Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ޓެކްނޮލޮޖީޕަވެލް ޑޫރޯފް

ޓެލެގްރާމްގެ ވެރިޔާ ޑޫރޯފް ގެ މައްޗަށް ފްރާންސުން ހިންގަމުންދާ ތަހުގީގުގައި ހަތަރުވަނަ ފަހަރަށް އޭނާ ހާޒިރު ކޮށްފި

11 ޖުލައި 2026 | ހޮނިހިރު 17:37

ޓެލެގްރާމްގެ ކޯ-ފައުންޑަރ ޕަވެލް ޑޫރޯފްގެ މައްޗަށް ކުރެވޭ ޖިނާއީ ތުހުމަތުތަކާ ގުޅިގެން ފްރާންސްގެ ޖުޑީޝަލް ޓްރައިބިއުނަލަށް އޭނާ އަނެއްކާވެސް ހާޒިރުކޮށް ސުވާލުކޮށްފި. ޑޫރޯފްގެ މައްޗަށް އުފުލާފައިވާ 12 ދައުވާއަށް އޭނާ އިންކާރުކުރާއިރު، އެ ދައުވާތައް ސާބިތުކުރެވޭނެ އެއްވެސް ހެއްކެއް އަދިވެސް ފެނިފައިނުވާ ކަމަށް އޭނާގެ ގާނޫނީ ޓީމުން ބުނޭ.

ރާއްޖެ އެމްވީ | 11 ޖުލައި 2026 | ހޮނިހިރު 17:37
ޓެލެގްރާމް މެސެޖިންގ އެޕްގެ ސީއީއޯ އަދި އެ އެޕް އުފެއްދި އެކަކު ކަމަށްވާ ޕަވެލް ޑޫރޯފް

ޓެލެގްރާމް މެސެޖިންގ އެޕްގެ ސީއީއޯ އަދި އެ އެޕް އުފެއްދި އެކަކު ކަމަށްވާ ޕަވެލް ޑޫރޯފް | ގެޓީ އިމޭޖަސް

ޓެލެގްރާމްގެ ކޯ-ފައުންޑަރ ޕަވެލް ޑޫރޯފްގެ މައްޗަށް ފްރާންސްގެ ތަހުގީގީ އިދާރާތަކުން ހިންގާ ޖިނާއީ ތަހުގީގަށް ދެ އަހަރު ފުރެން ގާތްވެފައިވާއިރު، އެއްވެސް ނަތީޖާއެއް ނުފެނި މައްސަލަ ދިގުލައިގެން ގޮސްފައިވާ ދަނޑިވަޅެއްގައި، ސުވާލުކުރުމަށް އޭނާ އަނެއްކާވެސް ހާޒިރުކޮށްފި އެވެ.

ލޯ އެންފޯސްމަންޓް އިދާރާތަކާ ހަވާލާދީ އެ ގައުމުގެ މީޑިއާތަކުން ރިޕޯޓްކޮށްފައިވާ ގޮތުގައި، ބުދަ ދުވަހު ޕެރިސް ޖުޑީޝަލް ޓްރައިބިއުނަލަށް ހާޒިރުކޮށް، ޑޫރޯފްއާ ހަ ގަޑިއިރެއްހާއިރު ވަންދެން ސުވާލުކޮށްފައިވެ އެވެ. މިއީ މި މައްސަލައިގެ ތަހުގީގަށް މި ޓެކްނޮލޮޖީ މަހުޖަނު ހާޒިރުކޮށް ސުވާލުކުރި ހަތަރުވަނަ ފަހަރެވެ.

ޑޫރޯފްގެ ގާނޫނީ ޓީމުން އޭއެފްޕީ ނިއުސް އެޖެންސީއަށް މިކަން ކަށަވަރުކޮށްދެމުން ބުނެފައިވަނީ، އޭނާގެ މައްޗަށް ދައުވާ އުފުލިތާ ގާތްގަނޑަކަށް ދެ އަހަރު ވެފައިވާއިރު، އެ ދައުވާތަކުގެ ސައްހަކަން ސާބިތުކޮށްދޭނެ އެއްވެސް ހެއްކެއް އަދިވެސް ފެންނަން ނެތް ކަމަށެވެ.

ޓެލެގްރާމުން ނެރުނު ވަކި ބަޔާނެއްގައި ބުނެފައިވަނީ، ފްރާންސްގައި ޑޫރޯފް ހިފެހެއްޓި ފަހުން އައި ހަމައެކަނި ބަދަލަކީ، ފްރާންސްގެ ކަމާބެހޭ ފަރާތްތަކުން ޓެލެގްރާމަށް ފޮނުވާ ރިކުއެސްޓްތައް ރަނގަޅު އުސޫލުން ލިޔަން ފެށުން ކަމަށެވެ.

ފްރާންސްގައި ޑޫރޯފް އަށް ގާނޫނީ މައްސަލަތައް ކުރިމަތިވާން ފެށީ 2024 ވަނަ އަހަރުގެ އޮގަސްޓް މަހު ޕެރިސްގެ އެއާޕޯޓަކުން އޭނާ ހައްޔަރުކޮށް، އެކި ބާވަތުގެ 12 ދައުވާއެއް އުފުލުމާ ގުޅިގެންނެވެ. ފުރަތަމަ އޭނާ ގައުމުން ބޭރަށް ދިއުން މަނާކުރި ނަމަވެސް، ފަހުން ވަނީ އެ ދަތުރުފަތުރުގެ ހުރަސްތައް އުވާލާފަ އެވެ.

ފްރާންސްގެ ޕްރޮސެކިއުޓަރުން ތުހުމަތުކުރާ ގޮތުގައި، ޓެލެގްރާމް މެދުވެރިކޮށް ހިންގާ ޖިނާއީ ކުށްތަކުގައި ޑޫރޯފްގެ ބައިވެރިވުން އެބައޮތެވެ. މި ތުހުމަތުތައް ބިނާކޮށްފައިވަނީ އެ ޕްލެޓްފޯމްގައި ހުންނަ ގާނޫނާ ހިލާފު ކޮންޓެންޓްތައް ބެލެހެއްޓުމުގައި ފަރުވާކުޑަކުރުމާއި، ތަހުގީގަށް އެއްބާރުލުން ދިނުމަށް ދެކޮޅު ހަދާފައިވާ ކަމަށް ބުނާ މައްސަލަތަކުގެ މައްޗަށެވެ.

ޑޫރޯފް ވަނީ އޭނާގެ މައްޗަށް ކުރެވޭ ހުރިހާ ތުހުމަތުތަކަކަށް އިންކާރުކޮށްފަ އެވެ. އަދި އޭނާ ހައްޔަރުކޮށް ދައުވާ އުފުލުމަކީ "ބުއްދި ގަބޫލުނުކުރެވޭ" ކަމެއްގެ ގޮތުގައި ސިފަކޮށް، ފްރާންސް ސަރުކާރުން މަސައްކަތް ކުރަނީ ހިޔާލު ފާޅުކުރުމުގެ މިނިވަންކަމަށް ހުރަސްއަޅަން ކަމަށް އޭނާ ވަނީ ތުހުމަތުކޮށްފަ އެވެ. 

މަސްދަރު: އޭއެފްޕީ

ޕަވެލް ޑޫރޯފްޓެލެގްރާމްފްރާންސް

އެންމެ ހިނގާ

1

އާރްޑީސީން މަގު ކޮނުމުގެ ތެރޭގައި ފާރެއް ވެއްޓި އުމުރުން ދުވަސްވީ މީހަކު "ވަޅުލެވިއްޖެ"

2

ޓްރަމްޕް ފަދަ ރައީސްއަކާ އީރާން އަށް ކުރިމަތިލާާން ޖެހިފައި ނުވޭ، އީރާންގެ ވެރިކަން ބަދަލުވާން ޖެހޭ: ރޫބިއޯ

3

ޚާމަނާއީ އަވަހާރަކޮށްލި ހާދިސާއަށްފަހު ފުރަތަމަ ހިނގި ކަންތައްތަކުގެ ތަފުސީލު ޣާލީބާފް ހާމަކުރައްވައިފި

4

އިދިކޮޅުން ދޭ އިންޒާރުތަކަކީ ހަގީގީ ނުރައްކަލުގެ ގޮތުގައި ބަލާނަން: އީރާންގެ ވަގުތީ ޑިފެންސް މިނިސްޓަރު

5

އީރާނުގެ ހަމަލާތަކުން އިސްރާއީލު ދިފާއުކުރެވޭނެ ގާބިލުކަމެއް އެމެރިކާ އަކު ނެތް ކަމަށް އެމެރިކާގެ އިސް ކޮމާންޑަރަކު ވިދާޅުވެއްޖެ

އިތުރަށް ކިޔާލަން

16 ޖޫން 2026

މެޑިކަލް ދާއިރާ އަށް ވަނުމަށް ބާއްވާ އިމްތިހާނުގައި މަކަރު ހަދާފާނެތީ އިންޑިއާގައި ޓެލެގްރާމް ބްލޮކްކޮށްފި

16 ޖޫން 2026
މެޑިކަލް ދާއިރާ އަށް ވަނުމަށް ބާއްވާ އިމްތިހާނުގައި މަކަރު ހަދާފާނެތީ އިންޑިއާގައި ޓެލެގްރާމް ބްލޮކްކޮށްފި
09 މެއި 2026

ބޭންކް އެކައުންޓް ކުއްޔަށް ދިނުން: މިއީ ޖިނާއީ ބޮޑެތި ކުށްތަކަށް މަގުފަހިވެ، ހަރުކަށި އަދަބުތައް ކުރިމަތިވެދާނެ ކަމެއް

09 މެއި 2026
ބޭންކް އެކައުންޓް ކުއްޔަށް ދިނުން: މިއީ ޖިނާއީ ބޮޑެތި ކުށްތަކަށް މަގުފަހިވެ، ހަރުކަށި އަދަބުތައް ކުރިމަތިވެދާނެ ކަމެއް
12 ފެބުރުއަރީ 2026

ރަޝިޔާގައި ވަޓްސްއެޕް މުޅިން ބްލޮކްކުރަން އުޅޭ ކަމަށް އެ ކުންފުނިން ބުނެފި

12 ފެބުރުއަރީ 2026
ރަޝިޔާގައި ވަޓްސްއެޕް މުޅިން ބްލޮކްކުރަން އުޅޭ ކަމަށް އެ ކުންފުނިން ބުނެފި
17 ނޮވެމްބަރު 2025

އިންޑިޔާ ގައި މާބަނޑު މީހުންގެ ހޮސްޕިޓަލެއްގެ ސީސީޓީވީ ހެކްކޮށްގެން ވަގަށް ނެގި ގިނަ އަދަދެއްގެ ވީޑިއޯތަކެއް ޓެލެގްރާމްގައި ވިއްކައިފި

17 ނޮވެމްބަރު 2025
އިންޑިޔާ ގައި މާބަނޑު މީހުންގެ ހޮސްޕިޓަލެއްގެ ސީސީޓީވީ ހެކްކޮށްގެން ވަގަށް ނެގި ގިނަ އަދަދެއްގެ ވީޑިއޯތަކެއް ޓެލެގްރާމްގައި ވިއްކައިފި
10 ޖުލައި 2025

ޕިޝިންގ ލިންކު މެދުވެރިކޮށް ޓެލެގްރާމް ހެކްކުރުމުގެ މައްސަލަތައް އިތުރުވަނީ، ސަމާލުވޭ!

10 ޖުލައި 2025
ޕިޝިންގ ލިންކު މެދުވެރިކޮށް ޓެލެގްރާމް ހެކްކުރުމުގެ މައްސަލަތައް އިތުރުވަނީ، ސަމާލުވޭ!
01 މެއި 2024

އެމްވީ ކޯލް ގާލްސްގެ ނަމުގައި ހިންގަމުންދިޔަ ޓެލެގްރާމް ޗެނަލެއް އަތުލައިގެންފި

01 މެއި 2024
އެމްވީ ކޯލް ގާލްސްގެ ނަމުގައި ހިންގަމުންދިޔަ ޓެލެގްރާމް ޗެނަލެއް އަތުލައިގެންފި
18 މާރިޗު 2024

މިއީ ރާއްޖޭގައި މިހާތަނަށް އެންމެ ފުޅާދާއިރާގައި ހިންގި ޗެނަލްތައް، ހަށިވިއްކުމުގެ ވިޔަފާރި ހިންގުމަށް ޚާއްސަ ޓެކްސީއެއްވެސް ހަމަޖައްސާފައިވޭ

18 މާރިޗު 2024
މިއީ ރާއްޖޭގައި މިހާތަނަށް އެންމެ ފުޅާދާއިރާގައި ހިންގި ޗެނަލްތައް، ހަށިވިއްކުމުގެ ވިޔަފާރި ހިންގުމަށް ޚާއްސަ ޓެކްސީއެއްވެސް ހަމަޖައްސާފައިވޭ
14 މާރިޗު 2024

ބޮޑެތި ކުށްތަކަށް އަރައިގަތުމަށް އެކި ނަންނަމުގައި ހިންގަމުންދިޔަ ޓެލެގްރާމް ޗެނަލް ތައް ބަންދުކޮށް ދެމީހަކު ހައްޔަރުކޮށްފި

14 މާރިޗު 2024
ބޮޑެތި ކުށްތަކަށް އަރައިގަތުމަށް އެކި ނަންނަމުގައި ހިންގަމުންދިޔަ ޓެލެގްރާމް ޗެނަލް ތައް ބަންދުކޮށް ދެމީހަކު ހައްޔަރުކޮށްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް