Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެޕާކިސްތާން-އިންޑިއާ

ޕާކިސްތާނުގެ ފެން ކޮންޓްރޯލް ކުރަން އުޅޭ ކޮންމެ އަތެއް ބުރިކޮށްލާނަން: ޕާކިސްތާން

އިންޑަސް ފެނުގެ މުއާހަދާގެ ދަށުން ޕާކިސްތާނަށް ލިބޭ ފެނުގެ ހިއްސާ ހުއްޓުވާނެ ކަމަށް އިންޑިއާއިން ބުނުމާ ގުޅިގެން، އެފަދަ ކޮންމެ އަމަލަކަށް ހަރުކަށި ރައްދެއް ދޭނެ ކަމުގެ އިންޒާރު ޕާކިސްތާނުން ދީފި. ޕާކިސްތާނުގެ އިގްތިސާދާއި ދަނޑުވެރިކަން ބަރޯސާވާ މި ކޯރުތަކުގެ ފެން ހިފެހެއްޓުމަކީ ހަނގުރާމައިގެ އަމަލެއްގެ ގޮތުގައި އެ ގައުމުން ސިފަކުރޭ.

ރާއްޖެ އެމްވީ | 1 ޖުލައި 2026 | ބުދަ 12:33
ކަޝްމީރުގެ ބަންޑިޕޯރާގައި އޮންނަ ގުރޭޒް ވާދީގެ ތެރެއިން ކޯރެއް ދެމެމުންދަނީ.

ކަޝްމީރުގެ ބަންޑިޕޯރާގައި އޮންނަ ގުރޭޒް ވާދީގެ ތެރެއިން ކޯރެއް ދެމެމުންދަނީ. | ގެޓީ އިމޭޖަސް

އިންޑިއާއާއެކު ވެފައިވާ ބައިނަލްއަގުވާމީ މުއާހަދާއެއްގެ ދަށުން ޕާކިސްތާނަށް ކަނޑައަޅާފައިވާ ފެނުގެ ހިއްސާ ކޮންޓްރޯލް ކުރަން މަސައްކަތްކުރާ ކޮންމެ ފަރާތެއްގެ "އަތް ބުރިކޮށްލާނެ" ކަމުގެ އިންޒާރު ޕާކިސްތާނުން ދީފިއެވެ.

ދެކުނު އޭޝިއާގެ ވާދަވެރި މި ދެ ގައުމަށް ޖިއޮގްރަފީ ގޮތުން ލިބިފައިވަނީ ހިމާލަޔާ ފަރުބަދަތަކާއި، ޓިބެޓް ޕްލެޓޯ އަދި އިންޑިއާގެ އުތުރުގެ ލަޑާކް، ޖައްމޫ އަދި ކަޝްމީރުގެ އިތުރުން ހިމާޗަލް ޕްރަދޭޝް ހިމެނޭ ސަރަހައްދުތަކުން އުފެދޭ ފެނުގެ މައްޗަށް އެކުލެވޭ ހަ ކޯރެކެވެ.

ދެ ގައުމު ވަކިވި ފަހުން، އެއް ގައުމުން އަނެއް ގައުމަށް ފެން ފޯރުކޮށްދިނުން ކަށަވަރު ކުރުމަށްޓަކައި އެއްބަސްވުމުގައި ދެ ފަރާތުން ސޮއިކުރި އެވެ. ނަމަވެސް، ޓެރަރިޒަމަށް ޕާކިސްތާނުން ހިތްވަރުދޭ ކަމަށް ބުނެ އިންޑިއާއިން ކުރާ ތުހުމަތުތަކާ ގުޅިގެން އުފެދިފައިވާ ހަމަނުޖެހުންތަކުގެ ސަބަބުން، "އިންޑަސް ވޯޓާ ޓްރީޓީ" (އިންޑަސް ފެނުގެ މުއާހަދާ) އަށް މިހާރު ވަނީ ގޮންޖެހުންތަކެއް ކުރިމަތިވެފަ އެވެ.

އިންޑިއާއިން ޕާކިސްތާނަށް އެންމެ ފެންތިއްކެއް ވެސް ދޫނުކުރާނެ ކަމަށް ބުނެ ފެތުރެމުންދާ ރިޕޯޓްތަކާ ގުޅިގެން، އަންގާރަ ދުވަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ޕާކިސްތާނުގެ ކްލައިމެޓް ޗޭންޖް މިނިސްޓަރު މުސާދިގް މާލިކް ވިދާޅުވީ، ޕާކިސްތާނުގެ ފެން ކޮންޓްރޯލް ކުރަން އުޅޭ ކޮންމެ އަތެއް ބުރިކޮށްލާނެ ކަމަށް އިއުލާންކޮށްފައިވާނެ ކަމަށާއި، އެކަން ފާއިތުވި ދޮޅު އަހަރެއްހާ ދުވަހުގެ ތެރޭގައި އަމަލުން ދައްކާފައިވާނެ ކަމަށެވެ.

މިނިސްޓަރު ވިދާޅުވީ މިއީ ހަމައެކަނި އިންސާފާ ގުޅޭ މައްސަލައެއް ނޫން ކަމަށެވެ.

މިދިޔަ އަހަރުގެ މޭ މަހު އިންޑިއާއާއި ޕާކިސްތާނާ ދެމެދު ހަތަރު ދުވަހަށް ދެމިގެންދިޔަ ވައިގެ ކުރިމަތިލުންތަކަށް އިޝާރާތް ކުރައްވައި އޭނާ ވިދާޅުވީ، ފެނުގެ މައްސަލައިގައި ނޫނަސް ވައިގެ ހަނގުރާމައެއްގައި ވިޔަސް އަތްތައް ބުރިކޮށްލާނެކަން ޕާކިސްތާނުގެ އަސްކަރިއްޔާއިން ސާބިތުކޮށްދީފައިވާ ކަމަށެވެ. އެ ކުރިމަތިލުންތަކުގައި އެތައް ބަޔަކު މަރުވެ، ގިނަ ބަޔަކަށް އަނިޔާވި އެވެ.

މާލިކް ވިދާޅުވީ އަވަށްޓެރި ގައުމުގެ ބޮޑުވަޒީރުގެ އަތްޕުޅުގައި ފެން އިސްކުރެއް އެބަހުރި ކަމަށާއި، ޕާކިސްތާނަށް އެންމެ ފެންތިއްކެއް ވެސް ދޫނުކުރައްވާނެ ކަމަށް އޭނާ ވިދާޅުވަމުންދާ ކަމަށެވެ.

އޭނާ މިހެން ވިދާޅުވީ އިންޑިއާގެ ވޯޓާ މިނިސްޓަރު ސީ.އާރް. ޕާޓިލް މި މަހުގެ ކުރީކޮޅު ދެއްކެވި ވާހަކަފުޅުތަކަށް ރައްދު ދެއްވަމުންނެވެ. ޕާޓިލް ވިދާޅުވީ، 26 މީހުން މަރުވި ކަޝްމީރުގެ ހަމަލާއާ ގުޅިގެން 1960 ވަނަ އަހަރުގެ އިންޑަސް ފެނުގެ މުއާހަދާ މިދިޔަ އަހަރު ސަސްޕެންޑް ކުރުމަށްފަހު، ޕާކިސްތާނަށް "އެންމެ ފެންތިއްކެއް ވެސް" ނުދާނެކަން ކަށަވަރު ކުރުމަށް އިންޑިއާ ސަރުކާރުން މަސައްކަތް ކުރަމުންދާ ކަމަށެވެ. އެ ހަމަލާއާ ގުޅިގެން ދެ ގައުމުގެ ދެމެދުގައި ބޮޑު ހަނގުރާމައެއް ފެށުމުގެ ބިރު އޮތީ އިންތިހާއަށް ބޮޑުވެފަ އެވެ.

ޕާކިސްތާނުގެ އާބާދީގެ 40 އިންސައްތައާއި 50 އިންސައްތައާ ދެމެދުގެ އަދަދެއްގެ ރައްޔިތުން ދަނޑުވެރިކަމަށް ބޭނުންކުރާ ފެނަށް އިންޑިއާ އަސް ބަރޯސާވާ ކަމަށާއި، ފެން ލިބުން ހުއްޓުވައިފިނަމަ ޕާކިސްތާނުގެ ކާނާގެ ރައްކާތެރިކަމާއި، ވަޒީފާގެ ފުރުސަތުތަކާއި އިގްތިސާދަށް ބޮޑެތި ނޭދެވޭ އަސަރުތަކެއް ކުރާނެ ކަމަށް ވެސް އެ ގައުމުގެ އޮފިޝަލް ވިދާޅުވި އެވެ.

ވޯލްޑް ބޭންކް މެދުވެރިވެގެން އެކުލަވާލި އިންޑަސް ފެނުގެ މުއާހަދާގެ ދަށުން، ދެ ގައުމުގެ ދެމެދުގައި ދެމޭ އިންޑަސް ބޭސިންގެ ހަ ކޯރު މެނޭޖް ކުރެ އެވެ. މީގެ ތެރެއިން ހުޅަނގުގެ ތިން ކޯރު ކަމަށްވާ އިންޑަސް، ޖޭލަމް އަދި ޗެނާބް ކޯރުގެ ބޭނުންކުރުމުގެ ހައްގު ޕާކިސްތާނަށް ލިބިފައިވާއިރު، އިރުމަތީގެ ތިން ކޯރު ކަމަށްވާ ރާވީ، ބިއާސް އަދި ސަތުލޭޖް ކޯރުގެ ހައްގު ލިބިފައިވަނީ އިންޑިއާއަށެވެ.

އިންޑިއާގެ ތެރެއިން އަންނަ މި ކޯރުތަކަކީ ހައިޑްރޯޕަވަރ އުފެއްދުމަށާއި، ބޯފެނުގެ ގޮތުގައާއި، ދަނޑުވެރިކަމަށް ބަރޯސާވާ ޕާކިސްތާނުގެ މިލިއަނުން ގުނާލެވޭ ރައްޔިތުންގެ ދިރިއުޅުމުގެ މައިނާރެވެ. މުއާހަދާގައިވާ ގޮތުން އިންޑިއާއިން އަހަރަކު 43 މިލިއަން އޭކަރ-ފީޓްގެ ފެން ޕާކިސްތާނަށް ދޫކުރަން ޖެހެ އެވެ. މިއީ ޕާކިސްތާނުގެ ބިމުގެ މަތީގައި ހުންނަ މުޅި ފެނުގެ ގާތްގަނޑަކަށް 80 އިންސައްތަ އެވެ. މިއީ އެ ގައުމުގެ ދަނޑުވެރިކަމާއި، ސިޓީތަކާއި، ކަރަންޓު އުފެއްދުމަށް ކޮންމެހެން ބޭނުންތެރި މިންވަރެކެވެ.

ފެނަކީ ހަތިޔާރެއްގެ ގޮތުގައި އިންޑިއާއިން ބޭނުންކުރާ ކަމަށް ޕާކިސްތާނުން ވަނީ ތުހުމަތުކޮށްފައެވެ. އަދި ބޯޑަރު ހުރަސްކޮށް ދެމޭ ފެންގަނޑު ދަތުރުކުރާ ގޮތް ބަދަލުކުރަން ކުރާ ކޮންމެ މަސައްކަތަކީ "ހަނގުރާމައިގެ އަމަލެއް" ކަމަށް ބަލާނެ ކަމަށް ވެސް ޕާކިސްތާނުން ބުނެފައިވެ އެވެ. މި މައްސަލައިގައި އިންސާފަށް ގޮވާލައި، މި ކޯރުތަކުން ފެން ހޯދުމުގެ ޕާކިސްތާނުގެ ހައްގުތަކާ ބެހޭގޮތުން މަޝްވަރާ ކުރުމަށްޓަކައި، ފެނާއި ބައިނަލްއަގުވާމީ ގާނޫނުތަކުގެ މާހިރުން ހިމެނޭ ގޮތަށް އިންޑަސް ފެނުގެ މުއާހަދާއާ ބެހޭ ބައިނަލްއަގުވާމީ ކޮންފަރެންސެއް އަންގާރަ ދުވަހު ޕާކިސްތާނުން ވަނީ ބާއްވާފަ އެވެ.

އިންޑިއާ - ޕާކިސްތާންއިންޑަސް ވޯޓާ ޓްރީޓީކަޝްމީރު

އިތުރަށް ކިޔާލަން

27 ޖޫން 2026

ޕާކިސްތާނުގެ ފެން ކޯރުތައް ކޮންޓްރޯލް ކުރުމަށް އިންޑިއާއިން ކުރަމުންދާ މަސައްކަތްތަކާ ގުޅިގެން، އެ ގައުމާ ދެކޮޅަށް ހަނގުރާމައަށް ދާން ތައްޔާރަށް އޮތް ކަމުގެ އިންޒާރު ޕާކިސްތާނުން ދީފި

27 ޖޫން 2026
ޕާކިސްތާނުގެ ފެން ކޯރުތައް ކޮންޓްރޯލް ކުރުމަށް އިންޑިއާއިން ކުރަމުންދާ މަސައްކަތްތަކާ ގުޅިގެން، އެ ގައުމާ ދެކޮޅަށް ހަނގުރާމައަށް ދާން ތައްޔާރަށް އޮތް ކަމުގެ އިންޒާރު ޕާކިސްތާނުން ދީފި
27 ޖޫން 2026

އެއާ އިންޑިއާގެ ފްލައިޓެއް ޕާކިސްތާނުގެ ވައިގެ ސަރަހައްދަށް ވަދެވުނު މައްސަލައެއްގައި ޕައިލެޓް ވަޒީފާއިން ސަސްޕެންޑްކޮށްފި

27 ޖޫން 2026
އެއާ އިންޑިއާގެ ފްލައިޓެއް ޕާކިސްތާނުގެ ވައިގެ ސަރަހައްދަށް ވަދެވުނު މައްސަލައެއްގައި ޕައިލެޓް ވަޒީފާއިން ސަސްޕެންޑްކޮށްފި
15 ޖެނުއަރީ 2026

ކަޝްމީރުގެ މެޑިކަލް ކޮލެޖަކުން މުސްލިމް ދަރިވަރުންނަށް މާ ގިނައިން ޖާގަ ދިނުމާ ގުޅިގެން، އެ ކޮލެޖު އިންޑިއާ ސަރުކާރުން ބަންދުކޮށްފި

15 ޖެނުއަރީ 2026
ކަޝްމީރުގެ މެޑިކަލް ކޮލެޖަކުން މުސްލިމް ދަރިވަރުންނަށް މާ ގިނައިން ޖާގަ ދިނުމާ ގުޅިގެން، އެ ކޮލެޖު އިންޑިއާ ސަރުކާރުން ބަންދުކޮށްފި
02 ޑިސެމްބަރު 2025

ސްރީލަންކާ އަށް އެހީ ފޯރުކޮށްދިނުމަށް އިންޑިއާ އިން ހުރަސް އެޅި ކަމަށް ޕާކިސްތާނުން ބުނެފި

02 ޑިސެމްބަރު 2025
ސްރީލަންކާ އަށް އެހީ ފޯރުކޮށްދިނުމަށް އިންޑިއާ އިން ހުރަސް އެޅި ކަމަށް ޕާކިސްތާނުން ބުނެފި
15 ނޮވެމްބަރު 2025

އިންޑިއާގެ ކަޝްމީރުގެ ޕޮލިސް ސްޓޭޝަނެއްގައި އެއްޗެއް ގޮވައި 7 މީހަކު މަރުވެ، 27 މީހަކު ޒަހަމްވެއްޖެ

15 ނޮވެމްބަރު 2025
އިންޑިއާގެ ކަޝްމީރުގެ ޕޮލިސް ސްޓޭޝަނެއްގައި އެއްޗެއް ގޮވައި 7 މީހަކު މަރުވެ، 27 މީހަކު ޒަހަމްވެއްޖެ
10 ސެޕްޓެމްބަރު 2025

އޭޝިއާ ކަޕް ބަލަން ދިރާގާއި މީޑިއާނެޓް ގުޅިގެން ހާއްސަ އޮފާއެއް

10 ސެޕްޓެމްބަރު 2025
އޭޝިއާ ކަޕް ބަލަން ދިރާގާއި މީޑިއާނެޓް ގުޅިގެން ހާއްސަ އޮފާއެއް
08 ޖުލައި 2025

އިންޑިއާގައި ދެހާހަށްވުރެ ގިނަ 'އެކްސް' އެކައުންޓް ބްލޮކް ކޮށްފި

08 ޖުލައި 2025
އިންޑިއާގައި ދެހާހަށްވުރެ ގިނަ 'އެކްސް' އެކައުންޓް ބްލޮކް ކޮށްފި
01 މެއި 2025

ޖައިޝަންކަރު ވިދާޅުވީ، ހަމަލާ ދިން މީހުން އިންސާފުގެ ކުރި މައްޗަށް ގެންނަން ޖެހޭނެ ކަމަށް

01 މެއި 2025
ޖައިޝަންކަރު ވިދާޅުވީ، ހަމަލާ ދިން މީހުން އިންސާފުގެ ކުރި މައްޗަށް ގެންނަން ޖެހޭނެ ކަމަށް
13 ސެޕްޓެމްބަރު 2023

ކަޝްމީރުގައި ބަދަލުކުރެވުނު ބަޑީގެ ހަމަލާތަކެއްގައި ސިފައިންގެ ދެ އޮފިސަރަކު މަރާލައިފި

13 ސެޕްޓެމްބަރު 2023
ކަޝްމީރުގައި ބަދަލުކުރެވުނު ބަޑީގެ ހަމަލާތަކެއްގައި ސިފައިންގެ ދެ އޮފިސަރަކު މަރާލައިފި
23 މެއި 2023

މަސްތުވާތަކެއްޗާއެކު ބޯޑަރު ހުރަސްކުރަން އުޅުނު ޕާކިސްތާންގެ އިތުރު ޑްރޯނެއް އަމްރިތުސާރުގެ ބީއެސްއެފް އިން ވައްޓާލައިފި

23 މެއި 2023
މަސްތުވާތަކެއްޗާއެކު ބޯޑަރު ހުރަސްކުރަން އުޅުނު ޕާކިސްތާންގެ އިތުރު ޑްރޯނެއް އަމްރިތުސާރުގެ ބީއެސްއެފް އިން ވައްޓާލައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު