Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެޔަމަން-ސައުދީ

ސައުދީގެ ވައިގެ ސަރަހައްދަށް ނުވަނުމަށް ހޫޘީން އެއަރލައިންތަކަށް އިންޒާރުދީފި

15 ޖުލައި 2026 | ބުދަ 04:34

ސަންއާ އެއާޕޯޓަށް އަޅާފައިވާ ހުރަސްތަކާ ގުޅިގެން ސައުދީގެ ވައިގެ ސަރަހައްދު ބޭނުންނުކުރުމަށް ޔަމަނުގެ ހަތިޔާރު އެޅި ފައުޖުތަކުން އެއާލައިންތަކަށް އިންޒާރުދީފި. މީގެ އިތުރުން ޔަމަނުގެ ވައިގެ ސަރަހައްދުން ސައުދީގެ ޖާސޫސީ ޑްރޯނެއް ވައްޓާލާފައިވާ ކަމަށާއި، ސަންއާ އެއަރޕޯޓަށް ދިން ހަމަލާތަކުގެ ސަބަބުން ދެ ގައުމުގެ ދެމެދުގައި އޮތް ހަނގުރާމަ ހުއްޓާލުމުގެ އެއްބަސްވުން ނިމުމަކަށް އަތުވެދާނެ ކަމުގެ އިންޒާރު ވެސް ހޫޘީން ވަނީ ދީފައި.

ރާއްޖެ އެމްވީ | 15 ޖުލައި 2026 | ބުދަ 04:34
2026 ވަނަ އަހަރުގެ ޖުލައި މަހުގެ 13 ވަނަ ދުވަހު ސައުދީ އަރަބިއްޔާއިން ޔަމަނުގެ ސަންޢާއަށް ދިން ވައިގެ ހަމަލާތަކެއްގައި، އެ ސިޓީގެ ބައިނަލްއަގުވާމީ ވައިގެ ބަނދަރަށް ބޮން އެޅުމުގެ ސަބަބުން ބާރުގަދަ ގޮވުމެއް ގޮވާ މަންޒަރު.

2026 ވަނަ އަހަރުގެ ޖުލައި މަހުގެ 13 ވަނަ ދުވަހު ސައުދީ އަރަބިއްޔާއިން ޔަމަނުގެ ސަންޢާއަށް ދިން ވައިގެ ހަމަލާތަކެއްގައި، އެ ސިޓީގެ ބައިނަލްއަގުވާމީ ވައިގެ ބަނދަރަށް ބޮން އެޅުމުގެ ސަބަބުން ބާރުގަދަ ގޮވުމެއް ގޮވާ މަންޒަރު. | އަލް-މަސީރާ ޓީވީ

ޔަމަނުގެ ސަންއާ އިންޓަނޭޝަނަލް އެއާޕޯޓަށް އަޅާފައިވާ ހުރަސްތައް ނައްތާލަންދެން، ސައުދީ އަރަބިއްޔާގެ ވައިގެ ސަރަހައްދު ބޭނުން ނުކުރުމަށް ޔަމަނުގެ ހަތިޔާރު އެޅި ފައުޖުތަކުން ހުރިހާ އެއާލައިންތަކަކަށް ދީފައިވާ އިންޒާރު އަނެއްކާވެސް އާކޮށްފި އެވެ. އަދި މި އިންޒާރަށް ހުރިހާ އެއާލައިންތަކުންވެސް ސީރިއަސްކޮށް ސަމާލުކަން ދިނުމަށް ޔަމަނުން ވަނީ އިލްތިމާސްކޮށްފަ އެވެ.

އަންގާރަ ދުވަހު ސޯޝަލް މީޑިއާ ޕްލެޓްފޯމް 'އެކްސް' ގައި އަރަބި ބަހުންނާއި އިނގިރޭސި ބަހުން މި އިންޒާރު އަލުން ޝާއިއުކޮށްފައިވާއިރު، މިއީ ސަނާ އެއާޕޯޓަށް ކުރިމަތިވެފައިވާ ހުރަސްތަކާ ގުޅިގެން ޔަމަނުގެ ހަތިޔާރު އެޅި ފައުޖުތަކުން ގެންގުޅޭ ހަރުކަށި ސިޔާސަތު ހާމަކޮށްދޭ ކަމެކެވެ.

އެކްސްގައި ކުރި އެ ޕޯސްޓުގައި ބުނެފައިވަނީ، ސައުދީ އަރަބިއްޔާގެ ވައިގެ ސަރަހައްދު ހުރަސް ނުކުރުމަށް ހުރިހާ އެއާލައިންތަކަކަށް އިންޒާރު ކުރާ ކަމަށާއި، ސަނާ އިންޓަނޭޝަނަލް އެއާޕޯޓުގެ ބްލޮކޭޑް ނުވަތަ ބަންދު އުވާލަންދެން މި އިންޒާރުތަކަށް ސީރިއަސްކޮށް އަމަލުކުރަން ޖެހޭނެ ކަމަށެވެ.

މި އިންޒާރު ނެރެފައިވަނީ "ސީޖް ފޯ ސީޖް" މި ނަމުގައި ސައުދީ އަރަބިއްޔާއަށް އަމާޒުކޮށް އޯޑިއޯ-ވިޝުއަލް މެސެޖެއް އާންމުކުރިތާ މަދު ގަޑިއިރުތަކެއްގެ ތެރޭގަ އެވެ.

މީގެ އިތުރުން، ޔަމަނުގެ މެދުތެރޭގެ ދެކުނުގައި އޮންނަ އަލް-ބައިދާ ގަވަރުނަރޭޓްގެ މަތިން އުދުހެމުންދިޔަ ސައުދީ އަރަބިއްޔާގެ 'ވިންގް ލޫންގް 2' މާކްގެ ޖާސޫސީ ޑްރޯނެއް ވައްޓާލާފައިވާ ކަމަށް ޔަމަނުގެ ހަތިޔާރު އެޅި ފައުޖުތަކުގެ ތަރުޖަމާނު ބްރިގޭޑިއާ ޖެނެރަލް ޔަހްޔާ ސަރީއު އަންގާރަ ދުވަހު ވަނީ ވިދާޅުވެފަ އެވެ.

ތަރުޖަމާނު ވިދާޅުވި ގޮތުގައި، އެ ޑްރޯން ވައްޓާލާފައިވަނީ ފަތިހުގެ ވަގުތެއްގައި އެކަށީގެންވާ ހަތިޔާރު ބޭނުންކޮށްގެން ކަމަށާއި، އެއީ ދުޝްމަނުން ހަމަލާއެއް ދިނުމަށް މަސައްކަތް ކުރަމުންދަނިކޮށް ކަމަށެވެ.

ޔަމަނުގެ ވައިގެ ސަރަހައްދާއި ސިޔާދަތަށް އަރައިގަންނަ ކޮންމެ އަމަލަކަށް ރައްދު ދިނުމަށް ޔަމަނުގެ ހަތިޔާރު އެޅި ފައުޖުތައް އޮތީ ތައްޔާރަށް ކަމަށް އޭނާ އަނެއްކާވެސް ވަނީ ވިދާޅުވެފައެވެ.

އަދި ޔަމަނުގެ ފައުޖުތަކުން ތިބޭނީ ވަރަށް ސަމާލުވެގެން ކަމަށާއި، ކުރިމަތިވާ ކޮންމެ އުދުވާނީ ހަމަލާއަކަށް ހަނު ނުތިބޭނެ ކަމަށް އޭނާ ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން ވިދާޅުވި އެވެ.

މި ކުރިމަތިލުންތައް ހިނގާފައި މިވަނީ، މިދިޔަ ހޯމަ ދުވަހު ޔަމަނުގެ ހަތިޔާރު އެޅި ފައުޖުތަކުން ބެލިސްޓިކް މިސައިލާއި ޑްރޯން ބޭނުންކޮށްގެން ސައުދީ އަރަބިއްޔާގެ އަބްހާ އިންޓަނޭޝަނަލް އެއާޕޯޓަށް އަމާޒުކޮށް އަސްކަރީ އޮޕަރޭޝަނެއް ހިންގާފައި ވަނިކޮށެވެ.

މި އޮޕަރޭޝަން ހިންގާފައިވަނީ، އިންސާނީ އެހީ ފޯރުކޮށްދޭ މައި ދޮރާށީގެ ގޮތުގައި ބެލެވޭ ސަންއާ އިންޓަނޭޝަނަލް އެއާޕޯޓް ބަންދުކުރުމުގެ މަގްސަދުގައި ސައުދީން އެ އެއާޕޯޓަށް ވައިގެ ހަމަލާތަކެއް ދިން ކަމަށް ބުނެ އެވެ.

ޔަމަނުގެ އޮފިޝަލުން ވިދާޅުވި ގޮތުގައި، ޔަމަނުގެ ވައިގެ ދިފާއީ ނިޒާމުން ވަނީ ސައުދީގެ ހަނގުރާމަމަތީ ބޯޓުތަކަށް ހުރަސްއަޅައި، އެއާޕޯޓަށް އިތުރު ހަމަލާތަކެއް ދިނުން ހުއްޓުވާފަ އެވެ.

ޔަމަނުގެ ކަމާބެހޭ ފަރާތްތަކުން ވަނީ ސަންއާ އިންޓަނޭޝަނަލް އެއާޕޯޓަށް ދިން ހަމަލާއަކީ 2022 ވަނަ އަހަރަށްފަހު ސައުދީން ދިން އެންމެ ނުރައްކާތެރި ހަމަލާގެ ގޮތުގައި ސިފަކޮށްފަ އެވެ.

އަދި މި ހަމަލާތަކުގެ ސަބަބުން، ސައުދީ އަރަބިއްޔާއާއި ސަންއާގައި އޮންނަ ޔަމަނުގެ ސަރުކާރާ ދެމެދު ހަތަރު އަހަރު ދުވަހަށް ދެމިގެންގޮސްފައިވާ ނުރަސްމީ ހަނގުރާމަ ހުއްޓާލުމުގެ އެއްބަސްވުން ނިމުމަކަށް އަތުވެދާނެ ކަމުގެ އިންޒާރުވެސް އެ ފަރާތްތަކުން ވަނީ ދީފަ އެވެ.

ޔަމަންޔަމަން-ސައުދީ އަރަބިއްޔާހޫޡީ

އެންމެ ހިނގާ

1

"ސަރުކާރުން ދަނީ ގަސްތުގައި ލޯންޗުތަކަށް ޖެއްސުން ކުރަމުން، ސިފައިންނާއި ފުލުހުން ހަޑިހުތުރު ބަހުން މުއާމަލާތްކުރާއިރު، ވައު އަޅާފައިވަނީ ވެސް އުނދަގޫ ކުރަން"

2

ޕޯޓް ޓެކްނޮލޮޖީ އިންޓަނޭޝަނަލް ގެ އެޑްވައިޒަރީ ބޯޑުގެ ޗެއާމަންގެ މަގާމަށް ރައީސް ނަޝީދު

3

އިޓަލީގެ ޑައިވަރުންގެ ހަށިތައް ނެގުމަށް ޑައިވްކުރި ސާޖަންޓް މަހުދީ މަރުވި ހަގީގީ ސަބަބު އޮތީ އާންމުންނަށް ސިއްރުކޮށްފައި ކަމަށް އާއިލާއިން ބުނެފި - ރިޕޯޓް

4

ވޯލްޑް ކަޕް ތެރޭގައި މެސީ މަރާލަން ރޭވިކަމުގެ ތަފްސީލު ހާމަވެއްޖެ

5

ދުނިޔޭގެ ބާރުގަދަ އެމެރިކާގެ ރައީސަށް ބޮޑެތި ގޮންޖެހުންތަކާ ކުރިމަތިލައްވަން އީރާނުން ޖައްސުވައިފި

އިތުރަށް ކިޔާލަން

15 ޖުލައި 2026

އީރާނާ ދެކޮޅަށް އެމެރިކާއިން ކުރަމުންދާ ހަނގުރާމައިގެ ސަބަބުން، މެދުއިރުމަތި "ނުރައްކާތެރި ފުން ވަޅުގަނޑަކަށް" ވައްޓާލަމުންދާ ކަމަށް ޗައިނާ އިން ބުނެފި

15 ޖުލައި 2026
އީރާނާ ދެކޮޅަށް އެމެރިކާއިން ކުރަމުންދާ ހަނގުރާމައިގެ ސަބަބުން، މެދުއިރުމަތި "ނުރައްކާތެރި ފުން ވަޅުގަނޑަކަށް" ވައްޓާލަމުންދާ ކަމަށް ޗައިނާ އިން ބުނެފި
14 ޖުލައި 2026

ހޫޘީން ސައުދީ އަރަބިއްޔާ "ހިސާރުކުރާނެ" ކަމުގެ އިންޒާރު ދީފި

14 ޖުލައި 2026
ހޫޘީން ސައުދީ އަރަބިއްޔާ "ހިސާރުކުރާނެ" ކަމުގެ އިންޒާރު ދީފި
14 ޖުލައި 2026

ޔަމަނުގައި ފެށުނު ހަމަނުޖެހުމާއެކު ބާބުލް މަންދަބު ބަންދުވެއްޖެ ނަމަ ދެން ވާނީ ކިހިނެއް؟

14 ޖުލައި 2026
ޔަމަނުގައި ފެށުނު ހަމަނުޖެހުމާއެކު ބާބުލް މަންދަބު ބަންދުވެއްޖެ ނަމަ ދެން ވާނީ ކިހިނެއް؟
14 ޖުލައި 2026

ޔަމަނުގެ ހޫޘީން ގެ ހަމަލާ އާ ގުޅިގެން ސައުދީގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރަން ދެމިއޮންނާނެ ކަމަށް އެމެރިކާ އިން ބުނެފި

14 ޖުލައި 2026
ޔަމަނުގެ ހޫޘީން ގެ ހަމަލާ އާ ގުޅިގެން ސައުދީގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރަން ދެމިއޮންނާނެ ކަމަށް އެމެރިކާ އިން ބުނެފި
13 ޖުލައި 2026

ޔަމަން އާއި ސައުދީގެ މަޝްރަހު ހޫނުވެ ހޫޘީން ސައުދީ އަށް މިސައިލް ހަމަލާ ދީފި

13 ޖުލައި 2026
ޔަމަން އާއި ސައުދީގެ މަޝްރަހު ހޫނުވެ ހޫޘީން ސައުދީ އަށް މިސައިލް ހަމަލާ ދީފި
13 ޖުލައި 2026

ޔަމަނުގެ ވެރިރަށް ސަންޢާ އަށް އީރާނުގެ މަތިންދާބޯޓެއް ޖެއްސުން ހުއްޓުވަން އެ ގައުމުގެ ސަރުކާރުގެ ފައުޖުތަކުން އެއަރޕޯޓަށް ހަމަލާ ދީފި

13 ޖުލައި 2026
ޔަމަނުގެ ވެރިރަށް ސަންޢާ އަށް އީރާނުގެ މަތިންދާބޯޓެއް ޖެއްސުން ހުއްޓުވަން އެ ގައުމުގެ ސަރުކާރުގެ ފައުޖުތަކުން އެއަރޕޯޓަށް ހަމަލާ ދީފި
05 ޖުލައި 2026

ޔަމަނުގެ އައްސޭރިފަށުން ރަތްކަނޑުގައި މުދާ އުފުލާ ބޯޓަކަށް ހަމަލާދީފި

05 ޖުލައި 2026
ޔަމަނުގެ އައްސޭރިފަށުން ރަތްކަނޑުގައި މުދާ އުފުލާ ބޯޓަކަށް ހަމަލާދީފި
04 ޖުލައި 2026

ސައުދީން ހޫޘީންނަށް ވަރުގަދަ އިންޒާރެއް ދީފި

04 ޖުލައި 2026
ސައުދީން ހޫޘީންނަށް ވަރުގަދަ އިންޒާރެއް ދީފި
08 ޖޫން 2026

އިޒްރޭލުގެ އުޅަނދުފަހަރު ރަތްކަނޑުން ދަތުރު ކުރުން ހޫޘީން މަނާކޮށްފި

08 ޖޫން 2026
އިޒްރޭލުގެ އުޅަނދުފަހަރު ރަތްކަނޑުން ދަތުރު ކުރުން ހޫޘީން މަނާކޮށްފި
28 މެއި 2026

ޔަމަނުގެ ކުރީގެ ރައީސް ހާދީ އަވަހާރަވެއްޖެ

28 މެއި 2026
ޔަމަނުގެ ކުރީގެ ރައީސް ހާދީ އަވަހާރަވެއްޖެ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް