Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުފްރެންޗް ލީގު

ޕީއެސްޖީ ފަސްއެނބުރި ބެލުމެއް ނެތް

1 އޮކްޓޯބަރު 2017 | އާދީއްތަ 09:20

ބޯޑޯއާ ދެކޮޅަށް ކުޅުނު މެޗު ޕީއެސްޖީއިން ކާމިޔާބު ކޮށްފައިވަނީ 6-2ގެ ނަތީޖާއަކުން

އަހްމަދު ސާއިފް ޝިޔާދް
އަހްމަދު ސާއިފް ޝިޔާދް | 1 އޮކްޓޯބަރު 2017 | އާދީއްތަ 09:20
ނޭމާ ލަނޑު ޖެހުމަށް ފަހު އުފާފާޅުކުރަނީ

ނޭމާ ލަނޑު ޖެހުމަށް ފަހު އުފާފާޅުކުރަނީ

ފްރެންޗް ލީގުގައި އަމިއްލަ ދަނޑުގައި ބޯޑޯ ބަލިކޮށް ޕީއެސްޖީއިން ތާވަލުގެ އެއްވަނައިގައި ހަމަޖެހިލައިފިއެވެ.

ބޯޑޯއާ ދެކޮޅަށް ކުޅުނު މެޗު ޕީއެސްޖީއިން ކާމިޔާބު ކޮށްފައިވަނީ 6-2ގެ ނަތީޖާއަކުންނެވެ. މި މެޗުގެ ފުރަތަނަ ހާފުގައި ޕީއެސްޖީއިން ވަނީ ފަސް ލަނޑު ޖަހާފައެވެ. މިއީ އެ ޓީމުގެ ތާރީހުގައި ވެސް މެޗެއްގެ ފުރަތަމަ ހާފުގައި ފަސް ލަނޑު ޖެހި ފުރަތަމަ ފަހަރެވެ.

ޕީއެސްޖީގެ ފަރާތުން މޮޅު ކުޅުމެއް މުޅި މެޗުގައި ވެސް ފެނިގެންދިޔައިރު މެޗުގެ ފުރަތަމަ ލަނޑު ޖަހާ ލީޑު ނެގީ ވެސް އެ ޓީމުންނެވެ. އެގޮތުން މެޗުގެ ފަސް ވަނަ މިނިޓުގައި ބޯޑޯގެ ހާފުގެ މެދެއްހާ ހިސާބުން ލިބުނު ހިލޭ ޖެހުމެއް ގޯލުގެ ތެރެއަށް ވައްދާލައިގެން އެ ޓީމަށް މެޗުގެ ލީޑު ނަގައިދިނީ މުޅި މެޗުގައި ވެސް މޮޅު ކުޅުމެއް ދެއްކި ނޭމާއެވެ. އޭގެ ހަތް މިނިޓު ފަހުން އެޑިންސަން ކަވާނީ ވަނީ ނޭމާގެ އެހީތެރިކަމާ އެކު ލަނޑެއް ޖަހާ ޕީއެސްޖީގެ ލީޑު ފުޅާކޮށްދީފައެވެ.

ޕީއެސްޖީގެ ތިންވަނަ ލަނޑު މެޗުގެ 21 ވަނަ މިނިޓުގައި އެ ޓީމަށް ކާމިޔާބުކޮށްދިނީ ބެލްޖިއަމްގެ ޑިފެންޑަރ ތޯމަސް މިއުނިއާއެވެ. އެހެނަސް ބޯޑޯގެ މިޑްފީލްޑާ ޔޫނުސް ސަންޙާރޭ ވަނީ 31 ވަނަ މިނިޓުގައި ލަނޑެއްޖަހާ ބޯޑޯއަށް ނަތީޖާގެ ފަރަގު ކުޑަކޮށްދީފައެވެ. ޕީއެސްޖީގެ ހަތަރު ވަނަ ލަނޑު ލިބުނު ޕެނަލްޓީއަކުން ކާމިޔާބު ކޮށްދިނީ ނޭމާއެވެ. އަދި ފުރަތަމަ ހާފުގެ ފަހު މިނިޓުގައި އެ ޓީމުގެ ފަސް ވަނަ ލަނޑު ކިލިއަން އެމްބާޕޭގެ އެހީތެރިކަމާއެކު ކާމިޔާބު ކޮށްދިނީ ޖޫލިއަން ޑްރެކްސްލާއެވެ.

ފުރަތަމަ ހާފު 5-1 އަކުން ޕީއެސްޖީ ކުރީގައި އޮވެގެން ނިމިގެން ދިޔައިރު އެ ޓީމުން ވަނީ ދެވަނަ ހާފުގައި ވެސް މޮޅު ކުޅުމެއް ދައްކާފައެވެ. އެ ޓީމުގެ ހުރިހާ ފޯވާޑުން ވެސް މި މެޗުގައި ލަނޑު ޖެހިއިރު މެޗުގެ 58 ވަނަ މިނިޓުގައި ކިލިއަން އެމްބާޕޭ ވަނީ ލަނޑެއް ޖަހާ ޕީއެސްޖީއަށް ތިން ޕޮއިންޓް ކަށަވަރު ކޮށްދީފައެވެ. ބޯޑޯއިން މެޗުގައި އެ ޓީމުން ޖެހި ދެވަނަ ލަނޑު ފުރިހަމަ ވަގުތުގެ ފަހު މިނިޓުގައި އެ ޓީމަށް ކާމިޔާބު ކޮށްދިނީ މަލްކޮމްއެވެ.

ޕީއެސްޖީއާ އެންމެ ވާދަވެރި އޭއެސް މޮނާކޯ ކުޅުނު މެޗު އެއްވަރުވެފައިވަނީ 1-1 ގެ ނަތީޖާއަކުންނެވެ. މޮންޓްޕިލާއާ ދެކޮޅަށް ކުޅުނު މެޗުގައި ރަޑަމެއަލް ފަލްކާއޯ މި ސީޒަނުގައި ޖެހި 12 ވަނަ ލަނޑާއެކު އެ ޓީމުން ލީޑު ނެގި ނަމަވެސް ފުރިހަމަ ވަގުތު ހަމަވެގެން ރެފްރީ ކުޅެން ދެއްކި ވަގުތުގެ އެންމެ ފަހު މިނިޓުގައި މޮންޓްޕިލާގެ ސުލޭމާން ކަމާރާ ވަނީ ލަނޑެއް ޖަހާ މޮނާކޯ އަތުން ޕޮއިންޓެއް އެ ޓީމަށް ކަށަވަރު ކޮށްދީފައެވެ.

ފްރެންޗް ލީގުގައި ޑީޖޮންއާ ސްޓްރަސްބާގް ކުޅުނު މެޗު 1-1 އަކުން އެއްވަރުވިއިރު ގެއިންގެމްޕްއާ ޓުލޫސް ކުޅުނު މެޗުވެސް ނިމިފައިވަނީ 1-1 އަކުން އެއްވަރުވެގެންނެވެ. އަމިއްލަ ދަނޑުގައި އެއް ލަނޑު ސުން ލަނޑުން ނަންޓޭސްއިން މެޓްޒް ބަލިކުރިއިރު ކާއެންއިން ވަނީ ރަށުން ބޭރުގައި އެއް ލަނޑު ސުން ލަނޑުން ރެނޭސް ބަލިކޮށްފައެވެ.

ފްރެންޗް ލީގުގެ އެއްވަނައިގައި ޕީއެސްޖީ 22 ޕޮއިންޓްއެކު އޮތްއިރު ދެވަނައިގައި މޮނާކޯ އޮތީ 19 ޕޮއިންޓާއެކުއެވެ.އަދި 16 ޕޮއިންޓާއެކު ތިންވަނައިގައި ނަންޓޭސް އޮތްއިރު 15 ޕޮއިންޓާއެކު ހަތަރު ވަނަ ލިބެނީ ކާއެންއަށެވެ.

އެންމެ ހިނގާ

1

ނައިބު ރައީސް ހުސައިން މުހައްމަދު ލަތީފް ދިރިއުޅުއްވާ ހިލާލީ ގެޔަށް މަހަކު 3 ލައްކައަށް ވުރެ ގިނަ ރުފިޔާ ހަރަދުވާކަން ހާމަވެއްޖެ!

2

ގައުމީ ދުވަހުގެ ރަސްމިއްޔާތުގައި ގުރުއާން ކިޔަވަން ހުރި ކުއްޖާ ސިއްސުވާލުމާ ގުޅިގެން ގިނަ ބައެއްގެ ފާޑު ކިޔުން ސަރުކާރަށް!

3

ހުރްމުޒް ކަނޑުއޮޅީގެ ކޮންޓްރޯލު ހޯދުމަށް އަސްކަރީ ގޮތުން އެމެރިކާ އަށް ކުރެވޭނެ އެއްވެސް ކަމެއް ނެތް ކަމަށް ޕެންޓަގަންއިން އެއްބަސްވެއްޖެ

4

މަރާލާ ނުވަތަ އަތުލައިގަންނަ އެމެރިކާގެ ކޮންމެ ސިފައިންގެ މީހަކަށް 30،000 ޑޮލަރުގެ އިނާމު އީރާނުން ހުށަހަޅައިފި

5

ގެއްލުނު ޕައިލެޓުންގެ ތަހުގީގަށް މަގުފަހިކޮށްދޭން އީރާނުން ގަތަރަށް ގޮވާލައިފި

އިތުރަށް ކިޔާލަން

04 އެޕްރީލު 2017

ހައިސިއްޔަތު ނެތް ރައީސެއްގެ ނިންމުން ބަލައެއް ނުގަނެވޭނެ: އިއްޒަތު

04 އެޕްރީލު 2017
ހައިސިއްޔަތު ނެތް ރައީސެއްގެ ނިންމުން ބަލައެއް ނުގަނެވޭނެ: އިއްޒަތު
22 މާރިޗު 2017

ރިއޯ ކޯޗު ނެތްތަން ފޫބައްދަން އުނދަގޫވާނެ: ނާޒިމާ

22 މާރިޗު 2017
ރިއޯ ކޯޗު ނެތްތަން ފޫބައްދަން އުނދަގޫވާނެ: ނާޒިމާ
14 މާރިޗު 2017

ޕީއެސްޖީ އަދި ބާސާ ކުޅުނު މެޗު އަލުން ކުޅެން ދެ ލައްކައަށްވުރެ ގިނަ ސަޕޯޓަރުން ޕެޓިޝަނެއްގައި ސޮއިކޮށްފި

14 މާރިޗު 2017
ޕީއެސްޖީ އަދި ބާސާ ކުޅުނު މެޗު އަލުން ކުޅެން ދެ ލައްކައަށްވުރެ ގިނަ ސަޕޯޓަރުން ޕެޓިޝަނެއްގައި ސޮއިކޮށްފި
10 މާރިޗު 2017

ވިކްޓްރީ އަތުން ޕޮއިންޓެއް ލިބުމުން ހިތްހަމަޖެހޭ، ފޯވާޑެއް ނެތްތަން ދައްކާ: ސާންތި

10 މާރިޗު 2017
ވިކްޓްރީ އަތުން ޕޮއިންޓެއް ލިބުމުން ހިތްހަމަޖެހޭ، ފޯވާޑެއް ނެތްތަން ދައްކާ: ސާންތި
09 މާރިޗު 2017

ޗެމްޕިއަންސް ލީގު: ޕީއެސްޖީ ލަދުގަންނުވާލުމަށްފަހު ބާސާ ކުއާޓާ އަށް

09 މާރިޗު 2017
ޗެމްޕިއަންސް ލީގު: ޕީއެސްޖީ ލަދުގަންނުވާލުމަށްފަހު ބާސާ ކުއާޓާ އަށް
19 ފެބުރުއަރީ 2017

ފުރަތަމަ އެގާރައިން ފުރުސަތު ނެތްނަމަ ރެއާލް ދޫކޮށްލާފާނެ ކަމުގެ އިޝާރާތެއް އިސްކޯ ދީފި

19 ފެބުރުއަރީ 2017
ފުރަތަމަ އެގާރައިން ފުރުސަތު ނެތްނަމަ ރެއާލް ދޫކޮށްލާފާނެ ކަމުގެ އިޝާރާތެއް އިސްކޯ ދީފި
15 ފެބުރުއަރީ 2017

ޗެމްޕިއަންސް ލީގު: ބޮޑު ތަފާތަކުން ބާސާ ބަލިކޮށް ޕީއެސްޖީ ކުއާޓާގެ އުންމީދު ބޮޑުކޮށްފި

15 ފެބުރުއަރީ 2017
ޗެމްޕިއަންސް ލީގު: ބޮޑު ތަފާތަކުން ބާސާ ބަލިކޮށް ޕީއެސްޖީ ކުއާޓާގެ އުންމީދު ބޮޑުކޮށްފި
08 ފެބުރުއަރީ 2017

ފްރެންޗް ލީގް: ލޫކަސްގެ ލަނޑުން ޕީއެސްޖީ މޮޅުވިއިރު، މޮނާކޯ އަށްވެސް މޮޅެއް

08 ފެބުރުއަރީ 2017
ފްރެންޗް ލީގް: ލޫކަސްގެ ލަނޑުން ޕީއެސްޖީ މޮޅުވިއިރު، މޮނާކޯ އަށްވެސް މޮޅެއް
07 ޖެނުއަރީ 2017

އަޝްފާގަށް ކުރެވުނު އިންވެސްޓްމެންޓް ވޯތެއް ނޫން، ނެތްތަން ޓީމަކުން ނުދައްކާނެ: ވައްކެ

07 ޖެނުއަރީ 2017
އަޝްފާގަށް ކުރެވުނު އިންވެސްޓްމެންޓް ވޯތެއް ނޫން، ނެތްތަން ޓީމަކުން ނުދައްކާނެ: ވައްކެ
04 ޖެނުއަރީ 2017

ލީގު ތަށްޓާ ބެހޭގޮތުން ސިޓީ އަށް ދެއްކޭނެ ވާހަކައެއް ނެތް: ގާޑިއޯލާ

04 ޖެނުއަރީ 2017
ލީގު ތަށްޓާ ބެހޭގޮތުން ސިޓީ އަށް ދެއްކޭނެ ވާހަކައެއް ނެތް: ގާޑިއޯލާ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް