Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެއެވިޑް އެމްކިއުއޭ

އެމްކިއުއޭގެ ތުހުމަތުތަކަކީ އިތުބާރު ގެއްލުވާލަން ކުރި ކަމެއް: އެވިޑް ކޮލެޖް

25 ޖޫން 2026 | ބުރާސްފަތި 14:02

އެމްކިއުއޭގެ އުސޫލުތަކާ ހިލާފަށް ރާއްޖޭން ބޭރުގައި ކޯސްތައް ހިންގި ކަމަށް ބުނެ އެވިޑް ކޮލެޖަށް ފިޔަވަޅު އެޅީ އެއްވެސް ސުވާލެއް ކުރުމެއް ނެތި، އެ ކޮލެޖުގެ އިތުބާރު ގެއްލުވާލުމަށް ކަމަށް އެ ކޮލެޖުން ބުނުފެި. އެވިޑް ކޮލެޖުން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ އާ އުސޫލު ގެޒެޓްކުރި ފަހުން ބައިނަލްއަގުވާމީ އެއްވެސް މުއައްސަސާއަކާ ގުޅިގެން ކޯހެއް ހިންގާފައި ނުވާނެ ކަމަށާއި، އެމްކިއުއޭގެ ނިންމުމަކީ އިންސާފުގެ ހަމަތަކާ ހިލާފު އަމަލެއް ކަމަށް. އެހެންކަމުން، ގާނޫނީ އިމުގެ ބޭރުން އަދަބު ދިނުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށްވެސް އެ ކޮލެޖުން ފާހަގަކޮށްފައިވޭ.

ފަޒީލް އަބްދުލް
ފަޒީލް އަބްދުލް | 25 ޖޫން 2026 | ބުރާސްފަތި 14:02
އެވިޑް ކޮލެޖް

އެވިޑް ކޮލެޖް | އެވިޑް ކޮލެޖް

ރަޖިސްޓްރީ ކޮށްފައި ނުވާ ދަރިވަރުންތަކަކަށް ސެޓްފިކެޓް ދޫކޮށްފައިވާ ކަމަށް ބުނެ މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީ (އެމްކިއުއޭ) އިން ކުރާ ތުހުމަތުތަކަކީ، އެވިޑް ކޮލެޖާ މެދު ރައްޔިތުންގެ ހިތްތަކުގައި އޮތް އިތުބާރު ގެއްލުވާލުމަށް އިޚްލާސްތެރިކަމެއް ނެތި ކޮށްފައިވާ ކަމެއް ކަމަށް އެ ކޮލެޖުން ބުނެފި އެވެ.

މިކަމާ ގުޅިގެން އެވިޑް ކޮލެޖުން ނެރުނު ނޫސްބަޔާނެއްގައި ބުނެފައިވަނީ، 21 ޖޫން 2026 ވީ އާދީއްތަ ދުވަހު އެމްކިއުއޭ އިން ނެރެފައިވާ ބަޔާނުގައި އެ ކޮލެޖަށް ކޮށްފައިވަނީ ހަގީގަތާ ހިލާފު ތުހުމަތުތަކެއް ކަމަށެވެ. އެވިޑް ކޮލެޖަކީ ފާއިތުވި އަހަރުތަކުގައި ބައިނަލްއަގުވާމީ ތައުލީމީ މުއައްސަސާތަކާއެކު ގިނަގުނަ އިލްމީ ގުޅުންތަކެއް ގާއިމުކޮށްފައިވާ ތަނެއް ކަމަށާއި، އެކަން އެމްކިއުއޭއާ ވެސް ހިއްސާކޮށްފައިވާނެ ކަމަށް އެ ކޮލެޖުން ފާހަގަކުރެ އެވެ.

ބަޔާނުގައި ވާގިތުން އެމްކިއުއޭ އިން އެކްރެޑިޓޭޝަން ދީފައިވާ ޕްރޮގްރާމްތައް ރާއްޖެއިން ބޭރުގައި ހިންގުމާ ބެހޭ އުސޫލު ގެޒެޓްކޮށް އަމަލުކުރަން ފަށާފައިވަނީ 10 ސެޕްޓެމްބަރު 2025 ގަ އެވެ. އެމްކިއުއޭ އިން 18 ޖޫން 2026 ގައި އެވިޑް ކޮލެޖަށް ތައުދީބީ ފިޔަވަޅު އަޅައި، އެކަން އާންމުކޮށް އިއުލާންކުރި އިރު، އެ ކޮލެޖާ އެއްވެސް ވަރަކަށް މަޝްވަރާކޮށް މައްސަލައާ ގުޅޭ މައުލޫމާތު ސާފުކޮށްފައި ނުވާ ކަމަށް ބަޔާނުގައިވެ އެވެ.

ކަން ހިނގާފައިވާ ގޮތް ސާފުކުރެއްވުމަށްޓަކައި އެއްވެސް ސުވާލެއް ވެސް ކުރައްވާފައެއް ނުވޭ. މީގެއިން ހާމަވަނީ މިކަމަކީ އިޚްލާސްތެރިކަމެއް ނެތި އެވިޑް ކޮލެޖާ މެދު ރައްޔިތުންގެ ހިތްތަކުގައި އޮތް އިތުބާރާއި ޔަގީންކަން ގެއްލުވާލުމަށް ކޮށްފައިވާ ކަމެއްކަން. އަދި މިއީ އެވިޑްކޮލެޖްގެ ރީތި ނަން ކިލަނބު ކޮށްލުމަށް ހިންގާފައިވާ އިންސާފުގެ ހަމަތަކާއި ޚިލާފު ޢަމަލެއްކަން ކަށަވަރު. 
އެވިޑް ކޮލެޖުގެ ބަޔާން

އެވިޑް ކޮލެޖުން އިތުރަށް ބުނެފައިވަނީ، 10 ސެޕްޓެމްބަރު 2025 ގެ ފަހުން ބައިނަލްއަގުވާމީ އެއްވެސް މުއައްސަސާއެއް މެދުވެރިކޮށް އެއްވެސް ކޯހެއް ހިންގާފައި ނުވާނެ ކަމަށެވެ. އަދި އައު އުސޫލާ ހިލާފަށް އެއްވެސް މުއާމަލާތެއް ނުކުރެވޭނެ ކަމަށް ބޭރުގެ މުއައްސަސާތަކަށް އަންގައި، އެކަން އެމްކިއުއޭގެ ސަމާލުކަމަށް ވެސް ގެނެސްފައިވާނެ ކަމަށް އެ ކޮލެޖުން ބުނެ އެވެ.

މީގެއިތުރުން، އެއްވެސް މީހަކަށް ނުވަތަ ފަރާތަކަށް އަދަބެއް ކަނޑައެޅޭނީ ގާނޫނީ އިމުގެ ތެރެއިން އެފަދަ ގާނޫނެއް ނުވަތަ ގަވާއިދެއް ވުޖޫދުގައި އޮވެގެން ކަމަށާއި، އެމްކިއުއޭގެ އަމަލަކީ "ޕްރިސަމްޝަން އޮފް އިނޯސަންސް" ނުވަތަ ކުށް ސާބިތުނުވާހާ ހިނދަކު އެއީ ކުށްވެރިއެއް ނޫން ކަމަށް ބަލާ މަބްދައާ ވެސް ހިލާފު ކަމެއް ކަމަށް އެވިޑް ކޮލެޖުން ވަނީ ތުހުމަތުކޮށްފަ އެވެ.

މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީއެވިޑް ކޮލެޖް

އިތުރަށް ކިޔާލަން

25 ޖޫން 2026

ފޯޖް ސަނަދު އިތުރުވާ މައްސަލަ: ޖީނާއީ ބޮޑު ކުށަކަށް ހަދައި، އެމްކިއުއޭގެ އިސްވެރިން މަޖިލީހަށް ހާޒިރު ކޮށްދިނުމަށް ހުށަހަޅައިފި

25 ޖޫން 2026
ފޯޖް ސަނަދު އިތުރުވާ މައްސަލަ: ޖީނާއީ ބޮޑު ކުށަކަށް ހަދައި، އެމްކިއުއޭގެ އިސްވެރިން މަޖިލީހަށް ހާޒިރު ކޮށްދިނުމަށް ހުށަހަޅައިފި
04 ޖެނުއަރީ 2026

އެވިޑް ކޮލެޖުން ލަންކާގައި ގަވާއިދާ ހިލާފަށް ޕްރޮގްރާމްތައް ހިންގަމުންދާތީ އެކަން ނުކުރުމަށް އަންގައި ނަސޭހަތް ދީފި

04 ޖެނުއަރީ 2026
އެވިޑް ކޮލެޖުން ލަންކާގައި ގަވާއިދާ ހިލާފަށް ޕްރޮގްރާމްތައް ހިންގަމުންދާތީ އެކަން ނުކުރުމަށް އަންގައި ނަސޭހަތް ދީފި
31 ޑިސެމްބަރު 2025

ރާއްޖޭގެ ކޮލެޖުތަކުން ގަވާއިދާ ހިލާފަށް އޮންލައިން ކޯސްތައް ހިންގުމުގެ މައްސަލަ ބޮޑު، އެފަދަ ސަނަދުތައް ގަބޫލެއް ނުކުރާނަން: އެމްކިއުއޭ

31 ޑިސެމްބަރު 2025
ރާއްޖޭގެ ކޮލެޖުތަކުން ގަވާއިދާ ހިލާފަށް އޮންލައިން ކޯސްތައް ހިންގުމުގެ މައްސަލަ ބޮޑު، އެފަދަ ސަނަދުތައް ގަބޫލެއް ނުކުރާނަން: އެމްކިއުއޭ
18 ސެޕްޓެމްބަރު 2021

އޭއޭއޭގެ މައްސަލަ ހައްލު ނުވާނެކަން ޔަގީންވެ އެވިޑުން އަމާން ދީފި

18 ސެޕްޓެމްބަރު 2021
އޭއޭއޭގެ މައްސަލަ ހައްލު ނުވާނެކަން ޔަގީންވެ އެވިޑުން އަމާން ދީފި
10 ސެޕްޓެމްބަރު 2021

ފްލައިންގ ސްކޫލްގެ ދަރިވަރުންގެ ކަންބޮޑުވުންތަކަށް ހައްލެއް ނުލިބުނު

10 ސެޕްޓެމްބަރު 2021
ފްލައިންގ ސްކޫލްގެ ދަރިވަރުންގެ ކަންބޮޑުވުންތަކަށް ހައްލެއް ނުލިބުނު
10 އޯގަސްޓު 2021

އެވިޑް ކޮލެޖުން އޭއޭއޭ ހިމާޔަތް ކުރަނީ ކީއްވެ؟

10 އޯގަސްޓު 2021
އެވިޑް ކޮލެޖުން އޭއޭއޭ ހިމާޔަތް ކުރަނީ ކީއްވެ؟
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް