Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުސައުތުއީސްޓް އޭޝިއަން ގޭމްސް

2027 ވަނަ އަހަރުގެ ސައުތު އީސްޓް އޭޝިއަން ޕްލަސް ޔޫތު ގޭމްސްގެ އިންތިޒާމު ކޮމިޓީގެ ބައްދަލުވުމުގައި ރާއްޖެ އިން ބައިވެރިވެއްޖެ

14 ޖުލައި 2026 | އަންގާރަ 12:02

ފިލިޕީންސްގައި ބާއްވާ މި މުބާރާތުގެ ތައްޔާރީތަކާ ގުޅޭގޮތުން ބޭއްވި ބައްދަލުވުމުގައި ރާއްޖެ ހިމެނޭހެން 17 ގައުމަކުން ބައިވެރިވެފައިވާއިރު، 23 ކުޅިވަރެއް ހިމަނައިގެން ބައިނަލްއަގުވާމީ ފެންވަރުގައި މުބާރާތް ބޭއްވުމަށް ވަނީ ރާވާފައި. އޮލިމްޕިކް ކުޅިވަރުތަކުގެ އިތުރުން މާޝަލް އާޓްސް އާއި ޕެރަ ސްޕޯޓްސް ހިމެނޭ މި މުބާރާތް ހަތަރު ސަރަހައްދަކަށް ބަހާލައިގެން ކުރިއަށްގެންދިއުމަށް ވަނީ ނިންމާފައި.

ރާއްޖެ އެމްވީ | 14 ޖުލައި 2026 | އަންގާރަ 12:02
ސައުތު އީސްޓް އޭޝިއަން ޕްލަސް ޔޫތު ގޭމްސް ބޭއްވުމަށްޓަކައި ވާންޖެހޭ ތައްޔާރީތަކާއި ޕްލޭންތައް އެކުލަވާލުމުގެ މަސައްކަތް މިހާރު ވަނީ ފަށާފައި.

ސައުތު އީސްޓް އޭޝިއަން ޕްލަސް ޔޫތު ގޭމްސް ބޭއްވުމަށްޓަކައި ވާންޖެހޭ ތައްޔާރީތަކާއި ޕްލޭންތައް އެކުލަވާލުމުގެ މަސައްކަތް މިހާރު ވަނީ ފަށާފައި. | ޕީއޯސީ

ސައުތު އީސްޓް އޭޝިއަން ޕްލަސް ޔޫތު ގޭމްސް ބޭއްވުމަށް ވާންޖެހޭ ތައްޔާރީތައް ފަށައިފި އެވެ. 2027 ވަނަ އަހަރުގެ ޑިސެމްބަރު މަހު ބޭއްވުމަށް ތާވަލުކޮށްފައިވާ މި މުބާރާތުގެ ފުރަތަމަ އެޑިޝަނަށް ވާންޖެހޭ ތައްޔާރީތައް ފިލިޕީންސް އޮލިމްޕިކް ކޮމިޓީ (ޕީއޯސީ) އިން ރަސްމީކޮށް ފަށާފައިވަނީ މިދިޔަ ހޮނިހިރު ދުވަހު އެވެ. މި ބައްދަލުވުމުގައި މުބާރާތް ބާއްވާނެ ތަންތަނާއި މުބާރާތުގެ ޝެޑިއުލް ވަނީ ހާމަކޮށްފަ އެވެ.

ޕީއޯސީގެ ރައީސް އަބްރަހަމް ޓޮލެންޓީނޯ ރިޔާސަތު ބެލެހެއްޓެވި އިންތިޒާމުކުރާ ކޮމިޓީގެ މި ބައްދަލުވުމުގައި އާސިއާންގެ މެންބަރު ގައުމުތަކުގެ ނޭޝަނަލް އޮލިމްޕިކް ކޮމިޓީތަކުގެ މަންދޫބުންނާއި، މި ސަރަހައްދުން ބޭރުން ދައުވަތު ދެވުނު 17 ގައުމެއްގެ މަންދޫބުން ބައިވެރިވި އެވެ. މީގެ ތެރޭގައި ދިވެހިރާއްޖެ، ބޫޓާން، ނޭޕާލް، ޗައިނީޒް ތައިޕޭ، ބަހްރައިން، ގަތަރު، ސްރީލަންކާ އަދި ސައުދީ އަރަބިއްޔާ ހިމެނެ އެވެ.

ލޯކަލް އޮގަނައިޒިން ކޮމިޓީގެ ސީއީއޯ އަދި ރައީސް ރާމޮން ސުޒާރާ ވިދާޅުވީ، އެ ކޮމިޓީގެ އަމާޒަކީ ބައިނަލްއަގުވާމީ މިންގަނޑުތަކަށް ފެތޭ ފަދަ ފުރިހަމަ މުބާރާތެއް ބޭއްވުން ކަމަށެވެ. އަދި 23 ކުޅިވަރަކާއި ހަތަރު ކްލަސްޓަރަކަށް ބަހާލައިގެން ކުރިއަށްގެންދާ މި މުބާރާތް ބައިނަލްއަގުވާމީ ފެންވަރުގައި ކާމިޔާބުކަމާއެކު ބޭއްވޭނެ ކަމަށް ގަބޫލުކުރައްވާ ކަމަށްވެސް އޭނާ ވިދާޅުވި އެވެ. މި މުބާރާތުގައި ހިމެނުމަށް ހުށަހަޅާފައިވާ ކުޅިވަރުތަކުގެ ތެރޭގައި ފެތުމާއި އެތުލެޓިކްސް ފަދަ މަގުބޫލު ކުޅިވަރުތަކުގެ އިތުރުން، އޮލިމްޕިކް ކުޅިވަރުތައް ކަމަށްވާ ޓްރަޔަތުލޯން، ޖޫޑޯ، ބޮކްސިން، ގޯލްފް، ޓައެކްވަންޑޯ، ސްކޭޓްބޯޑިން، ރެސްލިން، ފެންސިން، ބާސްކެޓްބޯޅަ، ޓެނިސް އަދި ޖިމްނާސްޓިކްސް ހިމެނެ އެވެ. މީގެ އިތުރުން އޮލިމްޕިކްސްގައި ނުހިމެނޭ ކުޅިވަރުތައް ކަމަށްވާ ޖިއު-ޖިޓްސޫ، ބިލިއަޑްސް، ޑާންސްސްޕޯޓް، މިކްސްޑް މާޝަލް އާޓްސް (އެމްއެމްއޭ) އަދި ފިލިޕީންސްގެ ސަގާފީ މާޝަލް އާޓްސްއެއް ކަމަށްވާ "އަރްނިސް" ވެސް ހިމެނުމަށް ވަނީ ނިންމާފަ އެވެ.

މީގެ އިތުރުން، މުބާރާތުގެ ފަހު ތިން ދުވަހު ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ހާއްސަ "ޕެރަ ސްޕޯޓްސް" އިވެންޓުތައް ބޭއްވުމަށްވެސް އިންތިޒާމުކުރާ ފަރާތްތަކުން ދަނީ ރާވަމުންނެވެ. ކުޅިވަރުތަކާއި އިވެންޓުތަކުގެ އަދަދަށް ބަދަލު އައުމުގެ ފުރުސަތު އޮތް ނަމަވެސް، ކުރިއަށް އޮތް ދެ މަސްދުވަހުގެ ތެރޭގައި އެކަންކަން މުޅިން ފައިނަލް ކުރެވޭނެ ކަމަށް އިންތިޒާމުކުރާ ކޮމިޓީން ލަފާކުރެ އެވެ. މި މުބާރާތުގެ ކުޅިވަރުތައް ބޭއްވުމަށް ހުށަހަޅާފައިވާ ހަތަރު ސަރަހައްދަކީ މެނީލާ، ޕާސިގް، ސުބިކް އަދި ޓަގަޓޭ އެވެ. މި ސަރަހައްދުތަކުގައި މިހާރުވެސް ހުރި ވަސީލަތްތައް ބޭނުންކޮށްގެން މުބާރާތުގެ އެކި ކުޅިވަރުތައް ކުރިއަށް ގެންދިއުމަށް ވަނީ ހަމަޖެހިފަ އެވެ.

މަސްދަރު: ޕީއޯސީ

ސައުތު އީސްޓް އޭޝިއަން ޕްލަސް ޔޫތު ގޭމްސްފިލިޕީންސްމެނީލާ

އެންމެ ހިނގާ

1

ތުރުކީގެ އަޝްޓާޝް އިން 300 މިލިއަން ޑޮލަރުގެ ލަގްޒަރީ ރިސޯޓެއް ރާއްޖޭގައި ތަރައްގީކުރަނީ

2

ޚާމަނާއީއާ މުއާމަލާތް ކުރުން "ވަރަށް އުނދަގޫ" - ރައީސް ޕެޒެޝްކިއަން

3

ސްޕޭސްއެކްސްގެ ރޮކެޓަކުން ވަކިވި ހަތަރު ޓަނުގެ ބޮޑު އެތިގަނޑެއް ހަނދުގައި ޖެހި ވަޅުގަނޑެއް ހެދިއްޖެ

4

އީރާން ބަލިވެފައިވާކަމަށް 106 ފަހަރު އަދި އެއްބަސްވުމަކަށް އާދެވިފައިވާ ކަމަށް 80 ފަހަރު ޓްރަމްޕް ވިދާޅުވެފައިވާތީ، އީރާންގެ ޤައުމީ ސަލާމަތާ ބެހޭ ކޮމެޓީގެ މެންބަރެއްގެ މަލާމާތް ޓްރަމްޕް އަށް!

5

އުތުރު ކޮރެއާއިން ޖަޕާނަށް އަސްކަރީ ފިޔަވަޅުއަޅާނެ ކަމުގެ އިންޒާރުދީފި

އިތުރަށް ކިޔާލަން

11 ޖުލައި 2026

ތޫފާން "ބާވީ"ގެ ނުރައްކަލުގެ ސަބަބުން ޗައިނާއިން 600،000 މީހުން ރައްކާތެރި ތަންތަނަށް ގެންގޮސްފި

11 ޖުލައި 2026
 ތޫފާން "ބާވީ"ގެ ނުރައްކަލުގެ ސަބަބުން ޗައިނާއިން 600،000 މީހުން ރައްކާތެރި ތަންތަނަށް ގެންގޮސްފި
06 ޖުލައި 2026

ފިލިޕީންސްގެ ނައިބު ރައީސް ޑުޓާޓޭގެ އިތުބާރު ނެތްކަމުގެ ޝަރީއަތް - ލިޕީންސްގެ އެންމެ ނުފޫޒުގަދަ ދެ އާއިލާގެ މެދުގައި އުފެދިފައިވާ ސިޔާސީ ކޯޅުމުގެ ނަތީޖާއެއް!

06 ޖުލައި 2026
ފިލިޕީންސްގެ ނައިބު ރައީސް ޑުޓާޓޭގެ އިތުބާރު ނެތްކަމުގެ ޝަރީއަތް - ލިޕީންސްގެ އެންމެ ނުފޫޒުގަދަ ދެ އާއިލާގެ މެދުގައި އުފެދިފައިވާ ސިޔާސީ ކޯޅުމުގެ ނަތީޖާއެއް!
28 ޖޫން 2026

ފިލިޕީންސްގެ ސްކޫލެއްގައި ހިނގި ބަޑިޖެހުމުގެ ހާދިސާ އާ ގުޅިގެން "ގޯބޮކްސް" ގޭމް މަނާކޮށްފި

28 ޖޫން 2026
ފިލިޕީންސްގެ ސްކޫލެއްގައި ހިނގި ބަޑިޖެހުމުގެ ހާދިސާ އާ ގުޅިގެން "ގޯބޮކްސް" ގޭމް މަނާކޮށްފި
26 ޖޫން 2026

ފިލިޕީންސް އަށް 6.5 ގެ ބާރުގަދަ ބިންހެލުމެއް އަތުވެއްޖެ

26 ޖޫން 2026
ފިލިޕީންސް އަށް 6.5 ގެ ބާރުގަދަ ބިންހެލުމެއް އަތުވެއްޖެ
24 ޖޫން 2026

ނައިޖަރ އިން ބައިނަލްއަގްވާމީ ޖިނާއީ ކޯޓުން ވަކިވުމުގެ ރަސްމީ މަރުހަލާ ފަށައިފި

24 ޖޫން 2026
ނައިޖަރ އިން ބައިނަލްއަގްވާމީ ޖިނާއީ ކޯޓުން ވަކިވުމުގެ ރަސްމީ މަރުހަލާ ފަށައިފި
22 ޖޫން 2026

މޭރީގެ މަރު: ލަމްހާ އާއި މާވިން އަށް ހުކުމް ކުރުން އަންނަ މަހު އެކެއްގަ

22 ޖޫން 2026
މޭރީގެ މަރު: ލަމްހާ އާއި މާވިން އަށް ހުކުމް ކުރުން އަންނަ މަހު އެކެއްގަ
08 ޖޫން 2026

ފިލިޕީންސަށް އައި ބާރުގަދަ ބިންހެލުމުގައި 19 މީހުން މަރުވެ، ގިނަ ބަޔަކު ޒަޚަމްވެއްޖެ

08 ޖޫން 2026
ފިލިޕީންސަށް އައި ބާރުގަދަ ބިންހެލުމުގައި 19 މީހުން މަރުވެ، ގިނަ ބަޔަކު ޒަޚަމްވެއްޖެ
08 ޖޫން 2026

ފިލިޕީންސް އަށް ބާރުގަދަ ބިންހެލުމެއް އައިސް ސުނާމީ އިންޒާރުދީފި

08 ޖޫން 2026
ފިލިޕީންސް އަށް ބާރުގަދަ ބިންހެލުމެއް އައިސް ސުނާމީ އިންޒާރުދީފި
24 މާރިޗު 2026

އީރާން ހަނގުރާމައާ ގުޅިގެން ފިލިޕީންސްގައި ހަކަތައިގެ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާންކޮށްފި

24 މާރިޗު 2026
އީރާން ހަނގުރާމައާ ގުޅިގެން ފިލިޕީންސްގައި ހަކަތައިގެ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާންކޮށްފި
15 މާރިޗު 2026

ހއ. އަތޮޅު ކައުންސިލުން 2 އަހަރުގެ ތެރޭ ތަޖުރިބާ ދަތުރުތަކަށް 1.2 މިލިއަން ރުފިޔާ ހަރަދުކުރި: އޮޑިޓް

15 މާރިޗު 2026
ހއ. އަތޮޅު ކައުންސިލުން 2 އަހަރުގެ ތެރޭ ތަޖުރިބާ ދަތުރުތަކަށް 1.2 މިލިއަން ރުފިޔާ ހަރަދުކުރި: އޮޑިޓް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް