Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުފީފާ ވޯލްޑް ކަޕް

ފީފާ ވޯލްޑް ކަޕްގެ 18 މުބާރާތް ކަވަރުކުރަމުންދާ އާޖެންޓީނާގެ އުމުރުން 91 އަހަރުގެ ނޫސްވެރިޔާ

15 ޖުލައި 2026 | ބުދަ 14:17

އާޖެންޓީނާގެ ނޫސްވެރިޔާ އެންރީކޭ މަކާޔާ މާކޭޒް، 1958 އިން ފެށިގެން މެދުކެނޑުމެއް ނެތި 18 ވޯލްޑް ކަޕް ކަވަރުކޮށް ތާރީޚީ ކާމިޔާބީއެއް ވަނީ ހޯދާފައި. ފުޓްބޯޅައިގެ ލެޖެންޑުން ކަމަށްވާ ޕެލޭ އާއި މަރަޑޯނާ އަދި މެސީގެ ކުޅުން ރިޕޯޓްކުރި އުމުރުން 91 އަހަރުގެ މަކާޔާ ގަބޫލުކުރާ ގޮތުގައި، ކުޅުންތެރިންގެ މޮޅުމިން ވަޒަންކުރަންވާނީ އެކި ޒަމާންތަކަށް އައިސްފައިވާ ބަދަލުތަކަށް ރިއާޔަތްކޮށްގެން. އޭނާގެ ދިގު ކެރިއަރު ނިންމާލައި ރިޓަޔަރ ކުރުމުގެ ވިސްނުން މިހާރު ގެންގުޅޭއިރު، އޭނާ ފާހަގަކުރެވެނީ ކަންކަމުގެ ހަގީގަތް ހޯދުމަށް އިސްކަންދޭ ނޫސްވެރިއެއްގެ ގޮތުގައި.

ރާއްޖެ އެމްވީ | 15 ޖުލައި 2026 | ބުދަ 14:17
އާޖެންޓީނާގެ ކުޅިވަރު ނޫސްވެރިއެއްގެ އިތުރުން ފުޓްބޯޅަ އެނަލިސްޓެއް ކަމަށްވާ، އުމުރުން 91 އަހަރުގެ އެންރީކޭ މަކާޔާ މާކޭޒް "ޑީ-ސްޕޯޓްސް ރޭޑިއޯ" ގެ ލައިވް ބްރޯޑްކާސްޓެއްގައި ބައިވެރިވަނީ.

އާޖެންޓީނާގެ ކުޅިވަރު ނޫސްވެރިއެއްގެ އިތުރުން ފުޓްބޯޅަ އެނަލިސްޓެއް ކަމަށްވާ، އުމުރުން 91 އަހަރުގެ އެންރީކޭ މަކާޔާ މާކޭޒް "ޑީ-ސްޕޯޓްސް ރޭޑިއޯ" ގެ ލައިވް ބްރޯޑްކާސްޓެއްގައި ބައިވެރިވަނީ. | ގެޓީ އިމޭޖަސް

ނޫސްވެރިކަމުގެ ދާއިރާގައި ހަތްދިހަ އަހަރާ ގާތްކުރާ މުއްދަތެއް ހޭދަކޮށްފައިވާ އުމުރުން 91 އަހަރުގެ އާޖެންޓިނާގެ ސްޕޯޓްސް ޖާނަލިސްޓް އަދި އެނަލިސްޓް އެންރީކޭ މަކާޔާ މާކޭޒް ވަނީ، މީގެ ކުރިން އެއްވެސް މީހަކު ހާސިލްކޮށްފައި ނުވާ ފަދަ ކާމިޔާބީއެއް ހޯދާފަ އެވެ. އެއީ މެދުކެނޑުމެއް ނެތި ޖެހިޖެހިގެން 18 ވޯލްޑް ކަޕް ކަވަރުކުރުމުގެ ޝަރަފެވެ.

އޭނާ އެންމެ ފުރަތަމަ ވޯލްޑް ކަޕެއް ކަވަރުކުރީ 1958 ވަނަ އަހަރު އެވެ. އެއީ އުމުރުން އެންމެ 17 އަހަރުގެ އުންމީދީ ކުޅުންތެރިޔާ ޕެލޭ ފެނިގެންދިޔަ މުބާރާތެވެ.

އެ މުބާރާތް ކަވަރުކުރުމަށް ސްވިޑަންއަށް ފޮނުވިއިރު، މަަކާޔާގެ އުމުރަކީ އެންމެ 24 އަހަރެވެ.

އޭނާއަށް އެންމެ ފުރަތަމަ ހަވާލުކުރެވުނު މަސައްކަތްތަކުގެ ތެރޭގައި ޕެލޭގެ ބްރެޒިލާއި އޮސްޓްރިއާ ބައްދަލުކުރި މެޗު ބެލުން ހިމެނެ އެވެ. ނަމަވެސް، އެ މުބާރާތުން އޭނާގެ ހަނދާނުގައި އެންމެ ބޮޑަށް ބިންވަޅު ނެގިފައިވަނީ 'ޑިޒާސްޓަރ އޮފް ސްވިޑަން' ނުވަތަ ސްވިޑަންގެ ކާރިސާގެ ގޮތުގައި މަޝްހޫރުވި މެޗެވެ. އެއީ ޗެކޮސްލޮވާކިއާ އަތުން 6-1 ގެ ބޮޑު ތަފާތަކުން އާޖެންޓީނާ ބަލިވި މެޗެވެ.

"އެ މެޗަކީ އާޖެންޓީނާގެ ގައުމީ ފުޓްބޯޅަ ޓީމަށް ލިބުނު ވަރަށް ބޮޑު ނާކާމިޔާބީއެއްގެ ގޮތުގައި އަދިވެސް އަހަރެންގެ ހަނދާނުގައި ހަރުލާފައި ހުރި މެޗެއް،" އޭނާ ބުންޏެވެ.

"އެ ދުވަސްވަރު ޗެކޮސްލޮވާކިއާއާ ބެހޭ އެއްވެސް މައުލޫމާތެއް އަހަރެމެންނަކަށް ނޭނގޭ. އެއްވެސް ތަފާސްހިސާބެއް ނެތް. އެމީހުން އަހަރެމެން ސިއްސުވާލީ."

ވޭތުވެދިޔަ ހަތްދިހަ އަހަރާ ގާތްކުރާ މުއްދަތުގެ ތެރޭގައި، ފުޓްބޯޅައަށް އައިސްފައިވާ ބޮޑެތި ބަދަލުތައް މަަކާޔާ ވަނީ ދެކެފަ އެވެ.

އޭނާ ވަނީ ޕެލޭ އާއި، ޑިއޭގޯ މަރަޑޯނާ އާއި، ލިއޮނަލް މެސީގެ އިތުރުން އެތައް ގިނަ ކުޅަދާނަ ކުޅުންތެރިންނެއްގެ ކުޅުން ރިޕޯޓްކޮށްފަ އެވެ.

ޓީވީގެ ދައުރު ޑިޖިޓަލްވެ، ތަފާސްހިސާބުތައް ވަގުތުން ވަގުތަށް ލިބޭނެ އިންތިޒާމު ހަމަޖެހި، ވޯލްޑް ކަޕަކީ މުޅި ދުނިޔެ ބަލާ ބޮޑު އީދަކަށް ވަނީ ބަދަލުވެފަ އެވެ.

މި ހުރިހާ ބަދަލެއް އައި ނަމަވެސް، މަަކާޔާގެ އެއް އުސޫލަކަށް ބަދަލެއް ނާދެ އެވެ. އެއީ ކަމެއްގެ ހަގީގަތް ނޭނގި، އަވަސް އަރުވާލައިގެން ގޮތް ނިންމުމަށް އޭނާ ދެކޮޅު ހެދުމެވެ.

އެ ފަލްސަފާގެ ސަބަބުން، 2018 ވަނަ އަހަރު އެއްވެސް މީހަކު ހީނުކޮށް ހުއްޓާ ލިއޮނަލް ސްކަލޯނީ އާޖެންޓީނާގެ ކޯޗަކަށް އައްޔަންކުރި ކުރުމާމެދު އޭނާ ދެކުނު ގޮތް ތަފާތުވި އެވެ.

"އަހަރެން މާ ބޮޑު އުންމީދެއް ނުކުރަން،" ޑީ-ސްޕޯޓްސް ރޭޑިއޯގެ ކޮމެންޓޭޓަރެއްގެ ގޮތުގައި މަސައްކަތްކުރާ މަަކާޔާ ބުންޏެވެ. "އަހަންނަށް އޭނާ އެއް ނޭނގޭ."

ސްކަލޯނީގެ އިރުޝާދުގެ ދަށުން އާޖެންޓީނާ ވަނީ ކޮޕާ އެމެރިކާ އާއި، ފައިނަލިސިމާގެ އިތުރުން ވޯލްޑް ކަޕް ކާމިޔާބުކޮށްފަ އެވެ. މިއާއެކު، ފުޓްބޯޅައިގައި އެޅި އެންމެ ބޮޑު އެއް ރިސްކު ނުވަތަ ނުރައްކާތެރި ނިންމުން، އެންމެ ކާމިޔާބު އެއް ވާހަކައަށް ވަނީ ބަދަލުވެފަ އެވެ.

މަަކާޔާ ބުނާ ގޮތުގައި މި ކާމިޔާބީތައް ފެނުމުން، އޭނާގެ މުޅި ކެރިއަރުގައި ގަބޫލުކުރަމުން އައި ކަމެއް އިތުރަށް ކަށަވަރުވި އެވެ.

"މީހަކާ މެދު ގޮތް ނިންމަންވާނީ އެ މީހަކާ ބެހޭގޮތުން ފުން އަދި ފުރިހަމަ މައުލޫމާތެއް އެނގިގެން،" އޭނާ ބުންޏެވެ.

މެސީ ނުވަތަ މަރަޑޯނާ؟

އާޖެންޓީނާ މިހާރު ވަނީ އަނެއްކާވެސް ވޯލްޑް ކަޕްގެ ސެމީ ފައިނަލަށް ދަތުރުކޮށްފަ އެވެ. އަދި ބުދަ ދުވަހުގެ ރޭ (ރާއްޖެ ގަޑިން ދަންވަރު 12:00 ގައި) އެމީހުންގެ ޒަމާންވީ ވާދަވެރި އިންގްލެންޑާ ދެކޮޅަށް ކުޅޭ މެޗަށް ދަނީ ތައްޔާރުވަމުންނެވެ. 

މަަކާޔާ ގަބޫލުކުރާ ގޮތުގައި 2022 ވަނަ އަހަރު ހޯދި ކާމިޔާބީ ތަކުރާރުކުރުމުގެ ފުރުސަތު އާޖެންޓީނާއަށް އެބައޮތެވެ.

"ޝައްކެއްވެސް ނެތް، އެމީހުންނަށް އެކަން ކުރެވޭނެ،" އޭނާ ބުންޏެވެ. "ކުރިމަގުގައި ވެދާނެ ކަމަކާ ބެހޭގޮތުން ވާހަކަދައްކާ ނަމަ، އަހަރެން ގަބޫލުކުރަނީ އާޖެންޓީނާއަށް މުބާރާތް ކާމިޔާބުކުރުމުގެ ގާބިލުކަން އެބަހުރި ކަމަށް."

އަދި އޭނާ އެންމެ ގަޔާވާ އާޖެންޓީނާގެ ކުޅުންތެރިއަކީ ކާކުތޯ އެހުމުން، ލިބުނު ޖަވާބަކީ މާ ބޮޑު ހައިރާންކަމެއް ލިބުނު ޖަވާބެއް ނޫނެވެ. "ސާފުކޮށް އެނގެން އޮތް ގޮތުގައި އެއީ މެސީ،" އޭނާ ބުންޏެވެ.

ނަމަވެސް، ދެން ކުރިމަތިވި ސުވާލަކީ ހުރިހާ ޒަމާނެއްގެ އެންމެ މޮޅު ކުޅުންތެރިއަކީ ކާކުތޯ ކުރި ސުވާލެވެ. މި ސުވާލާއެކު އޭނާގެ ޔަގީންކަން ކުޑަވިއެވެ.

"އެ ސުވާލަށް ދޭން އޮތީ ހިނިތުންވުމެއް،" އޭނާ ބުންޏެވެ. "ތާރީޚުގެ ތެރޭގައި އުޅުނު ކުޅުންތެރިން އެކަކު އަނެކަކާ އަޅާކިޔޭނެ އެއްވެސް ގޮތެއް ނެތް."

"ޒަމާން ބަދަލުވެއްޖެ. އިދިކޮޅު ކުޅުންތެރިން ބަދަލުވެއްޖެ. ކޮންމެ ކުޅުންތެރިއަކީވެސް ތަފާތު ކުޅުންތެރިއެއް. އަހަރެން އަމިއްލައަށް ގަޔާވާ ކުޅުންތެރިއެއްގެ ނަން ބުނެވިދާނެ، އެކަމަކު އޭގެ މާނައަކީ އެއީ ތާރީޚުގެ އެންމެ މޮޅު ކުޅުންތެރިޔާއޭ އެއް ނޫން."

މިއީ މަަކާޔާއަށް މިހާ ދިގު މުއްދަތަކަށް އިހުތިރާމް ލިބެމުންދާ ސަބަބު ހާމަކޮށްދޭ ޖަވާބެކެވެ. ވަކި ކުޅުންތެރިއަކީ އެންމެ މޮޅު ކުޅުންތެރިޔާ ކަމަށް ނިންމުމުގެ ބަދަލުގައި، އޭނާ އިސްކަންދެނީ ކަންކަމުގެ ހަގީގަތް ހުރި ގޮތް ބެލުމަށެވެ.

މެސީ އާއި އާޖެންޓީނާގެ އަނެއް މޮޅު ނަންބަރު 10، ޑިއޭގޯ މަރަޑޯނާއާ ބެހޭގޮތުން ވާހަކަދައްކާއިރުވެސް އޭނާ ގެންގުޅެނީ ހަމަ މި އުސޫލެވެ.

"އެ ދެމީހުން އެއްވަރުކޮށް އަޅާކިޔުމަކީ ވަރަށް އުނދަގޫ ކަމެއް،" އޭނާ ބުންޏެވެ.

"އިދިކޮޅު ޓީމުތައް ތަފާތު. އޭރުގެ ބޭނުންތައް ތަފާތު. ޓީމުގެ އެހެން ކުޅުންތެރިންގެ ފަރާތުން ލިބުނު އެހީތެރިކަން ތަފާތު. ކޮންމެ މީހެއްގެވެސް އަމިއްލަ ދިރިއުޅުމަކާއި އަމިއްލަ ތާރީޚެއް އޮވޭ."

އަދި 1970 ވަނަ އަހަރުގެ ޕެލޭގެ ބްރެޒިލް ޓީމާއި 1986 ވަނަ އަހަރުގެ މަރަޑޯނާގެ އާޖެންޓީނާ ޓީމާ ބެހޭގޮތުން ސުވާލުކުރުމުންވެސް އޭނާ ދިނީ ހަމަ އެފަދަ ޖަވާބެކެވެ.

"އެ ދެ ޓީމު އަޅާކިޔޭނެ އެއްވެސް ގޮތެއް ނެތް. ކުޅުމުގެ ވައްޓަފާޅި މުޅިން ތަފާތު،" އޭނާ ބުންޏެވެ.

'ކޮންމެވެސް ދުވަހަކުން ރިޓަޔަރ ކުރާނަން'

ކާމިޔާބީގެ އުފަލުގައި އުޅުމަކީ ފަސޭހަ ކަމެއް ނަމަވެސް، ބަލިވުމަކީވެސް އެހާމެ މުހިންމު ކަމެއް ކަމަށް މަަކާޔާ ބުނެ އެވެ.

"ހަނދާނުން ފޮހެލަން އުނދަގޫ އެތައް މެޗެއް އެބަހުރި،" އޭނާ ބުންޏެވެ. "ނާކާމިޔާބު ނަތީޖާތަކަކީވެސް އެ ހަނދާންތަކުގެ ބައެއް."

އާޖެންޓީނާ މީހަކަށް ވީތީ، ވޯލްޑް ކަޕް ކާމިޔާބުކުރުމަކީ އޭނާގެ ހިތުގައި ހާއްސަ މަގާމެއް ދެވިފައިވާ ކަމެކެވެ.

"ވޯލްޑް ކަޕް ކާމިޔާބުކުރުމަކީ އަހަރެންގެ އެންމެ ފޭވަރިޓް ހަނދާން. އަދި މަރަޑޯނާގެ ކާމިޔާބީއަށް ބަލާއިރު، އަހަރެން ގަބޫލުކުރަނީ އެ ތަށީގެ ސަބަބުން އޭނާގެ މުޅި އުމުރުގައި ހޯދަމުންދިޔަ ސުވާލުގެ ޖަވާބު ލިބުނު ކަމަށް. އެއީ ދުނިޔޭގެ ޗެމްޕިއަނަކަށް ވުން،" އޭނާ ބުންޏެވެ.

އޭނާގެ އަމިއްލަ ކުރިމަގާ ބެހޭގޮތުން ވާހަކަދައްކަމުން، ދުނިޔޭގެ އެންމެ ބޮޑު ކުޅިވަރު ހަރަކާތް ކަވަރުކުރުމުގައި 70 އަހަރާ ގާތްކުރާ މުއްދަތެއް ހޭދަކުރުމަށްފަހު، ރިޓަޔަރ ކުރުން ނުވަތަ މަސައްކަތުން ދުރުވުން މިހާރު އޮތީ ވަރަށް ގާތުގަ އެވެ.

"ކޮންމެވެސް ދުވަހަކުން އަހަރެން ރިޓަޔަރ ކުރާނަން،" ހިނިތުންވުމަކާއެކު މަަކާޔާ މާކޭޒް ބުންޏެވެ.

މަސްދަރު: ބީބީސީ

ފީފާ ވޯލްޑް ކަޕްމާކޭޒް

އެންމެ ހިނގާ

1

ތުރުކީގެ އަޝްޓާޝް އިން 300 މިލިއަން ޑޮލަރުގެ ލަގްޒަރީ ރިސޯޓެއް ރާއްޖޭގައި ތަރައްގީކުރަނީ

2

ޚާމަނާއީއާ މުއާމަލާތް ކުރުން "ވަރަށް އުނދަގޫ" - ރައީސް ޕެޒެޝްކިއަން

3

ސްޕޭސްއެކްސްގެ ރޮކެޓަކުން ވަކިވި ހަތަރު ޓަނުގެ ބޮޑު އެތިގަނޑެއް ހަނދުގައި ޖެހި ވަޅުގަނޑެއް ހެދިއްޖެ

4

އީރާން ބަލިވެފައިވާކަމަށް 106 ފަހަރު އަދި އެއްބަސްވުމަކަށް އާދެވިފައިވާ ކަމަށް 80 ފަހަރު ޓްރަމްޕް ވިދާޅުވެފައިވާތީ، އީރާންގެ ޤައުމީ ސަލާމަތާ ބެހޭ ކޮމެޓީގެ މެންބަރެއްގެ މަލާމާތް ޓްރަމްޕް އަށް!

5

މޯދީގެ ވީޑިއޯ މައްސަލައިގައި ޒަކަރބާގް މައާފަށް އެދިއްޖެ

އިތުރަށް ކިޔާލަން

15 ޖުލައި 2026

މިރޭގެ މެޗާއި ގުޅިގެން އަމާންކަން ގެއްލިދާނެ އެއްވެސް ކަމެއް ނުކުރުމަށް ފުލުހުން އިލްތިމާސްކޮށްފި

15 ޖުލައި 2026
މިރޭގެ މެޗާއި ގުޅިގެން އަމާންކަން ގެއްލިދާނެ އެއްވެސް ކަމެއް ނުކުރުމަށް ފުލުހުން އިލްތިމާސްކޮށްފި
15 ޖުލައި 2026

ސްޕެއިންގެ ތަރި ލަމީން ޔަމާލްގެ ގެއަށް ވަގުން ވަންނަން އުޅެފި

15 ޖުލައި 2026
ސްޕެއިންގެ ތަރި ލަމީން ޔަމާލްގެ ގެއަށް ވަގުން ވަންނަން އުޅެފި
15 ޖުލައި 2026

އާޖެންޓިނާ އާ ދެކޮޅަށް ނުކުމެ އިންގްލެންޑަށް 60 އަހަރުވަންދެން ދެކެމުން އައި ހުވަފެން ހަގީގަތަކަށް ހެދިދާނެތަ؟

15 ޖުލައި 2026
އާޖެންޓިނާ އާ ދެކޮޅަށް ނުކުމެ އިންގްލެންޑަށް 60 އަހަރުވަންދެން ދެކެމުން އައި ހުވަފެން ހަގީގަތަކަށް ހެދިދާނެތަ؟
14 ޖުލައި 2026

ވޯލްޑް ކަޕް ސެމީފައިނަލް: ފްރާންސް އާއި ސްޕެއިން މެޗަކުން ބަލި ނުވާ ދެޓީމު، އެކަމަކު ފައިނަލަށް ދާނީ ކޮންމެވެސް އެއް ބަޔަކު

14 ޖުލައި 2026
ވޯލްޑް ކަޕް ސެމީފައިނަލް: ފްރާންސް އާއި ސްޕެއިން މެޗަކުން ބަލި ނުވާ ދެޓީމު، އެކަމަކު ފައިނަލަށް ދާނީ ކޮންމެވެސް އެއް ބަޔަކު
13 ޖުލައި 2026

ސެމީ ފައިނަލުގެ ޓީމުތަކުގެ ތެރެއިން ތަށި އުފުލާލުމުގެ އެންމެ ބޮޑު ފުރުސަތެއް އޮތީ ކޮން ގައުމަކަށް؟

13 ޖުލައި 2026
ސެމީ ފައިނަލުގެ ޓީމުތަކުގެ ތެރެއިން ތަށި އުފުލާލުމުގެ އެންމެ ބޮޑު ފުރުސަތެއް އޮތީ ކޮން ގައުމަކަށް؟
12 ޖުލައި 2026

2030 ގެ ފީފާ ވޯލްޑް ކަޕް 64 ޓީމަށް ފުޅާކުރުމަށް ފީފާގެ ރައީސް ވިސްނަވަނީ

12 ޖުލައި 2026
2030 ގެ ފީފާ ވޯލްޑް ކަޕް 64 ޓީމަށް ފުޅާކުރުމަށް ފީފާގެ ރައީސް ވިސްނަވަނީ
12 ޖުލައި 2026

ފީފާއަކީ ސިޔާސީ ނުފޫޒުން އެއްކިބާވެފައިވާ، މިނިވަން ކުޅިވަރު ފެޑަރޭޝަނެކޭ ބުނީ ކާކު؟

12 ޖުލައި 2026
ފީފާއަކީ ސިޔާސީ ނުފޫޒުން އެއްކިބާވެފައިވާ، މިނިވަން ކުޅިވަރު ފެޑަރޭޝަނެކޭ ބުނީ ކާކު؟
12 ޖުލައި 2026

ވޯލްޑް ކަޕްގެ ސެމީ ފައިނަލަށް ދަތުރުކުރީ ކޮން ޓީމުތަކެއް؟ ޗެމްޕިއަން ޓީމާ ބެހޭ ގޮތުން ޕްރެޑިކްޝަން ބުނަނީ ކީކޭ؟

12 ޖުލައި 2026
ވޯލްޑް ކަޕްގެ ސެމީ ފައިނަލަށް ދަތުރުކުރީ ކޮން ޓީމުތަކެއް؟ ޗެމްޕިއަން ޓީމާ ބެހޭ ގޮތުން ޕްރެޑިކްޝަން ބުނަނީ ކީކޭ؟
12 ޖުލައި 2026

ޓުޗެލް ބުނީ އިންގްލެންޑްގެ ނަސީބު ރަނގަޅީ ކަމަށް

12 ޖުލައި 2026
ޓުޗެލް ބުނީ އިންގްލެންޑްގެ ނަސީބު ރަނގަޅީ ކަމަށް
12 ޖުލައި 2026

އާޖެންޓީނާއާއި ސުވިޒަލޭންޑް ބައްދަލުކުރި މެޗުގައި އޮޅުމަކުން ދެއްކި ރަތް ކާޑުގެ ހާދިސާ ހިނގީ ކިހިނެއް؟

12 ޖުލައި 2026
އާޖެންޓީނާއާއި ސުވިޒަލޭންޑް ބައްދަލުކުރި މެޗުގައި އޮޅުމަކުން ދެއްކި ރަތް ކާޑުގެ ހާދިސާ ހިނގީ ކިހިނެއް؟
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް