Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުފީފާ ވޯލްޑް ކަޕް

އިންގްލެންޑްއާ ދެކޮޅަށް އާޖެންޓީނާ އިން ބޭނުން ކުރާނީ އެ ޓީމުގެ ނޫ ކުލައިގެ ޖާޒީ!

14 ޖުލައި 2026 | އަންގާރަ 10:10

މިއީ މުބާރާތުގައި ޖާޒީ ބޭނުން ކުރުމުގެ ޤަވާއިދާ ގުޅިގެން ނިންމި ނިންމުމެއް ކަމަށް ބެލެވުނު ނަމަވެސް، އާޖެންޓީނާގެ މީީޑިއާ ތަކުގައި ބުނަނީ އެއީ ނުބައި ފިކުރުތަކާ ގުޅިގެން ނިންމާފައިވާ ނިންމުމެއް ކަމަށް.

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 14 ޖުލައި 2026 | އަންގާރަ 10:10
ފީފާ ވޯލްޑް ކަޕްގެ ގުރޫޕު ސްޓޭޖުގައި ޖޯޑަންއާ ދެކޮޅަށް ކުޅުނު މެޗުގައި ލަނޑު ޖެހުމަށް ފަހު އާޖެންޓީނާގެ ކެޕްޓަން ލިއޮނަލް މެސީ އުފާ ފާޅު ކުރަނީ.

ފީފާ ވޯލްޑް ކަޕްގެ ގުރޫޕު ސްޓޭޖުގައި ޖޯޑަންއާ ދެކޮޅަށް ކުޅުނު މެޗުގައި ލަނޑު ޖެހުމަށް ފަހު އާޖެންޓީނާގެ ކެޕްޓަން ލިއޮނަލް މެސީ އުފާ ފާޅު ކުރަނީ. | ގެޓީ އިމޭޖަސް

ފީފާ ވޯލްޑް ކަޕްގެ ސެމީ ފައިނަލްގައި އެންމެ ފަހުގެ ޗެމްޕިއަން އާޖެންޓީނާ އިން އިންގްލެންޑްއާ ދެކޮޅަށް ނިކުންނާނީ، އެ ޓީމުގެ "ނަަސީބު" ނޫ ކުލައިގެ ޖާޒީގައި ކަމަށް ރިޕޯޓު ތަކުގައި ބުނެފި އެވެ. 

ބުދަ ދުވަހުގެ ރޭ ދަންވަރު ކުޅޭ އެ މެޗުގައި އާޖެންޓީނާ އިން ނޫ ކުލައިގެ ޖާޒީ ބޭނުން ކުރާއިރު، މިފަހަރުގެ މުބާރާތުގައި އެ ޖާޒީ ބޭނުން ކޮށްފައި ވަނީ މިހާތަނަށް އެންމެ މެޗެއްގައި އެވެ. އެއީ މުބާރާތުގެ ގުރޫޕު ސްޓޭޖުގައި ޖޯޑަންއާ ދެކޮޅަށް ކުޅުނު މެޗުގައި އެވެ. އެ މެޗު އާޖެންޓީނާ އިން ކާމިޔާބު ކޮށްފައި ވަނީ 3-1 އިންނެވެ. 

މިއީ މުބާރާތުގައި ޖާޒީ ބޭނުން ކުރުމުގެ ޤަވާއިދާ ގުޅިގެން ނިންމި ނިންމުމެއް ކަމަށް ބެލެވުނު ނަމަވެސް، އާޖެންޓީނާގެ މީީޑިއާ ތަކުގައި ބުނަނީ އެއީ ނުބައި ފިކުރުތަކާ ގުޅިގެން ނިންމާފައިވާ ނިންމުމެއް ކަމަށެވެ. މިއީ ފީފާގެ ޖާޒީ ޤަވާއިދާ ގުޅިގެން ނިންމާފައިވާ ނިންމުމެއް ނޫން ކަމަށް ވެސް ބުނެފައިވެ އެވެ. މި ކިޓު ގުޅިފައި އޮތީ 1986 ވަނަ އަހަރާއި، 1998 ވަނަ އަހަރުގެ ވޯލްޑް ކަޕްގައި އިންގްލެންޑްއާ ދެކޮޅަށް އާޖެންޓީނާ އިން ހޯދި މަޝްހޫރު ކާމިޔާބީތަކާ އެވެ. 

1986 ވަނަ އަހަރުގެ ވޯލްޑް ކަޕްގެ ކުއާޓާ ފައިނަލްގައި އާޖެންޓީނާ އިން ވަނީ 2-1 އިން އިންގްލެންޑު ބަލިކޮށްފައި އެވެ. އެ މެޗުގައި އާޖެންޓީނާގެ ލެޖެންޑު ޑިއޭގޯ މަރަޑޯނާ ވަނީ މަޝްހޫރު "ހޭންޑް އޮފް ގޯޑް" ލަނޑު ޖަހައިފަ އެވެ. އޭގެ ފަހުން 1998 ވަނަ އަހަރު ފްރާންސްގައި އޮތް ވޯލްޑް ކަޕްގެ ގަދަ 16 ގައި އާޖެންޓީނާ އިން ވަނީ ޕެނަލްޓީ ޖަހައިގެން އިންގްލެންޑު ބަލިކޮށްފައި އެވެ.  

ނަމަވެސް، ނޫ ކުލައިގެ މި ޖާޒީ އަކީ އާޖެންޓީނާ އަށް އަބަދު ނަސީބެއް ނޫނެވެ. 1990 ވަނަ އަހަރުގެ ވޯލްޑް ކަޕްގެ ފައިނަލްގައި ވެސްޓް ޖާމަނީ އަތުން ބަލިވި މެޗާއި، 2014 ވަނަ އަހަރުގެ ވޯލްޑް ކަޕްގައި ޖަރުމަނު އަތުން ބަލިވި މެޗުގައި ވެސް އާޖެންޓީނާ އިން ބޭނުން ކޮށްފައި ވަނީ މި ޖާޒީ އެވެ.

ޖަޕާންގައި 2002 ވަނަ އަހަރު ބޭއްވި ވޯލްޑް ކަޕްގެ ގުރޫޕު ސްޓޭޖު މެޗުގައި ހޯމް އަދި އަވޭ ކިޓުތައް ބަދަލު ކޮށްފައިވާއިރު، އެފަހަރުގެ މެޗުގައި އިންގްލެންޑު ނިކުމެފައި ވަނީ އެ ޓީމުގެ ރަތް ޖާޒީގައި އެވެ. އާާޖެންޓީނާ އިން އެ ޓީމުގެ އާންމު ޖާޒީ ބޭނުން ކޮށްފައިވާއިރު، އެ މެޗު އިންގްލެންޑުން ކާމިޔާބު ކޮށްފައި ވަނީ 1-0 އިންނެވެ. 

އާޖެންޓީނާ އާއި އިންގްލެންޑް އަކީ ވޯލްޑް ކަޕްގެ ތާާރީޚެއް އޮތް ދެ ޤައުމެވެ. މިފަހަރު އާޖެންޓީނާ އާާއި އިންގްލެންޑު ބައްދަލު ކުރާއިރު، މި މެޗު ޚާއްސަ ވަނީ އާޖެންޓީނާގެ ކެޕްޓަން ލިއޮނަލް މެސީ އަށެވެ. މިއީ މެސީގެ ކެރިއަރުގައި އިންގްލެންޑްއާ ދެކޮޅަށް ކުޅޭ ފުރަތަމަ މެޗެވެ.

ފީފާ ވަރލްޑް ކަޕް 2026އާޖެންޓީނާއިނގިރޭސިވިލާތް

އެންމެ ހިނގާ

1

ތުރުކީގެ އަޝްޓާޝް އިން 300 މިލިއަން ޑޮލަރުގެ ލަގްޒަރީ ރިސޯޓެއް ރާއްޖޭގައި ތަރައްގީކުރަނީ

2

ޚާމަނާއީއާ މުއާމަލާތް ކުރުން "ވަރަށް އުނދަގޫ" - ރައީސް ޕެޒެޝްކިއަން

3

ސްޕޭސްއެކްސްގެ ރޮކެޓަކުން ވަކިވި ހަތަރު ޓަނުގެ ބޮޑު އެތިގަނޑެއް ހަނދުގައި ޖެހި ވަޅުގަނޑެއް ހެދިއްޖެ

4

އީރާން ބަލިވެފައިވާކަމަށް 106 ފަހަރު އަދި އެއްބަސްވުމަކަށް އާދެވިފައިވާ ކަމަށް 80 ފަހަރު ޓްރަމްޕް ވިދާޅުވެފައިވާތީ، އީރާންގެ ޤައުމީ ސަލާމަތާ ބެހޭ ކޮމެޓީގެ މެންބަރެއްގެ މަލާމާތް ޓްރަމްޕް އަށް!

5

މޯދީގެ ވީޑިއޯ މައްސަލައިގައި ޒަކަރބާގް މައާފަށް އެދިއްޖެ

އިތުރަށް ކިޔާލަން

14 ޖުލައި 2026

މެސީ ބާއްވާނީ އެނދުމަތީގައި، އިންގްލެންޑު ފައިނަލް އަށް ދާނެ: ޖޯ ކޯލް

14 ޖުލައި 2026
މެސީ ބާއްވާނީ އެނދުމަތީގައި، އިންގްލެންޑު ފައިނަލް އަށް ދާނެ: ޖޯ ކޯލް
14 ޖުލައި 2026

އިންގްލެންޑުގެ ބައިބައިވުމެއް ނެތް، މެސީއާ ދެކޮޅަށް މުޅި ޓީމު އޮތީ ތައްޔާރަށް!

14 ޖުލައި 2026
އިންގްލެންޑުގެ ބައިބައިވުމެއް ނެތް، މެސީއާ ދެކޮޅަށް މުޅި ޓީމު އޮތީ ތައްޔާރަށް!
14 ޖުލައި 2026

ފްރާންސްއާ ދެކޮޅަށް ސްޕެއިން ނިކުންނަނީ ހުރިހާ ޙާލަތަކަށް ތައްޔާރު ވެގެން: ފުއެންޓޭ

14 ޖުލައި 2026
ފްރާންސްއާ ދެކޮޅަށް ސްޕެއިން ނިކުންނަނީ ހުރިހާ ޙާލަތަކަށް ތައްޔާރު ވެގެން: ފުއެންޓޭ
14 ޖުލައި 2026

ފެންނާނީ ޝައުޤުވެރި ސެމީ ފައިނަލެއް، ފޭވަރިޓުންނަކީ ސްޕެއިން: ޑެޝޯމްޕްސް

14 ޖުލައި 2026
ފެންނާނީ ޝައުޤުވެރި ސެމީ ފައިނަލެއް، ފޭވަރިޓުންނަކީ ސްޕެއިން: ޑެޝޯމްޕްސް
13 ޖުލައި 2026

ސެމީ ފައިނަލުގެ ޓީމުތަކުގެ ތެރެއިން ތަށި އުފުލާލުމުގެ އެންމެ ބޮޑު ފުރުސަތެއް އޮތީ ކޮން ގައުމަކަށް؟

13 ޖުލައި 2026
ސެމީ ފައިނަލުގެ ޓީމުތަކުގެ ތެރެއިން ތަށި އުފުލާލުމުގެ އެންމެ ބޮޑު ފުރުސަތެއް އޮތީ ކޮން ގައުމަކަށް؟
13 ޖުލައި 2026

ފްރާންސް ޓީމުގައި "ފްރާންސްގެ މީހަކު ނެތް" ކަމަށް، ސްޕެއިންގެ ކުރީގެ ބޮޑު ވަޒީރު ރަޖޯއީ ވިދާޅުވި މައްސަލަ ހޫނުވެއްޖެ

13 ޖުލައި 2026
ފްރާންސް ޓީމުގައި "ފްރާންސްގެ މީހަކު ނެތް" ކަމަށް، ސްޕެއިންގެ ކުރީގެ ބޮޑު ވަޒީރު ރަޖޯއީ ވިދާޅުވި މައްސަލަ ހޫނުވެއްޖެ
13 ޖުލައި 2026

އާޖެންޓީނާ މޮޅުވާން ބޭނުން ނުވާ ބަޔަކު އެބަ ތިބި، އެއީ ހިތްވަރެއް: ސްކަލޯނީ

13 ޖުލައި 2026
އާޖެންޓީނާ މޮޅުވާން ބޭނުން ނުވާ ބަޔަކު އެބަ ތިބި، އެއީ ހިތްވަރެއް: ސްކަލޯނީ
13 ޖުލައި 2026

ފްރާންސްއާ ގުޅޭ ގޮތުން ރަޖޯއި ދެއްކި ވާހަކަތަކާ ގުޅިގެން، ސްޕެއިންގެ ބޮޑު ވަޒީރު ސަންޗޭޒް ކޯފާވެއްޖެ

13 ޖުލައި 2026
ފްރާންސްއާ ގުޅޭ ގޮތުން ރަޖޯއި ދެއްކި ވާހަކަތަކާ ގުޅިގެން، ސްޕެއިންގެ ބޮޑު ވަޒީރު ސަންޗޭޒް ކޯފާވެއްޖެ
13 ޖުލައި 2026

ނޯވޭ މެޗުގެ ކުރިން ތިން ދުވަސް ވަންދެން ރައިސް އޮތީ އެނދުމަތީގައި!

13 ޖުލައި 2026
ނޯވޭ މެޗުގެ ކުރިން ތިން ދުވަސް ވަންދެން ރައިސް އޮތީ އެނދުމަތީގައި!
13 ޖުލައި 2026

ޓްރަމްޕްގެ ދައުވަތަކަށް ގޯލްފް ކުޅެން ދިޔަ ކަމަށް ކޭން ބުނެފި

13 ޖުލައި 2026
ޓްރަމްޕްގެ ދައުވަތަކަށް ގޯލްފް ކުޅެން ދިޔަ ކަމަށް ކޭން ބުނެފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް