Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެމަސްތުވާތަކެތީގެ ބޮޑުން

އުމުރަށް ޖަލަށް ލާފައި ހުރި މަސްތުވާތަކެތީގެ ބޮޑު "ޑީލަރެއް" ދޫކޮށްލުމުގެ މަރުހަލާ ފަށައިފި

1 އޮކްޓޯބަރު 2017 | އާދީއްތަ 06:01

ދޫކޮށްލަން ނިންމި އިރު މިހާތަނަށް ތަންފީޒްކޮށް ނިމުނީ 8 އަހަރު

އަޒުމޫން އަހުމަދު
އަޒުމޫން އަހުމަދު | 1 އޮކްޓޯބަރު 2017 | އާދީއްތަ 06:01
މަސްތުވާތަކެތީގެ ވިޔަފާރި އެންމެ ފުޅާ ދާއިރާއެއްގައި ކުރާ ދެ މީހުންގެ ތެރެއިން އެކަކު ކަމަށް ފުލުހުން ބުނާ އަބްދުﷲ ވަސީމް

މަސްތުވާތަކެތީގެ ވިޔަފާރި އެންމެ ފުޅާ ދާއިރާއެއްގައި ކުރާ ދެ މީހުންގެ ތެރެއިން އެކަކު ކަމަށް ފުލުހުން ބުނާ އަބްދުﷲ ވަސީމް

އުމުރަށް ޖަލަށް ލާފައި ހުރި މަސްތުވާތަކެތީގެ ބޮޑު "ޑީލަރެއް" ދޫކޮށްލުމުގެ މަރުހަލާ މޯލްޑިވްސް ކަރެކްޝަނަލް ސަރވިސް (އެމްސީއެމް) އިން ފަށާފައިވާކަން ރާއްޖެއެމްވީއަށް ކަށަވަރުވެއްޖެ އެވެ.

ރާއްޖެއެމްވީއަށް އިތުބާރު ހުރި މަސްދަރަކުން މައުލޫމާތު ލިބިފައިވާ ގޮތުގައި ޏ. ފުވައްމުލަކު, ލާލުގޭ އަބްދުﷲ ވަސީމް ދޫކޮށްލުމުގެ މަރުހަލާ ފަށައިގެން ކުރިއަށްގެންދާތާ މިހާރު ދުވަސްކޮޅެއްވެއްޖެ އެވެ.

Advertisement - newsAdvertisement

މައުލޫމާތު ލިބިފައިވާ ގޮތުގައި ޕެރޯލްގެ ދަށުން ވަސީމް ދޫކޮށްލުމަށް ކަރެކްޝަނުގެ ބައެއް ވެރިން ވަނީ ނިންމާފަ އެވެ. އެއާ އެކު ޕެރޯލްގެ ދަށުން ދޫކޮށްލާ ގައިދީން ފުރިހަމަކުރަންޖެހޭ ކްލާސްތައް ވަސީމް މިހާރު ގެންދަނީ ފުރިހަމަ ކުރަމުންނެވެ.

ދެކިލޯގެ މަސްތުވާތަކެތީގެ މައްސަލައެއްގައި ވަސީމުގެ މައްޗަށް ކުށް ސާބިތުވެ އޭނާ އުމުރަށް ޖަލަށްލުމަށް ހުކުމް ކޮށްފައި ވަނީ 2009 ވަނަ އަހަރުގެ ފެބްރުއަރީ 11 ގައެވެ. ވަސީމު ހައްޔަރު ކުރީ ވައިގެ މަގުން ނޮވެމްބަރު 15، 2007 ގައި ޕާކިސްތާނު މީހަކު 2.18 ކިލޯ ގްރާމުގެ މަސްތުވާތަކެތި ރާއްޖެ އެތެރެ ކުރި މައްސަލައިގަ އެވެ.

އެ މައްސަލައިގައި ދައުލަތުން ދައުވާ ކުރި 10 މީހުންގެ ތެރޭގައި ވަސީމް ހިމެނޭއިރު، އޭނާއަކީ ރާއްޖޭގައި އެންމެ ފުޅާ ދާއިރާގައި މަސްތުވާތަކެތީގެ ވިޔަފާރި ކުރާ ބޮޑު ދެ މީހުންގެ ތެރެއިން އެކެއް ކަމަށް 2008 ވަނަ އަހަރު ފުލުހުން ބުނެފައި ވެއެވެ.

ވަސީމާއި އިތުރު ނުވަ މީހެއްގެ މައްޗަށް ޝަރީއަތް ހިންގަމުންދަނިކޮށް ޝަރީއަތުގައި ވަކި ގޮތަކަށް ވާހަކަ ދެއްކުމަށް އެދި ހެކިންނަށް 50،000ރ. އާއި ބޮޑެތި އިނާޔަތްތަކާއި ފުރުސަތުތައް ހުށަހަޅާފައިވާތީ ޝަރީއަތުގެ އަޑުއެހުންތައް ވެސް މެދުކަނޑާލި އެވެ.

ޖަލު ހުކުމް ތަންފީޒްކުރަމުން ދަނިކޮށް 2010 ވަނަ އަހަރުގެ ތެރޭގައި ފަރުވާއަށް ކަމަށް ބުނެ އޭނާ އިންޑިއާ އަށް ފޮނުވާލި އެވެ. އެ ދުވަސްވަރަކީ ޖަލު ހުކުމް ތަންފީޒު ކުރަމުންދިޔަ ބޮޑެތި ގިނަ ކުށްވެރިންތަކެއް އެމްއާރްއައި ސްކޭން ހައްދަން ކަމަށް ބުނެ ޑޮކްޓަރުގެ ސެޓްފިކެޓް ހޯދައިގެން ރާއްޖެ އިން ބޭރަށް ދިޔަ ދުވަސްވަރެކެވެ.

ވަސީމަކީ ތަފާތު އެކި ކުށްކުށުގެ ރެކޯޑް އޮންނަ މީހެކެވެ. އެގޮތުން ވަގު ޑޮލަރުގެ މައްސަލައެއްގައި 1998 ގައި އޭނާ ހައްޔަރުކުރި އެވެ. މާރާމާރީ އާއި ބަދުއަހުލާގީ މައްސަލަތަކާއި ފުވައްމުލަކުގައި މަސްތުވާތަކެތި ބޭނުންކޮށް ވިޔަފާރި ކުރުމުގެ މައްސަލަތަކުގައި ވެސް ފުލުހުން އޭނާ ހައްޔަރުކޮށްފައިވެ އެވެ.

ވަސީމް ދޫކޮށްލުމާ ގުޅޭ ގޮތުން ކަރެކްޝަނުގެ ބަހެއް ހޯދަން ތަކުރާރުކޮށް ކުރި މަސައްކަތް ވަނީ ކާމިޔާބުވާ ގޮތް ނުވެފަ އެވެ.

ޕެރޯލްގެ ދަށުން ވަސީމް ދޫކޮށްލަން ނިންމާފައިވާއިރު، ހުކުމް ތަންފީޒުކުރާ މީހުންނަށް އެއް މައްސަލައެއްގައި ލުއި ދެވޭނީ ރައީސުލް ޖުމްހޫރިއްޔާގެ ރިޔާސީ ދައުރުގެ ތެރޭގައި އެއް ފަހަރު ކަމަށް ހަމަޖައްސައި، ކްލެމެންސީ ބޯޑުގެ ގަވާއިދަށް ދާދި ފަހުން ވަނީ އިސްލާހު ގެނެސްފި އެވެ.

ވަސީމް ދޫކޮށްލަން ނިންމާފައިވާއިރު، އޭނާގެ މައްޗަށް އިއްވާފައިވާ 25 އަހަރުގެ ޖަލު ހުކުމުން މިހާތަނަށް ތަންފީޒް ކުރެވިފައި ވަނީ 8 އަހަރު ދުވަހެވެ.

އެންމެ ހިނގާ

1

ޔޫއެސްއެސް އަބްރަހަމް ލިންކަންގައި ހިނގި ނުރައްކާތެރި ހަމަނުޖެހުމެއްގައި ހަތް މީހުން މަރުވެއްޖެ

2

ތުރުކީން ޓްރަމްޕް ފުރާވަޑައިގަންނަވާއިރު ކޮނޑުމަތީގައި ފޮނުވާލާ މިސައިލަކުން ހަމަލާދޭން އޮތީ ރާވާފައި: ރިޕޯޓް

3

ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލަތީފް ކުއްލި ގޮތަކަށް މަޤާމުން ވަކިކޮށްފި

4

އެމެރިކާގެ އަސްކަރިއްޔާގެ އިންޒާރުތަކަށް އިޖާބަ ނުދީ އޮމާން ކަނޑުން ދަތުރުކުރި ބޯޓަކަށް ހަމަލާ ދީފި

5

ސީރިއާގެ ކުރީގެ ރައީސް ބައްޝާރުލް އަސަދު އާއި އޭނާގެ އަރިސް އާތިފް ނަޖީބު މަރާލަން ހުކުމްކޮށްފި

އިތުރަށް ކިޔާލަން

19 ޖެނުއަރީ 2017

މަސްތުވާތަކެތީގެ މައްސަލައިގައި އެއްލައްކަ ރުފިޔާ އިން ޖޫރިމަނާކޮށް އަމުރަށް ޖަލަށް!

19 ޖެނުއަރީ 2017
މަސްތުވާތަކެތީގެ މައްސަލައިގައި އެއްލައްކަ ރުފިޔާ އިން ޖޫރިމަނާކޮށް އަމުރަށް ޖަލަށް!
17 ޖެނުއަރީ 2017

މަސްތުވާތަކެތީގެ މައްސަލައެއްގައި އުމުރަށް ޖަލަށްލުމަށް ހުކުމްކޮށްފައިވާ މީހަކު ކުޑަކުއްޖެއްގެ މައްސަލައެއްގައި ހޯދަނީ!

17 ޖެނުއަރީ 2017
މަސްތުވާތަކެތީގެ މައްސަލައެއްގައި އުމުރަށް ޖަލަށްލުމަށް ހުކުމްކޮށްފައިވާ މީހަކު ކުޑަކުއްޖެއްގެ މައްސަލައެއްގައި ހޯދަނީ!
14 ޖެނުއަރީ 2017

ކޭކެއްގެ ތެރެއަށް ލައި ފޮރުވައިގެން ޖަލަށް މަސްތުވާތަކެތި އެތެރެކުރަން އުޅުނު އަންހެނަކު ހައްޔަރުކޮށްފި

14 ޖެނުއަރީ 2017
ކޭކެއްގެ ތެރެއަށް ލައި ފޮރުވައިގެން ޖަލަށް މަސްތުވާތަކެތި އެތެރެކުރަން އުޅުނު އަންހެނަކު ހައްޔަރުކޮށްފި
14 ޖެނުއަރީ 2017

މި ސަރުކާރު ބިނާވެގެންވާ ހުރިހާ އަސާސްތަކެއް ދޫކޮށްލަންޖެހޭ: އިންތި

14 ޖެނުއަރީ 2017
މި ސަރުކާރު ބިނާވެގެންވާ ހުރިހާ އަސާސްތަކެއް ދޫކޮށްލަންޖެހޭ: އިންތި
13 ޖެނުއަރީ 2017

ހިތުހުރި ގޮތެއް ހަދަން ދޫކޮށްލައިފި ނަމަ ރިޔާސީ އިންތިޚާބުގައި ހިތާމަކުރަން ޖެހޭނެ: ޝިދާތާ

13 ޖެނުއަރީ 2017
ހިތުހުރި ގޮތެއް ހަދަން ދޫކޮށްލައިފި ނަމަ ރިޔާސީ އިންތިޚާބުގައި ހިތާމަކުރަން ޖެހޭނެ: ޝިދާތާ
12 ޖެނުއަރީ 2017

ލ. ފޮނަދޫގައި ހުރި މީރާގެ އޮފީސް ފަޅާލާ ވައްކަން ކޮށްފި

12 ޖެނުއަރީ 2017
ލ. ފޮނަދޫގައި ހުރި މީރާގެ އޮފީސް ފަޅާލާ ވައްކަން ކޮށްފި
10 ޖެނުއަރީ 2017

ހައުސިންގ މިނިސްޓްރީގެ އޮޑިޓް ރިޕޯޓުގައި ހުރި މައްސަލަތައް މިދަނީ ބަލަމުން:އޭސީސީ

10 ޖެނުއަރީ 2017
ހައުސިންގ މިނިސްޓްރީގެ އޮޑިޓް ރިޕޯޓުގައި ހުރި މައްސަލަތައް މިދަނީ ބަލަމުން:އޭސީސީ
10 ޖެނުއަރީ 2017

އެެމްއާރްޑީސީގެ ލެޑްލައިޓެއް ވަގަށް ނެގި މީހަކު ޖަލަށް ލުމަށް ހުކުމް ކޮށްފި

10 ޖެނުއަރީ 2017
އެެމްއާރްޑީސީގެ ލެޑްލައިޓެއް ވަގަށް ނެގި މީހަކު ޖަލަށް ލުމަށް ހުކުމް ކޮށްފި
08 ޖެނުއަރީ 2017

ދެ ދަޅު ނެސްކެފޭ ވަގަށް ނެގި މީހަކު ދެ މަހަށް ޖަލަށް ލުމަށް ހުކުމް ކޮށްފި

08 ޖެނުއަރީ 2017
ދެ ދަޅު ނެސްކެފޭ ވަގަށް ނެގި މީހަކު ދެ މަހަށް ޖަލަށް ލުމަށް ހުކުމް ކޮށްފި
06 ޖެނުއަރީ 2017

ޤާނޫނު އަސާސީއެއް ނެތް، އުފާވެރި ދިވެހިރާއްޖެއަށް އޮތް ހުރިހާ މަގެއް ބަންދުކޮށްފި: އިބްރާ

06 ޖެނުއަރީ 2017
ޤާނޫނު އަސާސީއެއް ނެތް، އުފާވެރި ދިވެހިރާއްޖެއަށް އޮތް ހުރިހާ މަގެއް ބަންދުކޮށްފި: އިބްރާ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް