Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ވިޔަފާރި-އިގްތިސާދު
މީރާ

ޖެނުއަރީ މަހު މީރާ އިން އުއްމީދު ކުރި އާމްދަނީ އެއް ނުލިބުނު

މި މުއްދަތުގައި ލިބުނު އާމްދަނީގެ ތެރޭގައި ޓެކްސް ދައްކާ ފަރާތްތަކުގެ ބޭންކް އެކައުންޓް ހިފަހައްޓައިގެން ހޯދި 7.92 މިލިއަން ރުފިޔާ، ޓެކްސް ދައްކާ ފަރާތްތަކަށް ފައިސާ ދެއްކުމަށް ހަނދާންކޮށްދިނުމަށް ކުރި ފޯނު ކޯލުތަކުގެ ޒަރިއްޔާއިން ހޯދި 95.94 މިލިއަން ރުފިޔާ އަދި އިންސްޓޯލްމަންޓް އެއްބަސްވުމުގެ ދަށުން ހޯދި 70.91 މިލިއަން ރުފިޔާ ހިމެނޭ.

ރާއްޖެ އެމްވީ | 15 ފެބުރުއަރީ 2026 | އާދީއްތަ 16:08
މީރާގެ މުވައްޒަފަކު ޓެކްސް ނިޒާމަށް ހޭލުންތެރި ކުރުމުގެ ޕްރޮގްރާމެއްގައި ހަރަކާތްތެރިވަނީ.

މީރާގެ މުވައްޒަފަކު ޓެކްސް ނިޒާމަށް ހޭލުންތެރި ކުރުމުގެ ޕްރޮގްރާމެއްގައި ހަރަކާތްތެރިވަނީ. | މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީ (މީރާ)

ހުސްވި ޖެނުއަރީ މަހު މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީ (މީރާ) އިން އުއްމީދު ކުރި މިންވަރަށް އާމްދަނީ ނުލިބޭ ކަމަށާއި، ލިބުނީ އަންދާޒާ ކުރި މިންވަރަށް ވުރެ 4.9 އިންސައްތަ ދަށުން ކަމަށް ހާމަ ކޮށްފި އެވެ.

މީރާ އިން ބުނެފައިވަނީ ޖެނުއަރީ 2026 ގައި ބަލައިގަނެފައިވާ ޖުމުލަ އާމްދަނީ އަކީ 4.45 ބިލިއަން ރުފިޔާއެވެ. މި އަދަދަކީ ވޭތުވެދިޔަ އަހަރުގެ މި މުއްދަތުގައި ލިބުނު އާމްދަނީ އަށް ވުރެ 33.1 އިންސައްތަ އިތުރު އަދަދެއް ނަމަވެސް ޖެނުއަރީ 2026 ގައި ލިބޭނެކަމަށް އަންދާޒާކޮށްފައިވާ އަދަދަށްވުރެ 4.9 އިންސައްތަ ދަށް އަދަދެއް ކަމަށް މީރާ އިން ބުނެ އެވެ.

Advertisement - businessAdvertisement

ޖެނުއަރީ 2025 ގައި ލިބުނު އާމްދަނީ އާ އަޅައިބަލާއިރު ޖެނުއަރީ 2026 ގައި ލިބިފައިވާ އާމްދަނީ އިތުރުވުމުގެ މައިގަނޑު ސަބަބަކީ، ބޭންކް އިންކަމް ޓެކްސް އަދި ބިން ވިއްކުމާއި ބިން ބަދަލުކުރުމުގެ ފީއިން ލިބިފައިވާ އާމްދަނީ އިތުރުވުން ކަމަށް ބުނެފައިވެ އެވެ. މީގެ އިތުރުން، ޓޫރިޒަމް ދާއިރާގެ ޖީ.އެސް.ޓީއިން ލިބިފައިވާ އާމްދަނީ އިތުރުވުމަކީ ވެސް މި މުއްދަތުގައި ލިބުނު އާމްދަނީ އިތުރުވުމުގެ ސަބަބެކެވެ. މިއީ، ޑިސެންބަރު 2024 އާ އަޅައިބަލާއިރު، ޑިސެންބަރު 2025 ގައި ދިވެހިރާއްޖެއަށް ޒިޔާރަތްކޮށްފައިވާ ފަތުރުވެރިންގެ އަދަދު 7.4 އިންސައްތަ އަށް އިތުރުވެފައިވާތީ، ޓޫރިޒަމް ދާއިރާގެ އާމްދަނީތަކަށް ލިބިފައިވާ ކުރިއެރުމެއްކަން މީރާ އިން ފާހަގަ ކުރެ އެވެ. އަދި މިއާއިއެކު، 2025 ވަނަ އަހަރުގެ އާމްދަނީން ނަގާ ޓެކުހުގެ 2 ވަނަ އިންޓަރިމް ބަޔާން ހުށަހަޅައި ފައިސާ ދެއްކުމުގެ ސުންގަޑި މި މުއްދަތުގައި އައުމުން، ބޭންކް އިންކަމް ޓެކުހުގެ ގޮތުގައި ލިބުނު އާމްދަނީ ވަނީ އިތުރުވެފައެވެ.

ޖެނުއަރީ 2026 ލިބިފައިވާ އާމްދަނީ، އަންދާޒާ ކޮށްފައިވާ އާމްދަނީއަށްވުރެ ދަށްވެފައިވާ މައިގަނޑު އެއް ސަބަބެއް ކަމަށް މީރާ އިން ބުނީ ވިޔަފާރި އާމްދަނީން ނަގާ ޓެކުހުގެ އާމްދަނީ އާއި، ޓޫރިޒަމް ދާއިރާގެ ޖީ.އެސް.ޓީގެ އާމްދަނީ އަދި ޑިޕާޗާރ ޓެކުހުން ލިބިފައިވާ އާމްދަނީ ދަށްވުމެވެ.

ޖަނަވަރީ 2026 ގައި ލިބިފައިވާ އާމްދަނީގެ 7.6 އިންސައްތަ އަކީ ކުރީގެ ސުންގަނޑިތަކަށް ދައްކާފައިވާ ފައިސާއެވެ. އަދި އާމްދަނީގެ 25.9 އިންސައްތަ ލިބިފައިވަނީ ނުދެއްކި ހުރި ފައިސާ ހޯދުމަށް ކުރި މަސައްކަތުން ކަމަށް ވެސް މީރާ އިން ބުނެ އެވެ.

ޖެނުއަރީ 2026 ގައި، ނުލިބިހުރި ފައިސާ ހޯދުމަށް ކުރެވުނު މަސައްކަތުގެ ތެރެއިން ޖުމްލަ 531.68 މިލިއަން ރުފިޔާ ވަނީ ހޯދައިފައި ކަމަށާއި، މީގެ ތެރޭގައި، ނޯޓިސް ފޮނުވައިގެން 305.84 މިލިއަން ރުފިޔާ، އަދި ޑިއުސް ކްލިއަރެންސްގެ ތެރެއިން 51.08 މިލިއަން ރުފިޔާ ހޯދައިފައިވާ ކަމަށް މީރާ އިން ބުނެ އެވެ. މީގެ އިތުރުން، ޓެކްސް ދައްކާ ފަރާތްތަކުގެ ބޭންކް އެކައުންޓްސް ހިފަހައްޓައިގެން 7.92 މިލިއަން ރުފިޔާ، ޓެކްސް ދައްކާ ފަރާތްތަކަށް ފައިސާ ދެއްކުމަށް ހަނދާންކޮށްދިނުމަށް ކުރި ފޯނު ކޯލުތަކުގެ ޒަރިއްޔާއިން 95.94 މިލިއަން ރުފިޔާ އަދި އިންސްޓޯލްމަންޓް އެއްބަސްވުމުގެ ދަށުން 70.91 މިލިއަން ރުފިޔާ ވަނީ ހޯދައިފައި ކަމަށް މީރާ އިން ބުނެފައިވެ އެވެ.

ޖެނުއަރީ 2026 ގައި މީރާއަށް ބަލައިގަތް އާމްދަނީގެ އެންމެ ބޮޑު ބައެއް ހިއްސާކުރަނީ ޖީ.އެސް.ޓީ އެވެ. އެއީ 40.4 އިންސައްތަ ނުވަތަ 1.79 ބިލިއަން ރުފިޔާއެވެ. ދެން އެންމެ ބޮޑު އާމްދަނީއެއް ލިބިފައިވަނީ އާމްދަނީ އިން ނަގާ ޓެކުހުންނެވެ. އެއީ 34.7 އިންސައްތަ ނުވަތަ 1.54 ބިލިއަން ރުފިޔާއެވެ. މީގެ އިތުރުން ބިން ވިއްކުމާއި ބިން ބަދަލުކުރުމުގެ ފީގެ ގޮތުގައި 271.44 މިލިއަން ރުފިޔާ (%6.1)، ގްރީން ޓެކުހުގެ ގޮތުގައި 221.80 މިލިއަން ރުފިޔާ (%5.0)، އެއަރޕޯޓް ޑިވެލޮޕްމަންޓް ފީގެ ގޮތުގައި 188.85 މިލިއަން ރުފިޔާ (%4.3)، އަދި ޑިޕާރޗަރ ޓެކުހުގެ ގޮތުގައި 180.79 މިލިއަން ރުފިޔާ (%4.1) ލިބިފައިވެ އެވެ.

ޖަނަވަރީ 2026 ގައި ބަލައިގަނެފައިވާ އާމްދަނީގެ ތެރޭގައި 180.42 މިލިއަން އެމެރިކާ ޑޮލަރު ހިމެނެ އެވެ.

ޖީއެސްޓީ ގްރީން ޓެކްސްޑިޕާޗާރ ޓެކްސްއާމްދަނީ ޓެކުސްމޯލްޑިވްސް އިންލޭންޑް ރެވެނިއު އޮތޯރިޓީ

ކޮމެންޓް

އިތުރަށް ކިޔާލަން

އިންކަމް ޓެކްސް ނުދައްކާ 25 ފަރާތެއްގެ ނަން މީރާއިން އާންމުކޮށްފި

އިންކަމް ޓެކްސް ނުދައްކާ 25 ފަރާތެއްގެ ނަން މީރާއިން އާންމުކޮށްފި

05 ފެބުރުއަރީ 2026
މީރާއިން ޖޫން މަހު 2.63 ބިލިއަން ރުފިޔާ ބަލައިގަނެފި

މީރާއިން ޖޫން މަހު 2.63 ބިލިއަން ރުފިޔާ ބަލައިގަނެފި

13 ޖުލައި 2025
ޖަނަވަރީން ފެށިގެން ގްރީން ޓެކްސް ދެގުނަ ވާނެ

ޖަނަވަރީން ފެށިގެން ގްރީން ޓެކްސް ދެގުނަ ވާނެ

16 ޑިސެމްބަރު 2024
ޓީޖީއެސްޓީ 17 އިންސަތައަށް ބޮޑުކުރަން ފާސްކޮށްފި

ޓީޖީއެސްޓީ 17 އިންސަތައަށް ބޮޑުކުރަން ފާސްކޮށްފި

31 އޮކްޓޯބަރު 2024
ޖީއެސްޓީ ބަޔާން ހުށަހަޅަން ހަނދާން ކޮށްދީފި، ސުންގަޑިއަކީ 29 އޮކްޓޯބަރު!

ޖީއެސްޓީ ބަޔާން ހުށަހަޅަން ހަނދާން ކޮށްދީފި، ސުންގަޑިއަކީ 29 އޮކްޓޯބަރު!

27 އޮކްޓޯބަރު 2023

އަހަރުތަކުން މިއަދު

16 ފެބުރުއަރީ
އެންވަޔަރަންމަންޓް މިނިސްޓްރީގެ މުވައްޒަފުން ސަރުކާރުގެ ރެފިއުޖީންގެ ގޮތުގައި
20251 އަހަރު ކުރިން
ރިޕޯޓު

އެންވަޔަރަންމަންޓް މިނިސްޓްރީގެ މުވައްޒަފުން ސަރުކާރުގެ ރެފިއުޖީންގެ ގޮތުގައި

މިއީ ދުނިޔޭގައިވެސް އެންމެ ހައްޓަށް ބުރަ ވަޒީފާތަ؟
20242 އަހަރު ކުރިން
ތަފާތު ޚަބަރު

މިއީ ދުނިޔޭގައިވެސް އެންމެ ހައްޓަށް ބުރަ ވަޒީފާތަ؟

ޖަޕާނު އަންހެން މީހާއަކީ ދިވެއްސަކާ ކައިވެނިކޮށްގެން ރެޒިޑެންޓް ވިސާގައި ހުރި މީހެއް: އިމިގްރޭޝަން
20233 އަހަރު ކުރިން
ރާއްޖެ

ޖަޕާނު އަންހެން މީހާއަކީ ދިވެއްސަކާ ކައިވެނިކޮށްގެން ރެޒިޑެންޓް ވިސާގައި ހުރި މީހެއް: އިމިގްރޭޝަން

އެއީ ހަނދާނުން ފިލައިގެން ނުދާނެ ނަމެކެވެ.
20224 އަހަރު ކުރިން
މީހުން

އެއީ ހަނދާނުން ފިލައިގެން ނުދާނެ ނަމެކެވެ.

ރައީސްގެ ތަރުޖަމާނަށް އެންމެ މީރީ ގަބުޅި ސަޓަނި، މިހާތަނަށް ވަޑައިގެންނެވި އެންމެ ތަފާތު ރަށަކީ ފެރިދޫ
20215 އަހަރު ކުރިން
ރިޕޯޓު

ރައީސްގެ ތަރުޖަމާނަށް އެންމެ މީރީ ގަބުޅި ސަޓަނި، މިހާތަނަށް ވަޑައިގެންނެވި އެންމެ ތަފާތު ރަށަކީ ފެރިދޫ

ބްރިޖް ހައިވޭގައި ދުއްވާފައި ދިޔަ ކާރެއް ކޮންޓްރޯލް ނުވެ ގޮސް މޫދު ތޮށްޓަށް
20197 އަހަރު ކުރިން
ރާއްޖެ

ބްރިޖް ހައިވޭގައި ދުއްވާފައި ދިޔަ ކާރެއް ކޮންޓްރޯލް ނުވެ ގޮސް މޫދު ތޮށްޓަށް

ޓީވީތަކުން ލައިވްކޮށް ދެއްކި މަންޒަރު ދޮގުކޮށް، ނޫސްވެރިން އަޚުލާޤީ މިންގަނޑު ހިފަހައްޓަން ފުލުހުން ގޮވާލައިފި
20188 އަހަރު ކުރިން
ރާއްޖެ

ޓީވީތަކުން ލައިވްކޮށް ދެއްކި މަންޒަރު ދޮގުކޮށް، ނޫސްވެރިން އަޚުލާޤީ މިންގަނޑު ހިފަހައްޓަން ފުލުހުން ގޮވާލައިފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު