Raajje.mv
Raajje.mv
  • ރާއްޖެ
  • ކުޅިވަރު
  • ދުނިޔެ
  • ވިޔަފާރި - އިގްތިސާދު
  • ރިޕޯޓު
  • ފޮޓޯ
  • ވާހަކަ
  • ސިއްހަތު
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
އެވިޑް ކޮލެޖް

އެވިޑް ކޮލެޖުން ލަންކާގައި ގަވާއިދާ ހިލާފަށް ޕްރޮގްރާމްތައް ހިންގަމުންދާތީ އެކަން ނުކުރުމަށް އަންގައި ނަސޭހަތް ދީފި

އެމްކިއުއޭ އިން ބުނީ ''ގައިޑްލައިންސް ފޮރ ޕްރޮގްރާމް އެކްރެޑިޓޭޝަން" އާއި އެމްކިއުއޭ އިން އެކްރެޑިޓޭޝަން ދީފައިވާ ޕުރޮގުރާމުތައް ރާއްޖެއިން ބޭރުގައި ހިންގުމާބެހޭ ގަވާއިދާ ޚިލާފަށް ލަންކާގެ "އެމަޒޯން ކޮލެޖް" އަދި "އަލްޒެޓް ޔުނިވަރސިޓީ" ގައި ޕްރޮގްރާމްތައް ހިންގައި، ދަރިވަރުންނަށް އެވިޑް ކޮލެޖްގެ ސަނަދު ދީފައިވާ ކަމަށް. 29 އޮގަސްޓް 2024ން ފެށިގެން މިތަނުން އެކްރެޑިޓޭޝަން ދީފައިވާ ޕްރޮގްރާމްތައް އެ އެކްރެޑިޓޭޝަން ދިން ގޮތާ ޚިލާފަށް ނުހިންގުމަށް ތަކުރާރުކޮށް އެވިޑް ކޮލެޖަށް އަންގައި ނަސޭހަތްތެރިވެފައިވޭ. ނަމަވެސް މިއަދާ ހަމައަށް އައި އިރުވެސް އެ އޮތޯރިޓީގެ ހުއްދަ ހޯދުމަކާ ނުލައި މިކަން ކުރަމުން އަންނަ ކަމަށް ބަޔާނުގައި ބުނެފައިވޭ.

އަމްނާ އިމާދު
އަމްނާ އިމާދު, ރާއްޖެ އެމްވީ | 4 ޖެނުއަރީ 2026 | އާދީއްތަ 08:08
އެމްކިއުއޭގެ ސީއީއޯ ފިޒާނާ ރަޝީދު

އެމްކިއުއޭގެ ސީއީއޯ ފިޒާނާ ރަޝީދު

އެވިޑް ކޮލެޖުން ސްރީލަންކާގައި ގަވާއިދާ ހިލާފަށް ޕްރޮގްރާމްތައް ހިންގަމުންދާތީ އެކަން ނުކުރުމަށް އަންގައި ނަސޭހަތް ދީފައިވާ ކަމަށް މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީ (އެމްކިއުއޭ) އިން ބުނެފި އެވެ. 

އެ އޮތޯރިޓީން ނެރުނު ބަޔާނެއްގައި ބުނީ، ''ގައިޑްލައިންސް ފޮރ ޕްރޮގްރާމް އެކްރެޑިޓޭޝަން" އާއި އެމްކިއުއޭ އިން އެކްރެޑިޓޭޝަން ދީފައިވާ ޕުރޮގުރާމުތައް ރާއްޖެއިން ބޭރުގައި ހިންގުމާބެހޭ ގަވާއިދާ ޚިލާފަށް ލަންކާގެ "އެމަޒޯން ކޮލެޖް" އަދި "އަލްޒެޓް ޔުނިވަރސިޓީ" (ވަކި ގައުމެއްކަން ނޭނގޭ) ގައި ޕްރޮގްރާމްތައް ހިންގައި، ދަރިވަރުންނަށް އެވިޑް ކޮލެޖްގެ ސަނަދު ދީފައިވާ ކަމަށެވެ.

Advertisement - newsAdvertisement

މިކަން ފާހަގަކުރެވިފައި ވަނީ، އެ ފަދަ ޕުރޮގުރާމުތައް ފުރިހަމަކޮށް ގްރެޖުއޭޓް ވެގެން ހޯދާފައިވާ އެވިޑް ކޮލެޖްގެ ސަނަދުތަކުގެ ސައްހަކަން ކަށަވަރު ކުރުމަށް ދަރިވަރުންނާއި، އެކި ގައުމުތަކުގެ ކޮލިފިކޭޝަންސް އެޖެންސީ ތަކުންނާއި އަދި އެވިޑް ކޮލެޖުން ހިއްސާ ކޮށްފައިވާ މައުލޫމާތުން ކަމަށެވެ. 

އެމްކިއުއޭ އިން ބުނީ، ލަންކާގެ "ޗެސްޓަރ ކޮލެޖް އޮފް ހަޔަރ އެޑިޔުކޭޝަން" އާއި "އިމްޕީރިއަލް ވިސްޑަމް ގްރެޖުއޭޓް ކެމްޕަސް" އާއި "އިނޮވޭޓަސް ކެމްޕަސް" އާއި "ސިލޯން ކޮލެޖް އޮފް އެޕްލައިޑް ސްޓަޑީޒް" އަދި "ބިޓްވިން ކެމްޕަސް" ގައި އެވިޑް ކޮލެޖްގެ ޕްރޮގްރާމްތައް ލަންކާގައި ހިންގުމަށް އިޝްތިހާރުކޮށް އިއުލާން ކޮށްފައިވާ ކަމަށެވެ. ނަމަވެސް މި ތަންތަނަކީ ސްރީލަންކާގެ TVEC، UGC އަދި މިނިސްޓްރީ އޮފް އެޑިޔުކޭޝަން، ހަޔަރ އެޑިޔުކޭޝަން އެންޑް ވޮކޭޝަނަލް އެޑިޔުކޭޝަން" ގައި މަތީ ތައުލީމު ދިނުމަށް ރަޖިސްޓަރީ ކޮށްފައިވާ ތަންތަން ނޫން ކަމަށް އެއޮތޯރިޓީން ބުނެ އެވެ. 

29 އޮގަސްޓް 2024ން ފެށިގެން މިތަނުން އެކްރެޑިޓޭޝަން ދީފައިވާ ޕްރޮގްރާމްތައް އެ އެކްރެޑިޓޭޝަން ދިން ގޮތާ ޚިލާފަށް ނުހިންގުމަށް ތަކުރާރުކޮށް އެވިޑް ކޮލެޖަށް އަންގައި ނަސޭހަތްތެރި ވަމުންދާކަން ފާހަގަކޮށް ބަޔާނުގައި ބުނީ މިއަދާ ހަމައަށް އައި އިރުވެސް އެ އޮތޯރިޓީގެ ހުއްދަ ހޯދުމަކާ ނުލައި މިކަން ކުރަމުން އަންނަ ކަމަށެވެ.

މީގެ އިތުރުން އެމްކިއުއޭ އިން ބުނީ މިފަދަ އަމަލުތަކުގެ ނަތީޖާ އަކަށް ވެގެން ދާނީ، ބައިނަލްއަގުވާމީ ފެންވަރުގައި ރާއްޖޭގެ މަތީ ތައުލީމާއި ތަމްރީނު ފޯރުކޮށްދޭ މުއައްސަސާތަކާ މެދު ގާއިމްވެފައިވާ އިތުބާރާއި ޔަގީން ކަމަށް އިއާދަ ނުކުރެވޭފަދަ ގެއްލުންތައް ލިބޭނެ ކަމަށެވެ. އަދި މިފަދަ ކަންކަމުގެ ސަބަބުން ދޭދޭ ގައުމުތަކުގެ މެދުގައި ދެމިއޮންނަ ގާތް އެކުވެރި ގުޅުމަށް ހީނަރުކަން އައުންވެސް އެކަށީގެންވާ ކަމަށް ބަޔާނުގައި ބުނެފައިވެ އެވެ. 

އެމްކިއުއޭ އިން ބުނީ މަތީ ތައުލީމުދޭ މަރުކަޒުތަކަށް އެކްރެޑިޓޭޝަން ދީފައިވާ ޕްރޮގްރާމްތައް ރާއްޖެއިން ބޭރުގައި އެ އޮތޯރިޓީގެ ހުއްދަ ނުހޯދާ ނުހިންގުމަށް ހުރިހާ މަރުކަޒުތަކަށް 17 ފެބްރުއަރީ 2025 ގައި ސިޓީއަކުން އިލްތިމާސް ކޮށްފައިވާ ކަމަށެވެ. އަދި 18 ފެބްރުއަރީ 2025 ގައި މިކަމާ ގުޅިގެން އާންމު އިއުލާނެއް ކޮށްފައިވާ ކަމަށާއި، 30 ސެޕްޓެމްބަރ 2025 ގައި ދިވެހިސަރުކާރުގެ ގެޒެޓްގައި (މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން އެކްރެޑިޓޭޝަން ދީފައިވާ ޕްރޮގްރާމްތައް ރާއްޖެއިން ބޭރުގައި ހިންގުމާބެހޭ ގަވާއިދު)ގެ ދަށުން، އޮތޯރިޓީގެ ހުއްދަ ހޯދައިގެން ޕްރޮގްރާމްތައް ހިންގުމަށް އިލްތިމާސް ކޮށްފައިވާ ކަމަށެވެ.

މިކަންކަމާއި ގުޅިގެން، ތަކުރާރުކޮށް މިކަން ރަގަޅު ކުރުމަށް އެވިޑް ކޮލެޖަށް އަންގާފައިވާ ކަަމަށް އެމްކިއުއޭގެ ބަޔާނުގައި ބުނެފައިވެ އެވެ. 

ނަމަވެސް ގަވާއިދާ ޚިލާފު ވެފައިވާތީ އެމްކިއުއޭގެ އެޑްވައިޒަރީ ބޯޑުގެ ލަފައާއެކު މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން އެކްރެޑިޓޭޝަން ދީފައިވާ ޕްރޮގްރާމްތައް ދިވެހިރާއްޖެއިން ބޭރުގައި ހިންގުމާބެހޭ ގަވާއިދު (ގަވާއިދު ނަންބަރު 2025/R-89)ގެ 12 ވަނަ މާއްދާގެ (ހ)ގެ (1) ވަނަ ނަންބަރުގެ ދަށުން، އަޅާ ފުރަތަމަ ފިޔަވަޅެއްގެ ގޮތުން އެވިޑް ކޮލެޖަށް ނަސޭހަތް ތެރިވެފައިވާ ކަމަށް ބަޔާނުގައި ބުނެފައިވެ އެވެ. 

އެވިޑް ކޮލެޖްމޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީ

ކޮމެންޓް

އިތުރަށް ކިޔާލަން

ރާއްޖޭގެ ކޮލެޖުތަކުން ގަވާއިދާ ހިލާފަށް އޮންލައިން ކޯސްތައް ހިންގުމުގެ މައްސަލަ ބޮޑު، އެފަދަ ސަނަދުތައް ގަބޫލެއް ނުކުރާނަން: އެމްކިއުއޭ

ރާއްޖޭގެ ކޮލެޖުތަކުން ގަވާއިދާ ހިލާފަށް އޮންލައިން ކޯސްތައް ހިންގުމުގެ މައްސަލަ ބޮޑު، އެފަދަ ސަނަދުތައް ގަބޫލެއް ނުކުރާނަން: އެމްކިއުއޭ

31 ޑިސެމްބަރު 2025
އޭއޭއޭގެ މައްސަލަ ހައްލު ނުވާނެކަން ޔަގީންވެ އެވިޑުން އަމާން ދީފި

އޭއޭއޭގެ މައްސަލަ ހައްލު ނުވާނެކަން ޔަގީންވެ އެވިޑުން އަމާން ދީފި

18 ސެޕްޓެމްބަރު 2021
ފްލައިންގ ސްކޫލްގެ ދަރިވަރުންގެ ކަންބޮޑުވުންތަކަށް ހައްލެއް ނުލިބުނު

ފްލައިންގ ސްކޫލްގެ ދަރިވަރުންގެ ކަންބޮޑުވުންތަކަށް ހައްލެއް ނުލިބުނު

10 ސެޕްޓެމްބަރު 2021
އެވިޑް ކޮލެޖުން އޭއޭއޭ ހިމާޔަތް ކުރަނީ ކީއްވެ؟

އެވިޑް ކޮލެޖުން އޭއޭއޭ ހިމާޔަތް ކުރަނީ ކީއްވެ؟

10 އޯގަސްޓު 2021

އަހަރުތަކުން މިއަދު

6 ޖެނުއަރީ
އެޗްއެމްޕީވީ އާ ބެހޭގޮތުން އެނގެން ޖެހޭ ކަންތައްތައް
20251 އަހަރު ކުރިން
ސިއްހަތު

އެޗްއެމްޕީވީ އާ ބެހޭގޮތުން އެނގެން ޖެހޭ ކަންތައްތައް

ބޮޑުވަޒީރު މޯދީއަށް ފާޑުކި ސަރުކާރުގެ ތިން ނައިބު ވަޒީރަކު ސަސްޕެންޑް ކޮށްފި
20242 އަހަރު ކުރިން
ރާއްޖެ

ބޮޑުވަޒީރު މޯދީއަށް ފާޑުކި ސަރުކާރުގެ ތިން ނައިބު ވަޒީރަކު ސަސްޕެންޑް ކޮށްފި

މަސްތުވާތަކެތީގެ ވިޔަފާރީގެ ބޮޑެއް ކަމަށްވާ އެލް ޗެޕޯގެ ދަރިފުޅު ހައްޔަރުކޮށްފި
20233 އަހަރު ކުރިން
ދުނިޔެ

މަސްތުވާތަކެތީގެ ވިޔަފާރީގެ ބޮޑެއް ކަމަށްވާ އެލް ޗެޕޯގެ ދަރިފުޅު ހައްޔަރުކޮށްފި

ރަނުގެ ލާރި ދިނީ ދިވެހިންގެ ޖީބުން ނަގާފައެއް ނޫން
20224 އަހަރު ކުރިން
ރިޕޯޓު

ރަނުގެ ލާރި ދިނީ ދިވެހިންގެ ޖީބުން ނަގާފައެއް ނޫން

އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް މަގާމުން ވަކި ކުރުމުގެ މަސައްކަތް ފަށައިފި
20215 އަހަރު ކުރިން
ދުނިޔެ

އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް މަގާމުން ވަކި ކުރުމުގެ މަސައްކަތް ފަށައިފި

ހަކުރުބަލި ހުންނަ މީހުން ކުކުޅު ބިސް ކެއުމަކީ ރަނގަޅު ކަމެއްތަ؟
20197 އަހަރު ކުރިން
ސިއްހަތު

ހަކުރުބަލި ހުންނަ މީހުން ކުކުޅު ބިސް ކެއުމަކީ ރަނގަޅު ކަމެއްތަ؟

ނިހާންގެ ކޮއްކޮގެ ދެކޮޅު ނުޖެހޭ ވާހަކަތަކުން ފަޅާއެރި ހަގީގަތް!
20188 އަހަރު ކުރިން
ރިޕޯޓު

ނިހާންގެ ކޮއްކޮގެ ދެކޮޅު ނުޖެހޭ ވާހަކަތަކުން ފަޅާއެރި ހަގީގަތް!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު