Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުމެންޗެސްޓާ ސިޓީ

އެކްސިޑެންޓްވެ އަގުއޭރޯ ކުޅުމާ ދުރަށް

29 ސެޕްޓެމްބަރު 2017 | ހުކުރު 05:21

އަގުއޭރޯ އެއާޕޯޓަށް ދިޔަ މަގުމަތީ އޭނާ ދަތުރުކުރި ޓެކްސީ ވަނީ އެކްސިޑެންޓްވެފަ

އަހްމަދު ސާއިފް ޝިޔާދް
އަހްމަދު ސާއިފް ޝިޔާދް | 29 ސެޕްޓެމްބަރު 2017 | ހުކުރު 05:21
ސިޓީގެ ސާޖިއޯ އަގުއޭރޯ

ސިޓީގެ ސާޖިއޯ އަގުއޭރޯ

މެންޗެސްޓާ ސިޓީގެ ފޯވާޑް ސާޖިއޯ އަގުއޭރޯ އެކްސިޑެންޓްވެ ކުޅުމާ ދުރަށް ދާން ޖެހިއްޖެއެވެ.

ސްޕޯޓްސް އިލަސްޓްރޭޓެޑް އިން ރިޕޯޓް ކޮށްފައިވާ ގޮތުގައި ނެދަލޭންޑްސްގެ އެމްސްޓަޑޭމްގައި އޮތް ކޮލޮމްބިއާގެ މަޝްހޫރު ލަވަކިޔުންތެރިޔާ މަލޫމާގެ ޝޯއެއް ބަލާލުމަށް ފަހު އެނބުރި އިންގްލޭންޑަށް ދިޔުމަށް އަގުއޭރޯ އެއާޕޯޓަށް ދިޔަ މަގުމަތީ އޭނާ ދަތުރުކުރި ޓެކްސީ ވަނީ އެކްސިޑެންޓްވެފައެވެ.

އެގޮތުން އަގުއޭރޯ ދަތުރު ކުރި ޓެކްސީ ހޮޅިދަނޑިއަކަށް އަރާފައިވާ ކަމަށާއި މި އެކްސިޑެންޓްގެ ސަބަބުން އަގުއޭރޯގެ މޭކަށިގަނޑުން ބައެއް ބިންދައިގެން ގޮސްފައިވާ ކަމަށް ރިޕޯޓް ކޮށްފައިވެއެވެ. އަދި އޭނާއަށް މި އެކްސިޑެންޓްގައި ލިބުނު އަނިޔާތަކަށް ވުރެ ސީރިއަސް އަނިޔާތަށް ނުލިބި ސަލާމަތްވީ އޭނާ އެކްސިޑެންޓްވި ވަގުތު ސީޓް ބެލްޓް އަޅައިގެން އިނުމާ ގުޅިގެން ކަމަށް ރިޕޯޓުތައް ބުނެއެވެ.

މި އެކްސިޑެންޓާ ވިދިގެން އަގުއޭރޯ 2 މަސްދުވަހަށް ވުރެ ގިނަ ދުވަހު ކުޅުމާ ދުރުގައި ހުންނަން ޖެހިދާނެ ކަމަށް ރިޕޯޓުތައް ބުނެއެވެ. މިކަން މިގޮތަށް ދިމާވެއްޖެނަމަ އޮކްޓޯބަރު އަދި ނޮވެމްބަރު މަހުގެ ތެރޭގައި ސިޓީއިން ކުޅޭ މެޗުތަކުގައި އޭނާއަށް ނުކުޅެވޭނެއެވެ. އަދި 2018 ވަނަ އަހަރުގެ ވޯލްޑްކަޕް ކޮލިފައިންގައި އޮކްޓޯބަރު މަހުގެ ފަސްވަނަ ދުވަހު ޕެރޫ އަދި އޮކްޓޯބަރު މަހުގެ 10 ވަނަ ދުވަހު އިކުއޭޑޯއާ ދެކޮޅަށް އާޖެންޓީނާގެ ގައުމީ ޓީމު ކުޅޭ މުހިންމު ދެ މެޗު އޭނާއަށް ގެއްލިގެން ދާނެއެވެ.

އަގުއޭރޯއަށް އެކްސިޑެންޓްވެ ކުޅުމާ ދުރަށް ދާން ޖެހިފައިވާއިރު އޭނާ އަންނަނީ މި ސީޒަނުގައި ސިޓީގައި މޮޅު ކުޅުމެއް ދައްކަމުންނެވެ. އެގޮތުން އޭނާވަނީ މި ސީޒަނުގައި މިހާތަނަށް ކުޅުނު ހަ މެޗުގައި އެ ޓީމަށް ހަ ލަނޑު ޖަހައިދީފައެވެ. އަގުއޭރޯގެ އިތުރުން އެ ޓީމުގެ ޑިފެންޑާ ބެންޖަމިން މެންޑީއަށްވެސް ވަނީ އަނިޔާވެ ކުޅުމާ ދުރަށް ދާން މަޖުބޫރުވެފައެވެ.

އިތުރަށް ކިޔާލަން

30 މެއި 2017

އަގުއޭރޯ ސިޓީ ދޫކޮށް ނުދާނެ، އެއީ ދުނިޔޭގައި ހުރި އެންމެ މޮޅު އެއް ކުޅުންތެރިޔާ: ޙަލްދޫން އަލް މުބާރަކް

30 މެއި 2017
އަގުއޭރޯ ސިޓީ ދޫކޮށް ނުދާނެ، އެއީ ދުނިޔޭގައި ހުރި އެންމެ މޮޅު އެއް ކުޅުންތެރިޔާ: ޙަލްދޫން އަލް މުބާރަކް
21 މެއި 2017

އެވްރެޖުކޮށް ދެއްކި ކުޅުމާއިމެދު ހިތްހަމަ ޖެހޭ، މައްސަލަ އަކީ ގޯލެއް ސްކޯ ކޮށް ނުލެވުން: ފެސްކޯ

21 މެއި 2017
އެވްރެޖުކޮށް ދެއްކި ކުޅުމާއިމެދު ހިތްހަމަ ޖެހޭ، މައްސަލަ އަކީ ގޯލެއް ސްކޯ ކޮށް ނުލެވުން: ފެސްކޯ
09 މެއި 2017

ކެޕްޓަން އަސަދުﷲ ޢަބްދުﷲގެ މޮޅު ކުޅުމާއިއެކު، މާޒިޔާ ތާވަލުގެ އެއްވަނައަށް

09 މެއި 2017
ކެޕްޓަން އަސަދުﷲ ޢަބްދުﷲގެ މޮޅު ކުޅުމާއިއެކު، މާޒިޔާ ތާވަލުގެ އެއްވަނައަށް
19 އެޕްރީލު 2017

މެނުއަލް ނޯޔާއަށް އަނިޔާވެ ކުޅުމާ ދުރައް

19 އެޕްރީލު 2017
މެނުއަލް ނޯޔާއަށް އަނިޔާވެ ކުޅުމާ ދުރައް
12 އެޕްރީލު 2017

މޮޅުވުމަށްވުރެ ކުޅުންތެރިން ދެއްކި ކުޅުމާ ދޭތެރޭ ހިތްހަމަޖެހޭ: ސާންތި

12 އެޕްރީލު 2017
މޮޅުވުމަށްވުރެ ކުޅުންތެރިން ދެއްކި ކުޅުމާ ދޭތެރޭ ހިތްހަމަޖެހޭ: ސާންތި
09 އެޕްރީލު 2017

ޕެޕޭ އަށް އަނިޔާވެ ކުޅުމާދުރާށް، ޒިދާން އަށް ހާސްކަމެއް

09 އެޕްރީލު 2017
ޕެޕޭ އަށް އަނިޔާވެ ކުޅުމާދުރާށް، ޒިދާން އަށް ހާސްކަމެއް
04 އެޕްރީލު 2017

ކުޅުންތެރިން ދެއްކި ކުޅުމާއި މެދު ފަޚުރުވެރިވަން، އެކަމަކު ނަސީބު ދެރަ: ސެކްލޮސްކީ

04 އެޕްރީލު 2017
ކުޅުންތެރިން ދެއްކި ކުޅުމާއި މެދު ފަޚުރުވެރިވަން، އެކަމަކު ނަސީބު ދެރަ: ސެކްލޮސްކީ
21 މާރިޗު 2017

ދެ ހަފްތާއަށް ހަޒާޑް ކުޅުމާއި ދުރަށް

21 މާރިޗު 2017
ދެ ހަފްތާއަށް ހަޒާޑް ކުޅުމާއި ދުރަށް
15 މާރިޗު 2017

ކޭން އަށް އަނިޔާވެ ދިގު މުއްދަތަކަށް ކުޅުމާ ދުރަށް ދާންޖެހިއްޖެ

15 މާރިޗު 2017
ކޭން އަށް އަނިޔާވެ ދިގު މުއްދަތަކަށް ކުޅުމާ ދުރަށް ދާންޖެހިއްޖެ
11 ޖެނުއަރީ 2017

ކުޓީނިއޯ ކުޅުމާމެދު ވަކި ގޮތެއް ނުނިންމަން: ކްލޮޕް

11 ޖެނުއަރީ 2017
ކުޓީނިއޯ ކުޅުމާމެދު ވަކި ގޮތެއް ނުނިންމަން: ކްލޮޕް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް