Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެގދ. ވާދޫ

މިދިޔަ ސަރުކާރުގައި ވާދޫގެ ފެނާއި ނަރުދަމާގެ މަޝްރޫއު ނިންމި ނަމަވެސް މިސަރުކާރަށް އަދިވެސް ޚިދުމަތް ފޯރުކޮށް ނުދެވޭ: އަމީތު

ގދ. ވާދޫގެ ތަރައްގީގެ މަޝްރޫއުތައް މި ސަރުކާރުން ހުއްޓާލާފައިވާ ކަމަށް ވިދާޅުވެ، ކުރީގެ މެންބަރު މުހައްމަދު އަމީތު ވަނީ ކަންބޮޑުވުން ފާޅުކުރައްވާފައި. އޭނާ ވިދާޅުވީ ޕޮލިސް ސްޓޭޝަނާއި، އިންޖީނުގެ އަދި ސްކޫލް ހޯލް ފަދަ ތަންތަނުގެ މަސައްކަތް ހުއްޓިފައިވާއިރު، މި ސަރުކާރުން ވައުދުތައް ފުއްދާނެ ކަމުގެ އުއްމީދެއް ނެތް ކަމަށް

އަމްނާ އިމާދު
އަމްނާ އިމާދު | 18 ޖުލައި 2026 | ހޮނިހިރު 07:40
ރާއްޖެޓީވީގެ ފަލަސުރުހީ ޕްރޮގްރާމްގައި ރައްޔިތުންގެ މަޖިލީހުގެ މަޑުއްވަރީ ދާއިރާގެ ކުރީގެ މެންބަރު މުހައްމަދު އަމީތު ވާހަކަ ދައްކަވަނީ

ރާއްޖެޓީވީގެ ފަލަސުރުހީ ޕްރޮގްރާމްގައި ރައްޔިތުންގެ މަޖިލީހުގެ މަޑުއްވަރީ ދާއިރާގެ ކުރީގެ މެންބަރު މުހައްމަދު އަމީތު ވާހަކަ ދައްކަވަނީ | ރާއްޖެ އެމްވީ

ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުގައި ގދ.ވާދޫގެ ފެނާއި ނަރުދަމާގެ މަޝްރޫއު ނިންމި ނަމަވެސް މިހާތަނަށް އެމަޝްރޫއުގެ ޚިދުމަތް މިސަރުކާރުގައި ފޯރުކޮށްދެވިފައިނުވާ ކަމަށާއި، މިއީ ކަންބޮޑުވާ ބޮޑު މައްސަލައެއް ކަމަަށް ރައްޔިތުންގެ މަޖިލީހުގެ މަޑުއްވަރީ ދާއިރާގެ ކުރީގެ މެންބަރު މުހައްމަދު އަމީތު ވިދާޅުވެއްޖެ އެވެ. 

ރާއްޖެޓީވީގެ ވައުދުނާމާ ޕްރޮގްރާމްގައި އަމީތު ވިދާޅުވީ މިސަރުކާރާއެކު ވާދޫގެ ތަރައްގީއަށް ވަރަށް ބޮޑަށް ހުރަސް އެޅިފައިވާ ކަމަށެވެ.

އަމީތު ވިދާޅުވީ އެމްޑީޕީގެ ވެރިކަން ނިމި ރިޔާސީ އިންތިޚާބުގައި ވެރިކަން ބަދަލުވެގެން ދިޔައިރު ވާދޫގެ ފެނާއި ނަރުދަމާގެ މަޝްރޫއު އެއްކޮށް ނިމިފައިވާ ކަމަށެވެ. ނަމަވެސް މިސަރުކާރުގައި މިހާތަނަށް އަދި ޚިދުމަތް ދޭން ފެށިފައި ނުވާ ކަމަށާއި، ވާދޫގެ ރައްޔިތުން ވަނީ ފެނާއި ނަރުދަމާގެ ޚިދުމަތުން މަހުރޫމުވެފައި ކަމަށް އަމީތު ވިދާޅުވި އެވެ. އަދި ވިދާޅުވީ މިއީ ކަންބޮޑުވާ ބޮޑު މައްސަލައެއް ކަމަށެވެ. 

މިތިން އަހަރު ފާއިތުވެގެންދާއިރުގައި އަދި މިއަދާ ހަމައަށް އައިއިރުގައި ވާދޫގެ ރައްޔިތުން މި ހިމެނެނީ ފެނާއި ނަރުދަމާގެ މި ޚިދުމަތުން މަހުރޫމުވެފައި ތިބި ރައްޔިތުންގެ ގޮތުގައި. ޚިދުމަތް ނުފެށިގެން އިނގޭތޯ. ތިން އަހަރު ފާއިތުވެގެންދިޔައީ. ބޭނުންވާ ޕަމްޕެއް ނުލިބިގެން ކަމަށް ބުނެ، ތިން އަހަރު ފާއިތުވެގެން މިދިޔައީ. އެމްޑީޕީގެ ސަރުކާރުން އެއްކޮށް ނިންމާފައި އޮތް މަޝްރޫއެއްގައި، މި ދެ މަޝްރޫއުގެ ޚިދުމަތް ރައްޔިތުންނަށް ފޯރުކޮށްނުދެވި އޮތީ. 
މުހައްމަދު އަމީތު

މީގެ އިތުރުން އަމީތު ވަނީ ވާދޫގައި ކުރިއަށްދާ އެހެނިހެން މަޝްރޫއުތަކުގެ ހާލަތުވެސް ފާހަގަކުރައްވާފަ އެވެ.

އަމީތު ވިދާޅުވީ ވާދޫގެ ޕޮލިސް ސްޓޭޝަންގެ މަސައްކަތް ކުރިއަށް ނުދާ ކަމަށާއި، ތިން އަހަރު ފާއިތުވެގެން ދިޔައިރު ޖެހުނީ ހަމައެކަނި ތަނބެއް ކަމަށެވެ. އަދި ވާދޫ ސްކޫލްގެ މަލްޓިޕާޕަސް ހޯލުގައި މަސައްކަތާއި، ހެލްތު ސެންޓަރުގެ އެކްސްޓެންޝަން އިމާރާތުގެ މަސައްކަތް ކުރިއަށް ނުދާ ކަމަށް އޭނާ ވިދާޅުވި އެވެ.

ވާދޫގައި އިންޖީނުގެ އިމާރާތް އިޝާރާތް ކުރައްވައި އަމީތު ވިދާޅުވީ މިދިޔަ ސަރުކާރުގައި އެ އިމާރާތުގެ 70 އިންސައްތަ މަސައްކަތް ނިންމާފައިވާ ކަމަށެވެ. ނަމަވެސް މިސަރުކާރާއެކު އެ އިމާރާތް ވެސް ވީރާނާވާން ދޫކޮށްލާފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ. 

އަމީތު ވިދާޅުވީ މިސަރުކާރާއެކު މަޝްރޫއުތައް ކުރިއަށްދާނެ ކަމުގެ އުއްމީދެއް ނެތް ކަމަށާއި، ރައީސް މުއިއްޒަކީ ވައުދު ފުއްދަވާ ވެރިއެއް ނޫން ކަމަށެވެ. 

މުހައްމަދު އަމީތުގދ. ވާދޫމުއިއްޒު ސަރުކާރު

އިތުރަށް ކިޔާލަން

18 ޖުލައި 2026

މިސަރުކާރުގައި ރައްޔިތުންނަށް އިއާދަނުކުރެވޭ ފަދަ ބޮޑެތި ގެއްލުންތައް ދަނީ ލިބެމުން، ވެރިކަމުގެ ދައުރު ހަމަވަންދެން މަޑުން ތިބޭކަށް ނުޖެހޭނެ: މެންބަރު މައުރޫފް

18 ޖުލައި 2026
މިސަރުކާރުގައި ރައްޔިތުންނަށް އިއާދަނުކުރެވޭ ފަދަ ބޮޑެތި ގެއްލުންތައް ދަނީ ލިބެމުން، ވެރިކަމުގެ ދައުރު ހަމަވަންދެން މަޑުން ތިބޭކަށް ނުޖެހޭނެ: މެންބަރު މައުރޫފް
18 ޖުލައި 2026

ޤައުމު ހިންގަން ހުރީ ކަން ކުރަން ނޭނގޭ މީހެއް، އެންމެ ކުޑަވެގެން 'ކޫލް ސްކޫލް' ފެށިއިރު އޭސީ ހިންގޭނީ ޖަނަރޭޓަރު ހުރެގެން ކަން ވެސް ނޭނގުނު: އާޒިމް

18 ޖުލައި 2026
ޤައުމު ހިންގަން ހުރީ ކަން ކުރަން ނޭނގޭ މީހެއް، އެންމެ ކުޑަވެގެން 'ކޫލް ސްކޫލް' ފެށިއިރު އޭސީ ހިންގޭނީ ޖަނަރޭޓަރު ހުރެގެން ކަން ވެސް ނޭނގުނު: އާޒިމް
16 ޖުލައި 2026

މި ސަރުކާރުގެ މިހާތަނަށް ގައްދޫ އަށް ލިބުނީ ހަމައެކަނި ޑިންގީ ޖެޓީއެއް، އެހެން ހުރިހާ މަޝްރޫއެއް އޮތީ ހުއްޓިފައި: އަމީތު

16 ޖުލައި 2026
މި ސަރުކާރުގެ މިހާތަނަށް ގައްދޫ އަށް ލިބުނީ ހަމައެކަނި ޑިންގީ ޖެޓީއެއް، އެހެން ހުރިހާ މަޝްރޫއެއް އޮތީ ހުއްޓިފައި: އަމީތު
16 ޖުލައި 2026

މިއީ ހުސްއަނގަތަޅާ ސަރުކާރެއް، މިސަރުކާރުގައި ރައްޔިތުންނަށް ރަނގަޅު އެއްވެސް ޚިދުމަތެއް ނުދެވޭނެ: ޝާތިރު

16 ޖުލައި 2026
މިއީ ހުސްއަނގަތަޅާ ސަރުކާރެއް، މިސަރުކާރުގައި ރައްޔިތުންނަށް ރަނގަޅު އެއްވެސް ޚިދުމަތެއް ނުދެވޭނެ: ޝާތިރު
15 ޖުލައި 2026

ރައީސް އޮފީސް ގާނޫނާ ޚިލާފުވެގެން އަދަބު ދިނުމުން، ދެން ހިންގަން އޮތީ ކޮން ގާނޫނުގެ ވެރިކަމެއް ހެއްޔެވެ؟

15 ޖުލައި 2026
ރައީސް އޮފީސް ގާނޫނާ ޚިލާފުވެގެން އަދަބު ދިނުމުން، ދެން ހިންގަން އޮތީ ކޮން ގާނޫނުގެ ވެރިކަމެއް ހެއްޔެވެ؟
13 ޖުލައި 2026

އިންތިޚާބު ކޮށްފައި އޮތް ކައުންސިލަކާއި، އެތައްހާސް ޓްރެފިކް ޕޮލިހުން ތިއްބައި، މާލެ ސަރަޙައްދުގެ ޓްރެފިކް ބަލަހައްޓަން އައު އޮފީހެއް؟!

13 ޖުލައި 2026
އިންތިޚާބު ކޮށްފައި އޮތް ކައުންސިލަކާއި، އެތައްހާސް ޓްރެފިކް ޕޮލިހުން ތިއްބައި، މާލެ ސަރަޙައްދުގެ ޓްރެފިކް ބަލަހައްޓަން އައު އޮފީހެއް؟!
13 ޖުލައި 2026

ތަރައްގީ މަޑުޖެހިފައިވަނީ ބޮޑު ހިލަ ނުލިބިގެން ކަމަށް މިނިސްޓަރ މުއްތަލިބު ވިދާޅުވެއްޖެ

13 ޖުލައި 2026
ތަރައްގީ މަޑުޖެހިފައިވަނީ ބޮޑު ހިލަ ނުލިބިގެން ކަމަށް މިނިސްޓަރ މުއްތަލިބު ވިދާޅުވެއްޖެ
12 ޖުލައި 2026

"ގްރޭޓަރ މާލެ ޓްރާންސްޕޯޓް އެންޑް މޮބިލިޓީ އޮފީސް" އުފައްދައިފި

12 ޖުލައި 2026
"ގްރޭޓަރ މާލެ ޓްރާންސްޕޯޓް އެންޑް މޮބިލިޓީ އޮފީސް" އުފައްދައިފި
12 ޖުލައި 2026

ރައީސް މުއިއްޒުގެ ސަރުކާރުން މުސާރަ އާއި އިނާޔަތްތަކަށް ކުރާ ޚަރަދު އިންތިހާއަށް މައްޗަށް

12 ޖުލައި 2026
ރައީސް މުއިއްޒުގެ ސަރުކާރުން މުސާރަ އާއި އިނާޔަތްތަކަށް ކުރާ ޚަރަދު އިންތިހާއަށް މައްޗަށް
12 ޖުލައި 2026

ނައިވާދޫ ބަނދަރު ހަނދަން ގެންދިޔަ މެޝިނަރީތައް ވީ ހިސާބެއްވެސް ނޭނގޭ!

12 ޖުލައި 2026
ނައިވާދޫ ބަނދަރު ހަނދަން ގެންދިޔަ މެޝިނަރީތައް ވީ ހިސާބެއްވެސް ނޭނގޭ!
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު