Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ވިޔަފާރި-އިގްތިސާދު
ވަޓްސްއަޕް

އިންޑިއާގެ ކުނާލް ޝާހް، މެޓާގެ ވަޓްސްއަޕްގެ އިސްވެރިޔަކަށް އައްޔަންކުރުމާއެކު ދުނިޔޭގެ ސަމާލުކަން އޭނާއަށް ހުއްޓިއްޖެ

މެޓާއިން ކްރެޑް ކުންފުންޏަށް 900 މިލިއަން ޑޮލަރުގެ އިންވެސްޓްމަންޓެއް ކުރި މި ދަނޑިވަޅަކީ، ވަޓްސްއަޕް މެދުވެރިކޮށް ފައިސާ ދެއްކުމާއި ވިޔަފާރި ޚިދުމަތްތައް ފުޅާކުރަން މަސައްކަތްކުރާ ވަގުތަކަށް ވުމުން، ޝާހްގެ ތަޖުރިބާގެ ބޭނުން އެ ކުންފުންޏަށް ބޮޑުވާނެ. މިއީ އިންޑިއާގެ ސްޓާޓަޕް މާހައުލުން އުފެދުނު ބާނީއަކު ދުނިޔޭގެ މިފަދަ ބޮޑު ޕްލެޓްފޯމެއްގެ ކޮންޓްރޯލް ހޯދި ފުރަތަމަ ފަހަރު.

ރާއްޖެ އެމްވީ | 24 ޖޫން 2026 | ބުދަ 13:15
އިންޑިއާގެ ފިންޓެކް ސްޓާޓްއަޕް "ކްރެޑް" (Cred) ގެ ބާނީ ކުނާލް ޝާހް، މެސެޖިންގް އެޕްލިކޭޝަން "ވޮޓްސްއެޕް" ގެ އިސްވެރިޔާގެ މަގާމަށް އައްޔަން ކޮށްފި.

އިންޑިއާގެ ފިންޓެކް ސްޓާޓްއަޕް "ކްރެޑް" (Cred) ގެ ބާނީ ކުނާލް ޝާހް، މެސެޖިންގް އެޕްލިކޭޝަން "ވޮޓްސްއެޕް" ގެ އިސްވެރިޔާގެ މަގާމަށް އައްޔަން ކޮށްފި. | ކްރެޑް

މިފަހަކާ ޖެހެންދެން ކުނާލް ޝާހް އަކީ މައިގަނޑު ގޮތެއްގައި ހަމައެކަނި އިންޑިއާގެ ސްޓާޓަޕްތަކާއި އިންވެސްޓަރުންގެ މެދުގައި މަގުބޫލު ނަމެކެވެ.

ފިންޓެކް ކުންފުނި "ކްރެޑް" (Cred) ގެ ބާނީގެ ގޮތުގައި އޭނާ ކުރަމުންދާ ވިޔަފާރިތަކުގެ ބޭރުން ވެސް، ގިނަ ބައެއްގެ ސަމާލުކަން އޭނާ ވަނީ ހޯދާފައެވެ. އޭނާ ބައިވެރިވާ ޕޮޑްކާސްޓްތަކުގައި މައިގަނޑު ގޮތެއްގައި ވާހަކަދައްކަނީ އިތުބާރު ގާއިމުކުރުމާއި، މާލީ މަންފާ ހޯދުމާއި، މުއްސަނދިކަން އުފެއްދުމުގެ އިތުރުން އިންސާނީ އުޅުމާ ގުޅޭ މައުޟޫއުތަކަށެވެ. އަދި އޭނާގެ ސޯޝަލް މީޑިއާ ޕޯސްޓްތަކުގައި އާޓިފިޝަލް އިންޓެލިޖެންސް (އޭއައި) އިން ފެށިގެން ފަލްސަފާއާ ހަމައަށް ތަފާތު ދާއިރާތަކަށް އަލިއަޅުވާލައެވެ.

މިހެން މިކަން އޮއްވާ، މެޓާ ކުންފުނިން އޭނާ ވަޓްސްއަޕްގެ އިސްވެރިޔަކަށް އައްޔަންކުރުމާއެކު، މުޅި ދުނިޔޭގެ ސަމާލުކަން މިހާރު ވަނީ އޭނާއަށް ހުއްޓިފައެވެ.

މިކަން ހަމަޖެހިގެން ދިޔައީ މެޓާ ކުންފުނިން 900 މިލިއަން ޑޮލަރު (679 މިލިއަން ޕައުންޑް) ކްރެޑް ކުންފުންޏަށް އިންވެސްޓްކުރުމާ ގުޅިގެންނެވެ. މިއީ ވަޓްސްއަޕުން ހަމައެކަނި މެސެޖުކުރުމުގެ ބަދަލުގައި، ފައިސާ ދެއްކުމުގެ ޚިދުމަތްތަކާއި، ވިޔަފާރި ޚިދުމަތްތަކުގެ އިތުރުން އޭއައި ބޭނުންކޮށްގެން އުފައްދާ އުފެއްދުންތައް ފުޅާކުރަން މަސައްކަތްކުރަމުންދާ ދަނޑިވަޅެކެވެ.

ދުނިޔޭގެ އެންމެ ބޮޑެތި ޓެކްނޮލޮޖީ ކުންފުނިތަކުގެ އިސް މަގާމުތަކުގައި އިންޑިއާ ދަރިކޮޅުގެ މީހުން ތިބި ނަމަވެސް، އިންޑިއާގެ ސްޓާޓަޕް މާހައުލުގެ ތެރެއިން އަމިއްލައަށް މަސައްކަތް ފަށައިގެން ކުރިއަށްދިޔަ ފަރާތަކަށް، ދުނިޔޭގެ މިފަދަ ބޮޑު ކޮންސިއުމާ ޕްލެޓްފޯމެއްގެ ކޮންޓްރޯލް ލިބުމަކީ މަދުން ނޫނީ ނުފެންނަ ކަމެކެވެ. ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ވަޓްސްއަޕް ބޭނުންކުރާ ތިން ބިލިއަނަށްވުރެ ގިނަ މީހުން އެބަތިއްބެވެ.

މެޓާގެ ދައުވަތު ލިބުމުގެ މާ ކުރިންވެސް، ޝާހް އަކީ އިންޑިއާގެ ސްޓާޓަޕް ދާއިރާގައި ފާހަގަކޮށްލެވޭ ޝަޚްސިއްޔަތެކެވެ.

އޭނާއަށް އެންމެ ފުރަތަމަ ބޮޑު ކާމިޔާބީއެއް ލިބުނީ 2010 ވަނަ އަހަރު، އިންޑިއާގެ އިންޓަނެޓް އިގްތިސާދު ބިނާވަމުން އައި ދުވަސްވަރު އޭނާ އުފެއްދި މޯބައިލް ރީޗާޖް ޕްލެޓްފޯމް "ފްރީޗާޖް" (FreeCharge) އިންނެވެ.

އެ ކުންފުނި ވަރަށް ހަލުވިކަމާއެކު ކުރިއަރައި، 2015 ވަނަ އަހަރު އީ-ކޮމާސް ކުންފުނި "ސްނެޕްޑީލް" (Snapdeal) އިން އެ ކުންފުނި ގަތެވެ. މިއީ އެ ދުވަސްވަރު އިންޑިއާގައި ހިންގި ސްޓާޓަޕް ގަތުމުގެ އެންމެ ބޮޑު އެއް މުއާމަލާތެވެ.

ނަމަވެސް، ޝާހްގެ މަގުބޫލުކަން ފަހުން ވަނީ އޭނާ އުފެއްދި ކުންފުނިތަކަށްވުރެ ބޮޑަށް ފުޅާވެގެން ގޮސްފައެވެ.

ފްރީޗާޖުން ވަކިވުމަށްފަހު، އޭނާ ވަނީ އެތައް އަހަރެއް ވަންދެން އާ ޓެކްނޮލޮޖީ ކުންފުނިތަކަށް އިންވެސްޓްކޮށް، އެފަދަ ކުންފުނިތައް އުފައްދާ ފަރާތްތަކަށް ލަފާދިނުމުގައި ހޭދަކޮށްފައެވެ.

މީގެ އިތުރުން، އޭނާ ވަނީ ސްޓާޓަޕް އެކްސެލެރޭޓާ "ވައި ކޮމްބިނޭޓާ" (Y Combinator) އަދި "ސެކުއޯޔާ ކެޕިޓަލް" (Sequoia Capital) ގެ އެޑްވައިޒަރެއްގެ ގޮތުގައި ވެސް މަސައްކަތް ކޮށްފައެވެ. މި ދައުރުގައި އޭނާ ވަނީ އިންޑިއާގެ ސްޓާޓަޕް ދާއިރާ ހަލުވިކަމާއެކު ފުޅާވަމުން ދިޔައިރު، ޚާއްޞަކޮށް ޓެކްނޮލޮޖީ ދާއިރާގެ އާ ބާނީންނާ ގާތުން މަސައްކަތް ކޮށްފައެވެ.

މުމްބާއީއަށް އުފަން ޝާހް ކޮލެޖުގައި ކިޔެވީ ފަލްސަފާއެވެ. އޭނާއަކީ އިންޑިއާގެ މަޝްހޫރު ޓެކްނޮލޮޖީ ބާނީން އާންމުކޮށް ކިޔަވާ އިންޖިނިއަރިން ނުވަތަ މެނޭޖްމަންޓް ފަދަ މަތީ ފަންތީގެ މުއައްސަސާތަކުން ކިޔެވި މީހެއް ނޫނެވެ.

އިންޑިއާގެ އިންވެސްޓަރު ސަންޖީވް ބިކްޗަންދާނީ އެކްސް (ކުރީގެ ޓްވިޓާ) ގައި ކުރި ޕޯސްޓެއްގައި ލިޔުނު ގޮތުގައި، ޝާހް ފަލްސަފާ ކިޔަވަން އިޚްތިޔާރު ކުރީ އެ މާއްދާގެ ކްލާސްތައް ހެނދުނު އޮންނާތީއެވެ. އެއީ އޭނާގެ އާއިލީ ވިޔަފާރިއަށް މާލީ ދަތިތަކެއް ކުރިމަތިވުމުން، ފުލްޓައިމްކޮށް ވަޒީފާ އަދާކުރުމުގެ ފުރުސަތު ހޯދުމުގެ ގޮތުންނެވެ.

އެކި އިންޓަވިއުތަކާއި ޕޮޑްކާސްޓްތަކުގައި ޝާހް ވަނީ ކިޔަވަމުންދިޔަ ދުވަސްވަރު ތަފާތު ކުދިކުދި މަސައްކަތްތައް ކުރިކަމަށް ބުނެފައެވެ. އޭނާ ބުނާ ގޮތުގައި އެ ތަޖުރިބާތަކަށްފަހު އުފެއްދި "ފްރީޗާޖް" އަކީ އޭނާއަށް މުޅި ގައުމުގެ ސަމާލުކަން ފުރަތަމަ ލިބުނު ކުންފުންޏެވެ.

2018 ވަނަ އަހަރު އުފެއްދި "ކްރެޑް" އަކީ ކްރެޑިޓް ކާޑު ބިލްތައް ގަޑިއަށް ދައްކާ މީހުންނަށް އިނާމު ދިނުމުގެ މައްޗަށް ބިނާވެފައިވާ ސާދާ ވިޔަފާރި މޮޑެލްއެއް އޮތް ކުންފުންޏެކެވެ.

އާންމުކޮށް ވާހަކަދައްކާއިރު ޝާހް ގިނައިން ފާހަގަކުރަނީ މި ކުންފުނި އުފެދިގެން އައީ އިތުބާރާއި ހިތްވަރު ދިނުމާ ގުޅޭގޮތުން އުފެދުނު ސުވާލުތަކެއްގެ ތެރެއިން ކަމަށެވެ. ފަހުން އެ ކުންފުނި ވަނީ ލޯނު ދިނުމާއި، އިންޝުއަރެންސް، ވިޔަފާރި އަދި މާލީ މުދާ މެނޭޖްކުރުމުގެ ދާއިރާއަށް ފުޅާވެފައެވެ.

ރޮއިޓާސްގެ ރިޕޯޓެއް ބުނާ ގޮތުގައި، މެޓާގެ އެންމެ ފަހުގެ އިންވެސްޓްމަންޓާއެކު ކްރެޑްގެ އަގު މިހާރު ހުރީ ގާތްގަނޑަކަށް 4.5 ބިލިއަން ޑޮލަރުގައެވެ. 

ކްރެޑް އަކީ ފާހަގަކޮށްލެވޭ ފިންޓެކް ބްރޭންޑަކަށް ވީ، ޚާއްޞަކޮށް މަޖާ އަދި ކުރީގެ ހަނދާންތައް އާކޮށްދޭ، އަދި ހީނުކުރާ ފަދަ މަޝްހޫރު ފަރާތްތައް ފެނިގެންދާ އިޝްތިހާރުތަކުގެ ސަބަބުންނެވެ.

ނަމަވެސް، އެ ކުންފުނީގެ ކުރިއެރުމާއެކު ފާޑުކިޔުންތައް ވެސް އަމާޒުވިއެވެ. އެތައް އަހަރެއް ވަންދެން އެ ކުންފުނީގެ ބްރޭންޑާއި ކުރިއެރުމަށް ތައުރީފު ކުރެވުނު ނަމަވެސް، ފައިދާ ލިބޭނެ ގޮތަކާ މެދު ގިނަ ބަޔަކު ސުވާލު އުފެއްދިއެވެ.

އިންވެސްޓަރުންގެ ޝައުގުވެރިކަމާއި ކުންފުނީގެ މަތީ އަގުތަކަކީ ކުންފުނީގެ މާލީ ނަތީޖާއާ އެކަށީގެންވާ އެއްޗެއްތޯ ފާޑުކިޔާ ފަރާތްތަކުން ސުވާލު އުފެއްދިއިރު، ސަޕޯޓަރުން ބުނަމުންދިޔައީ ކާމިޔާބު ގިނަ ޓެކްނޮލޮޖީ ވިޔަފާރިތަކަކީ ވެސް ބޮޑުވަމުން އައިއިރު ގިނަ ދުވަސްތަކެއް ވަންދެން ގެއްލުމުގައި ހިންގި ކުންފުނިތަކެއް ކަމަށެވެ.

މި ބަހުސް އަލުން ފެންމަތިވީ މިދިޔަ އަހަރު ސޯޝަލް މީޑިއާގައި ކުރި ޕޯސްޓެއްގައި، ދެމެހެއްޓެނިވި ފައިދާއެއް ނުލިބޭއިރު ވެސް ވިޔަފާރިވެރިންގެ އަގުވަޒަންކުރަނީ ކީއްވެގެންތޯ ސުވާލުކުރުމުންނެވެ.

ޝާހް އެކަމަށް ރައްދު ދެމުން ބުނީ، ފައިދާވާ ވިޔަފާރިތަކުގެ އަގުވަޒަންކުރަން ޖެހޭ ކަމަށް އެއްބަސްވާ ކަމަށެވެ. ނަމަވެސް، ވިޔަފާރިވެރިއަކީ ވަޒީފާ އުފައްދައިދޭ އަދި ރިސްކު ނަގައިގެން ކުރާ ކަމަކަށްވާތީ، އެކަމަށް ހިތްވަރު ދޭންޖެހޭނެ ކަމަށް އޭނާ ވަނީ ބުނެފައެވެ.

ޝާހްގެ ސަޕޯޓަރުން ދެކޭ ގޮތުގައި، އޭނާއަކީ އިންޑިއާގެ ޒަމާނީ އިންޓަނެޓް އިގްތިސާދު ބިނާކުރުމުގައި އެހީތެރިވެދިން ޖީލުގެ ވިޔަފާރިވެރިއެކެވެ. އެއީ ފުރަތަމަ ޑިޖިޓަލް ޕޭމަންޓްސް މެދުވެރިކޮށް އަދި ފަހުން ފައިނޭންޝަލް ޓެކްނޮލޮޖީގެ ޒަރީއާއިންނެވެ.

ސްޓާޓަޕް ޕޮލިސީ ފޯރަމްގެ ޗީފް އެގްޒެކެޓިވް ޝްވޭތާ ރާޖްޕާލް ކޯލީ، ޝާހްއާބެހޭ ގޮތުން ބުނީ އޭނާއަކީ "އުފެއްދުންތަކުގެ ނަޒަރިއްޔާތުން ގަވާއިދުތަކުގެ އުނދަގޫތަކަށް ބަލައި، އަދި ގަވާއިދުތަކުގެ ނަޒަރިއްޔާތުން އުފެއްދުންތައް ފަރުމާކުރުމުގެ ނާދިރު ގާބިލުކަމެއް" ހުރި މީހެެއް ކަމަށެވެ. "އޭނާގެ އުފެއްދުންތެރިކަމާއި މައްސަލަ ހައްލުކުރުމުގެ ހުނަރަކީ އަބަދުވެސް ހައިރާންކުރުވަނިވި ކަމެއް،" އޭނާ ބީބީސީއަށް ކިޔައިދިނެވެ.

ފާޑުކިޔާ ފަރާތްތަކުން ދެކޭ ގޮތުގައި، އޭނާ ރަމްޒުކޮށްދެނީ ދެމެހެއްޓެނިވި ވިޔަފާރި މޮޑެލްތަކަށްވުރެ ބޮޑަށް ކުންފުނީގެ އަގާއި، ފަންޑު ހޯދުމާއި، އަދި ހަލުވި ކުރިއެރުމަށް އިސްކަންދޭ ސްޓާޓަޕް ސަގާފަތެކެވެ.

ވަޓްސްއަޕުން ދަނީ މެސެޖުކުރުމުގެ ބޭރުން ފައިސާ ދެއްކުމާއި، ވިޔަފާރި އަދި ބިޒްނަސް ސާވިސްތަކަށް ފުޅާވަމުންނެވެ. މިއީ ވޭތުވެދިޔަ ދިހަވަރަކަށް އަހަރު ޝާހް އުފެއްދުންތައް ތައްޔާރުކޮށް، އިންވެސްޓްކޮށް، އަދި ލަފާދިނުމުގައި ހޭދަކުރި ދާއިރާތަކެވެ.

ވަޓްސްއަޕްގެ އެންމެ ބޮޑު މާކެޓް ކަމަށްވާ އިންޑިއާއަކީ އޭނާގެ ވިޔަފާރީގެ މައި މަރުކަޒެވެ. މި އައްޔަންކުރުމާއެކު، ޝާހް ވެގެންދާނީ ވަޓްސްއަޕްގެ އިސްވެރިޔަކަށް އައްޔަންކުރެވުނު ފުރަތަމަ އިންޑިއާ މީހާއަށެވެ.

ނަމަވެސް ބައެއް މާހިރުން ބުނަނީ، ޝާހްގެ މި އައްޔަންކުރުމަކީ ހަމައެކަނި ފިންޓެކް ނުވަތަ ޕޭމަންޓްސްގެ ނަޒަރަކުން ބަލަންޖެހޭ ކަމެއް ނޫން ކަމަށެވެ.

"ގިނަ ބަޔަކަށް ހީވަނީ ޝާހް މި މަގާމަށް ހޮވުނީ އޭނާގެ ފިންޓެކް އަދި ޕޭމަންޓްސްގެ ތަޖުރިބާގެ ސަބަބުން ކަމަށް. އަހަރެން ދެކޭ ގޮތުގައި އެއީ ވަރަށް ހަނި ވިސްނުމެއް،" ޓެކް ނިއުސް ވެބްސައިޓް 'މީޑިއާނާމާ' (MediaNama) ގެ ބާނީ އަދި އެޑިޓަރު ނިޚިލް ޕަހްވާ ބީބީސީއަށް ބުންޏެވެ.

"އޭނާއަކީ އުފެއްދުންތަކާއި، ކަސްޓަމަރުންގެ އުޅުމާއި، ހިތްވަރު ދިނުމާއި، އަދި ކުރިއެރުމާ މެދު އެތައް އަހަރެއް ވަންދެން ވިސްނާފައިވާ މީހެއް. އޭނާގެ ވިޔަފާރިތަކުގައި ޕޭމަންޓްސް ބޭނުންކޮށްފައިވަނީ ކަސްޓަމަރުން ހޯދުމުގެ ވަސީލަތެއްގެ ގޮތުގައި، އޭގެ ފަހުން އެމީހުންނަށް އުފެއްދުންތައް މާކެޓްކުރަން. އެހެންކަމުން މިއީ ހަމައެކަނި ޕޭމަންޓްސްއާ ގުޅޭ އައްޔަންކުރުމެއް ނޫން. މިއީ ކަސްޓަމާ ބިޒްނަސްއެއް ބޮޑުކުރުމުގެ ތަޖުރިބާ ހުރި ބާނީއަކު މެޓާއިން އިޚްތިޔާރުކުރުން."

މި މަގާމަށް ޝާހް ހޮވި ސަބަބު މެޓާއިން ރަސްމީކޮށް ތަފްސީލުކޮށްފައެއް ނުވެއެވެ. ނަމަވެސް، މި އައްޔަންކުރުން އިއުލާން ކުރައްވަމުން، ޗީފް އެގްޒެކެޓިވް މާކް ޒަކަބާގް ވަނީ ޝާހްގެ "ބިނާކުރުމުގެ ވިސްނުމަށާއި ދުނިޔެއަށް ހުޅުވިފައިވާ ނަޒަރިއްޔާތަށް" ތައުރީފު ކުރައްވާފައެވެ.

ކުނާލް ޝާހްކްރެޑްވަޓްސްއެޕްފްރީޗާޖް

ކޮމެންޓް

އިތުރަށް ކިޔާލަން

ކުޑަ ކުދިންނަށް ނޭދެވޭ އަސަރު ކުރާ ކަމަށް ބުނެ ކުރި ދައުވާގައި، ހެކި ބަސް ދިނުމަށް ޒަކަބާގް ކޯޓަށް ހާޒިރު ކޮށްފި

ކުޑަ ކުދިންނަށް ނޭދެވޭ އަސަރު ކުރާ ކަމަށް ބުނެ ކުރި ދައުވާގައި، ހެކި ބަސް ދިނުމަށް ޒަކަބާގް ކޯޓަށް ހާޒިރު ކޮށްފި

19 ފެބުރުއަރީ 2026
ރަޝިޔާގައި ވަޓްސްއެޕް މުޅިން ބްލޮކްކުރަން އުޅޭ ކަމަށް އެ ކުންފުނިން ބުނެފި

ރަޝިޔާގައި ވަޓްސްއެޕް މުޅިން ބްލޮކްކުރަން އުޅޭ ކަމަށް އެ ކުންފުނިން ބުނެފި

12 ފެބުރުއަރީ 2026
ޓްރާންސެކްޝަން ތަކަށް ވަޓްސްއެޕް މެދުވެރިކޮށް އޯޓީޕީ ލިބޭގޮތް ހަދައިފި

ޓްރާންސެކްޝަން ތަކަށް ވަޓްސްއެޕް މެދުވެރިކޮށް އޯޓީޕީ ލިބޭގޮތް ހަދައިފި

12 ނޮވެމްބަރު 2025
ޣައްޒާގައި ހިންގަމުންދާ ގަތުލުއާންމުގައި ވަޓްސްއެޕްގެ ދައުރެއް ވޭތަ؟

ޣައްޒާގައި ހިންގަމުންދާ ގަތުލުއާންމުގައި ވަޓްސްއެޕްގެ ދައުރެއް ވޭތަ؟

01 މެއި 2024
ވަޓްސްއެޕް މެސެޖަކުން ހަނގުރާމައިގެ މައިދާނަށް؟

ވަޓްސްއެޕް މެސެޖަކުން ހަނގުރާމައިގެ މައިދާނަށް؟

03 އޮކްޓޯބަރު 2023

އަހަރުތަކުން މިއަދު

23 ޖޫން
ފޯނުން ގުޅުއްވައި ރައީސް ޞާލިހު ރައީސް ނަޝީދަށް މަރުހަބާ ވިދާޅުވެއްޖެ
20251 އަހަރު ކުރިން
ރާއްޖެ

ފޯނުން ގުޅުއްވައި ރައީސް ޞާލިހު ރައީސް ނަޝީދަށް މަރުހަބާ ވިދާޅުވެއްޖެ

13.7 ބިލިއަން ރުފިޔާ ނެގީ އެމްއެމްއޭ އިން، މިއީ ހަމަ ފައިސާ ޗާޕްކުރުން - ކުރީގެ ރައީސް ޔާމީން
20242 އަހަރު ކުރިން
ރާއްޖެ

13.7 ބިލިއަން ރުފިޔާ ނެގީ އެމްއެމްއޭ އިން، މިއީ ހަމަ ފައިސާ ޗާޕްކުރުން - ކުރީގެ ރައީސް ޔާމީން

"ޓައިޓަން ސަބްމަރސިބަލް ގޮވި ގޮވުމަކީ ރަހުމަތެއް"
20233 އަހަރު ކުރިން
ރިޕޯޓު

"ޓައިޓަން ސަބްމަރސިބަލް ގޮވި ގޮވުމަކީ ރަހުމަތެއް"

ޔޫކްރެއިން-ރަޝިއާ ހަނގުރާމައަށް 4 މަސް: ޔޫކްރެއިނަށް އީޔޫގެ މެމްބަރުކަން. ރަޝިއާއަށް ސިއެވިއެރޮޑެނެސްކް؟
20224 އަހަރު ކުރިން
ރިޕޯޓު

ޔޫކްރެއިން-ރަޝިއާ ހަނގުރާމައަށް 4 މަސް: ޔޫކްރެއިނަށް އީޔޫގެ މެމްބަރުކަން. ރަޝިއާއަށް ސިއެވިއެރޮޑެނެސްކް؟

ނަޝީދުއަށް ލިބިވަޑައިގެންނެވި އެންމެ ޒަޚަމެއް ފިޔަވައި އެހެން ހުރިހާ ޒަޚަމެއް ފަސޭހަވެއްޖެ
20215 އަހަރު ކުރިން
ރާއްޖެ

ނަޝީދުއަށް ލިބިވަޑައިގެންނެވި އެންމެ ޒަޚަމެއް ފިޔަވައި އެހެން ހުރިހާ ޒަޚަމެއް ފަސޭހަވެއްޖެ

ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެެ އަދަދު 7 އަށް ބަދަލުކުރަނީ
20197 އަހަރު ކުރިން
ރާއްޖެ

ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެެ އަދަދު 7 އަށް ބަދަލުކުރަނީ

އިންޑިއާއިން ރާއްޖެއަށް ދިން ވިޔަފާރީގެ އިންޒާރު، ވަރަށް ހިތްދަތި!
20188 އަހަރު ކުރިން
ރިޕޯޓު

އިންޑިއާއިން ރާއްޖެއަށް ދިން ވިޔަފާރީގެ އިންޒާރު، ވަރަށް ހިތްދަތި!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު