Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ވިޔަފާރި-އިގްތިސާދު
ކަނޑުމަހުގެ ޓެރިފް

އިނގިރޭސިވިލާތުން ދިވެހި ކަނޑުމަހުގެ ޓެރިފް ކަނޑާލުމުގައި ޝާހިދު އާއި ފަރަހަނާޒް އަދާކުރެއްވި މުހިންމު ދައުރަށް ހެކިވަން: ދަ ލޯޑް ތާރިގް އަހްމަދު

އިނގިރޭސިވިލާތުން ރާއްޖޭގެ ކަނޑުމަހުގެ ޓެރިފް ކަނޑާލުމަށް ނިންމުމާ ގުޅިގެން، އެ ގައުމުގެ ބާޒާރުގައި މަހުގެ އަގު ހެޔޮވެ ދިވެހި މަސްވެރިންނަށް ބޮޑެތި ފުރުސަތުތަކެއް ފަހިވެގެންދާނެއެވެ. މިއީ ރާއްޖޭގެ ދެމެހެއްޓެނިވި މަސްވެރިކަމަށް ލިބުނު ބޮޑު ކުރިއެރުމެއް ކަމަށާއި، މީގެ ސަބަބުން އިނގިރޭސި ކަސްޓަމަރުންނަށް އަތްފޯރާ އަގުތަކެއްގައި މަސް ލިބުމަށް މަގުފަހިވާނެ ކަމަށް އެ ގައުމުން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ހައިކޮމިޝަނަރު ނިކް ލޯ ވިދާޅުވިއެވެ.

ރާއްޖެ އެމްވީ | 22 މެއި 2026 | ހުކުރު 10:55
މާލޭ މަސް މާރުކޭޓުގައި މަސްތަކެއް ބަހައްޓާފައި.

މާލޭ މަސް މާރުކޭޓުގައި މަސްތަކެއް ބަހައްޓާފައި. | ގެޓީ އިމޭޖަސް

އިނގިރޭސިވިލާތައް ރާއްޖެއިން އެކްސްޕޯޓު ކުރާ ކަނޑުމަހުގެ ޓެރިފް ކަނޑާލުމުގައި ކުރީގެ ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދާއި، އިނގިރޭސިވިލާތަށް ރާއްޖެއިން ކަނޑައަޅުއްވާފައި ހުންނެވި ކުރީގެ ހައިކޮމިޝަނަރު ޑރ. ފަރަހަނާޒް ފައިސަލް މިކަމަށް ވަކާލާތު ކުރެއްވުމުގައި އަދާކުރެއްވި މުހިންމު ދައުރަށް ހެކިވާ ކަމަށް ކުރީގެ އިނގިރޭސި ފޮރިން މިނިސްޓަރ ދަ ލޯޑް ތާރިގް އަހްމަދު ވިދާޅުވެއްޖެ އެވެ.

ބުރާސްފަތި ދުވަހު އެކްސް ގައި ކުރެއްވި ޕޯސްޓެއްގައި އޭނާ އިތުރަށް ވިދާޅުވީ، މިއީ ލިބުނު ބޮޑު ކާމިޔާބީއެއް ކަމަށެވެ. އަދި މިކަން ކާމިޔާބުވުމުގައި ދެ ގައުމުގެ އޭރުގެ ވަޒީރުން ކުރެއްވި މަސައްކަތްތަކުގެ އަގު ވަޒަންކުރަން ކުރައްވާ ކަމަށް ވިދާޅުވިއެވެ. 

ދިވެހިރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ އިނގިރޭސި ހައިކޮމިޝަނަރު ނިކް ލޯ އެކްސްގައި މެއި މަހުގެ 20 ވަނަ ދުވަހު ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، މިއީ އިނގިރޭސިވިލާތުގެ ކަސްޓަމަރުންނަށާއި ދިވެހި މަސްވެރިންނަށް ލިބުނު ވަރަށް އުފާވެރި ޚަބަރެއް ކަމަށެވެ. އިނގިރޭސިވިލާތުން ކަނޑުމަހުގެ ޓެރިފް ކަނޑާލުމަށް ނިންމުމާ ގުޅިގެން، އެ ގައުމުގެ ބާޒާރުގައި މަހުގެ އަގު ހެޔޮވުމަށް މަގުފަހިވާނެ ކަމަށާއި، ހަމައެއާއެކު ދިވެހި ކަނޑުމަހަށް އިނގިރޭސި ބާޒާރުން މިހާރަށްވުރެ ފަހި ފުރުސަތުތަކެއް ލިބިގެންދާނެ ކަމަށް އޭނާ ވިދާޅުވިއެވެ. މިއީ ފަހަރަކު މަހެއް ބާނައިގެން ކުރާ ދެމެހެއްޓެނިވި މަސްވެރިކަމަށާއި، އަގުތައް އަތްފޯރާފަށުގައި ބެހެއްޓުމަށް ލިބުނު ބޮޑު ކުރިއެރުމެއްގެ ގޮތުގައި ހައިކޮމިޝަނަރު ފާހަގަކުރެއްވިއެވެ.

މީގެ ކުރިން ރާއްޖެއިން އިނގިރޭސިވިލާތަށް ފޮނުވާ މަހުގެ ބާވަތްތަކުން 20 އިންސައްތައިގެ ޓެރިފެއް ނަގަމުންދިޔައެވެ. މީގެ ސަބަބުން، ވިޔަފާރީގެ ހާއްސަ އެއްބަސްވުންތަކުގެ ދަށުން ޑިއުޓީއާ ނުލައި މަސް އެކްސްޕޯޓްކުރާ އެހެން ގައުމުތަކާ ވާދަކުރުމުގައި ދިވެހި އެކްސްޕޯޓަރުންނަށް ބޮޑެތި ގޮންޖެހުންތަކަކާ ކުރިމަތިލާން ޖެހުނެވެ.

އިނގިރޭސިވިލާތަށް އެތެރެކުރާ ކާބޯތަކެތީގެ ބާވަތްތަކުން ޓެރިފް ކަނޑާލި ލިސްޓުގައި ރާއްޖޭގެ ކަނޑުމަހުގެ ބާވަތްތައް ހިމެނުމުން އެކަމާ އުފާކުރައްވާ ކަމަށް ކުރީގެ ހައިކޮމިޝަނަރ ޑރ. ފަރަހްނާޒް ފައިސަލް ވިދާޅުވިއެވެ. އިނގިރޭސި ސަރުކާރުގެ ރަސްމީ ލިޔެކިޔުންތަކުގައިވާ ގޮތުން މިގޮތަށް ޑިއުޓީ މެދުކަނޑާލުމުގެ މަގްސަދަކީ އިނގިރޭސިވިލާތާއި އެ ގައުމުގެ ބާރުގެ ދަށުގައިވާ ސަރަހައްދުތަކުގެ ވިޔަފާރިތަކަށް ބައިނަލްއަގުވާމީ ބާޒާރުގައި ވާދަވެރިކަން ދެމެހެއްޓުމަށް އެހީތެރިވުމެވެ. މިއީ ވަކި މުއްދަތަކަށް، ހާއްސަކޮށް އުފެއްދުންތެރިކަމުގެ މަރުހަލާތަކުގައި ބޭނުންކުރާ މުދަލުން އިމްޕޯޓް ޑިއުޓީ ކަނޑާލުން ނުވަތަ ކުޑަކުރުމަށް ނިންމާ ނިންމުމެކެވެ.

ފާއިތުވި އަހަރުތަކުގެ ކަސްޓަމްސް ތަފާސްހިސާބުތަކަށް ބަލާއިރު، ރާއްޖޭގެ މަސްވެރިކަމުގެ އުފެއްދުންތައް އެކްސްޕޯޓްކުރާ މާކެޓުގެ ގާތްގަނޑަކަށް ހަތަރުބައިކުޅަ އެއްބައި ހިއްސާކުރަނީ އިނގިރޭސިވިލާތެވެ. އަދި ރާއްޖެއިން ބޭރުކުރާ ވެލިއު-އެޑަޑް ނުވަތަ ތައްޔާރުކުރި މަހުގެ ބާވަތްތަކުގެ ގާތްގަނޑަކަށް ދެބައިކުޅަ އެއްބައި މާކެޓަކީ ވެސް އިނގިރޭސިވިލާތެވެ.

ޓެރިފްގެ މައްސަލައަކީ ރާއްޖޭގެ މަސްވެރިކަމުގެ ސިނާއަތަށް ކުރިމަތިވެފައިވާ ދިގު މުއްދަތުގެ ކަންބޮޑުވުމެކެވެ. އަވަށްޓެރި ގައުމުތަކުން ޖީ.އެސް.ޕީ ޕްލަސްގެ ދަށުން ޑިއުޓީއާ ނުލައި މަސް އެކްސްޕޯޓް ކުރަމުންދިޔައިރު، ރާއްޖެއަށް އެ ފުރުސަތު ގެއްލުމުގެ ސަބަބުން ބައިނަލްއަގުވާމީ ބާޒާރުގައި ދިވެހި އެކްސްޕޯޓަރުންނަށް ވަނީ ބޮޑެތި ގެއްލުންތަކެއް ލިބިފައެވެ.

ރާއްޖޭގެ މަހުގެ ބާވަތްތަކުން ޑިއުޓީ ކަނޑާލަން އިނގިރޭސިވިލާތުން ނިންމުމާއެކު ސަރުކާރުގެ އެކި ފަންތިތަކުގެ ވެރިން ގެންދަވަނީ އެއީ ދިވެހި ސަރުކާރުން ކުރި މަސައްކަތެއްގެ ނަތީޖާ ކަމުގައި ދެއްކުމަށް މަސައްކަތް ކުރަމުންނެވެ. އެހެން ނަމަވެސް މިދިޔަ 2025 މެއި 28 ވަނަ ދުވަހު ބޭއްވުނު އިނގިރޭސިވިލާތާއި ރާއްޖޭގެ ދެވަނަ ސްޓްރެޓީޖިކް ޑައިލޮގްގައި، ކަނޑުމަހުގެ ޑިއުޓީ ކުޑަކުރުމާ ގުޅޭގޮތުން މަޝްވަރާކޮށްފައި ނުވާތީ އެކަމުގެ ކަންބޮޑުވުންތައް އުފެދުނުކަން ފާހަގަ ކުރެވެއެވެ.

ރާއްޖެއިން އިނގިރޭސިވިލާތަށް އެތެރެކުރާ މަހުން ނަގާ 20 އިންސައްތައިގެ ޓެރިފް އުވާލުމުގެ މަޝްވަރާތައް ފެށުނީ އިބްރާހީމް މުހައްމަދު ސޯލިހުގެ ސަރުކާރުގައެވެ. ނަމަވެސް، ރައީސް މުއިއްޒުގެ ސަރުކާރުގައި އެންމެ ފަހުން ބޭއްވި މަޝްވަރާތަކުގައި މި މައުޟޫއަށް އަލިއަޅުވާލުމުގެ ބަދަލުގައި ބޮޑަށް އިސްކަންދީފައިވަނީ އިނގިރޭސިވިލާތުގެ އިމިގްރޭޝަން ސިޔާސަތުތަކަށް އައި ބަދަލުތަކަށާއި، ދިވެހިންނަށް ވިސާ ހޯދުމުގައި ކުރިމަތިވާ ގޮންޖެހުންތަކަށެވެ.

ރާއްޖޭގެ ހައިކޮމިޝަނަރުގެ މަގާމުގައި ހުންނެވި ދުވަސްވަރު، ރާއްޖޭގެ މަސްވެރިކަމުގެ އުފެއްދުންތަކަށް އިނގިރޭސިވިލާތުން ނަގަމުން ގެންދާ ޓެރިފް ކަނޑާލުމަށް ވަރަށް ބޮޑަށް ވަކާލާތު ކުރެއްވި ޑރ. ފަރަހަނާޒް ފައިސަލް ވިދާޅުވީ މިއީ އިނގިރޭސިވިލާތުން ހުރިހާ ގައުމުތަކަކަށް އާންމުކޮށް ހުޅުވާލާފައިވާ ވަގުތީ ފިޔަވަޅެއް ކަމަށާއި، ހަގީގީ ކާމިޔާބީއަކީ މި ވަގުތީ ލުޔަށް ފަހު ވެސް، ރާއްޖޭގެ މަހުގެ އުފެއްދުންތަކަށް ދާއިމީ އަދި އިތުބާރު ހުރި ހާއްސަ ލުއިތަކެއް ހޯދުމަށް ސަރުކާރުން ކުރާ މަސައްކަތުން ނެރެވޭ ނަތީޖާ ކަމަށެވެ.

އިނގިރޭސިވިލާތް-ދިވެހިރާއްޖެއަބްދުﷲ ޝާހިދުޑރ ފަރަހަނާޒް ފައިސަލްނިކް ލޯ

ކޮމެންޓް

އިތުރަށް ކިޔާލަން

އިނގިރޭސިވިލާތުން ދިވެހި މަހުގެ އުފެއްދުންތަކުން ނަގާ ޓެރިފް ކަނޑާލީ ހުރިހާ ގައުމަކަށް ދިން ވަގުތީ ލުޔެއްގެ ތެރެއިން!

އިނގިރޭސިވިލާތުން ދިވެހި މަހުގެ އުފެއްދުންތަކުން ނަގާ ޓެރިފް ކަނޑާލީ ހުރިހާ ގައުމަކަށް ދިން ވަގުތީ ލުޔެއްގެ ތެރެއިން!

20 މެއި 2026
ކުރީގެ ސަރުކާރުން އެދިފައިވާ ގޮތަށް ޔޫކޭ. އިން ރާއްޖޭގެ ކަނޑުމަހަށް ނަގާ ޑިއުޓީ މާފުކުރުމުން އެކަމުގެ ކްރެޑިޓް މުއިއްޒު ނަންގަވަން މަސައްކަތް ކުރައްވައިފި

ކުރީގެ ސަރުކާރުން އެދިފައިވާ ގޮތަށް ޔޫކޭ. އިން ރާއްޖޭގެ ކަނޑުމަހަށް ނަގާ ޑިއުޓީ މާފުކުރުމުން އެކަމުގެ ކްރެޑިޓް މުއިއްޒު ނަންގަވަން މަސައްކަތް ކުރައްވައިފި

20 މެއި 2026
ނޫސްވެރިންނަށް ކުރި ޖަލު ހުކުމަކީ ބިރުވެރި އިންޒާރެއް: ޝާހިދު

ނޫސްވެރިންނަށް ކުރި ޖަލު ހުކުމަކީ ބިރުވެރި އިންޒާރެއް: ޝާހިދު

12 މެއި 2026
އދ މަޖިލީހުގެ ރައީސުންގެ ބައްދަލުވުމަށް ޝާހިދު ޗައިނާއަށް

އދ މަޖިލީހުގެ ރައީސުންގެ ބައްދަލުވުމަށް ޝާހިދު ޗައިނާއަށް

11 މެއި 2026
މި ސަރުކާރުން ކުރަމުންދާ ކަމަކީ މީޑިއާތަކަށް ހުރަސްއަޅަން ގާނޫނުތައް ހެދުމާއި ނޫސްވެރިންނަށް ބިރުދެއްކުން: ޝާހިދު

މި ސަރުކާރުން ކުރަމުންދާ ކަމަކީ މީޑިއާތަކަށް ހުރަސްއަޅަން ގާނޫނުތައް ހެދުމާއި ނޫސްވެރިންނަށް ބިރުދެއްކުން: ޝާހިދު

03 މެއި 2026

އަހަރުތަކުން މިއަދު

23 މެއި
ދިވެހީންގެ އުފެއްދުންތެރިކަމުގެ މައުރަޒު 2025ގެ ވަނަތައް ވިއްކާފައިވާ ކަމަށް ތުހުމަތުކޮށްފި
20251 އަހަރު ކުރިން
ރާއްޖެ

ދިވެހީންގެ އުފެއްދުންތެރިކަމުގެ މައުރަޒު 2025ގެ ވަނަތައް ވިއްކާފައިވާ ކަމަށް ތުހުމަތުކޮށްފި

އީރާންގެ ރައީސް ދަތުރު ކުރެއްވި ހެލިކޮޕްޓަރ ވެއްޓުނު ހާދިސާގެ ތަހުގީގު ރިޕޯޓު ނެރެފި
20242 އަހަރު ކުރިން
ދުނިޔެ

އީރާންގެ ރައީސް ދަތުރު ކުރެއްވި ހެލިކޮޕްޓަރ ވެއްޓުނު ހާދިސާގެ ތަހުގީގު ރިޕޯޓު ނެރެފި

ލަމްހާ 100 ދުވަހަށް ޝަރުތުތަކާއެކު ބަންދުން ދޫކޮށްލަން އެދިއްޖެ
20233 އަހަރު ކުރިން
ރާއްޖެ

ލަމްހާ 100 ދުވަހަށް ޝަރުތުތަކާއެކު ބަންދުން ދޫކޮށްލަން އެދިއްޖެ

މޫދު އަޑިން ހޯދި ކަށިތަކުން ނަގާފައިވާ ޑީއެންއޭއާ ލުތުފަރުގެ ދަރިންގެ ޑީއެންއޭއާ ދިމާވޭ
20224 އަހަރު ކުރިން
ރާއްޖެ

މޫދު އަޑިން ހޯދި ކަށިތަކުން ނަގާފައިވާ ޑީއެންއޭއާ ލުތުފަރުގެ ދަރިންގެ ޑީއެންއޭއާ ދިމާވޭ

އޮބާމާއާއި އިންޓަވިއުކުރި "އެންމެ ހަގު ރިޕޯޓަރ" ދެން ނުފެންނާނެ
20215 އަހަރު ކުރިން
ރިޕޯޓު

އޮބާމާއާއި އިންޓަވިއުކުރި "އެންމެ ހަގު ރިޕޯޓަރ" ދެން ނުފެންނާނެ

ޖިންސީ ވިޔަފާރި ކުރާ ނެޓް ވޯކެއްގެ އަތްދަށުން 50 ކުދިން ސަލާމަތް ވެއްޖެ
20197 އަހަރު ކުރިން
ރާއްޖެ

ޖިންސީ ވިޔަފާރި ކުރާ ނެޓް ވޯކެއްގެ އަތްދަށުން 50 ކުދިން ސަލާމަތް ވެއްޖެ

އެމެޓީ ސޭޓް ނިޔާވެއްޖެ
20188 އަހަރު ކުރިން
ރާއްޖެ

އެމެޓީ ސޭޓް ނިޔާވެއްޖެ

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު