Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެސައުދީ އަރަބިއްޔާ

ސައުދީން އިންޑިއާ އާއި ބަންގްލަދޭޝް ހިމެނޭހެން ހަ ގައުމަކަށް އިލެކްޓްރޯނިކް ވިސާ ދޫކުރަން ނިންމައިފި

11 ޖުލައި 2026 | ހޮނިހިރު 15:18

ސައުދީ އަރަބިއްޔާއިން އަލަށް ތައާރަފުކުރި "ވިސާ ޕެކޭޖް" ފުރަތަމަ މަރުހަލާގައި އިންޑިއާ އާއި ބަންގްލަދޭޝް ހިމެނޭހެން ހަ ގައުމަކަށް ދޫކުރަން ވަނީ ނިންމާފައި. މި ޕެކޭޖުގެ ދަށުން ފްލައިޓާއި ހޮޓާ ބުކްކުރާ ވަގުތު 48 ގަޑިއިރު ތެރޭގައި އިލެކްޓްރޯނިކް ވިސާ ލިބޭއިރު، މީގެ ސަބަބުން ވަކިން ވިސާއަށް އެދުމުގެ ބަދަލުގައި ދަތުރުގެ ހުރިހާ އިންތިޒާމެއް އެއް މަރުހަލާއަކުން ފުރިހަމަވާނެ. ތިން މަސްދުވަހުގެ މި ވިސާގައި ސައުދީގެ ކޮންމެ ސަރަހައްދަކަށްވެސް ދަތުރުކުރުމުގެ ހުއްދަ ލިބިގެންދާނެ.

ރާއްޖެ އެމްވީ | 11 ޖުލައި 2026 | ހޮނިހިރު 15:18
ރިޔާޟްގައި ހުންނަ ކިންގް ޚާލިދު އިންޓަނޭޝަނަލް އެއާޕޯޓުގެ ޑިޕާޗާ ޓާމިނަލްގައި ފުރަން ގޮސް ތިބި ފަސިންޖަރުން.

ރިޔާޟްގައި ހުންނަ ކިންގް ޚާލިދު އިންޓަނޭޝަނަލް އެއާޕޯޓުގެ ޑިޕާޗާ ޓާމިނަލްގައި ފުރަން ގޮސް ތިބި ފަސިންޖަރުން. | ގެޓީ އިމޭޖަސް

ސައުދީ އަރަބިއްޔާއިން އަލަށް ތައާރަފުކުރި "ވިސާ ޕެކޭޖް" އިސްލާމީ ގައުމުތަކާއި އެހެނިހެން ބައެއް ގައުމުތައް ހިމެނޭހެން ފުރަތަމަ މަރުހަލާގައި ހަ ގައުމަކަށް ދޫކުރަން ނިންމައިފި އެވެ. މި އައު އުސޫލުގެ ދަށުން ދަތުރުވެރިންނަށް ފްލައިޓާއި ހޮޓާ ބުކްކުރާ ވަގުތު، އެއާ އެކު ސައުދީގެ ޓޫރިސްޓް ވިސާ އިލެކްޓްރޯނިކްކޮށް ހޯދުމުގެ ފުރުސަތު ލިބިގެންދާނެ އެވެ.

ސައުދީ އަރަބިއްޔާގެ މިނިސްޓްރީ އޮފް ޓޫރިޒަމުން ހާމަކޮށްފައިވާ ގޮތުގައި، މި ވިސާ ޕެކޭޖް މިހާރު ލިބޭނީ އުރުދުން، މިސްރު، އިންޑިއާ، ބަންގްލަދޭޝް، އިންޑޮނޭޝިއާ އަދި މެކްސިކޯގެ ދަތުރުވެރިންނަށެވެ.

މި ޚިދުމަތަކީ ފްލައިޓް ޓިކެޓާއި، ހުރުމުގެ އިންތިޒާމާއި، އިލެކްޓްރޯނިކް ޓޫރިސްޓް ވިސާ އެއްކޮށްލައިގެން އެއް މަރުހަލާއެއްގެ ތެރެއިން ފޯރުކޮށްދޭ ޚިދުމަތެކެވެ. މީގެ ސަބަބުން ޝަރުތު ހަމަވާ ދަތުރުވެރިންނަށް، ވަކިން ޓޫރިސްޓް ވިސާއަށް އެދުމުގެ ބަދަލުގައި، ހުއްދަދެވިފައިވާ ޓްރެވަލް ޕެކޭޖެއް މެދުވެރިކޮށް ދަތުރުގެ ހުރިހާ އިންތިޒާމެއް ފުރިހަމަކުރުމުގެ ފުރުސަތު ލިބިގެންދާނެ އެވެ.

ދަތުރުގެ ޕެކޭޖް ގަނެ ނިމޭތާ ގިނަވެގެން 48 ގަޑިއިރު ނުވަނީސް، މި ވިސާ ޕެކޭޖްގެ ދަށުން އިލެކްޓްރޯނިކްކޮށް ވިސާ ދޫކުރާ ގޮތައް ވަނީ ހަމަޖެހިފަ އެވެ. މީގެ ސަބަބުން ސައުދީ އެމްބަސީއަށް ދިއުމުގެ ބަދަލުގައި ނުވަތަ ވަކިން ވިސާ އެޕްލިކޭޝަން ހުށަހެޅުމުގެ ބަދަލުގައި ފަސޭހަކަމާއެކު ވިސާ ލިބޭނެ މަގު ވަނީ ފަހިވެފަ އެވެ.

މިނިސްޓްރީން މައުލޫމާތު ދޭ ގޮތުގައި، މިއީ ތިން މަސްދުވަހުގެ މުއްދަތަށް ދޫކުރާ، އެއް ފަހަރު ބޭނުންކުރެވޭ (ސިންގަލް އެންޓްރީ) ޓޫރިސްޓް ވިސާއެކެވެ. މި ވިސާގައި ސައުދީ އަރަބިއްޔާގައި މަދުވެގެން ދެ ދުވަސް އަދި ގިނަވެގެން 88 ދުވަހު މަޑުކުރެވޭނެއެވެ. 

މި ޕެކޭޖް ފުރިހަމަވާނީ ދެކޮޅު ޓިކެޓް ކަށަވަރުވެފައި އޮތުމާއި، ޓޫރިޒަމް މިނިސްޓްރީން ހުއްދަދީފައިވާ މަދުވެގެން ހަތަރު ތަރީގެ ހޮޓަލަކުން ހުރުން ހަމަޖެހުމުގެ އިތުރުން، އިލެކްޓްރޯނިކް ވިސާ އެޕްލިކޭޝަން ހިމެނުމުންނެވެ.

މި ޕެކޭޖްގެ އެންމެ ކުޑަ އަގަކީ ބޮޑު މީހަކަށް ފުރަތަމަ ދެ ދުވަހަށް 4،000 ސައުދީ ރިޔާލެވެ. އަދި އޭގެ ފަހުން އިތުރުވާ ކޮންމެ ދުވަހަކަށް 1،000 ސައުދީ ރިޔާލަ އިތުރުވާނެ އެވެ.

ފްލައިޓާއި ހޮޓަލުގެ އިތުރުން، ދަތުރުވެރިން ބޭނުންނަމަ އެކި ހަރަކާތްތަކުގެ ޓިކެޓާއި މުނިފޫހިފިލުވުމުގެ ޚިދުމަތްތައް ފަދަ އިތުރު ކަންކަން ވެސް މި ޕެކޭޖްގައި ހިމެނިދާނެ ކަމަށް ވެސް ބުނެފައިވެ އެވެ.

މި ޕެކޭޖްތަކުގެ ތެރޭގައި މައްކާއާއި މަދީނާގެ ޚިދުމަތްތައް، މިސާލަކަށް އުމްރާގެ އިންތިޒާމުތައް ނުހިމެނުނު ކަމުގައި ވިޔަސް، މި ވިސާގައި ސައުދީއަށް އެތެރެވުމަށްފަހު އެ ގައުމުގެ ކޮންމެ ސަރަހައްދަކަށް ވެސް ދަތުރުކުރުމުގެ ހުއްދަ އޮންނާނެ އެވެ. މީގެ ތެރޭގައި މައްކާއާއި މަދީނާއަށް ޒިޔާރަތްކުރުން ވެސް ހިމެނެ އެވެ.

މަސްދަރު: އެސްޕީއޭ

ސައޫދީ އަރަބިއްޔާ

އެންމެ ހިނގާ

1

އީރާނުގެ ޕައިލެޓުން ޖީޕީއެސް ނެތި އެމެރިކާގެ މަރުކަޒުތަކަށް ބޮން އެޅި

2

ޚާމަނާއީއާ މުއާމަލާތް ކުރުން "ވަރަށް އުނދަގޫ" - ރައީސް ޕެޒެޝްކިއަން

3

ތުރުކީގެ އަޝްޓާޝް އިން 300 މިލިއަން ޑޮލަރުގެ ލަގްޒަރީ ރިސޯޓެއް ރާއްޖޭގައި ތަރައްގީކުރަނީ

4

ސްޕޭސްއެކްސްގެ ރޮކެޓަކުން ވަކިވި ހަތަރު ޓަނުގެ ބޮޑު އެތިގަނޑެއް ހަނދުގައި ޖެހި ވަޅުގަނޑެއް ހެދިއްޖެ

5

އީރާން ބަލިވެފައިވާކަމަށް 106 ފަހަރު އަދި އެއްބަސްވުމަކަށް އާދެވިފައިވާ ކަމަށް 80 ފަހަރު ޓްރަމްޕް ވިދާޅުވެފައިވާތީ، އީރާންގެ ޤައުމީ ސަލާމަތާ ބެހޭ ކޮމެޓީގެ މެންބަރެއްގެ މަލާމާތް ޓްރަމްޕް އަށް!

އިތުރަށް ކިޔާލަން

28 ޖޫން 2026

ސައުދީ އަރަބިއްޔާގައި ހެލިކޮޕްޓަރެއް ވެއްޓި 14 މީހުން މަރުވެއްޖެ

28 ޖޫން 2026
ސައުދީ އަރަބިއްޔާގައި ހެލިކޮޕްޓަރެއް ވެއްޓި 14 މީހުން މަރުވެއްޖެ
25 ޖޫން 2026

ހިލަމުގުރާ މެޝިނެއްގެ ތެރޭގައި ސައުދީ އަށް އެތެރެކުރަން އުޅުނު 1.4 މިލިއަން އެމްފެޓަމިން ގުޅަ އަތުލައިގަނެފި

25 ޖޫން 2026
ހިލަމުގުރާ މެޝިނެއްގެ ތެރޭގައި ސައުދީ އަށް އެތެރެކުރަން އުޅުނު 1.4 މިލިއަން އެމްފެޓަމިން ގުޅަ އަތުލައިގަނެފި
22 މެއި 2026

ފްލައިޓްތަކުގެ ތެރޭގައި ޕަވަރ ބޭންކް ޗާޖުކުރުން ސައުދީ އަރަބިއްޔާ އިން މަނާކޮށްފި

22 މެއި 2026
ފްލައިޓްތަކުގެ ތެރޭގައި ޕަވަރ ބޭންކް ޗާޖުކުރުން ސައުދީ އަރަބިއްޔާ އިން މަނާކޮށްފި
06 އެޕްރީލު 2026

އުމްރާގެ އަޅުކަން އަދާކުރެއްވުމަށް، ރައީސްގެ ދެކަނބަލުން ސައުދީ އަށް ފުރާވަޑައިގެންފި

06 އެޕްރީލު 2026
އުމްރާގެ އަޅުކަން އަދާކުރެއްވުމަށް، ރައީސްގެ ދެކަނބަލުން ސައުދީ އަށް ފުރާވަޑައިގެންފި
16 ފެބުރުއަރީ 2026

ސައުދީން ރަމަޟާން މަހު 1،000 ޓަނުގެ ކަދުރު 120 ގައުމަކަށް ފޮނުވާނެ

16 ފެބުރުއަރީ 2026
ސައުދީން ރަމަޟާން މަހު 1،000 ޓަނުގެ ކަދުރު 120 ގައުމަކަށް ފޮނުވާނެ
15 ފެބުރުއަރީ 2026

ރަމަޟާން މަހުގެ ހަނދު ބެލުމަށް ސައުދީ ރައްޔިތުންނަށް ގޮވާލައިފި

15 ފެބުރުއަރީ 2026
ރަމަޟާން މަހުގެ ހަނދު ބެލުމަށް ސައުދީ ރައްޔިތުންނަށް ގޮވާލައިފި
05 ފެބުރުއަރީ 2026

ޖަރުމަނުގެ ޗާންސެލަރު މާޒް ސައުދީ އަށް ވަޑައިގެން، ވަލީ އަހުދު މުޙައްމަދާ ބައްދަލު ކުރައްވައިފި

05 ފެބުރުއަރީ 2026
ޖަރުމަނުގެ ޗާންސެލަރު މާޒް ސައުދީ އަށް ވަޑައިގެން، ވަލީ އަހުދު މުޙައްމަދާ ބައްދަލު ކުރައްވައިފި
31 ޖެނުއަރީ 2026

"އަހަރެން ސައުދީ ޝާހީ އާއިލާ އަށް ހަޖޫ ޖެހުމުން އަހަރެންގެ ފޯނު ހެކް ކޮށް އަހަރެންގެ ގައިގައި ތަޅައިގަތް"

31 ޖެނުއަރީ 2026
"އަހަރެން ސައުދީ ޝާހީ އާއިލާ އަށް ހަޖޫ ޖެހުމުން އަހަރެންގެ ފޯނު ހެކް ކޮށް އަހަރެންގެ ގައިގައި ތަޅައިގަތް"
31 ޑިސެމްބަރު 2025

މެދުއިރުމަތީގެ މަސްރަހް ހޫނުވެ، ޔަމަނުގައި ތިބި ޔޫ.އޭ.އީ ގެ އަސްކަރީ ފައުޖުތައް ބާލަން އެ ގައުމުން އެންމެ ފަހުން ނިންމައިފި

31 ޑިސެމްބަރު 2025
މެދުއިރުމަތީގެ މަސްރަހް ހޫނުވެ، ޔަމަނުގައި ތިބި ޔޫ.އޭ.އީ ގެ އަސްކަރީ ފައުޖުތައް ބާލަން އެ ގައުމުން އެންމެ ފަހުން ނިންމައިފި
26 ޑިސެމްބަރު 2025

އެއް މަސް ދުވަހުގެ ތެރޭގައި 69 މިލިއަން މީހުން ސައުދީ ގައި ހުންނަ ހުރުމަތްތެރިވެގެންވާ ދެ މިސްކިތައް ޒިޔާރަތް ކޮށްފި

26 ޑިސެމްބަރު 2025
އެއް މަސް ދުވަހުގެ ތެރޭގައި 69 މިލިއަން މީހުން ސައުދީ ގައި ހުންނަ ހުރުމަތްތެރިވެގެންވާ ދެ މިސްކިތައް ޒިޔާރަތް ކޮށްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް