Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުފީފާ ވޯލްޑް ކަޕް

މެސީގެ ތިން ވަނަ ވޯލްޑް ކަޕް ފައިނަލް: އޭނާ އަކީ އެންމެ މޮޅު ކުޅުންތެރިޔާކަމާ މެދު އިތުރު ބަހުސެއް ނެތް!

މިހާތަނަށް ފުޓުބޯޅައިގައި އުފެދުނު އެންމެ މޮޅު ކުޅުންތެރިޔާ އަކީ މެސީ ކަމަށް ބުނާ ބުނުމަށް، އިތުރު ބާރުވެރި ކަމެއް ލިބިއްޖެ. އާދީއްތަ ދުވަހު އެމެރިކާގެ ނިއު ޖާޒީގައި ސްޕެއިންއާ ދެކޮޅަށް ކުޅޭ ފައިނަލް މެޗަކީ، އިތުރު ތާރީޚެއް ޤާއިމު ކުރަން މެސީ އަށް ލިބިފައިވާ ފުރުސަތަކަށް ވާނެ.

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 17 ޖުލައި 2026 | ހުކުރު 03:11
ސެމީ ފައިނަލް އިން މޮޅުވި މެޗަށް ފަހު އާޖެންޓީނާގެ ކުޅުންތެރިން މެސީ އުފުއްލާލައި އުފާ ފާޅު ކުރަނީ.

ސެމީ ފައިނަލް އިން މޮޅުވި މެޗަށް ފަހު އާޖެންޓީނާގެ ކުޅުންތެރިން މެސީ އުފުއްލާލައި އުފާ ފާޅު ކުރަނީ. | ގެޓީ އިމޭޖަސް

މިހާރު ކުރިއަށްދާ ފީފާ ވޯލްޑް ކަޕްގެ ފައިނަލްގެ ޖާގަ އެންމެ ފަހުގެ ޗެމްޕިއަން އާޖެންޓީނާ އިން ހޯދީ، މުޅި ދުނިޔެ ސިއްސުވާލައިފަ އެވެ. ފުޓުބޯޅައިގެ ގަދަބާރެއް ކަމަށްވާ އިންގްލެންޑުގެ މައްޗަށް އާޖެންޓީނާ އިން ކުރި ހޯދީ، ފަހަތުން އަރައި ދެ ލަނޑު ޖަހައިގެންނެވެ. ހަތް މިނެޓުގެ ތެރޭގައި އާޖެންޓީނާ ކޮޅަށް މެޗުގެ ނަތީޖާ އަނބުރާލައި، ޖެހި ޖެހިގެން ދެ ވަނަ ފައިނަލް އަށް އެ ޓީމު ގެންގޮސްދިނީ އުމުރުން 39 އަހަރުގެ ލިއޮނަލް މެސީގެ ހުނަރުވެރި ކަމުންނެވެ. 

އެއާ އެކު، މިހާތަނަށް ފުޓުބޯޅައިގައި އުފެދުނު އެންމެ މޮޅު ކުޅުންތެރިޔާ އަކީ މެސީ ކަމަށް ބުނާ ބުނުމަށް، އިތުރު ބާރުވެރި ކަމެއް ލިބިއްޖެ އެވެ. އާދީއްތަ ދުވަހު އެމެރިކާގެ ނިއު ޖާޒީގައި ސްޕެއިންއާ ދެކޮޅަށް ކުޅޭ ފައިނަލް މެޗަކީ، އިތުރު ތާރީޚެއް ޤާއިމު ކުރަން މެސީ އަށް ލިބިފައިވާ ފުރުސަތަކަށް ވާނެ އެވެ. 

އާޖެންޓީނާގެ ކެޕްޓަން ލިއޮނަލް މެސީ.

އާޖެންޓީނާގެ ކެޕްޓަން ލިއޮނަލް މެސީ. | ގެޓީ އިމޭޖަސް

އެއް ލަނޑު އާޖެންޓީނާ ފަހަތުގައި އޮތްއިރު، މެޗުގެ ނަތީޖާ އަނބުރާލުމަށް އާޖެންޓީނާ އިން ދެއްކި ހިތްވަރުގެ އެންމެ ބޮޑު މޭސްތިރި އަކީ މެސީ އެވެ. މެސީގެ އެހީތެރިކަމާ އެކު އެންޒޯ ފެނާާންޑޭޒް ފުރަތަމަ ލަނޑު ޖެހިއިރު، މެސީގެ އެހީތެރިކަމާ އެކު މެޗުން އާޖެންޓީނާ މޮޅުވީ ލައުޓާރޯ މާޓިނޭޒް ޖެހި ލަނޑުންނެވެ. އަށް ލަނޑު ޖަހައިގެން މިފަހަރުގެ ވޯލްޑް ކަޕްގެ ރަން ބޫޓު ރޭހުގެ ކުރީގައި އޮތީ މެސީ އެވެ. ހަތަރު އެސިސްޓާ އެކު، މެސީ އަކީ މިފަހަރުގެ ވޯލްޑް ކަޕްގައި ދެ ވަނަ އަށް އެންމެ ގިނަ އެސިސްޓް ހެދި ކުޅުންތެރިޔާ އެވެ. ފަސް މެޗުގެ މޮޅު ކުޅުންތެރިޔާގެ އެވޯޑު މެސީ ހޯދާފައިވާއިރު، މެސީ އަކީ މި ވޯލްޑް ކަޕްގައި އެ އެވޯޑު އެންމެ ގިނައިން ހޯދާފައިވާ ކުޅުންތެރިޔާ އެވެ.

އާޖެންޓީނާގެ ކޯޗު ލިއޮނަލް ސްކަލޯނީ ބުނެފައި ވަނީ، މެސީ އަކީ ތާާރީޚުގައި އުފެދުނު އެންމެ މޮޅު ކުޅުންތެރިޔާ ކަމަށެވެ. އަދި އެކަން ސާބިތު ކޮށްދޭން އިތުރަން ކުރަން ޖެހޭ ކަމެއް ނޭނގޭ ކަމަށް ވެސް ސްކަލޯނީ ވަނީ ބުނެފައި އެވެ. ބީބީސީއާ ވާހަކަ ދައްކަމުން އިންގްލެންޑުގެ ކުރީގެ ޑިފެންޑަރު މައިކާ ރިޗާޑްސް ބުނެފައި ވަނީ، މެސީ އަކީ އެންމެ މޮޅު ކުޅުންތެރިޔާ ކަމަށާއި، މުހިންމު ވަގުތު ތަކުގައި ފެންނަ މޮޅު ކުޅުމަކީ، އޭނާ ރަސްކަން ކުރަމުން އަންނަ ސަބަބު ކަމަށެވެ.  

އާޖެންޓީނާގެ ކެޕްޓަން ލިއޮނަލް މެސީ، މެޗުން މޮޅުވުމުގެ އުފާ ފާޅު ކުރުމަށް ދަނޑު މަތީގައި އިށީންނަ މަންޒަރު.

އާޖެންޓީނާގެ ކެޕްޓަން ލިއޮނަލް މެސީ، މެޗުން މޮޅުވުމުގެ އުފާ ފާޅު ކުރުމަށް ދަނޑު މަތީގައި އިށީންނަ މަންޒަރު. | ގެޓީ އިމޭޖަސް

މީގެ އިތުރުން އިންގްލެންޑުގެ ކުރީގެ ގޯލު ކީޕަރު ޕައުލް ރޮބިންސަން ބުނެފައި ވަނީ، މެސީ އަކީ "ލިޓިލް މެޖިކް މޭން" ކަމަށެވެ. ހުރިހާ މުބާރާާތެއްގައި މެސީ އެކަން ކޮށްފައިވާ ކަމަށާއި، މެސީ އަދިވެސް އެކަން ސާބިތު ކޮށްދެމުން އަންނަ ކަމަށް އޭނާ ބުންޏެވެ. އިންގްލެންޑްއާ ދެކޮޅަށް އާޖެންޓީނާ އިން ޖެހި ދެ ލަނޑުން ވެސް އެކަން ސާބިތު ވާނެ ކަމަށް އޭނާ ބުނެފައިވެ އެވެ.

މެޗުގެ ފުރަތަމަ ހާފުގައި އިންގްލެންޑުން މެސީއާ ދެކޮޅަށް ރަނގަޅަށް ކުޅެ، މެސީގެ ހަރަކާތްތެރިކަން ހުއްޓުވަން ވަރަށް ބޮޑަށް މަސައްކަތް ކުރި އެވެ. ދެ ވަނަ ހާފުގައި އެންތަނީ ގޯޑަންގެ ލަނޑުން އިންގްލެންޑު ކުރި ހޯދުމާ އެކު، މެސީ ވަނީ ކަނާއަތް ފަރާތަށް ބަދަލުވެ، ޓީމުގެ ކުޅުން ހިންގާލައިފަ އެވެ. މެސީ ވަނީ ނުވަ ޑްރިބްލް ކާމިޔާބުކޮށް، ދެ ލަނޑު ޖަހަން ފުރުސަތު ތަނަވަސްކޮށްދީފައި (އެސިސްޓް) އެވެ. މިއީ ވޯލްޑް ކަޕްގެ ނޮކްއައުޓް މެޗެއްގައި އެއް ކުޅުންތެރިޔަކު ހާސިލު ކުރި ރެކޯޑެކެވެ. 

މެސީގެ ހުނަރުވެރި ކަމަށް އިންގްލެންޑުގެ ކެޕްޓަން ހެރީ ކޭން ވެސް ވަރަށް ތައުރީފު ކުރި އެވެ. އޭނާ ބުނީ މެސީ އަކީ އެންމެ މޮޅު ކުޅުންތެރިންގެ ތެރޭގައި ހިމެނޭ ކުޅުންތެރިޔެއް ކަމަށާއި، އެކަމުގައި ސަބަބު ތަކެއް ވެސް ހިމެނޭ ކަމަށެވެ. އަދި މެސީ އަށް ބޯޅަ ލިބުމުން، އޭނާ އަބަދު ވެސް ކޮންމެ ވެސް ކަމެއް ކުރާނެ ކަމަށާއި، އެއީ އިދިކޮޅަށް ނުރައްކާ ވާނެ ކަމެއް ކަމަށް ވެސް ކޭން ވަނީ ބުނެފައި އެވެ.  

ސެމީ ފައިނަލް މެޗަށް ފަހު އިންގްލެންޑުގެ ކެޕްޓަން ހެރީ ކޭން، އާޖެންޓީނާގެ ކެޕްޓަން ލިއޮނަލް މެސީ ގައިގައި ބައްދާލަނީ.

ސެމީ ފައިނަލް މެޗަށް ފަހު އިންގްލެންޑުގެ ކެޕްޓަން ހެރީ ކޭން، އާޖެންޓީނާގެ ކެޕްޓަން ލިއޮނަލް މެސީ ގައިގައި ބައްދާލަނީ. | ގެޓީ އިމޭޖަސް

މިފަހަރުގެ މުބާރާތުގައި މެސީ ވަނީ ވޯލްޑް ކަޕްގެ ތާރީޚުގައި އެންމެ ގިނަ ލަނޑު ޖެހި ކުޅުންތެރިޔާާގެ މަގާމު ވެސް ހޯދައިފަ އެވެ. މިހާތަނަށް ވޯލްޑް ކަޕްގައި 21 ލަނޑު ޖަހައިގެން، ޖަރުމަނުގެ މިރޮސްލާވް ކްލޯސާގެ ރެކޯޑު މެސީ މުގުރާލި އެވެ. މި ލަނޑު ތަކުގެ ތެރެއިން 15 ލަނޑު މެސީ ޖަހާފައި ވަނީ އޭނާގެ އުމުރުން 35 އަހަރުވީ ފަހުންނެވެ. 

މީގެ ކުރިން 2022 ވަނަ އަހަރު ޤަތަރުގައި އޮތް ވޯލްޑް ކަޕް އާޖެންޓީނާ އާއެކު މެސީ ކާމިޔާބު ކުރި ހިސާބުން އޭނާގެ ވާހަކަ ނިމިއްޖެ ކަމަށް ގިނަ ބަޔަކު ޤަބޫލު ކުރި ނަމަވެސް، އޭނާ އަންނަނީ އަދިވެސް އެއީ ދުނިޔޭގެ އެންމެ މޮޅު ކުޅުންތެރިޔާގެ މަގާމު ދަމަހައްޓަން މަސައްކަތް ކުރަމުންނެވެ. މެސީ އަންނަނީ އޭނާގެ ހުނަރުވެރި ކަމާއި، ލީޑާޝިޕް އާޖެންޓީނާގައި ވަރަށް ރަނގަޅަށް ދައްކަމުންނެވެ.

މިހާތަނަށް ވޯލްޑް ކަޕްގެ ތިން ފައިނަލެއްގައި ކުޅެފައި ވަނީ އެންމެ ކުޅުންތެރިޔެކެވެ. އެއީ ބްރެޒިލްގެ ލެޖެންޑް ކަފޫ އެވެ. އެއީ 1994، 1998 އަދި 2002 ވަނަ އަހަރުގެ ފައިނަލް އެވެ. މިފަހަރުގެ ފައިނަލް އާއެކު، މެސީ ވެގެން ދާނީ ވޯލްޑް ކަޕްގެ ތިން ފައިނަލްގައި ކުޅޭ ދެ ވަނަ ކުޅުންތެރިޔާާ އަށެވެ. މެސީ ވަނީ 2014 ގެ އިތުރުން، 2022 ވަނަ އަހަރުގެ ވޯލްޑް ކަޕްގެ ފައިނަލްގައި ވެސް ކުޅެފައި އެވެ. މިއީ އޭނާގެ ތިން ވަނަ ފައިނަލް އަށް ވާނެ އެވެ. 

2022 ވަނަ އަހަރު ޤަތަރުގައި އޮތް ވޯލްޑް ކަޕް ކާމިޔާބު ކުރުމަށް ފަހު މެސީ ތަށީގައި ބޮސްދެނީ.

2022 ވަނަ އަހަރު ޤަތަރުގައި އޮތް ވޯލްޑް ކަޕް ކާމިޔާބު ކުރުމަށް ފަހު މެސީ ތަށީގައި ބޮސްދެނީ. | ގެޓީ އިމޭޖަސް

މީގެ ކުރިން 2014 ވަނަ އަހަރުގެ ވޯލްޑް ކަޕްގެ ފައިނަލްގައި ޖަރުމަނު އަތުން ބަލިވިއިރު، އޭގެ ފަހުން ވަނީ ކޮޕާ އެމެރިކާގެ ތިން ފައިނަލެއްގައި ވެސް ބަލިވެފައި އެވެ. ނަމަވެސް، މެސީ ވަނީ އެނބުރި އައިސް ވޯލްޑް ކަޕް ކާމިޔާބުކޮށް، ކޮޕާ އެމެރިކާ ދެ ފަހަރު ކާމިޔާބު ކޮށްފައި އެވެ. މީގެ އިތުރުން، ބައްރުތަކުގެ ޗެމްޕިއަނުންގެ މެދުގައި ކުޅޭ ފައިނަލިސިމާ ވެސް އޭނާ ވަނީ ކާމިޔާބު ކޮށްފައި އެވެ.

ފީފާ ވަރލްޑް ކަޕް 2026އާޖެންޓީނާލިއޮނެލް މެސީފުޓުބޯޅަ

އިތުރަށް ކިޔާލަން

17 ޖުލައި 2026

ފީފާ ވޯލްޑް ކަޕްގެ ފައިނަލްގައި މެސީ އާއި ޔަމާލް: އުމުރުން 20 އަހަރުގައި މެސީ ހުރީ ފަސް މަހުގެ ޔަމާލް އުރައިގެން!

17 ޖުލައި 2026
ފީފާ ވޯލްޑް ކަޕްގެ ފައިނަލްގައި މެސީ އާއި ޔަމާލް: އުމުރުން 20 އަހަރުގައި މެސީ ހުރީ ފަސް މަހުގެ ޔަމާލް އުރައިގެން!
16 ޖުލައި 2026

2026 ވަނަ އަހަރުގެ ފީފާ ވޯލްޑް ކަޕް ފައިނަލް ކާމިޔާބުކުރާނެ ފޭވަރިޓުންނަކީ ސްޕެއިން ކަމަށް ބެލެވެނީ ކީއްވެގެން ހެއްޔެވެ؟

16 ޖުލައި 2026
2026 ވަނަ އަހަރުގެ ފީފާ ވޯލްޑް ކަޕް ފައިނަލް ކާމިޔާބުކުރާނެ ފޭވަރިޓުންނަކީ ސްޕެއިން ކަމަށް ބެލެވެނީ ކީއްވެގެން ހެއްޔެވެ؟
16 ޖުލައި 2026

ވާދަވެރި އިންގްލެންޑްގެ މައްޗަށް ކުރިހޯދައި އާޖެންޓީނާ ފައިނަލަށް ދަތުރުކުރި މެޗުގެ ނަތީޖާ ބަދަލުކޮށްލީ ކިހިނެއް؟

16 ޖުލައި 2026
ވާދަވެރި އިންގްލެންޑްގެ މައްޗަށް ކުރިހޯދައި އާޖެންޓީނާ ފައިނަލަށް ދަތުރުކުރި މެޗުގެ ނަތީޖާ ބަދަލުކޮށްލީ ކިހިނެއް؟
16 ޖުލައި 2026

ފޯކްލޭންޑް ބެނާ މައްސަލައިގައި ފީފާއިން އާޖެންޓީނާއަށް ފިޔަވަޅު އަޅަނީ

16 ޖުލައި 2026
ފޯކްލޭންޑް ބެނާ މައްސަލައިގައި ފީފާއިން އާޖެންޓީނާއަށް ފިޔަވަޅު އަޅަނީ
16 ޖުލައި 2026

އިންގްލެންޑުން ހެދި ގޯސްތަކުގެ ފައިދާ ރަނގަޅަށް ނެގުނު، އާޖެންޓީނާ އޮތީ ލެއިން ޤުރުބާންވާން ތައްޔާރަށް: ސްކަލޯނީ

16 ޖުލައި 2026
އިންގްލެންޑުން ހެދި ގޯސްތަކުގެ ފައިދާ ރަނގަޅަށް ނެގުނު، އާޖެންޓީނާ އޮތީ ލެއިން ޤުރުބާންވާން ތައްޔާރަށް: ސްކަލޯނީ
16 ޖުލައި 2026

ޓުޗެލް ގެނައި ބަދަލުތަކަށް ފާޑު ކިޔުން، އޭނާ ބުނީ "ރިގްރެޓް" ނުކުރާ ކަމަށް!

16 ޖުލައި 2026
ޓުޗެލް ގެނައި ބަދަލުތަކަށް ފާޑު ކިޔުން، އޭނާ ބުނީ "ރިގްރެޓް" ނުކުރާ ކަމަށް!
16 ޖުލައި 2026

ޑެޝޯމްޕްސްގެ ސުވާލެއް: "މިއީ ސެމީ ފައިނަލް މެޗެއް އިންސާފު ކުރެވޭ ފެންވަރުގެ ރެފްރީއެއްތަ؟"

16 ޖުލައި 2026
ޑެޝޯމްޕްސްގެ ސުވާލެއް: "މިއީ ސެމީ ފައިނަލް މެޗެއް އިންސާފު ކުރެވޭ ފެންވަރުގެ ރެފްރީއެއްތަ؟"
16 ޖުލައި 2026

މޮޅު ކުޅުންތެރިޔަކަށް މެސީ ވީ ސަބަބެއް އޮތީމާ، އަދި ވެސް ކުޅެނީ އެންމެ މަތީ ފެންވަރުގައި: ކޭން

16 ޖުލައި 2026
މޮޅު ކުޅުންތެރިޔަކަށް މެސީ ވީ ސަބަބެއް އޮތީމާ، އަދި ވެސް ކުޅެނީ އެންމެ މަތީ ފެންވަރުގައި: ކޭން
16 ޖުލައި 2026

ވޯލްޑް ކަޕްގެ ފައިނަލް މެޗުގެ ހާފް ޓައިމް 25 މިނެޓަށް ދިގު ދެމިގެން ދާނެ

16 ޖުލައި 2026
ވޯލްޑް ކަޕްގެ ފައިނަލް މެޗުގެ ހާފް ޓައިމް 25 މިނެޓަށް ދިގު ދެމިގެން ދާނެ
16 ޖުލައި 2026

ފައިނަލް އަށް ދިޔުމަށް ބޭނުންވާ ކުޅުމެއް ނުދެއްކުނު، ބަލިވީ ޓީމުގެ ރޭވުންތެރި ކަމެއް ނެތުމުން: އެމްބާޕޭ

16 ޖުލައި 2026
ފައިނަލް އަށް ދިޔުމަށް ބޭނުންވާ ކުޅުމެއް ނުދެއްކުނު، ބަލިވީ ޓީމުގެ ރޭވުންތެރި ކަމެއް ނެތުމުން: އެމްބާޕޭ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު