޮއިޓާސް

ދުނިޔޭގެ ތާރީޚުގައި އުފެދުނު އެންމެ މޮޅު ފުޓުބޯޅަ ކުޅުންތެރިޔާ އާއި، ސްޕެއިންގެ ބާސެލޯނާގައި ހުރި އެންމެ މުހިންމު ކުޅުންތެރިޔާ އާދީއްތަ ދުވަހު ނިކުންނާނީ ފީފާ ވޯލްޑް ކަޕްގެ ފައިނަލް އަށެވެ. އާޖެންޓީނާ އާއި ސްޕެއިން ބައްދަލު ކުރާ މި ތާރީޚީ މެޗު ޚާއްސަ ވާނީ، ލިއޮނަލް މެސީ އާއި ލަމީން ޔަމާލް އަށެވެ. 

މެސީގެ އުމުރުން މިހާރު 39 އަހަރުވެފައިވާއިރު، ޔަމާލްގެ އުމުރުން އަދި އެންމެ 19 އަހަރެވެ. ނަމަވެސް، މީގެ ކުރިން ވެސް މެސީ އާއި ޔަމާލް ވަނީ ބައްދަލުވެފައި އެވެ. 2007 ވަނަ އަހަރުގެ ތެރޭގައި މި ދެ ކުޅުންތެރިން ބައްދަލުވީއިރު، މެސީގެ އުމުރުން 20 އަހަރެވެ. އޭރު ޔަމާލްގެ އުމުރުން އެންމެ ފަސް މަސް ދުވަހެވެ.

މި ބައްދަލުވުން ލިޔެވިފައި ވަނީ ފޮޓޯގްރާފަރު ޖޯން މޮންފޯޓް ނަގާފައިވާ ފޮޓޯ ތަކުންނެވެ. މި ފޮޓޯ ތަކަށް ދުނިޔޭގެ ސަމާލުކަން ލިބުނީ، މީގެ ދެ އަހަރު ކުރިން 2024 ވަނަ އަހަރު ޔޫރޯ ކާމިޔާބު ކުރުމަށް ފަހު ޔަމާލްގެ ބައްޕަ އޭގެ ތެރެއިން އެއް ފޮޓޯ ހިއްސާ ކުރުމަށް ފަހު، "ދެ ލެޖެންޑްސްގެ ފެށުން" މިހެން ޖެހުމުންނެވެ. 

މީގެ އަހަރު ތަކެއް ކުރިން މެސީ އާއި ޔަމާލް އެކުގައި ނަގާފައިވާ ފޮޓޯ.

މީގެ އަހަރު ތަކެއް ކުރިން މެސީ އާއި ޔަމާލް އެކުގައި ނަގާފައިވާ ފޮޓޯ. | ރޮއިޓާސް

ފޮޓޯ ތަކުން ފެންނަނީ ހިނުތުންވެފައި މެސީ ކުޑަ ކުޑަ ކުއްޖަކު އުރާލައިގެން އުޅޭ މަންޒަރެވެ. އެ ކުއްޖާ އަކީ ފަހުން އޭނާގެ ފުޓުބޯޅަ ފިޔަވަޅު ތަކުގައި އެހާ ކައިރިން، އޭނާގެ ފަހަތުން އަންނާނެ ކުއްޖެއް ކަމެއް އެ ދުވަހު އެއްވެސް މީހަކަށް ނޭނގޭނެ އެވެ. އެ ފޮޓޯ ތަކާ ގުޅޭ ގޮތުން މޮންފޯޓް ބުނެފައި ވަނީ، އެއީ ވަރަށް ހައިރާން ކުރުވަނިވި ކަމެއް ކަމަށެވެ. އޭނާ ބުނީ ފިލްމެއްގައި އެ ކަހަލަ ވާހަކަ ތަކެއް ލިޔެފި ނަމަ، އެއީ ހަގީގަތަަކށް ވާނެ ކަމެއް ކަމަށް އެކަކު ވެސް ޤަބޫލު ނުކުރާނެ ކަމަށެވެ. 

އެ ފޮޓޯ ނަގާފައި ވަނީ ބާސެލޯނާގެ ކޭމްޕް ނޯއު ސްޓޭޑިއަމްގެ އަވޭ ޑްރެސިން ރޫމުގައި އެވެ. ޔަމާލްގެ އާއިލާ އަށް އެތަނަށް ދިޔުމުގެ ފުރުސަތު ލިބިފައި ވަނީ، ކެޓަލޯނިއާގެ ނޫސް ސްޕޯޓް އާއި ޔުނިސެފް ގުޅިގެން ބާއްވާފައިވާ މުބާރާތެއް ކާމިޔާބު ވުމުންނެވެ. އެގޮތުން އެ މުބާރާތް ކާމިޔާބު ކުރާ ފަރާތަކަށް، ބާސެލޯނާގެ ސީނިއާ ޓީމުގެ ކުޅުންތެރިޔެއްގެ ގާތު ދަރިފުޅުގެ ފޮޓޯއެއް ނެގުމުގެ ފުރުސަތު ލިބެ އެވެ. 

އެވަގުތުކޮޅަށް އިޝާރާތް ކުރަމުން މޮންފޯޓް ބުނެފައި ވަނީ، މެސީ އަކީ ވަރަށް ހިމޭން އަދި މަޑުމައިތިރި މީހެއް ކަމަށެވެ. އަދި ކުޑަ ކުއްޖަކު އުރާާލަން ޖެހުމުން އޭނާގެ މޫނު މަތިން ފެނުނީ، އެކަން ކުރާނީ ކިހިނެއްކަމާ މެދު ސުވާލު ތަކެއް އުފެދުނު މަންޒަރު ކަމަށް ވެސް މޮންފޯޓް ބުނެފައިވެ އެވެ. ނަމަވެސް، ޔަމާލް އަކީ ވަރަށް ހިނިތުން ވެފައި ހުންނަ ކުއްޖެއް ކަމަށާއި، މެސީ ވަރަށް ފަސޭހަ އިން ޔަމާލް އުރާލި ކަމަށް ބުނެފައިވެ އެވެ. 

މީގެ އަހަރު ތަކެއް ކުރިން މެސީ އާއި ޔަމާލް އެކުގައި ނަގާފައިވާ ފޮޓޯ.

މީގެ އަހަރު ތަކެއް ކުރިން މެސީ އާއި ޔަމާލް އެކުގައި ނަގާފައިވާ ފޮޓޯ. | ރޮއިޓާސް

ޔަމާލްގެ އުމުރުން 19 ވަނަ އުފަން ދުވަސް އައީ މިދިޔަ ހަފުތާގެ ހޯމަ ދުވަހު އެވެ. މެސީގެ އުމުރުން 19 އަހަރުގައި އޭނާ ވަނީ 11 ލަނޑު ޖަހައި، ސްޕެނިޝް ލީގު އަދި ޔުއެފާ ޗެމްޕިއަންސް ލީގު ކާމިޔާބު ކޮށްފައި އެވެ. ޔަމާލް ވަނީ މިހާތަނަށް 56 ލަނޑު ޖަހައި، ސްޕެނިޝް ލީގު ތިން ފަހަރު، ކޮޕާ ޑެލް ރޭ އެއް ފަހަރު އަދި ޔޫރޯ މުބާރާތެއް ކާމިޔާބު ކޮށްފައި އެވެ. 

ޔަމާލް އަކީ ކުޅުންތެރިޔާގެ ނަމުގެ އެއް ބައި ކަމަށް ބުނެފައިވެ އެވެ. އޭނާގެ ފުރިހަމަ ނަމަކީ ލަމީން ޔަމާލް ނަސްރާއުއީ އެބާނާ ކަމަށް ވެސް ބުނެފައިވެ އެވެ. އޭނާގެ ޖާޒީގައި ލަމީން ޔަމާލް ލިޔެފައި ހުންނަނީ އޭނާގެ އާއިލާ އަށް އުފަންވުމުގެ ދުވަސްވަރު، އެހީތެރިވި ދެ މީހުންނަށް ޝުކުރު އަދާ ކުރުމުގެ ގޮތުން ކަމަށް ވެސް ބުނެފައިވެ އެވެ. 

ޔަމާލް ބޮޑުވެފައި ވަނީ ބާސެލޯނާގެ އުތުރުން 20 މޭލު ދުރުގައި ހުންނަ މަތާރޯގެ ރޮކަފޮންޑާގައި އެވެ. މިއީ ވަރަށް ފަޤީރު ސަރަހައްދެކެވެ. ޔަމާލް ބައެއް ލަނޑުތައް ޖެހުމަށް ފަހު، އިނގިލި ތަކުން 3-0-4 ގެ އިޝާރާތް ދައްކާ ކަމަށާއި، އެއީ ރޮކަފޮންޑާގެ ޕޯސްޓު ކޯޑު ކަމަށް ވެސް ބުނެފައިވެ އެވެ. 

މީގެ އަހަރު ތަކެއް ކުރިން މެސީ އާއި ޔަމާލް އެކުގައި ނަގާފައިވާ ފޮޓޯ.

މީގެ އަހަރު ތަކެއް ކުރިން މެސީ އާއި ޔަމާލް އެކުގައި ނަގާފައިވާ ފޮޓޯ. | ރޮއިޓާސް

ޔަމާާލް ބުނެފައި ވަނީ، ފައިސާ ނެތް ނަމަ ދަރިފުޅަށް ފުޓުބޯޅަ ކުޅުމުގެ ފުރުސަތު ހޯދައި ދިނުމަކީ ވަރަށް އުނދަގޫ ކަމަކަށް ވެފައި އޮތް ކަަމަށެވެ. އޭނާގެ މައިންބަފައިން އެކަން ކުރި ކަމަށާއި، އެކަން އަބަދު ވެސް ހަނދާނުގައި ހުންނާނެ ކަމަށް ޔަމާލް ބުނެފައިވެ އެވެ. އަދި އެއީ ދުވަހަކު ވެސް ޝުކުރު އަދާ ނުކުރެވޭނެ ކަމެއް ކަމަށް ޔަމާލް ވަނީ ބުނެފައި އެވެ. 

މޮންފޯޓް ބުނީ، މި ދެ ކުޅުންތެރިން އެއް ކުޅުންތެރިޔަކު އަނެއް ކުޅުންތެރިޔަކާ ދެކޮޅަށް ނިކުތުމަކީ، މީގެ އަހަރު ތަކެއް ކުރިން ފެށުނު ވާހަކައިގެ ރީތި ނިމުމަކަށް ވާނެ ކަމަށެވެ. މޮންފޯޓް ބުނީ ޔަމާލް އަކީ ބާސެލޯނާގެ ކުޅުންތެރިޔެއް ކަމަށާއި، ޔަމާލް އަށް ވޯލްޑް ކަޕް ވަރަށް ގިނައިން ކާމިޔާބު ކުރުމުގެ ފުރުސަތު އެބަ އޮތް ކަމަށެވެ. އެހެންވެ އޭނާ ބޭނުން ވަނީ، މެސީ ދެ ވަނަ ފަހަރަށް ވޯލްޑް ކަޕް ކާމިޔާބުކޮށް، އޭނާގެ ލެގަސީ ނިންމާލުމެވެ. 

ފީފާ ވަރލްޑް ކަޕް 2026ސްޕެއިންއާޖެންޓީނާލިއޮނެލް މެސީލަމިން ޔަމާލްފުޓުބޯޅަ

އިތުރަށް ކިޔާލަން

16 ޖުލައި 2026

2026 ވަނަ އަހަރުގެ ފީފާ ވޯލްޑް ކަޕް ފައިނަލް ކާމިޔާބުކުރާނެ ފޭވަރިޓުންނަކީ ސްޕެއިން ކަމަށް ބެލެވެނީ ކީއްވެގެން ހެއްޔެވެ؟

16 ޖުލައި 2026
2026 ވަނަ އަހަރުގެ ފީފާ ވޯލްޑް ކަޕް ފައިނަލް ކާމިޔާބުކުރާނެ ފޭވަރިޓުންނަކީ ސްޕެއިން ކަމަށް ބެލެވެނީ ކީއްވެގެން ހެއްޔެވެ؟
16 ޖުލައި 2026

ވާދަވެރި އިންގްލެންޑްގެ މައްޗަށް ކުރިހޯދައި އާޖެންޓީނާ ފައިނަލަށް ދަތުރުކުރި މެޗުގެ ނަތީޖާ ބަދަލުކޮށްލީ ކިހިނެއް؟

16 ޖުލައި 2026
ވާދަވެރި އިންގްލެންޑްގެ މައްޗަށް ކުރިހޯދައި އާޖެންޓީނާ ފައިނަލަށް ދަތުރުކުރި މެޗުގެ ނަތީޖާ ބަދަލުކޮށްލީ ކިހިނެއް؟
16 ޖުލައި 2026

ފޯކްލޭންޑް ބެނާ މައްސަލައިގައި ފީފާއިން އާޖެންޓީނާއަށް ފިޔަވަޅު އަޅަނީ

16 ޖުލައި 2026
ފޯކްލޭންޑް ބެނާ މައްސަލައިގައި ފީފާއިން އާޖެންޓީނާއަށް ފިޔަވަޅު އަޅަނީ
16 ޖުލައި 2026

އިންގްލެންޑުން ހެދި ގޯސްތަކުގެ ފައިދާ ރަނގަޅަށް ނެގުނު، އާޖެންޓީނާ އޮތީ ލެއިން ޤުރުބާންވާން ތައްޔާރަށް: ސްކަލޯނީ

16 ޖުލައި 2026
އިންގްލެންޑުން ހެދި ގޯސްތަކުގެ ފައިދާ ރަނގަޅަށް ނެގުނު، އާޖެންޓީނާ އޮތީ ލެއިން ޤުރުބާންވާން ތައްޔާރަށް: ސްކަލޯނީ
16 ޖުލައި 2026

ޓުޗެލް ގެނައި ބަދަލުތަކަށް ފާޑު ކިޔުން، އޭނާ ބުނީ "ރިގްރެޓް" ނުކުރާ ކަމަށް!

16 ޖުލައި 2026
ޓުޗެލް ގެނައި ބަދަލުތަކަށް ފާޑު ކިޔުން، އޭނާ ބުނީ "ރިގްރެޓް" ނުކުރާ ކަމަށް!
16 ޖުލައި 2026

ޑެޝޯމްޕްސްގެ ސުވާލެއް: "މިއީ ސެމީ ފައިނަލް މެޗެއް އިންސާފު ކުރެވޭ ފެންވަރުގެ ރެފްރީއެއްތަ؟"

16 ޖުލައި 2026
ޑެޝޯމްޕްސްގެ ސުވާލެއް: "މިއީ ސެމީ ފައިނަލް މެޗެއް އިންސާފު ކުރެވޭ ފެންވަރުގެ ރެފްރީއެއްތަ؟"
16 ޖުލައި 2026

މޮޅު ކުޅުންތެރިޔަކަށް މެސީ ވީ ސަބަބެއް އޮތީމާ، އަދި ވެސް ކުޅެނީ އެންމެ މަތީ ފެންވަރުގައި: ކޭން

16 ޖުލައި 2026
މޮޅު ކުޅުންތެރިޔަކަށް މެސީ ވީ ސަބަބެއް އޮތީމާ، އަދި ވެސް ކުޅެނީ އެންމެ މަތީ ފެންވަރުގައި: ކޭން
16 ޖުލައި 2026

ވޯލްޑް ކަޕްގެ ފައިނަލް މެޗުގެ ހާފް ޓައިމް 25 މިނެޓަށް ދިގު ދެމިގެން ދާނެ

16 ޖުލައި 2026
ވޯލްޑް ކަޕްގެ ފައިނަލް މެޗުގެ ހާފް ޓައިމް 25 މިނެޓަށް ދިގު ދެމިގެން ދާނެ
16 ޖުލައި 2026

ފައިނަލް އަށް ދިޔުމަށް ބޭނުންވާ ކުޅުމެއް ނުދެއްކުނު، ބަލިވީ ޓީމުގެ ރޭވުންތެރި ކަމެއް ނެތުމުން: އެމްބާޕޭ

16 ޖުލައި 2026
ފައިނަލް އަށް ދިޔުމަށް ބޭނުންވާ ކުޅުމެއް ނުދެއްކުނު، ބަލިވީ ޓީމުގެ ރޭވުންތެރި ކަމެއް ނެތުމުން: އެމްބާޕޭ
15 ޖުލައި 2026

ފަހަތުން އަރައި އިންގްލެންޑު ކަޓުވާލައި، ތަށި ދިފާއު ކުރަން އާޖެންޓީނާ ފައިނަލް އަަށް

15 ޖުލައި 2026
ފަހަތުން އަރައި އިންގްލެންޑު ކަޓުވާލައި، ތަށި ދިފާއު ކުރަން އާޖެންޓީނާ ފައިނަލް އަަށް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު