Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުސްޕެޝަލް އޮލިމްޕިކްސް

ސްޕެޝަލް އޮލިމްޕިކްސް މޯލްޑިވްސްގެ އެތުލެޓިކްސް މުބާރާތް ނިންމާލައިފި

29 ޖޫން 2026 | ހޯމަ 08:02

މުބާރާތް ކުރިއަށް ގެންގޮސްފައި ވަނީ 12 އަހަރުން ދަށާއި، 12 އަހަރުން މަތި ހިމެނޭހެން ދެ އުމުރުފުރާ އަކަށް ބަހާލައިގެން. އެގޮތުން މުބާރާތުގައި 50 މީޓަރު ދުވުން، 80 މީޓަރު ދުވުން، 100 މީޓަރު ދުވުން، 200 މީޓަރު ދުވުން އަދި 400 މީޓަރު ދުވުމުގެ އިތުރުން، ސޮފްޓްބޯލް ތުރޯ، ހާޑު ބޯލް ތުރޯ އަދި ސްޓޭންޑިން ޖަމްޕު ހިމެނޭ.

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 29 ޖޫން 2026 | ހޯމަ 08:02
 ސްޕެޝަލް އޮލިމްޕިކްސް މޯލްޑިވްސްގެ އެތުލެޓިކްސް މުބާރާތް ނިންމުމުގެ ރަސްމިއްޔާތުގެ ތެރެއިން.

ސްޕެޝަލް އޮލިމްޕިކްސް މޯލްޑިވްސްގެ އެތުލެޓިކްސް މުބާރާތް ނިންމުމުގެ ރަސްމިއްޔާތުގެ ތެރެއިން. | ރާއްޖެ އެމްވީ

ސްޕެޝަލް އޮލިމްޕިކްސް މޯލްޑިވްސް (އެސްއޯ މޯލްޑިވްސް)ގެ މި އަހަރުގެ އެތުލެޓިކްސް މުބާރާތް ނިންމާލައިފި އެވެ.

ދެ ދުވަހުގެ މުއްދަތަކަށް ހުޅުމާލެ ސިންތެޓިކް ޓްރެކުގައި ކުރިއަށް ދިޔަ މިމުބާރާތުގައި ޖުމުލަ 90 ކުޅުންތެރިން ބައިވެރިވެފައިވެ އެވެ. އެއީ 29 އަންހެން ކުޅުންތެރިންނާއި، 61 ފިރިހެން ކުޅުންތެރިންނެވެ.  

މުބާރާތް ކުރިއަށް ގެންގޮސްފައި ވަނީ 12 އަހަރުން ދަށާއި، 12 އަހަރުން މަތި ހިމެނޭހެން ދެ އުމުރުފުރާ އަކަށް ބަހާލައިގެންނެވެ. އެގޮތުން މުބާރާތުގައި 50 މީޓަރު ދުވުން، 80 މީޓަރު ދުވުން، 100 މީޓަރު ދުވުން، 200 މީޓަރު ދުވުން އަދި 400 މީޓަރު ދުވުމުގެ އިތުރުން، ސޮފްޓްބޯލް ތުރޯ، ހާޑު ބޯލް ތުރޯ އަދި ސްޓޭންޑިން ޖަމްޕު ހިމެނެ އެވެ.

މިއީ އެސްއޯ މޯލްޑިވްސް އިން އެތުލެޓިކްސް މުބާރާތް ބާއްވާ ތިން ވަނަ އަހަރެވެ. ރާއްޖޭގައި އެންމެ ފުޅާކޮށް އިންކްލޫސިވް ސްޕޯޓްސް ހިންގަމުން އަންނަ އެސްއޯ މޯލްޑިވްސް އިން ވަނީ މިއަހަރުގެ މުބާރާތުގެ ފެންވަރު މަތިކޮށް، މުބާރާތުގެ ނަން ވެސް "ނެޝަނަލް އެތުލެޓިކްސް ކޮމްޕެޓިޝަން" އަށް ބަދަލު ކޮށްފައި އެވެ.

ފަސްޓް ނެޝަނަލް އެތުލެޓިކްސް ކޮމްޕެޓީޝަން މިހެން ލިޔެފައި އޮންނާތީ ވަރަށް ގިނަ ބަޔަކު ސުވާލު އުފައްދަމުން ދިޔަ، ވަރަށް ކޯލް ވެސް އައި، ފާއިތުވި ދެއަހަރަށް ބަލާ، މިއަހަރުގެ މުބާރާތުގެ ފެންވަރު ހައިކޮށް، ކުރިއަށް އޮތްތާނގައި ނޭޝަނަލް ކޮންމެޓިޝަން ގެންދާ ފެންވަރުގައި ދެން އެސް-އޯ މޯލްޑީވްސް އެތުލެޓިކްސް މުބާރާތްތައް ދާނީ އެހެން މިއަހަރުން ފެށީގެން އެ ލެވެލްގައި ގެންދާނެތީ ފަސްޓް ޖަހާފައި އެއޮތީ، މިކަން އަޅުގަނޑު ފާހަގަ ކުރަނީ ވަރަށް ބޮޑު ކާމިޔާބީއެއްގޮތުގަ، އަންނަ އަހަރުގެ އަމާޒަކީ އަތޮޅުތެރެއިން ވެސް ގިނަ ކުދިންތަކެއް ބައިވެރި ކުރުވުން، މިއަހަރު ވެސް ބައެއް ރަށްރަށުން ރިކުއެސްޓް އައި ނަމަވެސް މާލއ އައުމާ ހުރިމާ ކެއުމާ އެހެނިހެން ޚަރަދުގެ ބޮޑުކަމުން އެކުދިންނަށް ބައިވެރި ނުވެވުނީ.
އިބްރާހީމް ރަމީޒް / ޗެއާޕާސަން

މުބާރާތުގެ ނިމުން ފާހަގަ ކުރުމުގެ ގޮތުން ހޮނިހިރު ދުވަހު ބޭއްވި މެޑަލް ދިނުމުގެ ހަފްލާ ޝަރަފް ވެރި ކޮށްދެއްވާފައި ވަނީ އެޑިއުކޭޝަން މިނިސްޓްރީ ސްޓޭޓް މިނިސްޓަރު ފާޠިމަތު މުޙައްމަދު އެވެ. މީގެ އިތުރުން އެތުލެޓިކްސް އެސޯސިއޭޝްންގެ ރައީސް މުސްޠަފާ މުޙައްމަދުގެ އިތުރުން އެޑިއުކޭޝަން މިނިސްޓްރީގެ އިންކްލޫސިވް ޑިޕާޓްމަންޓްގެ ޑިރެކްޓަރު އަދީލާ ރުސްދީ  ވަނީ ބައިވެރިވެފައި އެވެ.

ސްޕެޝަލް އޮލިމްޕިކްސް މޯލްޑިވްސް އަކީ ރާއްޖޭގައި އެންމެ ފުޅާކޮށް އިންކްލޫސިވް ސްޕޯޓްސް ހިންގަމުން އަންނަ އެސޯސިއޭޝަން އެވެ.

ސްޕެޝަލް އޮލިމްޕިކްސް މޯލްޑިވްސް

އިތުރަށް ކިޔާލަން

26 އެޕްރީލު 2026

ސްޕެޝަލް އޮލިމްޕިކްސް މޯލްޑިވްސްގެ އެއް ވަނަ ނެޝަނަލް ސްވިމް މީޓް ބާއްވައިފި

26 އެޕްރީލު 2026
ސްޕެޝަލް އޮލިމްޕިކްސް މޯލްޑިވްސްގެ އެއް ވަނަ ނެޝަނަލް ސްވިމް މީޓް ބާއްވައިފި
09 އެޕްރީލު 2026

ބީއެމްއެލްއާއި ސްޕެޝަލް އޮލިމްޕިކްސް މޯލްޑިވްސް ގުޅިގެން ކުޅިވަރުގެ ދާއިރާއިން އެތުލީޓުންނަށް އިތުރު ފުރުސަތުތައް ފަހިކޮށްދިނުމަށް ނިންމައިފި

09 އެޕްރީލު 2026
ބީއެމްއެލްއާއި ސްޕެޝަލް އޮލިމްޕިކްސް މޯލްޑިވްސް ގުޅިގެން ކުޅިވަރުގެ ދާއިރާއިން އެތުލީޓުންނަށް އިތުރު ފުރުސަތުތައް ފަހިކޮށްދިނުމަށް ނިންމައިފި
15 ސެޕްޓެމްބަރު 2025

ސަރުކާރުން ފައިސާ ނުދިނުމުގެ ސަބަބުން، ސްޕެޝަލް އޮލިމްޕިކްސް ކުޅިވަރު ހުއްޓުމަކަށް

15 ސެޕްޓެމްބަރު 2025
ސަރުކާރުން ފައިސާ ނުދިނުމުގެ ސަބަބުން، ސްޕެޝަލް އޮލިމްޕިކްސް ކުޅިވަރު ހުއްޓުމަކަށް
25 ޖޫން 2023

ސްޕެޝަލް އޮލިމްޕިކްސް ވޯރލްޑް ގޭމްސްގައި ޤައުމީ ޓީމުން ހޯދި ފުރިހަމަ ކާމިޔާބަށް ރައީސް ޞާލިހް މަރުހަބާ ވިދާޅުވެއްޖެ

25 ޖޫން 2023
ސްޕެޝަލް އޮލިމްޕިކްސް ވޯރލްޑް ގޭމްސްގައި ޤައުމީ ޓީމުން ހޯދި ފުރިހަމަ ކާމިޔާބަށް ރައީސް ޞާލިހް މަރުހަބާ ވިދާޅުވެއްޖެ
24 ޖޫން 2023

ސްޕެޝަލް އޮލިމްޕިކްސް ވޯރލްޑް ގޭމްސްގައި ލައިކާ އަދި މާނިޔާ ރަން މެޑަލް ހޯދައިފި

24 ޖޫން 2023
ސްޕެޝަލް އޮލިމްޕިކްސް ވޯރލްޑް ގޭމްސްގައި ލައިކާ އަދި މާނިޔާ ރަން މެޑަލް ހޯދައިފި
15 މެއި 2022

ނުކުޅެދުންތެރިކަން ހުންނަ ކުދިންނަށް ޚާއްސަ ކުޅިވަރުތަކެއް ފަށައިފި

15 މެއި 2022
ނުކުޅެދުންތެރިކަން ހުންނަ ކުދިންނަށް ޚާއްސަ ކުޅިވަރުތަކެއް ފަށައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް