Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެދިއްދޫ ކައުންސިލު

ހާޝިމް ސަސްޕެންޑް ކުރީ ފްލެޓާ ގުޅިގެން ހައުސިން މިނިސްޓްރީން ހިންގި ޖަރީމާ ދިއްދޫގައި ހިންގުމުގެ ފުރުސަތު ނުދިނުމުން: އެމްޑީޕީ

29 ސެޕްޓެމްބަރު 2017 | ހުކުރު 04:27

ސަރުކާރުން މަސައްކަތް ކުރަނީ ސަރުކާރު ތެރޭގައި ހިނގާ ކޮރޮޕްޝަނާއި ވައްކަން ފޮރުވަން

ސަހުބާން  ފަހުމީ
ސަހުބާން ފަހުމީ | 29 ސެޕްޓެމްބަރު 2017 | ހުކުރު 04:27
ދިއްދޫ ކައުންސިލްގެ ރައީސް ހާޝިމް

ދިއްދޫ ކައުންސިލްގެ ރައީސް ހާޝިމް

ލޯކަލް ގަވަމެންޓް އޮތޯރިޓީ (އެލްޖީއޭ) އިން ހއ ދިއްދޫ ކައުންސިލްގެ ރައީސް އަލީ ހާޝިމް ސަސްޕެންޑް ކުރީ ދިއްދޫގައި އިމާރާތް ކުރި ހައުސިން ޔުނިޓްތައް ސަރުކާރުން އެއްވެސް އުސޫލެއް ހަމައެއް ލަމައެއް ނެތް ގޮތެއްގައި ބަހައި ހުސްކުމުގެ ގޮތުން ހައުސިން މިނިސްޓްރީން ހިންގި ބޮޑު ޖަރީމާ ދިއްދޫގައި ހިންގުމުގެ ފުރުސަތު ދިއްދޫ ކައުންސިލުން ނުދިނުމުން އެކަމާ ގޮތް ހުސްވެގެން ކަމަށް އެމްޑީޕީ ދިއްދޫ ދާއިރާއިން ބުނެފިއެވެ.

އެލްޖީއޭއިން ހާޝިމް ސަސްޕެންޑް ކުރުމާ ގުޅިގެން އެމްޑީޕީގެ ދިއްދޫ ދާއިރާ އިން ނެރުނު ނޫސްބަޔާނުގައި ބުނެފައިވާ ގޮތުގައި ނިމިދިޔަ ލޯކަލް ކައުންސިލްގެ އިންތިހާބުގައި ދިއްދޫ ރައްޔިތުންގެ ނުހަނު ބޮޑު އަޢުލަބީއްޔަތަކުން ދިއްދޫ ކައުންސިލްގެ ހުރިހައި ގޮނޑިތަކާއި ދިއްދޫ ދާއިރާގެ އަތޮޅު ކައުންސިލްގެ ގޮނޑިތަކަށް އެމްޑީޕީގެ ކެނޑިޑޭޓުން އިންތިހާބް ކުރީ އެ ކެނޑިޑޭޓުންނަކީ އެއްވެސް ފަރާތެއްގެ ބިރުދެއްކުމަކަށް ޖެހިލުން ނުވެ ރައްޔިތުންނަށް ހިދުމަތް ކުރާނެ ކެނޑިޑޭޓުންކަން އެ ރައްޔިތުންނަށް އެނގި ކަށަވަރުވާތީ ކަމަށެވެ.

Advertisement - newsAdvertisement

ހަމައެހެންމެ ދިއްދޫ ކައުންސިލްގެ ރައީސް އަލީ ހާޝިމް ސަސްޕެންޑް ކުރި ކުރުމުން ދޭހަކޮށްދެނީ އެމްޑީޕީގެ ކެނޑިޑޭޓެއްގެ ގޮތުގައި ކައުންސިލަށް އިންތިހާބުވެވަޑައިގެން އަލީ ހާޝިމް އެކަން ސާބިތު ކޮށްދެއްވުނަ ކަމަށް ވެސް އެމްޑީޕީގެ ބަޔާނުގައި ބުނެފައިވެއެވެ.

އެމްޑީޕީގެ ބަޔާނުގައި ބުނެފައިވާ ގޮތުގައި އަލީ ހާޝިމް އަކީ ރައްޔިތުންގެ ހައްގުގައި އެއްވެސް ފަރާތެއްގެ ބިރުދެއްކުމަށް ބޯލެންބެވުމެއް އަދި އެއްވެސް ފަރާތެއްދެކެ ޖެހިލުންވެ ލައްވާނެ ބޭފުޅެއް ނޫނެވެ. އެހެން ކަމުން އަލީ ހާޝިމް އަކީ ދިއްދޫ ދާއިރާއިން ނުހަނަު ފަހުރުވެރިވާ ބޭފުޅެއް ކަމަށް އެމްޑީޕީ ދިއްދޫ ދާއިރާއިން ނެރުނު ބަޔާނުގައި ބުނެފައިވެއެވެ.

ބަޔާނުގައި ބުނެފައިވާ ގޮތުގައި ދިވެހިސަރުކާރުގެ ވައްކަމާއި ކޮރޮޕްޝަނާއި ދެކޮޅަށް ތެދުވާ ކޮންމެ ފަރާތަކަށް މި ސަރުކާރުން ޢައިރުގާނޫނީ ނުފޫޒް ފޯރުވާ އެ ފަރާތެއްގެ އަޑު ކަނޑުވާލުމަށް ދަނީ މަސައްކަތް ކުރަމުންނެވެ. އެގޮތުން ރައްޔިތުންގެ މަޖިލީހުގެ ދިއްދޫ ދާއިރާގެ ގޮނޑިއަށް އިންތިހާބް ކުރި އަބްދުއްލަތީފް މުހައްމަދުގެ ގޮނޑި ގެއްލުވާލުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތާއި ދިއްދޫ ކައުންސިލްގެ ރައީސް އަލީ ހާޝިމް ސަސްޕެންޑް ކުރި ކުރުމަކީ ސަރުކާރުގެ ހަޑިހުތުރު އަމަލުތައް ފޮރުވައި އެއާއި ދެކޮޅަށް ތެދުވާ ކޮންމެ ފަރާތެއް ނެތިކޮށްލުމަށް ކުރާ މަސައްކަތަށް އިތުރުވި ބޮޅެއް ކަމަށް ބަޔާނުގައި ވަނީ ބުނެފައެވެ.

މީގެއިތުރުން ބަޔާނުގައި ބުނެފައިވާ ގޮތުގައި ސަރުކާރުގެ މިފަދަ އަމަލުތަކުން ދޭހަވަނީ ރައްޔިތުންގެ ނިންމުން ސަރުކާރަށް ހަޖަމް ނުވާ ކަމާއި މި ސަރުކާރަކީ ރައްޔިތުންގެ އިހުސާސްތަކާއި ހިލާފަށް ހިންގަމުންދާ ވައްކަމާއި ފަސާދައާއި ކޮރޮޕްޝަންގެ ބޮޑު ހާޔެއް ކަމަށެވެ. އަދި ދިއްދޫ ރައްޔިތުން މަގާމްތަކަށް އިންތިހާބް ކުރާ ފަރާތްތަކަށް ސަރުކާރުން ކަންތައް ކުރާ ގޮތް ގާތުން ބަލައި އޭގެ ރައްދު ސަރުކާރުން ބައިވެރިވާ އިންތިހާބްތަކުގައި ހިތިގޮތެއްގައި ދިނުމަށް އެމްޑީޕީގެ ދިއްދޫ ދާއިރާއިން ރައްޔިތުންނަށް ގޮވާލާ ކަމަށް ބަޔާނުގައި ބުނެފައިވެއެވެ.

އެންމެ ހިނގާ

1

އީރާނުގެ ހަމަލާތަކުން ލިބޭ ގެއްލުންތައް އާންމުވާތީ އެމެރިކާގެ އަސްކަރިއްޔާއިން ކަންބޮޑުވެއްޖެ، މަންޒަރުތައް ރެކޯޑް ނުކުރަން އިންޒާރުދީ، ފޯނުތައް އަތުލަނީ

2

ފޭކް ބުކިންގ ހަދައިގެން ކެންސަލްކުރުމަށްފަހު، ރިފަންޑު ހޯދުމަށް ހިންގާ ސްކޭމްތައް އިތުރުވަނީ!

3

މިނިވަންދުވަހުގެ ކުޅަދާނަ ސްޕީޗާއެކު "ނމކޢވ" ގެ ލަގަބު

4

އުރުދުންގައި ހުންނަ އެމެރިކާގެ އަސްކަރީ މަރުކަޒަށް އީރާނުން ދިން ހަމަލާތަކުގައި އެއްވެސް ގެއްލުމެއް ނުވާކަމަށް އެމެރިކާއިން ދައްކަމުންދާ ވާހަކަތައް ދޮގުކުރާ ފޮޓޯތަކެއް އީރާނުން އާންމުކޮށްފި

5

ބިޔަ ރާޅުތަކުގެ ތެރެއިން ކުޑަ ކުއްޖަކު ސަލާމަތް ކުރި 16 އަހަރުގެ ޒުވާނަކަށް ވައިޓް ހައުސްގައި އިނާމު ދެއްވަން ޓްރަމްޕް ނިންމަވައިފި

އިތުރަށް ކިޔާލަން

22 ޖެނުއަރީ 2017

ކުޑަކުއްޖަކާ ބަދުއަހުލާގީ އަމަލް ހިންގި މައްސަލައަކާ ގުޅިގެން ބިދޭސީއަކު ހޯދަން އިއުލާންކޮށްފި

22 ޖެނުއަރީ 2017
ކުޑަކުއްޖަކާ ބަދުއަހުލާގީ އަމަލް ހިންގި މައްސަލައަކާ ގުޅިގެން ބިދޭސީއަކު ހޯދަން އިއުލާންކޮށްފި
19 ޖެނުއަރީ 2017

މޫސުމަށް އަންނަ ބަދަލުތަކާ ގުޅޭ ޕެނަލްއެއްގައި އެމެރިކާގެ ކުރީގެ ނައިބު ރައީސްއާއެކު ރައީސް ނަޝީދު!

19 ޖެނުއަރީ 2017
މޫސުމަށް އަންނަ ބަދަލުތަކާ ގުޅޭ ޕެނަލްއެއްގައި އެމެރިކާގެ ކުރީގެ ނައިބު ރައީސްއާއެކު ރައީސް ނަޝީދު!
18 ޖެނުއަރީ 2017

ކުރީގެ ވޯކްސް ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރުގެ މައްޗަށް ކޮރަޕްޝަނުގެ ދައުވާކުރަން ފޮނުވައިފި

18 ޖެނުއަރީ 2017
ކުރީގެ ވޯކްސް ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރުގެ މައްޗަށް ކޮރަޕްޝަނުގެ ދައުވާކުރަން ފޮނުވައިފި
15 ޖެނުއަރީ 2017

ހަމައެކަނި އެލައިޑާ ހަވާލުކުރީ އެހެން ކުންފުނިތަކުން ކުރިމަތި ނުލުމުން: ޓްރާންސްޕޯޓް އޮތޯރިޓީ

15 ޖެނުއަރީ 2017
 ހަމައެކަނި އެލައިޑާ ހަވާލުކުރީ އެހެން ކުންފުނިތަކުން ކުރިމަތި ނުލުމުން: ޓްރާންސްޕޯޓް އޮތޯރިޓީ
13 ޖެނުއަރީ 2017

ލޯކަލް ކައުންސިލް އިންތިހާބު ފަސްކުރުމާ ގުޅިގެން އަންނަ އާދިއްތަ ދުވަހު ކޯޓަށް މައްސަލަ ހުށަހަޅާނަން: ނިޔާޒް

13 ޖެނުއަރީ 2017
ލޯކަލް ކައުންސިލް އިންތިހާބު ފަސްކުރުމާ ގުޅިގެން އަންނަ އާދިއްތަ ދުވަހު ކޯޓަށް މައްސަލަ ހުށަހަޅާނަން: ނިޔާޒް
12 ޖެނުއަރީ 2017

އާ އިންތިހާބެއް އިއުލާން ކުރީ ހުކުމާ ހިލާފަށް:މައުމޫން ފެކްޝަން

12 ޖެނުއަރީ 2017
އާ އިންތިހާބެއް އިއުލާން ކުރީ ހުކުމާ ހިލާފަށް:މައުމޫން ފެކްޝަން
11 ޖެނުއަރީ 2017

ފުލުހަށް ހާޒިރު ކުރީ ޕީޕީއެމްގެ ހާޑްޑިސްކެއް ގެއްލިގެން ހުށަހެޅި މައްސަލައާ ގުޅިގެން: ޔުމްނާ

11 ޖެނުއަރީ 2017
ފުލުހަށް ހާޒިރު ކުރީ ޕީޕީއެމްގެ ހާޑްޑިސްކެއް ގެއްލިގެން ހުށަހެޅި މައްސަލައާ ގުޅިގެން: ޔުމްނާ
11 ޖެނުއަރީ 2017

ރަބަރޭ މަރާލުމަށް ފަހު ބިލާލް ފޮޓޯ ފޮނުވި، ރާވައި ފައިސާ ޚަރަދުކުރީ އިބްރާހިމް: ދައުލަތް

11 ޖެނުއަރީ 2017
ރަބަރޭ މަރާލުމަށް ފަހު ބިލާލް ފޮޓޯ ފޮނުވި، ރާވައި ފައިސާ ޚަރަދުކުރީ އިބްރާހިމް: ދައުލަތް
10 ޖެނުއަރީ 2017

މެޑަމް ފާތުންގެ ޖަމިއްޔާއާ ކަދުރު ހަވާލުކުރީ އަވަހަށް ބެހުމަށް، ކޮރަޕްޝަނެއް ނެތް: އޭސީސީ

10 ޖެނުއަރީ 2017
މެޑަމް ފާތުންގެ ޖަމިއްޔާއާ ކަދުރު ހަވާލުކުރީ އަވަހަށް ބެހުމަށް، ކޮރަޕްޝަނެއް ނެތް: އޭސީސީ
04 ޖެނުއަރީ 2017

ދިވެހި ޓީޗަރުން ހޯދުމަށް ކުރި އިއުލާނާއި ގުޅިގެން ކުރިމަތީ 26 ފަރާތަކުން: އެޑިއުކޭޝަން

04 ޖެނުއަރީ 2017
ދިވެހި ޓީޗަރުން ހޯދުމަށް ކުރި އިއުލާނާއި ގުޅިގެން ކުރިމަތީ 26 ފަރާތަކުން: އެޑިއުކޭޝަން
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް