Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެމިނިސްޓަރު ޖަވާބުދާރީވުން

ދިވެހިބަހުގެ ކޮންމެ ބަހުރުވަޔަކުން މުޚާޠަބު ކުރެއްވިޔަސް ވަޒީރުން ޖަވާބުދާރީ ވާންޖެހޭނެ: ޝާހިދު

23 ޖޫން 2026 | އަންގާރަ 18:00

ރައްޔިތުންގެ މަޖިލީހުގައި މެންބަރަކު އައްޑޫ ބަހުރުވައިން ކުރެއްވި ސުވާލަށް، ބަހުރުވަ އެނގިވަޑައިނުގަންނަވާ ކަމަށް ވިދާޅުވެ ހެލްތު މިނިސްޓަރު ޖަވާބު ނުދެއްވި މައްސަލައިގައި އިދިކޮޅު އެމްޑީޕީގެ ރައީސް އަބްދުﷲ ޝާހިދު ފާޑުވިދާޅުވެއްޖެ. ޝާހިދު ވިދާޅުވީ ދިވެހިބަހުގެ ކޮންމެ ބަހުރުވަޔަކުން މުޚާޠަބު ކުރެއްވި ނަމަވެސް ސަރުކާރުގެ އިސްވެރިން ރައްޔިތުންނަށް ޖަވާބުދާރީވާން ޖެހޭނެ ކަމަށާއި، ބަހުރުވައަށް މަލާމާތް ކުރުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށް. މި މައްސަލަ ފެންމަތިވީ އައްޑޫ އިކުއެޓޯރިއަލް ހޮސްޕިޓަލުގެ ޚިދުމަތްތަކާ ގުޅޭގޮތުން ހިތަދޫ އުތުރު ދާއިރާގެ މެންބަރު ކުރެއްވި ސުވާލުތަކަށް މިނިސްޓަރު ދެއްވި ޖަވާބާ ގުޅިގެން.

ފަޒީލް އަބްދުލް
ފަޒީލް އަބްދުލް | 23 ޖޫން 2026 | އަންގާރަ 18:00
 އެމްޑީޕީގެ ރައީސް އަބްދުﷲ ޝާހިދު

އެމްޑީޕީގެ ރައީސް އަބްދުﷲ ޝާހިދު | ރާއްޖެ އެމްވީ

ދިވެހިބަހުގެ ކޮންމެ ބަހުރުވަޔަކުން މުޚާޠަބު ކުރެއްވި ނަމަވެސް، ސަރުކާރުގެ މުއައްސަސާތަކުގެ އިސްވެރިން ރައްޔިތުންނަށް ޖަވާބުދާރީވާން ޖެހޭނެ ކަމަށް އިދިކޮޅު އެމްޑީޕީގެ ރައީސް އަބްދުﷲ ޝާހިދު ވިދާޅުވެއްޖެއެވެ.

 ޝާހިދު މިފަދައިން ވިދާޅުވީ، ރައްޔިތުންގެ މަޖިލީހުގެ ހިތަދޫ އުތުރު ދާއިރާގެ މެންބަރު އަބްދުﷲ ސޯދިގު (ސޯބެ) އައްޑޫ ބަހުރުވައިން ކުރެއްވި ސުވާލަކަށް، އެ ބަހުރުވަ އެނގިވަޑައިނުގަންނަވާ ކަމަށް ވިދާޅުވެ ހެލްތު މިނިސްޓަރު ގީލާ އަލީ ޖަވާބު ނުދެއްވި މައްސަލައާ ގުޅިގެންނެވެ.

Advertisement - newsAdvertisement

މީސްމީޑިއާގައި ކުރެއްވި ޕޯސްޓެއްގައި ޝާހިދު ވިދާޅުވީ އައްޑޫ ބަހުރުވަ އަކީވެސް ދިވެހި ބަސް ކަމަށެވެ. ސަރުކާރުގެ މުއައްސަސާތަކުގެ އިސްވެރިން ކޮންމެ ރަށަކަށް ނިސްބަތް ވިޔަސް، ދިވެހިބަހުގެ ކޮންމެ ބަހުރުވަޔަކުން މުޚާޠަބު ކުރެއްވިޔަސް ޖަވާބުދާރީ ވާންޖެހޭނެ ކަމަށް އޭނާ ފާހަގަކުރެއްވި އެވެ.

މަޖިލީހުގެ މެންބަރަކު އައްޑޫ ބަހުން ސުވާލު ކުރެއްވުމުން އެއީ މަޖާ ކަމަކަށް ހައްދަވައި، މެންބަރަށް ރައްދުވާ ގޮތަށް ދެއްވި ޖަވާބަކީ އައްޑޫގެ ހުރިހާ ރައްޔިތުންނަށް ކުރެއްވި މަލާމާތެއްގެ ގޮތުގައި ޝާހިދު ސިފަކުރެއްވި އެވެ. އަދި އެފަދަ ގޮތަކަށް އަމަލު ނުކުރެއްވުމަށް ވެސް އޭނާ ވަނީ ސަރުކާރުގެ އިސްވެރިންނަށް ގޮވާލައްވާފަ އެވެ.

މި މައްސަލަ ފެންމަތިވީ މަޖިލީހުގެ ހިތަދޫ އުތުރު ދާއިރާގެ މެންބަރު އަބްދުﷲ ސޯދިގު (ސޯބެ)، އައްޑޫ ބަހުރުވައިން ހެލްތު މިނިސްޓަރާ ސުވާލު ކުރެއްވުމުންނެވެ. ސޯބެ ސުވާލު ކުރެއްވީ އައްޑޫ އިކުއެޓޯރިއަލް ހޮސްޕިޓަލް (އޭއީއެޗް) އިން ނަފްސާނީ ބައްޔަށް ބޭސްކުރާ މީހުންނަށް ބޭހާއި އިންޖެކްޝަން ނުލިބޭތީ އެކަމަށް އޮތް ހައްލަކީ ކޮބައިތޯ އާއި، ހޮސްޕިޓަލުގައި ބޭސް ހުރިކަން ކަށަވަރު ކުރަން މިނިސްޓްރީން ކުރާ މަސައްކަތްތަކާ ގުޅޭގޮތުންނެވެ. މީގެ އިތުރުން އޭއީއެޗްގެ އައު އިމާރާތުގެ މަސައްކަތް ފެށޭނެ ތާރީޚަކާ ގުޅޭގޮތުން ވެސް އޭނާ ސުވާލު ކުރެއްވި އެވެ.

 އައްޑޫ އޭއީއެޗް ހޮސްޕިޓަލުން ނަފްސާނީ ބަލިއަށް ބޭސްކެރާ ފަރާއްތަކަށް ބޭހާއި އިންޖިކްޝަން ނިލިބޭ ޝަކުވާ ވަރަށް ގިނައިން ލިބެއި އަފިންނަށް. މިކަމަށް އޮތް ހައްލަކީ ކޮބައިތޯ؟ މިނިސްޓްރީން މިކަން ޔަގީންކެރާއް ހޮސްޕިޓަލި ބޭހާއި އިންޖިކްޝަން ތިބިތޯ ޔަގީންކެރާއް ހޮސްޕިޓަލާއި އެއްކޮށް ކެރާ މަސައްކަތަކީ ކޮބާތޯ؟، ދެވަނަ ސުވާލަކީ ހޮސްޕިޓަލުގެ، އޭއީއެޗްގެ ދަތިކަން ވަރަށް ބޮޑަ. އެތަނި އެޑާ އޮށް އައު އިމާރާތުގެ މަސައްކަތް ފެށޭނެއި ކޮން ހިސާބަކިތޯ. ޝުކުރިއްޔާ
ރައްޔިތުންގެ މަޖިލީހުގެ ހިތަދޫ އުތުރު ދާއިރާގެ މެންބަރު އަބްދުﷲ ސޯދިގު (ސޯބެ)، މިނިސްޓަރ ގީލާ އާ ކުރެއްވި ސުވާލު

ނަމަވެސް މިނިސްޓަރު ވިދާޅުވީ އައްޑޫ ބަހުރުވައިން ކުރެއްވި ސުވާލު ދޭހަނުވި ކަމަށާއި، އޭނާއަކީ އައްޑޫ މީހަކަށް ނުވާތީ އެ ބަހުރުވަ ނޭނގޭ ކަމަށެވެ. މިނިސްޓަރުގެ މި ޖަވާބާ ގުޅިގެން އާންމުންގެ ބޮޑެތި ފާޑުކިޔުންތަކެއް ވަނީ އަމާޒުވެ ފައެވެ. އެހެންނަމަވެސް، ސޯބެ ކުރެއްވި އެއް ސުވާލަށް ޖަވާބު ދެއްވަމުން މިނިސްޓަރު ވަނީ އޭއީއެޗްގެ މަސައްކަތް އަންނަ އޯގަސްޓް މަހުގެ ތެރޭގައި ފެށޭނެ ކަމަށް ވިދާޅުވެފަ އެވެ.

މި މައްސަލައިގައި ގިނަ ބައެއްގެ ފާޑުކިޔުން ސަރުކާރަށް ވަނީ އަމާޒުވެފަ އެވެ. ޚާއްޞަކޮށް ރައްޔިތުންގެ މަޖިލީހަކީ ހުރިހާ ދާއިރާއެއްގެ ރައްޔިތުންގެ ބަސް އިއްވާ ތަނަކަށް ވާއިރު، ބަހުރުވަޔަށް އިޙްތިރާމް ކުރުމުގެ މުހިންމުކަން ގިނަ ބަޔަކު ދަނީ ފާހަގަކުރަމުންނެވެ.

އަބްދުﷲ ޝާހިދުޢަބްދުﷲ ޞާދިޤުއައްޑޫ ސިޓީ އިކުއެޓޯރިއަލް ހޮސްޕިޓަލްހެލްތް މިނިސްޓަރ ގީލާ އަލީ

އެންމެ ހިނގާ

1

އާރްޑީސީން މަގު ކޮނުމުގެ ތެރޭގައި ފާރެއް ވެއްޓި އުމުރުން ދުވަސްވީ މީހަކު "ވަޅުލެވިއްޖެ"

2

ތުރުކީގެ އަޝްޓާޝް އިން 300 މިލިއަން ޑޮލަރުގެ ލަގްޒަރީ ރިސޯޓެއް ރާއްޖޭގައި ތަރައްގީކުރަނީ

3

ޓްރަމްޕްގެ "ތިންވަނަ ހަނގުރާމަ" ވެސް ނާކާމިޔާބުވެ އެމެރިކާ ބަލިވެއްޖެ: އީރާނުގެ ލީޑަރުގެ އެޑްވައިޒަރ

4

މޮޅުވެވެން ނެތް، އަދި ބަލިވެވެން ވެސް ނެތް ހަނގުރާމައެއްގައި އެމެރިކާގެ ރައީސް ތާށިވެފައި!

5

އުތުރު ކޮރެއާއިން ޖަޕާނަށް އަސްކަރީ ފިޔަވަޅުއަޅާނެ ކަމުގެ އިންޒާރުދީފި

އިތުރަށް ކިޔާލަން

23 ޖޫން 2026

ދިވެހިންގެ ނަފްސާނީ ދުޅަހެޔޮކަން ކަންބޮޑުވާ ހިސާބެއްގައި: ފާއިތުވި އަހަރު އެހީ އަށް އެދި 10،000 ކޯލް، މިދިޔަ 3 އަހަރު 70،000 މީހުން ފަރުވާ ހޯދައިފި

23 ޖޫން 2026
ދިވެހިންގެ ނަފްސާނީ ދުޅަހެޔޮކަން ކަންބޮޑުވާ ހިސާބެއްގައި: ފާއިތުވި އަހަރު އެހީ އަށް އެދި 10،000 ކޯލް، މިދިޔަ 3 އަހަރު 70،000 މީހުން ފަރުވާ ހޯދައިފި
18 ޖޫން 2026

ވަޒީފާއިން ވަކިކުރާ ކޮންމެ މީހެއްގެ އާއިލާއަކީ މި ސަރުކާރާއި ދެކޮޅުވާނެ އާއިލާއެއް: ޝާހިދު

18 ޖޫން 2026
ވަޒީފާއިން ވަކިކުރާ ކޮންމެ މީހެއްގެ އާއިލާއަކީ މި ސަރުކާރާއި ދެކޮޅުވާނެ އާއިލާއެއް: ޝާހިދު
17 ޖޫން 2026

ގަޕޯގެ ވަގުތީ ޗެއަރޕާސަން ކަމުގައި އެމްޑީޕީއަށް ހަރުދަނާ މަސައްކަތްތަކެއް ކޮށްދެއްވާފައިވޭ: ޕާޓީގެ ރައީސް ޝާހިދު

17 ޖޫން 2026
ގަޕޯގެ ވަގުތީ ޗެއަރޕާސަން ކަމުގައި އެމްޑީޕީއަށް ހަރުދަނާ މަސައްކަތްތަކެއް ކޮށްދެއްވާފައިވޭ: ޕާޓީގެ ރައީސް ޝާހިދު
09 ޖޫން 2026

އިދިކޮޅަށް ކެމްޕެއިން ކުރުމާ ހައްގު ހޯދުމަށް އަޑުއުފުލާ މީހުން ވަޒީފާ އިން ވަކިކުރާތީ ފައްޔާޒުގެ ހޫނު ބަހުގެ ހަމަލާތަކެއް ސަރުކާރަށް

09 ޖޫން 2026
އިދިކޮޅަށް ކެމްޕެއިން ކުރުމާ ހައްގު ހޯދުމަށް އަޑުއުފުލާ މީހުން ވަޒީފާ އިން ވަކިކުރާތީ ފައްޔާޒުގެ ހޫނު ބަހުގެ ހަމަލާތަކެއް ސަރުކާރަށް
06 ޖޫން 2026

އެމްޑީޕީ ޕީޖީ ގްރޫޕުގައި އެންމެން ފަޚުރުވެރިވާ ފަދަ މަސައްކަތްތަކެއް ސޯބެ ކުރައްވާނެ: ސޯލިޙު

06 ޖޫން 2026
އެމްޑީޕީ ޕީޖީ ގްރޫޕުގައި އެންމެން ފަޚުރުވެރިވާ ފަދަ މަސައްކަތްތަކެއް ސޯބެ ކުރައްވާނެ: ސޯލިޙު
05 ޖޫން 2026

ޝާހިދު ކިޔައިދެއްވީ ހައްތަހާވެސް އައްޑޫގެ ތަރައްޤީ އާއި މެދު ސަރުކާރުން "ކަނޑާ ފޮނި"، އަމަލާއި ދިމާ ނުވާ ސަބަބުތައް

05 ޖޫން 2026
ޝާހިދު ކިޔައިދެއްވީ ހައްތަހާވެސް އައްޑޫގެ ތަރައްޤީ އާއި މެދު ސަރުކާރުން "ކަނޑާ ފޮނި"، އަމަލާއި ދިމާ ނުވާ ސަބަބުތައް
22 މެއި 2026

އިނގިރޭސިވިލާތުން ދިވެހި ކަނޑުމަހުގެ ޓެރިފް ކަނޑާލުމުގައި ޝާހިދު އާއި ފަރަހަނާޒް އަދާކުރެއްވި މުހިންމު ދައުރަށް ހެކިވަން: ދަ ލޯޑް ތާރިގް އަހްމަދު

22 މެއި 2026
އިނގިރޭސިވިލާތުން ދިވެހި ކަނޑުމަހުގެ ޓެރިފް ކަނޑާލުމުގައި ޝާހިދު އާއި ފަރަހަނާޒް އަދާކުރެއްވި މުހިންމު ދައުރަށް ހެކިވަން: ދަ ލޯޑް ތާރިގް އަހްމަދު
20 މެއި 2026

ކުރީގެ ސަރުކާރުން އެދިފައިވާ ގޮތަށް ޔޫކޭ. އިން ރާއްޖޭގެ ކަނޑުމަހަށް ނަގާ ޑިއުޓީ މާފުކުރުމުން އެކަމުގެ ކްރެޑިޓް މުއިއްޒު ނަންގަވަން މަސައްކަތް ކުރައްވައިފި

20 މެއި 2026
ކުރީގެ ސަރުކާރުން އެދިފައިވާ ގޮތަށް ޔޫކޭ. އިން ރާއްޖޭގެ ކަނޑުމަހަށް ނަގާ ޑިއުޓީ މާފުކުރުމުން އެކަމުގެ ކްރެޑިޓް މުއިއްޒު ނަންގަވަން މަސައްކަތް ކުރައްވައިފި
12 މެއި 2026

ނޫސްވެރިންނަށް ކުރި ޖަލު ހުކުމަކީ ބިރުވެރި އިންޒާރެއް: ޝާހިދު

12 މެއި 2026
ނޫސްވެރިންނަށް ކުރި ޖަލު ހުކުމަކީ ބިރުވެރި އިންޒާރެއް: ޝާހިދު
11 މެއި 2026

އދ މަޖިލީހުގެ ރައީސުންގެ ބައްދަލުވުމަށް ޝާހިދު ޗައިނާއަށް

11 މެއި 2026
އދ މަޖިލީހުގެ ރައީސުންގެ ބައްދަލުވުމަށް ޝާހިދު ޗައިނާއަށް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް