Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުސެނެގާލް

ސެނެގާލް ވޯލްޑް ކަޕުން ކެޓުމުން ކޯޗު ޕާޕޭ ތިއޯ ވަކިކޮށްފި

12 ޖުލައި 2026 | އާދީއްތަ 12:16

2026 ވަނަ އަހަރުގެ ވޯލްޑް ކަޕްގެ ގަދަ 32 ގެ ބުރުން ސެނެގާލް ކެޓުމާ ގުޅިގެން، އެ ގައުމުގެ ފުޓްބޯޅަ ފެޑެރޭޝަނުން ވަނީ ކޯޗު ޕާޕޭ ތިއޯ މަގާމުން ވަކިކޮށްފަ. މި ނިންމުން ނިންމާފައިވަނީ މުބާރާތުގެ ނަތީޖާތަކަށާއި، މިދިޔަ އަހަރުގެ އެފްކޯން މުބާރާތުގައި ހިނގި ހަމަނުޖެހުންތަކުގެ ސަބަބުން ސެނެގާލްގެ އަތުން ތަށި ގެއްލުނު މައްސަލައަށް ރިއާޔަތްކުރުމަށްފަހުގައި. ސެނެގާލުން މިހާރު ވަނީ އެފްކޯން ތަށި އަނބުރާ ހޯދުމަށް ކޯޓް އޮފް އާބިޓްރޭޝަން ފޯ ސްޕޯޓްސްއަށް މައްސަލަ ހުށަހަޅާފަ.

ރާއްޖެ އެމްވީ | 12 ޖުލައި 2026 | އާދީއްތަ 12:16
2002 ވަނަ އަހަރު ބޭއްވި ފީފާ ވޯލްޑް ކަޕްގައި ތިއޯ ވަނީ ސެނެގާލްގެ ގައުމީ ޓީމަށް ކުޅެދީފައި.

2002 ވަނަ އަހަރު ބޭއްވި ފީފާ ވޯލްޑް ކަޕްގައި ތިއޯ ވަނީ ސެނެގާލްގެ ގައުމީ ޓީމަށް ކުޅެދީފައި. | ރޮއިޓާސް

2026 ވަނަ އަހަރުގެ ވޯލްޑް ކަޕްގެ ގަދަ 32 ގެ ބުރުން ސެނެގާލް ކެޓުމާ ގުޅިގެން، އެ ގައުމުގެ ގައުމީ ޓީމުގެ ކޯޗު ޕާޕޭ ތިއޯ މަގާމުން ވަކިކޮށްފި އެވެ.

2024 ވަނަ އަހަރުގެ ޑިސެމްބަރު މަހުން ފެށިގެން "ޓެރަންގާ ލަޔަންސް" ގެ ނަމުން މަޝްހޫރުވެފައިވާ ސެނެގާލް ޓީމަށް އިރުޝާދުދެމުން އައި ތިއޯގެ އިރުޝާދުގެ ދަށުން، މުބާރާތުގެ ގްރޫޕް ސްޓޭޖުގެ ފުރަތަމަ ދެ މެޗުގައި ފްރާންސާއި ނޯވޭ އަތުން އެ ގައުމު ވަނީ ބަލިވެފަ އެވެ.

ނަމަވެސް، ގްރޫޕް ސްޓޭޖުގެ ފަހު މެޗުގައި އިރާގު އަތުން 5-0 ގެ ތަފާތު ބޮޑު ނަތީޖާއަކުން މޮޅުވެ، ގްރޫޕްގެ ތިންވަނަ ހޯދި ޓީމުތަކުގެ ތެރެއިން އެންމެ ރަނގަޅު ނަތީޖާ ހޯދި ޓީމެއްގެ ގޮތުގައި ސެނެގާލް ވަނީ ނޮކްއައުޓް ބުރަށް ކޮލިފައިވެފަ އެވެ.

ގަދަ 32 ގެ ބުރުގައި ބެލްޖިއަމާ ދެކޮޅަށް ކުޅުނު މެޗުގައި ސެނެގާލުން ދެ ލަނޑުގެ ލީޑެއް ނަގާފައިވަނިކޮށް، މެޗުގެ ފަހުކޮޅު ބެލްޖިއަމުން ދެ ލަނޑު ޖަހައި ނަތީޖާ އެއްވަރުކުރި އެވެ. އަދި އިތުރު ވަގުތުގެ ތެރޭގައި ލިބުނު ޕެނަލްޓީއަކާއެކު 3-2 އިން ބެލްޖިއަމް އަތުން ބަލިވެ، ސެނެގާލް ވަނީ މުބާރާތުން ކަޓާފަ އެވެ.

މުބާރާތުން ކެޓުމާ ގުޅިގެން، ސެނެގާލްގެ މިހާރުގެ މެނޭޖްމަންޓް މަގާމުގައި ތިބިހާ ހިނދަކު ގައުމީ ޓީމަށް ކުޅުމުން "ބްރޭކެއް" ނަގާނެ ކަމަށް އެ ޓީމުގެ މިޑްފީލްޑަރު ޕާޕޭ ގޭ ވަނީ ބުނެފަ އެވެ.

ސެނެގާލް ފުޓްބޯޅަ ފެޑެރޭޝަން (އެފް.އެސް.އެފް) އިން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، ގައުމީ ޓީމުގެ ނަތީޖާތަކާއި ކުރިއަށް އޮތް ތަނުގައި ޓީމަށް ހުރި ފުރުސަތުތަކަށް ފުންކޮށް ބެލުމަށްފަހު، ސެނެގާލްގެ ފުޓްބޯޅައިގެ އެންމެ މަތީ މަސްލަހަތަށްޓަކައި ތިއޯ މަގާމުން ވަކިކުރުމަށް ނިންމާފައިވާ ކަމަށެވެ.

ސެނެގާލުން 2026 ވަނަ އަހަރުގެ ވޯލްޑް ކަޕާ ކުރިމަތިލީ، 2025 ވަނަ އަހަރުގެ އެފްރިކާ ކަޕް އޮފް ނޭޝަންސް (އެފްކޯން) ގެ ތަށި އެ ގައުމުގެ އަތުން އަތުލުމަށް ކޮންފެޑެރޭޝަން އޮފް އެފްރިކަން ފުޓްބޯޅަ (ކެފް) އިން ނިންމި ނިންމުން އިސްތިއުނާފު ކުރުމަށްފަހު އެވެ. އެ މުބާރާތުގައި ހިނގައިދިޔަ ހަމަނުޖެހުންތަކުގެ މައިގަނޑު އެއް ސަބަބަކީވެސް ކޯޗު ތިއޯ އެވެ.

މިދިޔަ ޖެނުއަރީ މަހު އޮތް އެފްކޯން ފައިނަލް މެޗުގެ އިތުރު ވަގުތުގެ ތެރޭގައި މޮރޮކޯއަށް ޕެނަލްޓީއެއް ދިނުމާ ގުޅިގެން، ތިއޯ ވަނީ އޭނާގެ ޓީމު ދަނޑުން ބާލާފަ އެވެ.

ގާތްގަނޑަކަށް 17 މިނެޓުގެ މެދުކެނޑުމަކަށްފަހު ކުޅުންތެރިން އަލުން ދަނޑަށް އެރިއިރު، މޮރޮކޯގެ ބްރަހީމް ޑިއާޒް ފޮނުވާލި ޕެނަލްޓީ ސެނެގާލްގެ ކީޕަރު ދިފާއުކުރި އެވެ. އަދި އޭގެ ފަހުން އިތުރު ވަގުތުގެ ތެރޭގައި ގޭ ޖަހައިދިން ލަނޑާއެކު ސެނެގާލް މެޗުން މޮޅުވި އެވެ.

ނަމަވެސް، ސެނެގާލްގެ ކުޅުންތެރިން ދަނޑުން ފޭބި މައްސަލައިގައި، މާޗް މަހު ކެފް އިން ވަނީ ފައިނަލް މެޗުގެ ނަތީޖާ ބަދަލުކޮށް، މޮރޮކޯއަކީ މުބާރާތުގެ ޗެމްޕިއަނުން ކަމަށް ކަނޑައަޅާފަ އެވެ.

މި މައްސަލަ ސެނެގާލުން މިހާރު ވަނީ ކޯޓް އޮފް އާބިޓްރޭޝަން ފޯ ސްޕޯޓްސް (ކާސް) އަށް ހުށަހަޅާފަ އެވެ. އެ ގައުމުން އުންމީދު ކުރަނީ އެފްކޯން ތަށި އަލުން އަނބުރާ ލިބޭނެ ކަމަށެވެ.

ސެނެގާލް ޕާޕޭ ތިއޯ2026 ވާރލްޑް ކަޕްފުޓްބޯޅަ

އެންމެ ހިނގާ

1

އާރްޑީސީން މަގު ކޮނުމުގެ ތެރޭގައި ފާރެއް ވެއްޓި އުމުރުން ދުވަސްވީ މީހަކު "ވަޅުލެވިއްޖެ"

2

ޓްރަމްޕް ފަދަ ރައީސްއަކާ އީރާން އަށް ކުރިމަތިލާާން ޖެހިފައި ނުވޭ، އީރާންގެ ވެރިކަން ބަދަލުވާން ޖެހޭ: ރޫބިއޯ

3

ޚާމަނާއީ އަވަހާރަކޮށްލި ހާދިސާއަށްފަހު ފުރަތަމަ ހިނގި ކަންތައްތަކުގެ ތަފުސީލު ޣާލީބާފް ހާމަކުރައްވައިފި

4

އިދިކޮޅުން ދޭ އިންޒާރުތަކަކީ ހަގީގީ ނުރައްކަލުގެ ގޮތުގައި ބަލާނަން: އީރާންގެ ވަގުތީ ޑިފެންސް މިނިސްޓަރު

5

އީރާނުގެ ހަމަލާތަކުން އިސްރާއީލު ދިފާއުކުރެވޭނެ ގާބިލުކަމެއް އެމެރިކާ އަކު ނެތް ކަމަށް އެމެރިކާގެ އިސް ކޮމާންޑަރަކު ވިދާޅުވެއްޖެ

އިތުރަށް ކިޔާލަން

12 ޖުލައި 2026

އިންގްލެންޑްއާ ދެކޮޅަށް މެސީ ކުޅޭ ފުރަތަމަ މެޗު، ޓީމާ މެދު އޮތީ އިތުބާރު!

12 ޖުލައި 2026
އިންގްލެންޑްއާ ދެކޮޅަށް މެސީ ކުޅޭ ފުރަތަމަ މެޗު، ޓީމާ މެދު އޮތީ އިތުބާރު!
12 ޖުލައި 2026

ވޯލްޑް ކަޕްގެ ސެމީ ފައިނަލަށް ދަތުރުކުރީ ކޮން ޓީމުތަކެއް؟ ޗެމްޕިއަން ޓީމާ ބެހޭ ގޮތުން ޕްރެޑިކްޝަން ބުނަނީ ކީކޭ؟

12 ޖުލައި 2026
ވޯލްޑް ކަޕްގެ ސެމީ ފައިނަލަށް ދަތުރުކުރީ ކޮން ޓީމުތަކެއް؟ ޗެމްޕިއަން ޓީމާ ބެހޭ ގޮތުން ޕްރެޑިކްޝަން ބުނަނީ ކީކޭ؟
12 ޖުލައި 2026

ޓުޗެލް ބުނީ އިންގްލެންޑްގެ ނަސީބު ރަނގަޅީ ކަމަށް

12 ޖުލައި 2026
ޓުޗެލް ބުނީ އިންގްލެންޑްގެ ނަސީބު ރަނގަޅީ ކަމަށް
12 ޖުލައި 2026

އާޖެންޓީނާއާއި ސުވިޒަލޭންޑް ބައްދަލުކުރި މެޗުގައި އޮޅުމަކުން ދެއްކި ރަތް ކާޑުގެ ހާދިސާ ހިނގީ ކިހިނެއް؟

12 ޖުލައި 2026
އާޖެންޓީނާއާއި ސުވިޒަލޭންޑް ބައްދަލުކުރި މެޗުގައި އޮޅުމަކުން ދެއްކި ރަތް ކާޑުގެ ހާދިސާ ހިނގީ ކިހިނެއް؟
12 ޖުލައި 2026

ސްވިޒަލެންޑް ބަލިކޮށް، ޗެމްޕިއަން އާޖެންޓީނާ ސެމީ ފައިނަލް އަށް

12 ޖުލައި 2026
ސްވިޒަލެންޑް ބަލިކޮށް، ޗެމްޕިއަން އާޖެންޓީނާ ސެމީ ފައިނަލް އަށް
12 ޖުލައި 2026

ފަހަތުން އަރައި ދެ ލަނޑު ޖަހައިގެން ނޯވޭ ކަޓުވާލައި، އިންގްލެންޑް ސެމީ ފައިނަލް އަށް

12 ޖުލައި 2026
ފަހަތުން އަރައި ދެ ލަނޑު ޖަހައިގެން ނޯވޭ ކަޓުވާލައި، އިންގްލެންޑް ސެމީ ފައިނަލް އަށް
12 ޖުލައި 2026

ވަރލްޑް ކަޕް ބަލަން ކާފަ ގޮވައިގެން ދާން، މުޅި އުމުރު ރައްކާކުރި ފައިސާ ހޭދަކުރި ޒުވާނަކަށް އެ ފައިސާ އަނބުރާ ލިބިއްޖެ

12 ޖުލައި 2026
ވަރލްޑް ކަޕް ބަލަން ކާފަ ގޮވައިގެން ދާން، މުޅި އުމުރު ރައްކާކުރި ފައިސާ ހޭދަކުރި ޒުވާނަކަށް އެ ފައިސާ އަނބުރާ ލިބިއްޖެ
11 ޖުލައި 2026

ވޯލްޑް ކަޕް ގައި ކުޅުނު ދެކުނު އެފްރިކާގެ ގައުމީ ޓީމުގެ ހުނަރުވެރި މިޑްފީލްޑަރު އުމުރުން 25 އަހަރުގެ ޖޭޑަން އެޑަމްސް މަރުވެފައި އޮއްވާ ފެނިއްޖެ

11 ޖުލައި 2026
ވޯލްޑް ކަޕް ގައި ކުޅުނު ދެކުނު އެފްރިކާގެ ގައުމީ ޓީމުގެ ހުނަރުވެރި މިޑްފީލްޑަރު އުމުރުން 25 އަހަރުގެ ޖޭޑަން އެޑަމްސް މަރުވެފައި އޮއްވާ ފެނިއްޖެ
11 ޖުލައި 2026

ވޯލްޑްކަޕް ކުއާޓާފައިނަލް: އިންގްލެންޑާއި ނޯވޭ، އާޖެންޓީނާ އާއި ސްވިޒަލޭންޑް ބައްދަލު ކުރާ މެޗުތަކުގެ، ޝެޑިއުލް، ޕްރިޑިކްޝަން، އެންމެ ފަހުގެ މައުލޫމާތު

11 ޖުލައި 2026
ވޯލްޑްކަޕް ކުއާޓާފައިނަލް: އިންގްލެންޑާއި ނޯވޭ، އާޖެންޓީނާ އާއި ސްވިޒަލޭންޑް ބައްދަލު ކުރާ މެޗުތަކުގެ، ޝެޑިއުލް، ޕްރިޑިކްޝަން، އެންމެ ފަހުގެ މައުލޫމާތު
11 ޖުލައި 2026

ފްރާންސް ބަލި ކުރުމުގެ ޤާބިލުކަން ސްޕެއިންގައި އެބަ އޮތް: ފުއެންޓޭ

11 ޖުލައި 2026
ފްރާންސް ބަލި ކުރުމުގެ ޤާބިލުކަން ސްޕެއިންގައި އެބަ އޮތް: ފުއެންޓޭ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް