Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ ފްލެޓްތަކުގެ މައްސަލަ

މިނިސްޓަރު މުއިއްޒު ބޭނުންފުޅުވެވަޑައިގަންނަވާހާ ގޮތަކަށް ފްލެޓެއް ނުބެއްސެވޭނެ: ހާޝިމް

29 ސެޕްޓެމްބަރު 2017 | ހުކުރު 03:06

މިނިސްޓަރު މުއިއްޒު ވަނީ ދިއްދޫ ކައުންސިލުން އެއްބާރުލުން ނުދެއްވާ ކަމަށް ވިދާޅުވެފައި

މުހައްމަދު ފަޒީން
މުހައްމަދު ފަޒީން | 29 ސެޕްޓެމްބަރު 2017 | ހުކުރު 03:06
ދިއްދޫ ކައުންސިލް ރައީސް ހާޝިމް

ދިއްދޫ ކައުންސިލް ރައީސް ހާޝިމް

ހައުސިންގ މިނިސްޓަރު ޑރ. މުހައްމަދު މުއިއްޒު ބޭނުންފުޅުވެވަޑައިގަންނަވާހާ ގޮތަކަށް ފްލެޓް ނުބެހޭނެ ކަމަށް ސަސްޕެންޑް ކޮށްފައިވާ ހއ. ދިއްދޫ ކައުންސިލްގެ ރައީސް އަލީ ހާޝިމް ވިދާޅުވެއްޖެ އެވެ.

ބުރާސްފަތި ދުވަހުގެ ރޭ ރާއްޖެޓީވީގެ 60 މިނެޓްސް" އަށް ފޯނުން ދެއްވި އިންޓަވިއުއެއްގައި ހާޝިމް ވިދާޅުވީ ދިއްދޫ ކައުންސިލުން އެއްބާރުލުން ނުދެއްވާ ކަމަށް ހައުސިންގ މިނިސްޓަރު ޑރ. މުހައްމަދު މުއިއްޒު ވިދާޅުވި ނަމަވެސް އެއީ ކަނޑައެޅިގެން އިތުރުފުޅެއް ކަމަށެވެ. އަދި ލޯކަލް ގަވަރމަންޓް އޮތޯރިޓީ (އެލްޖީއޭ)އިން އޭނާ ސަސްޕެން ކޮށްފައި ވަނީ ހައުސިންގ މިނިސްޓަރު މުއިއްޒުގެ ނުފޫޒުން ކަމަށާއި މިނިސްޓަރު މުއިއްަޒުއަށް ދެން ހައްދަވާނެ ގޮތް މުޅިން ހުސްވެވަޑައިގަތުމުން އޭނާ އަށް ކުރިމަތިވީ ސަސްޕެންޝަނެއް ކަމަށް ހާޝިމް ވިދާޅުވި އެވެ.

Advertisement - newsAdvertisement

"ހައުސިންގ މިނިސްޓަރު ކިތަންމެ ވަރުލާފައި ވިދާޅުވި ނަމަވެސް، އެމަނިކުފާނު އެހައްދަވަނީ ކަނޑައެޅިގެން އިތުރުފުޅެއް. ދިއްދޫ ކައުންސިލަކުން މިސަރުކާރަށް އެއްބާރުލުން ނުދީއެއް ނޯންނާނެ. އަދި ދިއްދޫ ރައްޔިތުންނަށް ލިބެންޖެހޭ ފްލެޓް އަޑިނޭނގޭ ގޮތެއްގައި އެމަނިކުފާނު ވަރަށް މަކަރުވެރި ގޮތެއްގައި ބައްސަވަމުން ގެންދަވާތީވެ، އަޅުގަނޑުމެން ބަލަހައްޓާކަން ނޯންނާނަން. އަޅުގަނޑުމެން ދައުލަތުގެ ކަމާބެހޭ މުއައްސަސާތަކަށް މިމައްސަލަ ހުށަހެޅީމާ، ލަފާކުރެވޭ ގޮތުން ގޮތް ހުސްވީ. ހައުސިންގ މިނިސްޓަރު ޑރ. މުއިއްޒުގެ ގޮތް ހުސްވެގެން އެންމެފަހުން ދެން ހައްދަވާނެގޮތެއް ނޭނގިގެން އަޅުގަނޑާމެދު މިފިޔަވަޅު އެޅުއްވީ،" ހާޝިމް ވިދާޅުވި އެވެ.

ހާޝިމް ވިދާޅުވީ ހައުސިންގް މިނިސްޓްރީން ފޮނުވި ކޮންމެ ސިޓީއަކަށް އަދި ކޮންމެ ކަމަކަށް ޖަވާބުދާރީވެފައިވާނެ ކަމަށާއި އަދި މިނިސްޓްރީއިން އެރަށަށް ވަޑައިގެންނެވި ބޭފުޅުންނާއެކުގައި ވަރަށް ގާތުން ދިއްދޫ ކައުންސިލުން މަސައްކަތްކޮށް ހައުސިންގ މިނިސްޓްރީއަށް އެންމެފުރިހަމައަށް އެއްބާރުލުން ދީފައިވާނެ ކަމަށެެވެ.

"ދެން އަޅުގަނޑަށް ކައުންސިލަށް ވަދެވުނަސްވެސް ހަމަ މިކަން މިހެން ކުރިއަށް ގެންދާކަށް ނުކެރޭނެ. ރައްޔިތުންގެ ހައްގުތަކަށް އެވަރަށް އަރާވަޑައިގަންނަވާ، ރައްޔިތުންނަށް ވާނުވާއެއް ނޭނގި، އޮޅުވާލައްވާ، ވަކިގޮތަކަށް، އެއްވެސް އިންސާފެއް ނެތްގޮތަކަށް ދެފުއް ނުފެންނަގޮތަށް ބެހިޔަސް، ދެން އަޅުގަނޑަށް ކައުންސިލް އިދާރާއަށް ވަދެވުނަސްވެސް އެފުރުސަތެއް ނުދޭނަން" ހާޝިމް ވިދާޅުވި އެވެ.

ހާޝިމް ވިދާޅުވީ މިނިސްޓަރު މުއިއްޒު ބޭނުންފުޅުވެ ވަޑައިގަންނަވާހާ ގޮަތަކަށް ފްލެޓް ނުބެއްސެވޭނެ ކަމަށް ކައުންސިލުން ބުނުމަކީ އެއްބާރުލުން ނުދިނުން ނޫން ކަމަށާއި ފްލެޓް ލިބޭކަމަށް ހައުސިންގ މިނިސްޓްރީން އާއްމުކޮށްފައިވާ ލިސްޓްގައި މާކްސް ލިބިފައިވާގޮތަށް ރިއާޔަތް ކޮށްފައި ނުވާކަމަށެވެ. އަދި ވަރަށް ދަށުން މާރކްސް ލިބިފައިވާ، ސަރުކާރު ހިންގާ މައިޕާޓީ ޕީޕީއެމަށް ނިސްބަތްވާ ބައެއް މެމްބަރުންނަށް ފްލެޓް ލިބިފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ. އަދި ފްލެޓް ލިބޭކަމަށް ހައުސިންގ މިނިސްޓްރީން އާއްމުކުރި ލިސްޓްގައި އެއްވެސް ހަމައެއް ލަމައެއް ނެތް ކަމަށް ވިދާޅުވިއެވެ.

ހާޝިމް ވިދާޅުވީ ހައުސިންގ މިނިސްޓްރީން ފްލެޓް ލިބޭކަމަށް ހާމަކޮށްފައިވާ ލިސްޓްގައި ބޮޑެތި މައްސަލަތަކެއް ހުރުމުން ރައްޔިތުންގެ ކަންބޮޑުވުން އިންތިހާއަށް ކައުންސިލަށް ހުށަހެޅިގެން ދިޔަކަމަށާއި އެހެންކަމުން އެންޓި-ކޮރަޕްޝަން ކޮމިޝަނަށް އެމައްސަލަ ހުށަހެޅުއްވި ކަމަށެވެ.

އެންމެ ހިނގާ

1

ގައުމީ ދުވަހުގެ ރަސްމިއްޔާތުގައި ގުރުއާން ކިޔަވަން ހުރި ކުއްޖާ ސިއްސުވާލުމާ ގުޅިގެން ގިނަ ބައެއްގެ ފާޑު ކިޔުން ސަރުކާރަށް!

2

ހުރްމުޒް ކަނޑުއޮޅީގެ ކޮންޓްރޯލު ހޯދުމަށް އަސްކަރީ ގޮތުން އެމެރިކާ އަށް ކުރެވޭނެ އެއްވެސް ކަމެއް ނެތް ކަމަށް ޕެންޓަގަންއިން އެއްބަސްވެއްޖެ

3

މަރާލާ ނުވަތަ އަތުލައިގަންނަ އެމެރިކާގެ ކޮންމެ ސިފައިންގެ މީހަކަށް 30،000 ޑޮލަރުގެ އިނާމު އީރާނުން ހުށަހަޅައިފި

4

ގެއްލުނު ޕައިލެޓުންގެ ތަހުގީގަށް މަގުފަހިކޮށްދޭން އީރާނުން ގަތަރަށް ގޮވާލައިފި

5

މަޝްހޫރު ބަތަލާ ހޭޑަން ޕެނެޓިއޭ 36 އަހަރުގައި މަރުވެފައި އޮއްވާ ފެނިއްޖެ

އިތުރަށް ކިޔާލަން

04 ފެބުރުއަރީ 2017

ރާއްޖޭގައި ފަޔަރމަނުން އިތުރަށް ތަމްރީނުކުރުމަކީ މުހިއްމު ކަމެއް: ޑިފެންސް މިނިސްޓަރު

04 ފެބުރުއަރީ 2017
ރާއްޖޭގައި ފަޔަރމަނުން އިތުރަށް ތަމްރީނުކުރުމަކީ މުހިއްމު ކަމެއް: ޑިފެންސް މިނިސްޓަރު
01 ފެބުރުއަރީ 2017

މި ސަރުކާރުގެ ތިން އަހަރުގައި 4،000 ކުދިން ވަޒީފާގެ ބާޒާރަށް ވަނީ ތަމްރީނު ކުރެވިފައި: މިނިސްޓަރު

01 ފެބުރުއަރީ 2017
މި ސަރުކާރުގެ ތިން އަހަރުގައި 4،000 ކުދިން ވަޒީފާގެ ބާޒާރަށް ވަނީ ތަމްރީނު ކުރެވިފައި: މިނިސްޓަރު
30 ޖެނުއަރީ 2017

މިނިސްޓަރު އިރުތިޝާމް އާއި މެންބަރު ޝާޑު ކައިވެނި ކުރައްވަނީ!

30 ޖެނުއަރީ 2017
މިނިސްޓަރު އިރުތިޝާމް އާއި މެންބަރު ޝާޑު ކައިވެނި ކުރައްވަނީ!
30 ޖެނުއަރީ 2017

މިނިސްޓަރު ޝައިނީއަކީ ސަރުކާރުގެ ފަރާތުން ގުރުބާންކުރާ "ކަންބަޅިއެއް": އަލީ ޒާހިރު

30 ޖެނުއަރީ 2017
މިނިސްޓަރު ޝައިނީއަކީ ސަރުކާރުގެ ފަރާތުން ގުރުބާންކުރާ "ކަންބަޅިއެއް": އަލީ ޒާހިރު
27 ޖެނުއަރީ 2017

މިނިސްޓަރު ތޯރިގް ވަޑައިގަންނަވާތީ ދަނގެތީގައި ވެސް އިހްތިޖާޖަށް ތައްޔާރު ވަނީ

27 ޖެނުއަރީ 2017
މިނިސްޓަރު ތޯރިގް ވަޑައިގަންނަވާތީ ދަނގެތީގައި ވެސް އިހްތިޖާޖަށް ތައްޔާރު ވަނީ
27 ޖެނުއަރީ 2017

ލ ގަމުގެ ބަނދަރުގެ މަޝްރޫއުން ދޭހަވަނީ ސަރުކާރުން ވަކި ސިޔާސީ ފިކުރަކަށް ނުބަލާކަން:މުއިއްޒު

27 ޖެނުއަރީ 2017
ލ ގަމުގެ ބަނދަރުގެ މަޝްރޫއުން ދޭހަވަނީ ސަރުކާރުން ވަކި ސިޔާސީ ފިކުރަކަށް ނުބަލާކަން:މުއިއްޒު
26 ޖެނުއަރީ 2017

މިނިސްޓަރު ތޯރިގް އޮމަދުއަށް ވަޑައިތުމުން ގިނަ އަދަދެއްގެ ރައްޔިތިން ނިކުމެ އިޚްތިޖާޖު ކޮށްފި

26 ޖެނުއަރީ 2017
މިނިސްޓަރު ތޯރިގް އޮމަދުއަށް ވަޑައިތުމުން ގިނަ އަދަދެއްގެ ރައްޔިތިން ނިކުމެ އިޚްތިޖާޖު ކޮށްފި
26 ޖެނުއަރީ 2017

ބަނގުރާ ކޮންޓްރޯލް ކުރުމަށްޓަކައި ޚާއްސަ ޤާނޫނެއް ހެދުމުގެ މަސއްކަތް ދަނީ ކުރަމުން: ހޯމް މިނިސްޓަރު

26 ޖެނުއަރީ 2017
ބަނގުރާ ކޮންޓްރޯލް ކުރުމަށްޓަކައި ޚާއްސަ ޤާނޫނެއް ހެދުމުގެ މަސއްކަތް ދަނީ ކުރަމުން: ހޯމް މިނިސްޓަރު
22 ޖެނުއަރީ 2017

މިނިސްޓަރު މުއިއްޒާ ދެކޮޅަށް ނޮޅިވަރަންފަރުގައި މުޒާހަރާކޮށްފި

22 ޖެނުއަރީ 2017
މިނިސްޓަރު މުއިއްޒާ ދެކޮޅަށް ނޮޅިވަރަންފަރުގައި މުޒާހަރާކޮށްފި
08 ޖެނުއަރީ 2017

މިއަހަރުގެ އަމާޒަކީ ޒަމާނީ ވަސީލަތްތަކާއެކު ކިޔެވުމާއި ކިޔަވައިދިނުމުގެ މުޅި ވައްޓަފާޅި ބަދަލުކުރުން: މިނިސްޓަރު

08 ޖެނުއަރީ 2017
މިއަހަރުގެ އަމާޒަކީ ޒަމާނީ ވަސީލަތްތަކާއެކު ކިޔެވުމާއި ކިޔަވައިދިނުމުގެ މުޅި ވައްޓަފާޅި ބަދަލުކުރުން: މިނިސްޓަރު
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް