Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެއެމެރިކާ-ދިވެހިރާއްޖެ

އެމެރިކާގެ އެސިސްޓެންޓް ސެކްރެޓަރީ އޮފް ސްޓޭޓް ރައީސް މުއިއްޒު އާ ބައްދަލު ކުރައްވައިފި

24 ޖޫން 2026 | ބުދަ 08:06

މި ބައްދަލުކުރެއްވުމުގައި ވިޔަފާރި، އިގުތިސާދު، ފަތުރުވެރިކަން އަދި މެރިޓައިމް ސެކިއުރިޓީ ފަދަ ދާއިރާތަކުން އެއްބާރުލުން ދިނުމަށް އެމެރިކާއިން ޝައުގުވެރިކަން ފާޅުކުރިއިރު، ރައީސް ވަނީ ރާއްޖޭގެ ތަރައްގީގެ މަޝްރޫއުތަކަށް ހުޅުވާލެވިފައިވާ ކަމުގެ ޔަގީންކަން ދެއްވާފައި. ދެ ގައުމުން ވެސް ނިންމެވީ ކުރިއަށް އޮތް ތަނުގައި ދެ ފަރާތަށް ފައިދާހުރި ކަންކަމުގައި ގުޅިގެން މަސައްކަތް ކުރުމަށް.

ރާއްޖެ އެމްވީ | 24 ޖޫން 2026 | ބުދަ 08:06
އެމެރިކާގެ ސްޓޭޓް ޑިޕާޓްމަންޓްގެ އެސިސްޓެންޓް ސެކްރެޓަރީ އޮފް ސްޓޭޓް ފޮރ ސައުތު އެންޑް ސެންޓްރަލް އެފެއަރޒް ރައީސް މުއިއްޒު އާ ބައްދަލު ކުރައްވަނީ.

އެމެރިކާގެ ސްޓޭޓް ޑިޕާޓްމަންޓްގެ އެސިސްޓެންޓް ސެކްރެޓަރީ އޮފް ސްޓޭޓް ފޮރ ސައުތު އެންޑް ސެންޓްރަލް އެފެއަރޒް ރައީސް މުއިއްޒު އާ ބައްދަލު ކުރައްވަނީ. | ރައީސް އޮފީސް

އެމެރިކާގެ ސްޓޭޓް ޑިޕާރޓްމަންޓްގެ އެސިސްޓެންޓް ސެކްރެޓަރީ އޮފް ސްޓޭޓް ފޮރ ސައުތު އެންޑް ސެންޓްރަލް އެފެއަރޒް، ހިޒް އެކްސަލަންސީ އެސް. ޕޯލް ކަޕޫރު ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުއިއްޒު އާ ބައްދަލު ކުރައްވައިފިއެވެ. މިބައްދަލުކުރެއްވުން އޮތީ ބުދަ ދުވަހު ހެނދުނު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައެވެ.

މި ބައްދަލުކުރެއްވުމުގައި، މިއަހަރަކީ، ދިވެހިރާއްޖެއާ އެމެރިކާއާ ދެމެދު ސިޔާސީގުޅުން ޤާއިމު ކުރެވުނުތާ 60އަހަރު ފުރޭ އަހަރު ކަމަށްވާތީ، އެކަމުގެ މައްޗަށް އަލިއަޅުއްވާ ލައްވާފައި ވެއެވެ. އަދި، ފާއިތުވެދިޔަ ފަސްދޮޅަސް އަހަރުގެތެރޭގައި، ދެޤައުމުގެ ދެމެދުގައި އުފެދިފައިވާ ރަޙުމަތްތެރިކަމުގެ ގުޅުން އިތުރަށް ބަދަހި ކުރުމަށް ކުރެވިދާނެ ކަންކަމުގެ މައްޗަށްވެސް ބައްލަވާލައްވާފައި ވެއެވެ.

Advertisement - newsAdvertisement

މި ބައްދަލުކުރެއްވުމުގައި އެމެރިކާގެ އެސިސްޓެންޓް ސެކްރެޓަރީ އޮފް ސްޓޭޓް ދެއްކެވި ވާހަކަފުޅުގައި، ވިޔަފާރިއާއި އިޤުތިޞާދު ކުރިއެރުވުމާއި، ފަތުރުވެރިކަމުގެ ދާއިރާއިން ގުޅުންބަދަހިކުރުމާއި އަދި ސަރަޙައްދުގެ ސަލާމަތާ ގުޅޭ ކަންކަމާ، މެރިޓައިމް ސެކިއުރިޓީ ފަދަ ދާއިރާތަކުން ދެޤައުމުން ގުޅިގެން މަސައްކަތް ކުރުމުގެ ޝައުޤުވެރިކަން ފާޅުކުރެއްވިއެވެ. ރައީސުލްޖުމްހޫރިއްޔާ ވަނީ، މޯލްޑިވްސް ފަސްޓް ޕޮލިސީގެ ދަށުން، ތަރައްޤީގެ މަޝްރޫޢްތަކާއި، އިޤްތިސާދު ސިންދަފާތުކޮށް ޤައުމަށް ފައިދާ ހުރި މަޝްރޫޢްތަކަށް ދިވެހިރާއްޖެ ހުޅުވާލެވިފައިވާކަމުގެ ޔަޤީންކަން ދެއްވާފައި ކަމަށް ރައީސް އޮފީހުން ނެރެފައިވާ ބަޔާނުގައިވެއެވެ.

މިބައްދަލުވުން ނިންމަވާލައްވާފައިވަނީ، ދެޤައުމަށްވެސް ފައިދާހުރި ކަންކަމުގައި، ދެޤައުމުން އެކީގައި މަސައްކަތް ކުރަން ތައްޔާރަށް އޮތްކަމުގެ ޔަޤީންކަން ދެއްވަމުން ކަމަށް ވެސް ރައީސް އޮފީހުން ބުނެފައިވެއެވެ.

މަސްދަރު: ރައީސް އޮފީސް

ޑރ. މުޙައްމަދު މުޢިއްޒުއެސް. ޕޯލް ކަޕޫރުއެމެރިކާ-ދިވެހިރާއްޖެ

އެންމެ ހިނގާ

1

އާރްޑީސީން މަގު ކޮނުމުގެ ތެރޭގައި ފާރެއް ވެއްޓި އުމުރުން ދުވަސްވީ މީހަކު "ވަޅުލެވިއްޖެ"

2

ތުރުކީގެ އަޝްޓާޝް އިން 300 މިލިއަން ޑޮލަރުގެ ލަގްޒަރީ ރިސޯޓެއް ރާއްޖޭގައި ތަރައްގީކުރަނީ

3

ޓްރަމްޕްގެ "ތިންވަނަ ހަނގުރާމަ" ވެސް ނާކާމިޔާބުވެ އެމެރިކާ ބަލިވެއްޖެ: އީރާނުގެ ލީޑަރުގެ އެޑްވައިޒަރ

4

މޮޅުވެވެން ނެތް، އަދި ބަލިވެވެން ވެސް ނެތް ހަނގުރާމައެއްގައި އެމެރިކާގެ ރައީސް ތާށިވެފައި!

5

އުތުރު ކޮރެއާއިން ޖަޕާނަށް އަސްކަރީ ފިޔަވަޅުއަޅާނެ ކަމުގެ އިންޒާރުދީފި

އިތުރަށް ކިޔާލަން

24 ޖޫން 2026

ސިނގިރޭޓްގެ އަގުބޮޑު ކުރީ ވައްކަމުގެ މާކެޓެއް އުފައްދަން، ކަސްޓަމްސްގެ އާމްދަނީ އިން މި ސަރުކާރުން 2 ބިލިއަން ރުފިޔާ ވަގަށް ނަގައިފި: ޣަފޫރު

24 ޖޫން 2026
ސިނގިރޭޓްގެ އަގުބޮޑު ކުރީ ވައްކަމުގެ މާކެޓެއް އުފައްދަން، ކަސްޓަމްސްގެ އާމްދަނީ އިން މި ސަރުކާރުން 2 ބިލިއަން ރުފިޔާ ވަގަށް ނަގައިފި: ޣަފޫރު
24 ޖޫން 2026

"ސޮހޯ މަންޑެއްޔަކަށް" ވެރިކަން ދިނުމުގެ ނުރައްކާ ދިވެހިންނަށް މިއަދު މި ދަނީ ފެންނަމުން: ޒިޔާދު

24 ޖޫން 2026
"ސޮހޯ މަންޑެއްޔަކަށް" ވެރިކަން ދިނުމުގެ ނުރައްކާ ދިވެހިންނަށް މިއަދު މި ދަނީ ފެންނަމުން: ޒިޔާދު
23 ޖޫން 2026

އާންމު ޚިދުމަތްތެރިންގެ ޚިދުމަތްތަކަށް ތަޢުރީފު ކުރައްވައި، ރައީސުލްޖުމްހޫރިއްޔާ، އެ ބޭފުޅުންގެ އިޚްލާސްތެރި މަސައްކަތްތައް ފާހަގަކުރައްވައިފި

23 ޖޫން 2026
އާންމު ޚިދުމަތްތެރިންގެ ޚިދުމަތްތަކަށް ތަޢުރީފު ކުރައްވައި، ރައީސުލްޖުމްހޫރިއްޔާ، އެ ބޭފުޅުންގެ އިޚްލާސްތެރި މަސައްކަތްތައް ފާހަގަކުރައްވައިފި
23 ޖޫން 2026

ބަކަރި ކޮށްޓަކަށް ބަކަރިތައް އަޅައިގެން ފަތް ކޯޅިން އެއަށް ކާންދީ، ކޮންޓްރޯލް ކުރަން އުޅޭހެން ދިވެހިން ގެންގުޅެން މި ސަރުކާރުން ބޭނުންވަނީ: ޒަރިޔަންދު

23 ޖޫން 2026
ބަކަރި ކޮށްޓަކަށް ބަކަރިތައް އަޅައިގެން ފަތް ކޯޅިން އެއަށް ކާންދީ، ކޮންޓްރޯލް ކުރަން އުޅޭހެން ދިވެހިން ގެންގުޅެން މި ސަރުކާރުން ބޭނުންވަނީ: ޒަރިޔަންދު
22 ޖޫން 2026

ދައުލަތުގެ ޢާންމު މަންފާއަށް ޓަކައި ހާސިލުކުރަން ބޭނުންވާ އިޤްތިޞާދީ ސިޔާސަތެއްގެ ދަށުން ހިންގާނޭ މުހިންމު މަޝްރޫޢުތައް ކަނޑައެޅުމުގެ ޤަރާރު ރައީސުލްޖުމްހޫރިއްޔާ އެކަށައަޅުއްވައިފި

ކުރިން އިސްތިއުފާ ދިނީ މިނިވަންކަމާ އެކު މަސައްކަތް ނުކުރެވުނީމަ، ދެންވެސް އެފަދަ ހާލަތެއް ކުރިމަތި ވެއްޖެ ނަމަ އިސްތިއުފާ ދޭނަން: ޝަކީލް

22 ޖޫން 2026
ކުރިން އިސްތިއުފާ ދިނީ މިނިވަންކަމާ އެކު މަސައްކަތް ނުކުރެވުނީމަ، ދެންވެސް އެފަދަ ހާލަތެއް ކުރިމަތި ވެއްޖެ ނަމަ އިސްތިއުފާ ދޭނަން: ޝަކީލް
22 ޖޫން 2026

ރާއްޖޭގެ ސްކޫލުތަކަށް އިންޓަނެޓު ލިބެންފެށީވެސް ރައީސް މުއިއްޒު ވެރިކަމަށް އައިފަހުން: ސުޖާއު

22 ޖޫން 2026
ރާއްޖޭގެ ސްކޫލުތަކަށް އިންޓަނެޓު ލިބެންފެށީވެސް ރައީސް މުއިއްޒު ވެރިކަމަށް އައިފަހުން: ސުޖާއު
22 ޖޫން 2026

މި ސަރުކާރުން މަޖިލީހަށް ހުށަހެޅި ބިލަކުން، ކުރި ކަމަކުން ފައިދާއެއްވީ ދިވެހި ރައްޔިތަކު ނެތް: ޣަފޫރު

22 ޖޫން 2026
މި ސަރުކާރުން މަޖިލީހަށް ހުށަހެޅި ބިލަކުން، ކުރި ކަމަކުން ފައިދާއެއްވީ ދިވެހި ރައްޔިތަކު ނެތް: ޣަފޫރު
21 ޖޫން 2026

"ސަރުކާރު ހިންގާކަށް ނޫޅޭ، އުޅުއްވަނީ ޑްރާމާ ކުޅުމާއި ފިލްމު ކުޅުމުގައި، މި ސަރުކާރު ގެނައީ ކުރީގެ ދަތި ހާލަތަށް ރުޖޫއަވާކަށް ނޫން!"

21 ޖޫން 2026
"ސަރުކާރު ހިންގާކަށް ނޫޅޭ، އުޅުއްވަނީ ޑްރާމާ ކުޅުމާއި ފިލްމު ކުޅުމުގައި، މި ސަރުކާރު ގެނައީ ކުރީގެ ދަތި ހާލަތަށް ރުޖޫއަވާކަށް ނޫން!"
21 ޖޫން 2026

ދުންފަތުގެ ބާވަތްތަކުން ނަގާ ޑިއުޓީ 50 އިންސަތަ ކުޑަކުރަން ސަރުކާރުން ހުށަހަޅައިފި

21 ޖޫން 2026
ދުންފަތުގެ ބާވަތްތަކުން ނަގާ ޑިއުޓީ 50 އިންސަތަ ކުޑަކުރަން ސަރުކާރުން ހުށަހަޅައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް