Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - healthAdvertisement
ސިއްހަތުމަދިރި

ބައެއް މީހުންގެ ގައިގައި މަދިރި މާބޮޑަށް ހަފަނީ ކީއްވެ؟

11 ޖުލައި 2026 | ހޮނިހިރު 13:54

ބައެއް މީހުންގެ ގައިގައި މަދިރި ގިނައިން ހަފަނީ އެމީހުންގެ ހަށިގަނޑުން ބޭރުވާ ކާބަން ޑައިއޮކްސައިޑާއި، ހޫނުމިނާއި، ހަމުގައި ހުންނަ ބެކްޓީރިއާގެ ސަބަބުން އުފެދޭ ޚާއްޞަ ވަހަކަށް ޝައުގުވެރިވާތީކަން ސައިންސްވެރިންގެ ހޯދުންތަކުން އެނގޭ. މީގެ ތެރޭގައި މާބަނޑު މީހުންނާއި ކަސްރަތުކުރާ މީހުން ހިމެނޭއިރު، މަދިރި ޝައުގުވެރިވާ ހަމުގައި އުފެދޭ ވަހަކީ ވާރުތަވާ އަދި ދާއިމީ ކަމެއްކަން ދިރާސާތަކުން ދައްކާ.

ރާއްޖެ އެމްވީ | 11 ޖުލައި 2026 | ހޮނިހިރު 13:54
މީހެއްގެ ގައިގައި މަދިރި ހަފަނީ

މީހެއްގެ ގައިގައި މަދިރި ހަފަނީ | ގެޓީ އިމޭޖަސް

ދުނިޔޭގެ ކޮންމެ ތަނަކަށް ބަައެއް މީހުން ޗުއްޓީއަށް ދިޔަ ނަމަވެސް، އެއް ކަމެއް ކަށަވަރެވެ. އެއީ އެތަނެއްގައި މަދިރި އުޅޭނަމަ މަދިރި ހަފާނެ ކަމެވެ. އަދި އެއާއެކު މަދިރި ހެފުމުގެ ސަބަބުން ހަށިގަނޑުގައި އުފެދޭ ބޮޑެތި ފިތްތަކާއި ކަހާ ކެހުމުގެ އުނދަގޫ ހަފުތާތަކަކަށް ދެމިގެންދެ އެވެ.

ނަމަވެސް، އެކުގައި ތިބޭ އެހެން މީހުންނަށް މިފަދަ އެއްވެސް އުނދަގުލަކާ ކުރިމައްޗެއް ނުވެ އެވެ. އެމީހުންގެ ގައިގައި އެންމެ މަދިރިއެއްވެސް ނުހަފަ އެވެ. ސަމާސާގެ ގޮތުން ބުނާނަމަ ބައެއް މީހުންގެ ގައިގައި ހުންނަނީ މަދިރިއަށް ވަރަށް "މީރު ފޮނި" ލެޔެކެވެ.

ސައިންސްވެރިންގެ ހޯދުންތަކުން މަދިރި ބައެއް މީހުންނަށް ޝައުގުވެރިވާ ސަބަބުތައް މިވަނީ ދެނެގަނެވިފަ އެވެ. އަހަރެމެންގެ ހަށިގަނޑުން ބޭރުވާ ނޭވާ އާއި ހަށިގަނޑުގެ ވަހުގެ ތެރޭގައި ހިމެނޭ ބަޔޮލޮޖިކަލް މާކަރުތަކަކީ، މަދިރި ހަފާނީ ކާކުގެ ގައިގައިކަން ކަނޑައަޅާ ކަންކަމެވެ. ބައެއް މީހުންގެ ކިބައިގައި ހުންނަ މި މާކަރުތަކަކީ މަދިރިތައް ވަރަށް ބޮޑަށް ދަމައިގަންނަ ބާރުގަދަ އެއްޗެކެވެ.

މަދިރިތައް އިންސާނުން ހޯދާ ތިން ގޮތެއް ތިރީގައި އެވަނީ އެވެ.

ކާބަން ޑައިއޮކްސައިޑަކީ މަދިރި ހަފަންވީ ވަގުތު އަންގައިދޭ ސިގްނަލެއް

އިންސާނުންގެ ގައިގައި ހަފަނީ ހަމައެކަނި އަންހެން މަދިރި އެވެ. އެ ސޫފިތައް އިންސާނުންގެ ލެޔަށް ބޭނުންވަނީ، އޭގެ ބިސްތައް އުފެދުމަށް ބޭނުންވާ ޕްރޮޓީން ހޯދުމަށެވެ. ގާތްގަނޑަކަށް 10 މީޓަރު (33 ފޫޓު) ދުރުމިނުން މަދިރިތައް އެސޫފިތަކުގެ ޝިކާރަ ދެނެގަންނަނީ ފެނުމާއި ވަހުގެ ޒަރީއާއިންނެވެ. މީގެ ތެރޭގައި އަހަރެމެންގެ ނޭވާ އާއި ހަމުގެ ތެރެއިން ބޭރުވާ ކާބަން ޑައިއޮކްސައިޑް (CO2) ހިމެނެ އެވެ.

އިންސާނުން ބޭރުކުރާ ނޭވާގައި ހުންނަ ކާބަން ޑައިއޮކްސައިޑްގެ ސިގްނަލްގެ ސަބަބުން، މަދިރީގެ ވަސް ބަލާ ގުނަވަންތަކުގައި ހުންނަ "ޝިކާރަ ހޯދުމުގެ ބައި" ހަރަކާތްތެރިވާން ފަށަ އެވެ. ބޮޑެތި މީހުން ކުޑަކުދިންނަށްވުރެ ގިނައިން ކާބަން ޑައިއޮކްސައިޑް ބޭރުކުރާތީ، މަދިރިތައް ބޮޑެތި މީހުންނަށް މާ ބޮޑަށް ޝައުގުވެރިވެ އެވެ.

މީގެ މާނައަކީ އިންސާނުން ނޫން އެހެން ތަކެތިން ބޭރުވާ ކާބަން ޑައިއޮކްސައިޑަށްވެސް މަދިރި ދެނެގަންނަ ކަމެވެ. އެހެންކަމުން، "ޑްރައި އައިސް" އާއި ފުޅީގައި ހުންނަ ކާބަން ޑައިއޮކްސައިޑަކީ މަދިރި ހިފާ ދަންތުރަ ހެދުމަށް ބޭނުންކުރާ ބޭނުންތެރި ވަސީލަތްތަކެކެވެ. ސައިންސްވެރިން ބުނާ ގޮތުގައި، އެއް ތަނެއްގައި ހަތަރު މީހުން ތިއްބަސް، އޭގެ ތެރެއިން އެކަކުގެ ގައިގައި 90 އިންސައްތަ މަދިރި ހަފާފާނެ އެވެ.

ހަށިގަނޑުގެ ހޫނުމިނަކީ މަދިރި ޝައުގުވެރިކުރުވާ ކަމެއް

ދިރާސާތަކުން ދައްކާ ގޮތުގައި މަދިރިތައް ހޫނާއި ތެތްކަމަށް ޝައުގުވެރިވެ އެވެ. އަދި ކާބަން ޑައިއޮކްސައިޑްގެ ސަބަބުން މި ހޫނަށް ހުންނަ ޝައުގުވެރިކަން އިތުރަށް ބޮޑުވެ އެވެ.

މި ސަބަބަށްޓަކައި، މާބަނޑު ނޫން އަންހެނުންނާ އަޅާބަލާއިރު މާބަނޑު އަންހެނުންގެ ގައިގައި މަދިރި ހެފުމުގެ ފުރުސަތު ދެގުނަ އިތުރެވެ. އެއީ މާބަނޑުވުމުން ހަށިގަނޑުގެ މެޓަބޮލިޒަމް އިތުރުވެ، ނޭވާލާ މިންވަރު އިތުރުވުމުގެ ސަބަބުން، ހަށިގަނޑުން ބޭރުވާ ހޫނާއި ކާބަން ޑައިއޮކްސައިޑްގެ މިންވަރު އިތުރުވާތީ އެވެ.

ކަސްރަތު ކުރާ މީހުންގެ ހަށިގަނޑުގެ މެޓަބޮލިޒަމް އިތުރުވެ، ކާބަން ޑައިއޮކްސައިޑް ގިނައިން އުފެދި، ހަށިގަނޑު ހޫނުވެ ދާހިއްލާތީ، ކަސްރަތު ކުރާ ވަގުތާއި އޭގެ ފަހުން ވަގުތީ ގޮތުން މަދިރިތައް އެމީހުންނަށް މާ ބޮޑަށް ޝައުގުވެރިވެ އެވެ. ހަށިގަނޑު ބޮޑެތި މީހުންނަކީ އާންމުކޮށް ގިނައިން ހޫނު އުފައްދާ އަދި ގިނައިން ކާބަން ޑައިއޮކްސައިޑް ބޭރުކުރާ ބަޔަކަށް ވާތީ، އެމީހުންގެ ގާތަށްވެސް މަދިރި ދިއުން ގާތެވެ.

ހަމުން ބޭރުވާ ވަހަކީ މަދިރި ދެނެގަންނަ އެއްޗެއް

މަދިރިތައް އިންސާނުންނާ ގާތްވަމުންދާއިރު (10 މީޓަރަށްވުރެ ކައިރިވުމުން)، އެ ސޫފިތައް ޝިކާރަ ދެނެގަންނަނީ ހަމާއި ނޭވާގެ ވަސް ފަދަ ތަފާތު ނިޝާންތަކުންނެވެ.

ސައިންސްވެރިން ބުނާ ގޮތުގައި މަދިރި ހަފާނީ ކާކުގެ ގައިގައިކަން ކަނޑައަޅަނީ މައިގަނޑު ގޮތެއްގައި ވަހުންނެވެ. "

ސައިންސްވެރިން ވަނީ "ފޮނި ލޭ" ހުންނަ މީހުންގެ ގައިގައި މަދިރި ހަފާ ކަމަށް ބުނާ ވާހަކައަކީ ހަގީގަތެއް ނޫންކަން ސާބިތުކޮށްދީފަ އެވެ. އޭގެ ބަދަލުގައި މަދިރިތައް ދަމައިގަންނަނީ ކޮންމެ މީހެއްގެ ހަމުން ބޭރުވާ ހާއްސަ ވަހަށެވެ. ހަމުގައި ހުންނަ މައިކްރޯބްތަކުން ކާބޯހައިޑްރޭޓްސް، ފެޓީ އެސިޑްސް އަދި ޕެޕްޓައިޑްސް ފަދަ މާއްދާތައް "ވޮލަޓައިލް އޯގަނިކް ކޮމްޕައުންޑްސް" (VOCs) އަށް ބަދަލުކޮށްލަ އެވެ. މިއީ ވަރަށް ފަސޭހައިން ވައިގެ ތެރެއަށް ފެތުރޭ އެއްޗެހި ކަމުން، މަދިރިތަކަށް މީގެ ތަފާތު ދެނެގަނެވެ އެވެ. އަހަރެމެންގެ ހަމުގައި 500 އަށްވުރެ ގިނަ މިފަދަ ކޮމްޕައުންޑްތައް ހުރެ އެވެ. ސްޓީވް ލިންޑްސޭ ވިދާޅުވާ ގޮތުގައި، މަދިރިތައް ތިބާއަށް ޝައުގުވެރިވާ މިންވަރަކީ އާންމުކޮށް ބަދަލުނުވެ ހުންނަ ކަމެކެވެ.

މަދިރިއަކީ މިހާރުވެސް އަހަރެމެންގެ ހަމުގައި ހުންނަ އެމޯނިއާ އާއި ލެކްޓިކް އެސިޑަށް ދަމައިގަންނަ އެއްޗެހި ކަމަށްވާއިރު، ކާބޮކްސިލިކް އެސިޑް ހުރުމުން މި ޝައުގުވެރިކަން އިތުރަށް ބޮޑުވެ އެވެ.

އެމެރިކާގެ ރޮކްފެލާ ޔުނިވާސިޓީގެ ދިރާސާވެރިން ވަނީ ހަ ގަޑިއިރު ވަންދެން 64 މީހެއްގެ ހަމުގެ ވަސް ދިރާސާކޮށްފަ އެވެ. މަދިރިތަކަށް އެ މީހުންގެ ހަށިގަނޑުން ޖަމާކުރި ވަސް އެކުލެވޭ ސާމްޕަލްތަކުގެ ތެރެއިން އިޚްތިޔާރު ކުރުމުގެ ފުރުސަތު ދިނުމުން، އެ ސޫފިތައް އެންމެ ބޮޑަށް ދަމައިގަތީ ކާބޮކްސިލިކް އެސިޑް ގިނައިން ހުރި މީހުންގެ ވަހަށެވެ.

ދިރާސާވެރިން ކޮންމެ މީހަކަށް "އެޓްރެކްޓިވްނަސް ސްކޯ" އެއް ދިންއިރު، އެންމެ މަތީ ސްކޯ ލިބުނު މީހާގެ ސްކޯ، އެންމެ ދަށް ސްކޯ ލިބުނު މީހާއަށްވުރެ 100 ގުނަ މަތިކަން ފާހަގަކުރެވުނެވެ. ދިރިއުޅުމުގެ އާދަކާދައަށް ބަދަލު އައި ނަމަވެސް، މި ތަފާތުތައް އަހަރުތަކެއް ވަންދެން އެއްގޮތަކަށް ހުއްޓެވެ. ސައިންސްވެރިން ބުނާ ގޮތުގައި، މަދިރި ތިބާއަށް ޝައުގުވެރިވާ މިންވަރަކީ ބޮޑު ބަދަލެއް ނާންނަ، ދާއިމީ ކަމެކެވެ. ހަމުގައި ހުންނަ މައިކްރޯބްތަކުގެ ސަބަބުންވެސް މަދިރި ދަމައިގަންނަ މިންވަރަށް އަސަރުކުރެ އެވެ.

ނެދަލޭންޑްސްގެ ވަގެނިންގެން ޔުނިވާސިޓީގެ ދިރާސާވެރިންނަށް ފެނުނު ގޮތުގައި، މަދިރި ވަރަށް ބޮޑަށް ޝައުގުވެރިވާ މީހުންގެ ހަމުގައި ހުންނަ ބެކްޓީރިއާގެ ބާވަތްތައް ތަފާތެވެ. އެމީހުންގެ ހަމުގައި ބެކްޓީރިއާ ގިނަ ނަމަވެސް، ބެކްޓީރިއާގެ ބާވަތްތައް މަދެވެ. މީގެ ސަބަބަކީ ހަށިގަނޑުގެ ވަސް އުފެއްދުމުގައި ހަމުގެ ބެކްޓީރިއާ މުހިންމު ދައުރެއް އަދާކުރާތީ އެވެ. ބެކްޓީރިއާ ނެތް ނަމަ، އިންސާނާގެ ދަލުގައި އިންސާނުންގެ ނޭފަތަށް ދެނެގަނެވޭނެ ވަހެއް ނުހުންނާނެ އެވެ.

އެއްމާބަނޑު ކުދިން ބޭނުންކޮށްގެން ހެދި ދިރާސާތަކުން ދައްކާ ގޮތުގައި، އެއްގޮތް އެއްމާބަނޑު ކުދިންގެ ގާތަށް މަދިރި ދަނީ އެއްވަރަކަށެވެ. ނަމަވެސް، ތަފާތު އެއްމާބަނޑު ކުދިންގެ މެދުގައި މިކަމުގައި ތަފާތުތައް ހުއްޓެވެ. މީގެއިން އެނގެނީ މަދިރި ހެފުމަށް މެދުވެރިވާ ހަށިގަނޑުގެ ވަހަކީ ވާރުތަވާ ކަމެއް ކަމެވެ.

މަސްދަރު: ބީބީސީ

މަދިރި

އެންމެ ހިނގާ

1

ޔޫއެސްއެސް އަބްރަހަމް ލިންކަންގައި ހިނގި ނުރައްކާތެރި ހަމަނުޖެހުމެއްގައި ހަތް މީހުން މަރުވެއްޖެ

2

ޕޯޓް ޓެކްނޮލޮޖީ އިންޓަނޭޝަނަލް ގެ އެޑްވައިޒަރީ ބޯޑުގެ ޗެއާމަންގެ މަގާމަށް ރައީސް ނަޝީދު

3

ދުނިޔޭގެ ބާރުގަދަ އެމެރިކާގެ ރައީސަށް ބޮޑެތި ގޮންޖެހުންތަކާ ކުރިމަތިލައްވަން އީރާނުން ޖައްސުވައިފި

4

އީރާނުގެ ލީޑަރު ޚާމަނާއީގެ ވީޑިއޯ އާންމުކޮށް، ސިއްހީ ހާލަތާ މެދު ދައްކާވާހަކަތަކަށް ރައްދު ދީފި

5

އެމެރިކާގެ އަސްކަރިއްޔާގެ އިންޒާރުތަކަށް އިޖާބަ ނުދީ އޮމާން ކަނޑުން ދަތުރުކުރި ބޯޓަކަށް ހަމަލާ ދީފި

އިތުރަށް ކިޔާލަން

22 އޮކްޓޯބަރު 2025

އައިސްލެންޑުން ފުރަތަމަ ފަހަރަށް މަދިރި ފެނިއްޖެ

22 އޮކްޓޯބަރު 2025
އައިސްލެންޑުން ފުރަތަމަ ފަހަރަށް މަދިރި ފެނިއްޖެ
19 ފެބުރުއަރީ 2025

ޑެންގީ ކޮންޓްރޯލު ކުރަން މަދިރި ގެންނަ މީހުންނަށް ފިލިޕީންސް ގައި ފައިސާ ދެނީ

19 ފެބުރުއަރީ 2025
ޑެންގީ ކޮންޓްރޯލު ކުރަން މަދިރި ގެންނަ މީހުންނަށް ފިލިޕީންސް ގައި ފައިސާ ދެނީ
05 ނޮވެމްބަރު 2024

ޑެންގީ ފެތުރުން ހުއްޓުވުމަށް އައު ގޮތެއް: މަދިރި ބީރު ކޮށްގެން ޖިންސީ ގުޅުން ހުއްޓުވުން

05 ނޮވެމްބަރު 2024
ޑެންގީ ފެތުރުން ހުއްޓުވުމަށް އައު ގޮތެއް: މަދިރި ބީރު ކޮށްގެން ޖިންސީ ގުޅުން ހުއްޓުވުން
07 އޯގަސްޓު 2020

އިންޑިއާގައި ކޮވިޑް-19 ޖެހުނު މީހުންގެ އަދަދު 2 މިލިއަނަށް ވުރެ މައްޗަށް

07 އޯގަސްޓު 2020
އިންޑިއާގައި ކޮވިޑް-19 ޖެހުނު މީހުންގެ އަދަދު 2 މިލިއަނަށް ވުރެ މައްޗަށް
22 މެއި 2020

ކޮވިޑް-19 އަށް ދިފާއުވުމުގެ ބާރު ރާމާމަކުނު ތަކެއްގެ ގައިގައި އުފެދިއްޖެ: ހަރވަރޑް ދިރާސާ

22 މެއި 2020
ކޮވިޑް-19 އަށް ދިފާއުވުމުގެ ބާރު ރާމާމަކުނު ތަކެއްގެ ގައިގައި އުފެދިއްޖެ: ހަރވަރޑް ދިރާސާ
19 މާރިޗު 2020

މަރުވާ މީހުންގެ ހަށިތައް އުފުލުމަށް އިޓަލީގެ އަސްކަރިއްޔާ ނުކުމެއްޖެ

19 މާރިޗު 2020
މަރުވާ މީހުންގެ ހަށިތައް އުފުލުމަށް އިޓަލީގެ އަސްކަރިއްޔާ ނުކުމެއްޖެ
26 މެއި 2019

ބައެއްކަހަލަ ޖޫސް ބުޔުމުން ފިރިހެނުންގެ ހަނދާން ގަދަކޮށްދޭ ކަމަށް ދިރާސާއެއްގައި ބުނެފި

26 މެއި 2019
ބައެއްކަހަލަ ޖޫސް ބުޔުމުން ފިރިހެނުންގެ ހަނދާން ގަދަކޮށްދޭ ކަމަށް ދިރާސާއެއްގައި ބުނެފި
07 މެއި 2019

ބިލެތުގެ ސިއްހީ ބައެއް ފައިދާ!

07 މެއި 2019
ބިލެތުގެ ސިއްހީ ބައެއް ފައިދާ!
07 މެއި 2019

އާފަލުގައި ހިމެނޭ ސިއްހީ ބައެއް ފައިދާ

07 މެއި 2019
އާފަލުގައި ހިމެނޭ ސިއްހީ ބައެއް ފައިދާ
15 މެއި 2018

ރޯދަ ވީއްލުމަށް ފަހު ފެން ބުއިން މާބޮޑަށް މަދުކޮށް ނުލާތި

15 މެއި 2018
ރޯދަ ވީއްލުމަށް ފަހު ފެން ބުއިން މާބޮޑަށް މަދުކޮށް ނުލާތި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް