Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުސްޕެޝަލް އޮލިމްޕިކްސް މޯލްޑިވްސް

ސްޕެޝަލް އޮލިމްޕިކްސް މޯލްޑިވްސްގެ އެއް ވަނަ ނެޝަނަލް ސްވިމް މީޓް ބާއްވައިފި

ހުޅުމާޅެ ސްވިމިން ޕޫލް ޓްރެކްގައި ދެ ދުވަހުގެ މުއްދަތަކަށް ކުރިއަށް ގެންދިޔަ މި މުބާރާތުގައި ނުވަ އިވެންޓަކުން ޖުމްލަ 38 ކުދިން ފަތާފައިވޭ. އެއީ އަންހެން ނުވަ ކުދިންނާއި ފިރިހެން 29 ކުދިން.

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 26 އެޕްރީލު 2026 | އާދީއްތަ 18:11
ސްޕެޝަލް އޮލިމްޕިކްސް މޯލްޑިވްސްގެ އިވެންޓު ނިންމުމުގެ ރަސްމިއްޔާތުގެ ތެރެއިން.

ސްޕެޝަލް އޮލިމްޕިކްސް މޯލްޑިވްސްގެ އިވެންޓު ނިންމުމުގެ ރަސްމިއްޔާތުގެ ތެރެއިން. | ރާއްޖެ އެމްވީ

ސްޕެޝަލް އޮލިމްޕިކްސް މޯލްޑިވްސް (އެސްއޯ މޯލްޑިވިސް)ގެ އެއް ވަނަ ނެޝަނަލް ސްވިމް މީޓް ބާއްވައިފި އެވެ.

ހުޅުމާޅެ ސްވިމިން ޕޫލް ޓްރެކްގައި ދެ ދުވަހުގެ މުއްދަތަކަށް ކުރިއަށް ގެންދިޔަ މި މުބާރާތުގައި ނުވަ އިވެންޓަކުން ޖުމްލަ 38 ކުދިން ފަތާފައިވެ އެވެ. އެއީ އަންހެން ނުވަ ކުދިންނާއި ފިރިހެން 29 ކުދިންނެވެ. މި އިވެންޓު ކުރިއަށް ގެންގޮސްފައި ވަނީ އޭޕްރީލް މަހުގެ 24 ވަނަ ދުވަހުން 25 ވަނަ ދުވަހުގެ ނިޔަލަށެވެ. 

މިއީ އެސްއޯ މޯލްޑިވިސް އިން ސްވިމިން ކޮމްޕެޓިޝަން ގެންދިޔަ ތިން ވަނަ އަހަރެވެ. މި އަހަރުގެ މުބާރާތުގެ ފެންވަރު އިތުރަށް ހަރުދަނާކޮށް މުބާރާތުގެ ނަން ވެސް ވަނީ "ނެޝަނަލް ސްވިމް މީޓް" އަށް ބަދަލުކޮށްފަ އެވެ.

ސްޕެޝަލް އޮލިމްޕިކްސްގެ އިވެންޓުގެ ތެރެއިން.
ސްޕެޝަލް އޮލިމްޕިކްސްގެ އިވެންޓުގެ ތެރެއިން.

މިގޮތުން މުބާރާތުގެ ޤަވާޢިދު އިތުރަށް ހަރުދަނާކޮށް އެތުލީޓުން ވަނީ ޤަވާއިދު ތަކަށް ހޭލުންތެރި ކުރުވާފައިވެ އެވެ. މިމުބާރާތުގެ ނިންމުން ފާހަގަ ކުރުމުގެ ގޮތުން ހޮނިހިރު ބޭއްވި ޚާއްޞަ ރަސްމިއްޔާތު ޝަރަފުވެރި ކޮށްދެއްވާފައި ވަނީ ޒުވާނުން ބާރުވެރިކުރުވުމާއި، ކުޅިވަރާއި ހަށިހެޔޮކަމާ ބެހޭ ވުޒާރާގެ ސްޓޭޓް މިނިސްޓަރު ޢަބްދުއް ރައްޒާޤު އިބްރާހީމް އެވެ.

މި މުބާރާތުގެ މެއިން ސްޕޮންސަރ ބޭންކް އޮފް މޯލްޑިވްސްގެ ފަރާތުން ހެޑް އޮފް ރީކޮންސިލިއޭޝަން އަދި ރިޕޯޓިންގް އައިމިނަތު ޖީހާން އާއި ރީކޮންސިލިއޭޝަން މެނޭޖަރ އަލްފާޟީލާ އައިޝަތު މަނާލް ޙާލިދް ވަނީ ނިންމުމުގެ ރަސްމިއްޔާތުގައި ބައިވެރިވެ، ވަނަ ވަނަ އަށް އައި އެތުލީޓުންނަށް މެޑަލް ހަވާލު ކޮށްފަ އެވެ.

ސްޕެޝަލް އޮލިމްޕިކްސް މޯލްޑިވްސް އަކީ ސިކުނޑީގެ ނުކުޅޭދުންތެރިކަން ހުންނަ ފަރާތްތަކަށް ކުޅިވަރާއި ކަސްރަތުގެ ތެރެއިން ދުޅަހެޔޮ ޞިއްޙަތެއް ހޯދައިދިނުމަށް މަސައްކަތް ކުރުމަށް 2019 ވަނަ އަހަރު ސަރުކާރުން އުފައްދާފައިވާ އެސޯސިއޭޝަނެކެވެ.

ސްޕެޝަލް އޮލިމްޕިކްސްގެ އިވެންޓުގެ ތެރެއިން.
ސްޕެޝަލް އޮލިމްޕިކްސްގެ އިވެންޓުގެ ތެރެއިން.

ރާއްޖޭގައި އޮތް އެންމެ ބޮޑު އިންކްލޫސިވް ސްޕޯޓްސް މޫވްމަންޓް، ސްޕެޝަލް އޮލިމްޕިކްސް މޯލްޑިވްސް އިން ދަނީ ވަރަށް ފުޅާ ދާއިރާއެއްގައި މުޅި ރާއްޖޭގައި ސިކުނޑީގެ ނުކުޅެދުންތެރިކަން ހުންނަ ފަރާތަތަކަށާއި އެ ފަރާތްތަކުގެ ޢާއިލާތަކަށް އެކިއެކި ޙާރަކާތްތައް ހިންގަމުންނެވެ.

ސްޕެޝަލް އޮލިމްޕިކްސް މޯލްޑިވްސް

އިތުރަށް ކިޔާލަން

09 އެޕްރީލު 2026

ބީއެމްއެލްއާއި ސްޕެޝަލް އޮލިމްޕިކްސް މޯލްޑިވްސް ގުޅިގެން ކުޅިވަރުގެ ދާއިރާއިން އެތުލީޓުންނަށް އިތުރު ފުރުސަތުތައް ފަހިކޮށްދިނުމަށް ނިންމައިފި

09 އެޕްރީލު 2026
ބީއެމްއެލްއާއި ސްޕެޝަލް އޮލިމްޕިކްސް މޯލްޑިވްސް ގުޅިގެން ކުޅިވަރުގެ ދާއިރާއިން އެތުލީޓުންނަށް އިތުރު ފުރުސަތުތައް ފަހިކޮށްދިނުމަށް ނިންމައިފި
15 ސެޕްޓެމްބަރު 2025

ސަރުކާރުން ފައިސާ ނުދިނުމުގެ ސަބަބުން، ސްޕެޝަލް އޮލިމްޕިކްސް ކުޅިވަރު ހުއްޓުމަކަށް

15 ސެޕްޓެމްބަރު 2025
ސަރުކާރުން ފައިސާ ނުދިނުމުގެ ސަބަބުން، ސްޕެޝަލް އޮލިމްޕިކްސް ކުޅިވަރު ހުއްޓުމަކަށް
25 ޖޫން 2023

ސްޕެޝަލް އޮލިމްޕިކްސް ވޯރލްޑް ގޭމްސްގައި ޤައުމީ ޓީމުން ހޯދި ފުރިހަމަ ކާމިޔާބަށް ރައީސް ޞާލިހް މަރުހަބާ ވިދާޅުވެއްޖެ

25 ޖޫން 2023
ސްޕެޝަލް އޮލިމްޕިކްސް ވޯރލްޑް ގޭމްސްގައި ޤައުމީ ޓީމުން ހޯދި ފުރިހަމަ ކާމިޔާބަށް ރައީސް ޞާލިހް މަރުހަބާ ވިދާޅުވެއްޖެ
24 ޖޫން 2023

ސްޕެޝަލް އޮލިމްޕިކްސް ވޯރލްޑް ގޭމްސްގައި ލައިކާ އަދި މާނިޔާ ރަން މެޑަލް ހޯދައިފި

24 ޖޫން 2023
ސްޕެޝަލް އޮލިމްޕިކްސް ވޯރލްޑް ގޭމްސްގައި ލައިކާ އަދި މާނިޔާ ރަން މެޑަލް ހޯދައިފި
15 މެއި 2022

ނުކުޅެދުންތެރިކަން ހުންނަ ކުދިންނަށް ޚާއްސަ ކުޅިވަރުތަކެއް ފަށައިފި

15 މެއި 2022
ނުކުޅެދުންތެރިކަން ހުންނަ ކުދިންނަށް ޚާއްސަ ކުޅިވަރުތަކެއް ފަށައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު