Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެއެމެރިކާ

އުމުރުން 80 އަހަރުން މަތީގެ މީހުންނަށް ވެރިކަމެއް ނުކުރެވޭނެ: މިޓް ރޮމްނީ

12 ޖުލައި 2026 | އާދީއްތަ 10:34

މިހާރު އުމުރުން 79 އަހަރު ވެފައިވާ ރޮމްނީ ވިދާޅުވީ، އުމުރުން 80 އަހަރު ވުމުން އިންސާނާގެ ސިކުނޑި 20 އިންސަތައް ކުޑަވާ ކަމަށް ދިރާސާ ތަކުން ދައްކާ ކަމަށް. އެކަމަށް ބާރު ދެއްވުމުގެ ގޮތުން އޭނާ ވަނީ މަޝްހޫރު ނޫސްވެރިޔާ ބިލް ބްރައިސަން ލިޔެފައިވާ "ދަ ބޮޑީ" ނަމަކަށް ކިޔާ ފޮތުގައިވާ ހޯދުން ތަކަށް ހަވާލާ ދެއްވާފައި.

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 12 ޖުލައި 2026 | އާދީއްތަ 10:34
އެމެރިކާގެ ޔޫޓާގެ ކުރީގެ ސެނެޓަރު މިޓް ރޮމްނީ.

އެމެރިކާގެ ޔޫޓާގެ ކުރީގެ ސެނެޓަރު މިޓް ރޮމްނީ. | ގެޓީ އިމޭޖަސް

އުމުރުން 80 އަހަރުން މަތީގެ މީހުން ޤައުމު ހިންގުމުގައި އިސް ސަފުގައި ތިބެގެން ނުވާނެ ކަމަށާއި، އެ މީހުންނަށް ވެރިކަން ނުކުރެވޭނެ ކަމަށް އެމެރިކާގެ ޔޫޓާގެ ކުރީގެ ސެނެޓަރު މިޓް ރޮމްނީ ވިދާޅުވެއްޖެ އެވެ.

ދާދި ފަހުން "ޑެޒަރެޓް ނިއުސް" އަށް ދެއްވި އިންޓަވިޔުއެއްގައި ރޮމްނީ ވަނީ، އުމުރުން ދުވަސް ވުމުގެ ސަބަބުން ސިކުނޑީގެ މަސައްކަތް ތަކަށް އަންނަ ބަދަލުތަކުގެ ވާހަަކަ ދައްކަވައިފަ އެވެ. އަދި 2028 ވަނަ އަހަރު އެމެރިކާގައި އޮންނަ ރިޔާސީ އިންތިޚާބުގައި ވާާދަ ނުކުރައްވާނެ ކަމަށް ވެސް އޭނާ ވަނީ އިއުލާން ކުރައްވައިފަ އެވެ. 

މިހާރު އުމުރުން 79 އަހަރު ވެފައިވާ ރޮމްނީ ވިދާޅުވީ، އުމުރުން 80 އަހަރު ވުމުން އިންސާނާގެ ސިކުނޑި 20 އިންސަތައް ކުޑަވާ ކަމަށް ދިރާސާ ތަކުން ދައްކާ ކަމަށެވެ. އެކަމަށް ބާރު ދެއްވުމުގެ ގޮތުން އޭނާ ވަނީ މަޝްހޫރު ނޫސްވެރިޔާ ބިލް ބްރައިސަން ލިޔެފައިވާ "ދަ ބޮޑީ" ނަމަކަށް ކިޔާ ފޮތުގައިވާ ހޯދުން ތަކަށް ހަވާލާ ދެއްވައިފަ އެވެ. 

އެހެންކަމުން ދުނިޔެ، ނުވަތަ ޤައުމު ހިންގުމުގެ ޒިންމާ އެ އުމުރުގެ ބޭފުޅުން އުފުލެއްވުމަކީ އެންމެ ރަނގަޅު ގޮތް ނޫން ކަމަށް ޤަބޫލު ކުރައްވާ ކަމަށް ވެސް ރޮމްނީ ވިދާޅުވެފައިވެ އެވެ. 

އެ އިންޓަވިޔުގައި އަލުން ރިޔާސީ އިންތިޚާބުގައި ވާދަ ކުރައްވަފާނެތޯ ރޮމްނީއާ ސުވާލު ކުރުމުން އޭނާ ވަނީ މަޖާޒީ ޖަވާބެއް ދެއްވައިފަ އެވެ. ރޮމްނީ ވިދާޅުވީ އަލުން އިންތިޚާބުގައި ވާދަ ކުރައްވަން ބޭނުންވާ ކަމަށެވެ. ރޮމްނީ ވިދާޅުވީ ރިޔާސީ އިންތިޚާބުގައި ތިން ވަނަ ފަހަރަށް ވާދަ ކުރައްވައިފި ނަމަ، ކާމިޔާބު ވުމުގެ ފުރުސަތު އޮވެދާނެ ކަމަށެވެ. ނަމަވެސް، 2028 ވަނަ އަހަރުގެ ރިޔާސީ ރޭހުން ނުފެންނާނެ ކަމަށް އޭނާ ވިދާޅުވެފައިވެ އެވެ. 

މިޓް ރޮމްނީ ދެއްކެވި ވާހަކައިގެ ތެރެއިން.

ރޮމްނީގެ މި ވާހަކަ ތަކަކީ އެމެރިކާގެ ސިޔާސީ މަސްރަހުގައި ޒުވާާން ލީޑާޝިޕަކަށް އޮތް ޝައުގު ބޮޑުވަމުންދާ ދަނޑިވަޅެއްގައި ދެއްކެވި ވާހަކަ ތަކެކެވެ. އެންމެ ފަހުން 2024 ވަނަ އަހަރު އޮތް ރިޔާސީ އިންތިޚާބުގައި އޭރުގެ ރައީސް ޖޯ ބައިޑަންގެ އުމުރާ މެދު ބޮޑެތި ސުވާލު ތަކެއް އުފެދުނެވެ. ވަކިން ޚާއްސަކޮށް އެ އަހަރު އޮތް ރިޔާސީ ބަހުސްގައި ޑޮނަލްޑް ޓްރަމްޕް އާއެކު ބޭއްވި ބަހުސްގައި ބައިޑަންގެ ފަރާތުން ފެނުނު ދަށް ޕާފޮމަންސްގެ ސަބަބުން، ބައިޑަން އަށް ވެސް އެތައް ބައެއްގެ ނުރުހުން އަމާޒުވި އެވެ. 

މިހާރު އެމެރިކާގެ ރައީސް ކަމުގައި ހުންނެވި ޓްރަމްޕް އަށް އުމުރުން 80 އަހަރުވެފައިވާއިރު، ޓްރަމްޕް އަކީ އެމެރިކާގެ ތާރީޚުގައި ވެރިކަމުގައި ހުންނެވި އެންމެ ދުވަސްވީ ރައީސް އެވެ. ޓްރަމްޕްގެ ޞިއްޙީ ޙާލަތާ މެދު ވެސް ގިނަ ސުވާލު ތަކެއް އުފެދިފައިވާއިރު، އެކި ފަހަރު މަތިން ޓްރަމްޕް ވަނީ ޞިއްޙީ ޓެސްޓު ތަކެއް ހައްދަވާ އޭނާ ގެންދަވަނީ ފުރިހަމަ ސިއްހަތެއްގައި ހުންނެވި ކަމަށް ވިދާޅުވަމުންނެވެ.

މީގެ ކުރިން ރޮމްނީ ވަނީ 2012 ވަނަ އަހަރު އެމެރިކާގެ ރިޔާސީ އިންތިޚާބުގައި ވާދަ ކުރައްވައިފަ އެވެ. ނަމަވެސް، އޭރު ރައީސް އަކަށް ހުންނެވި ބަރަކް އޮބާމާއާ ވާދަ ކުރައްވައި ރޮމްނީ އަށް ވަނީ ނާކާމިޔާބުވެފައި އެވެ. އެ ފަހަރުގެ އިންތިޚާބުގައި ރޮމްނީ ވަނީ 47 އިންސައްތަ ވޯޓު ހޯއްދަވައިފަ އެވެ.

އެމެރިކާމިޓް ރޮމްނީ

އެންމެ ހިނގާ

1

ޚާމަނާއީ އަވަހާރަކޮށްލި ހާދިސާއަށްފަހު ފުރަތަމަ ހިނގި ކަންތައްތަކުގެ ތަފުސީލު ޣާލީބާފް ހާމަކުރައްވައިފި

2

ޓްރަމްޕް ފަދަ ރައީސްއަކާ އީރާން އަށް ކުރިމަތިލާާން ޖެހިފައި ނުވޭ، އީރާންގެ ވެރިކަން ބަދަލުވާން ޖެހޭ: ރޫބިއޯ

3

އީރާނުގެ ހަމަލާތަކުން އިސްރާއީލު ދިފާއުކުރެވޭނެ ގާބިލުކަމެއް އެމެރިކާ އަކު ނެތް ކަމަށް އެމެރިކާގެ އިސް ކޮމާންޑަރަކު ވިދާޅުވެއްޖެ

4

އިދިކޮޅުން ދޭ އިންޒާރުތަކަކީ ހަގީގީ ނުރައްކަލުގެ ގޮތުގައި ބަލާނަން: އީރާންގެ ވަގުތީ ޑިފެންސް މިނިސްޓަރު

5

އެމެރިކާގެ އުދުވާނުތަކާ ދެކޮޅަށް ހުރިހާ ވަސީލަތެއް ބޭނުންކުރާނަން: އީރާން

އިތުރަށް ކިޔާލަން

08 ޖުލައި 2026

ބްރެޒިލުން ބުނީ އެމެރިކާގެ ޓެރަރިސްޓް ލިސްޓަކީ އެ ގައުމަށް އެމެރިކާ އިން އަރައިގަތުމަށް ބަހަނާއަކަށް ވެދާނެ ކަމަށް

08 ޖުލައި 2026
ބްރެޒިލުން ބުނީ އެމެރިކާގެ ޓެރަރިސްޓް ލިސްޓަކީ އެ ގައުމަށް އެމެރިކާ އިން އަރައިގަތުމަށް ބަހަނާއަކަށް ވެދާނެ ކަމަށް
06 ޖުލައި 2026

ނޭޓޯ ސަމިޓުގައި ޓްރަމްޕް، ޒެލެންސްކީ އާއި އަލް ޝަރާއާ ބައްދަލު ކުރައްވަނީ

06 ޖުލައި 2026
ނޭޓޯ ސަމިޓުގައި ޓްރަމްޕް، ޒެލެންސްކީ އާއި އަލް ޝަރާއާ ބައްދަލު ކުރައްވަނީ
05 ޖުލައި 2026

އިދިކޮޅު ފިކުރަކީ ގައުމަށް ޖެހިފައިވާ ކެންސަރެއް: ޓްރަމްޕް

05 ޖުލައި 2026
އިދިކޮޅު ފިކުރަކީ ގައުމަށް ޖެހިފައިވާ ކެންސަރެއް: ޓްރަމްޕް
03 ޖުލައި 2026

އީރާނުގެ އިސް ނިގޯޝިއަޓަރުން ކަމަށްވާ ފޮރިން މިނިސްޓަރާއި މަޖިލީހުގެ ރައީސް އަވަހާރަކޮށްލަން އިސްރާއީލުން އުޅުނު ކަން އެމެރިކާ އަށް އޮތީ އެނގިފައި: ނިއުޔޯކް ޓައިމްސް

03 ޖުލައި 2026
އީރާނުގެ އިސް ނިގޯޝިއަޓަރުން ކަމަށްވާ ފޮރިން މިނިސްޓަރާއި މަޖިލީހުގެ ރައީސް އަވަހާރަކޮށްލަން އިސްރާއީލުން އުޅުނު ކަން އެމެރިކާ އަށް އޮތީ އެނގިފައި: ނިއުޔޯކް ޓައިމްސް
02 ޖުލައި 2026

އެމެރިކާގެ ހެލިކޮޕްޓަރެއް އަރަބި ކަނޑަށް ކުއްލި ގޮތަކަށް ޖެއްސުމުގެ ތެރޭގައި، ސިފައިންގެ މީހަކު ގެއްލި އިތުރު ސިފައިންނަށް އަނިޔާވެއްޖެ

02 ޖުލައި 2026
އެމެރިކާގެ ހެލިކޮޕްޓަރެއް އަރަބި ކަނޑަށް ކުއްލި ގޮތަކަށް ޖެއްސުމުގެ ތެރޭގައި، ސިފައިންގެ މީހަކު ގެއްލި އިތުރު ސިފައިންނަށް އަނިޔާވެއްޖެ
01 ޖުލައި 2026

މިޑްޓަރމް އިންތިޚާބުގެ ކުރިން، ރިޕަބްލިކަން ޕާޓީގެ ކޮންވެންޝަން ބާއްވަން ޓްރަމްޕް ނިންމަވައިފި

01 ޖުލައި 2026
މިޑްޓަރމް އިންތިޚާބުގެ ކުރިން، ރިޕަބްލިކަން ޕާޓީގެ ކޮންވެންޝަން ބާއްވަން ޓްރަމްޕް ނިންމަވައިފި
01 ޖުލައި 2026

އޭއައި އާއި ޑީޕްފޭކް ބޭނުންކޮށްގެން އެމެރިކާގައި ހިންގާ މަކަރާއި ހީލަތުގެ މުއާމަލާތްތަކުގެ ސަބަބުން 68 ބިލިއަން ޑޮލަރުގެ ގެއްލުން ލިބިއްޖެ - ސާވޭ

01 ޖުލައި 2026
އޭއައި އާއި ޑީޕްފޭކް ބޭނުންކޮށްގެން އެމެރިކާގައި ހިންގާ މަކަރާއި ހީލަތުގެ މުއާމަލާތްތަކުގެ ސަބަބުން 68 ބިލިއަން ޑޮލަރުގެ ގެއްލުން ލިބިއްޖެ - ސާވޭ
30 ޖޫން 2026

ޗައިނާގެ ބިލިއަނަރު ގުއޯ ވެންގުއީ އަށް 30 އަހަރުގެ ޖަލުހުކުމް އިއްވައިފި

30 ޖޫން 2026
ޗައިނާގެ ބިލިއަނަރު ގުއޯ ވެންގުއީ އަށް 30 އަހަރުގެ ޖަލުހުކުމް އިއްވައިފި
29 ޖޫން 2026

ނިއުޔޯކް މޭޔަރު މަމްދާނީ ކޯޓު ފަޓުލޫނުގައި ކުޑަ ކުދިންނާ އެކު ސްވިމިން ޕޫލުގައި ފަތާ ވީޑިއޯ އަށް ގިނަ ބައެއްގެ ސަމާލުކަން!

29 ޖޫން 2026
ނިއުޔޯކް މޭޔަރު މަމްދާނީ ކޯޓު ފަޓުލޫނުގައި ކުޑަ ކުދިންނާ އެކު ސްވިމިން ޕޫލުގައި ފަތާ ވީޑިއޯ އަށް ގިނަ ބައެއްގެ ސަމާލުކަން!
28 ޖޫން 2026

ބައިޑަންގެ ހޫނު ބަހުގެ ހަމަލާ ތަކެއް ޓްރަމްޕް އަށް!

28 ޖޫން 2026
ބައިޑަންގެ ހޫނު ބަހުގެ ހަމަލާ ތަކެއް ޓްރަމްޕް އަށް!
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް