Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެ
ބުރްކިނާ ފާސޯ

ބުރްކީނާ ފާސޯގެ ރައީސް ކެޕްޓަން އިބްރާހީމް ޓްރައޮރޭ އަވަހާރަކޮށްލަން އުޅެފި

ސަރުކާރުގެ ދިފާއީ ވަޒީރު ވިދާޅުވީ ދައުލަތުގެ އެންމެ އިސް ވެރިޔާ އަވަހާރަކޮށްލަން ނިންމާފައިވަނީ ޖެނުއަރީ މަހުގެ 3 ވަނަ ދުވަހުގެ ރޭގަނޑު، ގާތުން ބަޑިޖަހައިގެން ނުވަތަ އޭނާ ދިރިއުޅުއްވާ ތަނުގައި ގޮއްވާލާ އެއްޗެއް ހަރުކޮށްގެން ކަމަށް މައުލޫމާތު ލިބިފައިވާ ކަމަށް.

ރާއްޖެ އެމްވީ | 7 ޖެނުއަރީ 2026 | ބުދަ 12:34
ބުރްކިނާ ފާސޯގެ ރައީސް އިބްރާހިމް ޓްރައޮރޭ ރައީސް

ބުރްކިނާ ފާސޯގެ ރައީސް އިބްރާހިމް ޓްރައޮރޭ ރައީސް | ގެޓީ އިމޭޖަސް

ބުރްކީނާ ފާސޯގެ އަސްކަރީ ލީޑަރު ކެޕްޓަން އިބްރާހީމް ޓްރައޮރޭ އަވަހާރަކޮށްލަން ރޭވި ނުރައްކާތެރި ރޭވުމެއް ނާކާމިޔާބު ކޮށްލާފައިވާ ކަމަށް އެ ގައުމުގެ ސަރުކާރުން ހާމަކޮށްފި އެވެ.

ހުޅަނގު އެފްރިކާގެ މި ގައުމުގެ ސެކިއުރިޓީ މިނިސްޓަރު ދައުލަތުގެ މީޑިއާ މެދުވެރިކޮށް ވިދާޅުވީ، މި ރޭވުމުގެ ފަހަތުގައި ހުންނެވީ 2022 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހު ޓްރައޮރޭ ވެރިކަމުން ދުރުކުރެއްވި ކުރީގެ އަސްކަރީ ވެރިޔާ ލެފްޓިނެންޓް ކާނަލް ޕޯލް ހެންރީ ދަމީބާ ކަމަށެވެ.

ސެކިއުރިޓީ މިނިސްޓަރު މުހައްމަދު ސާނާ ވިދާޅުވި ގޮތުގައި، އެ ގައުމުގެ އިންޓެލިޖެންސް އިދާރާތަކުން މި އޮޕަރޭޝަން ހުއްޓުވީ އެންމެ ފަހު ވަގުތުގަ އެވެ. މި ރޭވުމުގެ ދަށުން ދައުލަތުގެ އިސްވެރިޔާ އަވަހާރަކޮށްލުމަށް ފަހު، ސަރުކާރުގެ މުހިންމު އިދާރާތަކަށާއި އާންމު ބައެއް ފަރާތްތަކަށް ހަމަލާދޭން އޮތީ ރާވާފަ އެވެ. އަދި މިކަމަށް ބޭނުންވާ ފައިސާގެ އެހީތެރިކަން އަވަށްޓެރި އައިވަރީ ކޯސްޓުން ފޯރުކޮށްދީފައިވާ ކަމަށްވެސް އޭނާ ތުހުމަތު ކުރެއްވި އެވެ.

މި ތުހުމަތުތަކާ ގުޅޭގޮތުން ކާނަލް ދަމީބާ ނުވަތަ އައިވަރީ ކޯސްޓުގެ ސަރުކާރުން އަދި ވަކި އެއްޗެއް ބުނެފައެއް ނުވެއެވެ.

ކެޕްޓަން ޓްރައޮރޭ ވެރިކަމާ ހަވާލުވެވަޑައިގަތް ފަހުން، އޭނާގެ ސަރުކާރު ވައްޓާލަން މީގެ ކުރިންވެސް ދެ ފަހަރަކު ބަގާވާތް ކުރަން މަސައްކަތް ކޮށްފައިވެ އެވެ. މީގެ އިތުރުން، އެ ގައުމުގައި ހަރަކާތްތެރިވާ ހަރުކަށި ފިކުރުގެ ހަނގުރާމަވެރިންގެ ނުރައްކަލާ ވެސް އޭނާ ދަނީ ކުރިމަތިލަމުންނެވެ.

އުމުރުން 37 އަހަރުގެ ޓްރައޮރޭ އަކީ ހަރުކަށި ވެރިއެއްގެ ގޮތުގައި ބައެއް ފަރާތްތަކުން ސިފަކުރި ނަމަވެސް، ހުޅަނގުގެ ނުފޫޒާ ދެކޮޅަށް އޭނާ ގެންގުޅުއްވާ ސިޔާސަތުތަކާއި އެފްރިކާގެ މިނިވަންކަމަށް ވަކާލާތު ކުރައްވާތީ، ގައުމުގެ ރައްޔިތުންގެ މެދުގައި އޭނާއަށް ބޮޑު ތާއީދެއް އޮވެ އެވެ.

ސެކިއުރިޓީ މިނިސްޓަރު ވިދާޅުވި ގޮތުގައި، މި ރޭވުން ރޭވި މީހުން ވާހަކަދައްކާ ވީޑިއޯ އެއް ކަމާބެހޭ ފަރާތްތަކަށް ވަނީ ލިބިފައެވެ. އެ ވީޑިއޯގައިވާ ގޮތުން، ދައުލަތުގެ އެންމެ އިސް ވެރިޔާ އަވަހާރަކޮށްލަން ނިންމާފައި ވަނީ ޖެނުއަރީ މަހުގެ 3 ވަނަ ދުވަހުގެ ރޭގަނޑު، ގާތުން ބަޑިޖަހައިގެން ނުވަތަ އޭނާ ދިރިއުޅުއްވާ ތަނުގައި ގޮއްވާލާ އެއްޗެއް ހަރުކޮށްގެންނެވެ.

މި ރޭވުން ތަންފީޒު ކުރުމަށްޓަކައި ދާމީބާ ވަނީ ސިފައިންނާއި އާންމުންގެ ބަޔަކު ތައްޔާރުކޮށް، އައިވަރީ ކޯސްޓުން ގާތްގަނޑަކަށް 125,000 ޑޮލަރުގެ ފައިސާ ހޯދާފައި ކަމަށް ސަރުކާރުން ބުނެ އެވެ.

މި މައްސަލައާ ގުޅިގެން މިހާތަނަށް ބައެއް މީހުން ހައްޔަރުކޮށްފައިވާ ކަމަށާއި، އެ މީހުން އިންސާފުގެ ކުރިމައްޗަށް ވަރަށް އަވަހަށް ހާޒިރުކުރާނެ ކަމަށްވެސް މިނިސްޓަރު ވިދާޅުވިއެވެ. އަދި ގައުމުގެ މަސްލަހަތު މިހާރު އޮތީ ކޮންޓްރޯލްގެ ދަށުގައި ކަމަށް އޭނާ ޔަގީންކޮށްދެއްވިއެވެ.

ބުރްކީނާ ފާސޯގެ ދާޚިލީ ކަންކަމަށް އައިވަރީ ކޯސްޓުން ނުފޫޒު ފޯރުވާ ކަމަށް އެ ގައުމުގެ އަސްކަރީ ސަރުކާރުން ތުހުމަތު ކުރާތާ ދުވަސްތަކެއް ވަނީ ވެފަ އެވެ. މިފަދަ ހަމަނުޖެހުންތަކުގެ ސަބަބުން އެ ސަރަހައްދުގެ ގައުމުތަކުގެ މެދުގައި އޮތް ނުތަނަވަސްކަން އިތުރަށް ބޮޑުވެގެންދާނެ ކަމަށް މަސްރަހު ދިރާސާކުރާ ފަރާތްތަކުން ބުނެ އެވެ.

ކާނަލް ޑަމީބާ އަކީ ބުރުކީނާ ފާސޯ ގެ  އިންތިޚާބީ ސަރުކާރު ވައްޓާލުމަށް ފަހު ވެރިކަމަށް އައި ފަރާތެކެވެ. އެހެން ނަމަވެސް 2022 ވަނަ އަހަރު އޭނާ ވެރިކަމުން ދުރުކުރެވުނެވެ. އެއަށް ފަހު، އަވަށްޓެރި ޓޯގޯ އަށް ހިޖުރަކޮށް، މީސްމީޑިއާ މެދުވެރިކޮށް އާންމުކުރެއްވި މެސެޖެއް ގައި، އޭނާގެ ފަހުން ވެރިކަމާ ހަވާލުވެވަޑައިގަތް ފަރާތަށް ފުރިހަމަ ކާމިޔާބީ އަށް އެދޭ ކަމަށް ލިޔެފައިވެ އެވެ.

އިބްރާހީމް ޓްރައޮރޭބުރްކީނާ ފާސޯޕޯލް ހެންރީ ދަމީބާއައިވަރީ ކޯސްޓުބުރްކީނާ ފާސޯ-އައިވަރީ ކޯސްޓު

ކޮމެންޓް

އިތުރަށް ކިޔާލަން

ގެމްބިއާގެ ރައީސް އަޑަމާ ބަރޯގެ ދަރިފުޅު މަރާލި ކުއްތާ މަރާލައިފި!

ގެމްބިއާގެ ރައީސް އަޑަމާ ބަރޯގެ ދަރިފުޅު މަރާލި ކުއްތާ މަރާލައިފި!

03 ފެބުރުއަރީ 2017
ގެމްބިއާގެ އާ ރައީސް އަޑަމާ ބަރޯގެ ކެބިނެޓުގެ 10 ވަޒީރުން މަގާމުގެ ހުވާކުރައްވައިފި

ގެމްބިއާގެ އާ ރައީސް އަޑަމާ ބަރޯގެ ކެބިނެޓުގެ 10 ވަޒީރުން މަގާމުގެ ހުވާކުރައްވައިފި

02 ފެބުރުއަރީ 2017
ހޮނިހިރު ދުވަހު ރައީސް ޓްރަމްޕާއި ރައީސް ޕޫޓިން ފޯނުން މަޝްވަރާ ކުރައްވަނީ

ހޮނިހިރު ދުވަހު ރައީސް ޓްރަމްޕާއި ރައީސް ޕޫޓިން ފޯނުން މަޝްވަރާ ކުރައްވަނީ

28 ޖެނުއަރީ 2017
ގެމްބިއާގެ ރައީސް ގައުމަށް އެނބުރިވަޑައިގަންނަވައިފި

ގެމްބިއާގެ ރައީސް ގައުމަށް އެނބުރިވަޑައިގަންނަވައިފި

27 ޖެނުއަރީ 2017
އަސްތާނާގައި ބޭއްވި ސީރިޔާގެ ސުލްހައިގެ މަޝްވަރާތަކަކީ ޖެނިވާގައި ބާއްވާ މަަޝްވަރާތަކުގައި ބޭނުން ކުރެވިދާނެ އަސާސެއް: ރައީސް ޕުޓިން

އަސްތާނާގައި ބޭއްވި ސީރިޔާގެ ސުލްހައިގެ މަޝްވަރާތަކަކީ ޖެނިވާގައި ބާއްވާ މަަޝްވަރާތަކުގައި ބޭނުން ކުރެވިދާނެ އަސާސެއް: ރައީސް ޕުޓިން

26 ޖެނުއަރީ 2017

އަހަރުތަކުން މިއަދު

31 ޖެނުއަރީ
އެމްޑީއޭ އާއި އެކު ކޯލިޝަން އެގްރިމަންޓަކީ ނެތް އެއްޗެއް ކަމަށް ބުނާ ނަމަ އެ އެގްރީމެންޓް ލީކުކުރާނަން - އައްބާސް
20251 އަހަރު ކުރިން
ރާއްޖެ

އެމްޑީއޭ އާއި އެކު ކޯލިޝަން އެގްރިމަންޓަކީ ނެތް އެއްޗެއް ކަމަށް ބުނާ ނަމަ އެ އެގްރީމެންޓް ލީކުކުރާނަން - އައްބާސް

މަޖިލިސް އިންތިޚާބުގެ އެމްޑީޕީ ޕްރައިމަރީ: 40 ދާއިރާއަށް 149 ކެންޑިޑޭޓަކު ވާދަކުރާނެ
20242 އަހަރު ކުރިން
ރާއްޖެ

މަޖިލިސް އިންތިޚާބުގެ އެމްޑީޕީ ޕްރައިމަރީ: 40 ދާއިރާއަށް 149 ކެންޑިޑޭޓަކު ވާދަކުރާނެ

އޮލަނބު ދަނޑެއްގެ ވާހަކަ އަޑު އެހިންތަ؟
20233 އަހަރު ކުރިން
ތަފާތު ޚަބަރު

އޮލަނބު ދަނޑެއްގެ ވާހަކަ އަޑު އެހިންތަ؟

ޔާމީން ސަރުކާރުގައި އިންޑިއާ "އިން" ކުރީވެސް މަޖިލީހަށް އަންގާފައެއް ނޫން: ރީކޯ މޫސަ
20224 އަހަރު ކުރިން
ރާއްޖެ

ޔާމީން ސަރުކާރުގައި އިންޑިއާ "އިން" ކުރީވެސް މަޖިލީހަށް އަންގާފައެއް ނޫން: ރީކޯ މޫސަ

މިޔަންމާގައި އަސްކަރިއްޔާ އިން ބަޣާވާތްކޮށް ސޫޗީ ބަންދު ކޮށްފި
20215 އަހަރު ކުރިން
ރާއްޖެ

މިޔަންމާގައި އަސްކަރިއްޔާ އިން ބަޣާވާތްކޮށް ސޫޗީ ބަންދު ކޮށްފި

ރާއްޖޭގައި މިހާތަނަށް ހޮވި އެންމެ ބޮޑު މާވަހަރު އަހުމަދު މަނިކު ހޮވައިފި
20197 އަހަރު ކުރިން
ރާއްޖެ

ރާއްޖޭގައި މިހާތަނަށް ހޮވި އެންމެ ބޮޑު މާވަހަރު އަހުމަދު މަނިކު ހޮވައިފި

ޝަހީބުގެ އަބުރުފުޅާ ގުޅޭ ތަފާތު މަންޒަރެއް
20188 އަހަރު ކުރިން
ރާއްޖެ

ޝަހީބުގެ އަބުރުފުޅާ ގުޅޭ ތަފާތު މަންޒަރެއް

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު