Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެޔަމަން

ޔަމަނުގެ ކުރީގެ ރައީސް ހާދީ އަވަހާރަވެއްޖެ

ޔަމަނުގެ ދާޚިލީ ހަނގުރާމައާއި އިގްތިސާދީ ކާރިސާތަކުގެ ތެރޭގައި ގައުމު ހިންގެވި ކުރީގެ ރައީސް ހާދީ އަވަހާރަވުމާ ގުޅިގެން، އެ ގައުމުގައި ތިން ދުވަހުގެ ގައުމީ ހިތާމަ އިއުލާންކޮށްފި. އަސްކަރީ ދާއިރާއިން މަތީ ތައުލީމު ހާސިލުކުރެއްވި ހާދީއަކީ، 2012 ވަނަ އަހަރު ވެރިކަމާ ހަވާލުވެވަޑައިގަތުމުގެ ކުރިން ގިނަ ދުވަސްތަކެއް ވަންދެން ނައިބު ރައީސްކަމާއި ޑިފެންސް މިނިސްޓަރުކަން ވެސް ފުރުއްވާފައިވާ ބޭފުޅެއް. އެ ގައުމުގެ ރިޔާސީ އޮފީހުން ވަނީ ހާދީގެ ހިކުމަތްތެރި ލީޑަރޝިޕަށް ތައުރީފުކޮށް، އޭނާ ވަކިވެދިއުމަކީ ގައުމަށް ލިބުނު ބޮޑު ހިތާމައެއްގެ ގޮތުގައި ސިފަކޮށްފައި.

ރާއްޖެ އެމްވީ | 28 މެއި 2026 | ބުރާސްފަތި 18:16
ޔަމަނުގެ ކުރީގެ ރައީސް އަބްދު ރައްބޫ މަންސޫރު ހާދީ.

ޔަމަނުގެ ކުރީގެ ރައީސް އަބްދު ރައްބޫ މަންސޫރު ހާދީ. | ރޮއިޓާސް

ޔަމަނުގެ ކުރީގެ ރައީސް އަބްދު ރައްބޫ މަންސޫރު ހާދީ، އުމުރުފުޅުން 80 އަހަރުގައި އަވަހާރަވެއްޖެ ކަމަށް އެ ގައުމުގެ ރިޔާސީ އޮފީހުން ބުރާސްފަތި ދުވަހު ހާމަކޮށްފިއެވެ.

ހާދީގެ ވަކިވެދިއުމުގެ ހިތާމައިގައި، ގައުމީ ދިދަ ބައިދަނޑިއަށް ތިރިކުރުމަށާއި ތައުޒިޔާގެ ދަފްތަރު ހުޅުވުމާއެކު ތިން ދުވަހުގެ ގައުމީ ހިތާމައިގެ މުއްދަތެއް މިހާރު ވަނީ އިއުލާންކޮށްފައެވެ. ރައީސް ހާދީއަކީ ހޫޘީން ޔަމަނުގެ ބޮޑު ސަރަހައްދެއް ހިފައި، އެ ގައުމުގައި ބޮޑު ދާޚިލީ ހަނގުރާމައެއް ފެށުނު ހަލަބޮލި ދުވަސްވަރު ވެރިކަން ކުރެއްވި ބޭފުޅެކެވެ.

ޔަމަނުގެ ރިޔާސީ އޮފީހުން ނެރުނު ބަޔާނުގައި ހާދީގެ "ހިކުމަތްތެރި ލީޑަރޝިޕަށް" ތައުރީފުކޮށްފައިވެއެވެ. އެ ބަޔާނުގައި ބުނެފައިވަނީ، ހަނގުރާމައާއި، ބަޣާވާތާއި އަދި ކުރިން ދުވަހަކުވެސް ކުރިމަތިނުވާ ފަދަ އިންސާނީ އަދި އިގްތިސާދީ ކާރިސާތަކެއްގެ ތެރޭގައި، ޔަމަނު ދުށް އެންމެ އުނދަގޫ މަރުހަލާގައި ހާދީ ވަނީ ގައުމު ކުރިއަށް ގެންގޮސްދެއްވާފައި ކަމަށެވެ.

އަރަބް ސްޕްރިންގ މުޒާހަރާތަކާ ގުޅިގެން، 33 އަހަރަށްފަހު އަލީ އަބްދުﷲ ސާލިހު ވެރިކަމުން އިސްތިއުފާ ދެއްވުމުން، 2012 ވަނަ އަހަރު ހާދީ ރައީސްކަމާ ހަވާލުވެވަޑައިގަތީ ގިނަ ދުވަސްތަކެއް ވަންދެން ނައިބު ރައީސްގެ މަގާމު ފުރުއްވުމަށްފަހުއެވެ.

އުމުރުފުޅުން 80 އަހަރުގައި އަވަހާރަވި ހާދީ އުފަންވެވަޑައިގަތީ 1945 ވަނަ އަހަރުއެވެ. މަޑުމައިތިރި މިޒާޖެއްގެ ބޭފުޅެއްގެ ގޮތުގައި ފާހަގަކުރެވުނު ހާދީ، މިލިޓަރީ އޮފިސަރުން ތަމްރީނުކުރާ ސްކޫލަކުން ދަސްވެނިވެވަޑައިގަތީ 1964 ވަނަ އަހަރުއެވެ.

އޭނާ ވަނީ އިނގިރޭސިވިލާތުން އަސްކަރީ ތަމްރީނު ފުރިހަމަކުރެއްވުމަށްފަހު، 1970 ވަނަ އަހަރާ ހަމައަށް މިސްރުގައި ހަނގުރާމަމަތީ އުޅަނދުފަހަރާ ބެހޭ ޚާއްސަ ތަމްރީނުތަކެއް ފުރިހަމަކުރައްވާފައެވެ.

އުތުރު ޔަމަނާއި ކޮމިއުނިސްޓް ދެކުނު ޔަމަނު 1990 ވަނަ އަހަރު އެއްކޮށްލުމުގެ ކުރިން ހާދީ ހުންނެވީ ސާލިހުގެ އަރިސް ބޭފުޅެއްގެ ގޮތުގައެވެ. އަދި 1994 ވަނަ އަހަރު ދެކުނު ޔަމަނުން ވަކިވެގަންނަން ކުރި މަސައްކަތް ސާލިހު ނާކާމިޔާބުކޮށްލެއްވި ދުވަސްވަރު، ހާދީ ވަނީ ޔަމަނުގެ ޑިފެންސް މިނިސްޓަރުގެ މަގާމަށް އައްޔަންކުރައްވާފައެވެ.

އަބްދު ރައްބޫ މަންސޫރު ހާދީޔަމަންހޫޡީ

އިތުރަށް ކިޔާލަން

02 މެއި 2026

ޔަމަނުގެ ހަތިޔާރު އެޅި ބަޔަކު ތެޔޮ ޓޭންކަރެއް ހައިޖެކްކޮށްފި

02 މެއި 2026
ޔަމަނުގެ ހަތިޔާރު އެޅި ބަޔަކު ތެޔޮ ޓޭންކަރެއް ހައިޖެކްކޮށްފި
28 މާރިޗު 2026

ހަނގުރާމައިގެ ތެރެއަށް ވަދެ، ހޫޘީން އިޒްރޭލަށް ފުރަތަމަ ފަހަރަށް ހަމަލާ ދީފި

28 މާރިޗު 2026
ހަނގުރާމައިގެ ތެރެއަށް ވަދެ، ހޫޘީން އިޒްރޭލަށް ފުރަތަމަ ފަހަރަށް ހަމަލާ ދީފި
26 މާރިޗު 2026

ޔަމަނުގެ އަންސާރުﷲ އިން އީރާނުގެ ދިފާއުގައި ހަނގުރާމައަށް ތައްޔާރުވަނީ

26 މާރިޗު 2026
ޔަމަނުގެ އަންސާރުﷲ އިން އީރާނުގެ ދިފާއުގައި ހަނގުރާމައަށް ތައްޔާރުވަނީ
28 ފެބުރުއަރީ 2026

ހޫޘީ ލީޑަރު އީރާނަށް ދެމުންދާ ހަމަލާތައް ކުށްވެރިކޮށް، އެމެރިކާގެ އަސްކަރީ މަރުކަޒުތަކަށް ހަމަލާދިނުމަކީ އީރާނަށް ލިބިގެންވާ ގާނޫނީ ހައްގެއް ކަމަށް ބުނެފި

28 ފެބުރުއަރީ 2026
ހޫޘީ ލީޑަރު އީރާނަށް ދެމުންދާ ހަމަލާތައް ކުށްވެރިކޮށް، އެމެރިކާގެ އަސްކަރީ މަރުކަޒުތަކަށް ހަމަލާދިނުމަކީ އީރާނަށް ލިބިގެންވާ ގާނޫނީ ހައްގެއް ކަމަށް ބުނެފި
26 ފެބުރުއަރީ 2026

ޔަމަންގެ ސަރުކާރު މުވައްޒަފުންނަށް މުސާރަ ދިނުމަށް ސައުދީ އިން އެއް ބިލިއަން ރިޔާާލްގެ އެހީ ދޭން ނިންމައިފި

26 ފެބުރުއަރީ 2026
ޔަމަންގެ ސަރުކާރު މުވައްޒަފުންނަށް މުސާރަ ދިނުމަށް ސައުދީ އިން އެއް ބިލިއަން ރިޔާާލްގެ އެހީ ދޭން ނިންމައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު