Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ވަކީލުންގެ ދުސްތޫރީ ފަސާނާ

ރައްޔިތުން ގަބޫލުކުރަނީ މުުއައްސަސާތައް ހިންގަން ތިބީ ރަތްލާޖެހި ވަގުން ކަމަށް: ސުއޫދު

ޖޭއެސްސީން ފަނޑިޔާރުން ބަދަލު ކުރަނީ ސިޔާސީ މަންފާއެއް ހާސިލްކުރުމަށް

އާމިނަތު ނުޒުހާ
އާމިނަތު ނުޒުހާ, ރާއްޖެ އެމްވީ | 27 ސެޕްޓެމްބަރު 2017 | ބުދަ 17:30
 ކުރީގެ ބަންޑާރަ ނައިބު ހުސްނު އަލް ސުއޫދު

ކުރީގެ ބަންޑާރަ ނައިބު ހުސްނު އަލް ސުއޫދު

ރައްޔިތުން ގަބޫލުކުރަނީ މުުއައްސަސާތައް ހިންގަން ތިބީ ރަތްލާޖެހިވަގުންނާއި މުޖުރިމުން ކަމަށް ކުރީގެ ބަންޑާރަ ނައިބު ހުސްނު އަލް ސުއޫދު ވިދާޅުވެއްޖެއެވެ.

ބުދަ ދުވަހުގެރޭ "ދުސްތޫރީ ފަސާނާ" ޕެނަލް ޑިސްކަޝަންގައި ވާހަކަ ދައްކަވަމުން ސުއޫދު ވިދާޅުވީ، ވަލުދޮރާށީންނާއި، ސައިމޭޒު ދޮށުން ނިންމާ ޑީލްތަކާ މެދު ފިޔަވަޅު އެޅޭނެ ނިޒާމެއް ގާއިމް ކުރާނޭ ކަމަށެވެ.

Advertisement - newsAdvertisement

ސުއޫދު ވިދާޅުވީ، ޖުޑިޝަލް ސާވިސް ކޮމިޝަން ޖޭއެސްސީން ފަނޑިޔާރުން ބަދަލު ކުރަނީ ސިޔާސީ މަންފާއެއް ހާސިލްކުރުމަށް ކަމަށެވެ. އެގޮތުން ރައީސް ބޭނުންފުޅުވާ ގޮތަށް ރިޔާސީ ގަރާރުތައް ދަމަހައްޓާނެ ކަމަށް ބައެއް ވަކީލުން ވިދާޅުވެފައި އެބަހުރި ކަމަށް ސުއޫދު ވިދާޅުވިއެވެ. ރައީސް ނިންމަވާ ކޮންމެ ގޮތެއް ދެމެހެއްޓުމުން ގަނޫނު އަސާސީގެ ބާރު ކެނޑިގެންދާކަން ފާހަގަކުރައްވައި އޭނާ ވިދާޅުވީ، އެ ކޮމިޝަނަކީ އަދުލު އިންސާފު ދެމެހެއްޓުމުގައި އެންމެ މުހިއްމު ދައުރެއް އޮތް ފަރާތް ކަމަށް ވާއިރު، އެ ކޮމިޝަނާ މެދު ރައްޔިތުންގެ އިތުބާރު ފުރިހަމައަށް އޮންނަންޖެހޭ ކަމަށެވެ.

އެގޮތުން އަދުލު އިންސާފު ގާއިމްކުރާ ފަރާތުގައި އިތުބާރު ދެމެހެއްޓުމަށް ގަނޫނު އަސާސީން ވަރަށް ފުރިހަމަ ނިޒާމެއް ވަނީ ގާއިމް ކުރެވިފައި ކަމަށް ވިދާޅުވިއެވެ.

ފަނޑިޔާރުންނާ މެދު ނުހައްގުން ފިޔަވަޅު އެޅުމުގެ ބަދަލުގައި، ފަނޑިޔާރުންނާ މެދު އިތުބާރު ގާއިމްކުރާނެ ގޮތްތަކެއް ހޯދުމަކީ ޖުޑީޝަލް ސާވިސް ކޮމިޝަންގެ ޒިންމައެއް ނަމަވެސް އެކަން އެގޮތަށް ހިނގާތަން ނުފެންނަ ކަމަށް ސުއޫދު ވިދާޅުވިއެވެ.

ޖޭއެސްސީގެ މަސްއޫލިއްޔަތަކީ ފަނޑިޔާރުން އައްޔަންކޮށް، ވަކިކޮށް އަދި ސުލޫކީ މައްސަލަތައް ބަލައި ފިޔަވަޅުއެޅުން ކަމުގައި ވިޔަސް އެ ކޮމިޝަން ފެނިގެން ދަނީ ފަނޑިޔާރުން ސަސްޕެންޑްކުރާ ތަނެއްގެ ގޮތުގައި ކަމަށް ސުއޫދު ވިދާޅުވިއެވެ.

"ކޮންމެ މުއްސަސާއަކަށް ވެސް އިތުބާރު އޮންނާނީ ދެފުށް ފެންނަށް ގޮތަށް ރައްޔިތުންނަށް ކަންކަން ސާފުވާ ގޮތަށް އަމަލުކުރުމުން. ޖޭއެސްސީގައި ގިނައިން ތިބީ ސިޔާސީ ފަރާތްތައް،" ސުއޫދު ވިދާޅުވިއެވެ.

ސުއޫދު ވިދާޅުވީ، ކޮންމެ ކޯޓަކަށް ވެސް ފަނޑިޔާރުން އައްޔަން ކުރަނީ ދާއިމަށް ކަމަށް، ފަނޑިޔާރުންގެ ގާނޫނުގެ 6 ވަނަ މާއްދާގައި ބުނާ ކަމަށެވެ. އަދި އެމީހެއްގެ ނުރުހުމުގައި އެހެން ކޯޓަކަށް ބަދަލު ނުކުރެވޭނެ ކަމަށެވެ. ފަނޑިޔާރަކު ވާޖިބު އަދާކުރުމުގައި ދޭ ރައުޔަކުން އެ ފަނޑިޔާރަކު އެހެން ކޯޓަކަށް ބަދަލުކޮށް ފިޔަވަޅެއް ނޭޅޭނެ ކަމަށާއި، އެކަން ކުރެވޭނީ ފަނޑިޔާރަށް ޖަވާބުދާރީވުމަށް ފުރުސަތުދީ، އިސްތިއުނާފް މަރުހަލާއެއްގެ ތެރެއިން ކަމަށް ސުއޫދު ވިދާޅުވިއެވެ.

ފަނޑިޔާރު އަބުދުލް ބާރީ ޔޫސުފް ކުޑަކުދިންގެ ކޯޓަށް އަދި ފަނޑިޔަރު އަބުދުﷲ މުހައްމަދު އާއިލާއާ ބެހޭ ކޯޓަށް ބަދަލުކުރީ ޖަވާބު ދަރީވާން ފުރުސަތު ނުދީ، ކަމަށާއި، ރައްޔިތުންގެ ފައިސައިން އެބޭފުޅުންނަށް މުސާރަ ދެމުންދާއިރު އެބޭފުޅުން ބަދަލުކުރި ސަބަބު ރައްޔިތުންނަށް އެނގެން ޖެހޭ ކަމަށް ސުއޫދު ވިދާޅުވިއެވެ. ގާޒީ ނިހާޔަތާއި އާއިޝާ ޝުޖޫންއާ މެދުވެސް އަމަލުކުރީ މިގޮތަށް ކަމަށް ސުއޫދު ވިދާޅުވިއެވެ. އޭނާ ވިދާޅުވީ ފަނޑިޔާރަކު ހުރި ކޯޓަކުން ބަދަލުކުރަން ޖެހޭނީ ވެސް ކުރިން ހުރި ފެންވަރުގެ ކޯޓަކަށް ކަމަށެވެ. އަދި އެއްވެސް ފަނޑިޔާރެއްގެ ނުރުހުމުގައި އެ ފަނޑިޔާރަކު ހުންްނެވި މަގާމުން ބަދަލެއް ނުކުރެވޭނެ ކަމަށް އޭނާ ވިދާޅުވިއެވެ.

ވަލުދޮރާށީންނާއި، ސައިމޭޒު ދަށުން ނިންމާ ޑީލްތަކާ މެދު ފިޔަވަޅު އެޅޭނެ ނިޒާމެއް ގާއިމް ކުރާނެ ކަމަށް ސުއޫދު ވިދާޅުވިއެވެ. އަދި އެކަންކުރީ ރައްޔިތުންގެ މަސްލަހަތަށްތޯ ނުވަތަ ގެއްލުމެއް ދިނުމަށްތޯ ބަލައި ޔައުމިއްޔާ ކުރެވެން ޖެހޭ ކަމަށް ސުއޫދު ވިދާޅުވިއެވެ. އަދި ރައްޔިތުން މުސާރަދީފައި ތިބޭ ބަޔަކު ރައްޔިތުންނަށް ލިޔުންތައް ފޮރުވާ ވަންހަނާކޮށް ކަންކަން އޮޅުވާލުމުގެ ހައްގެއް ނޯންނާނެ ކަމަށް ސުއޫދު ވިދާޅުވިއެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ރައްޔިތުންނަށް ޚިދުމަތް ކުރަން އައީ އެއްވެސް ބޭފުޅަކާ ހަނގުރާމަކުރާކަށް ނޫން: ރައީސް

ރައްޔިތުންނަށް ޚިދުމަތް ކުރަން އައީ އެއްވެސް ބޭފުޅަކާ ހަނގުރާމަކުރާކަށް ނޫން: ރައީސް

23 ޖެނުއަރީ 2017
ރައްޔިތުންނަށް އޮޅުވާލުމަށް ސަރުކާރުން ބޮޑެތި ޒަރީމާތަކެއް ހިންގާ: ޝިފާޒް

ރައްޔިތުންނަށް އޮޅުވާލުމަށް ސަރުކާރުން ބޮޑެތި ޒަރީމާތަކެއް ހިންގާ: ޝިފާޒް

22 ޖެނުއަރީ 2017
ސަރުކާރަށް ރައްޔިތުން އިތުބާރެއް ނުކުރޭ، ރައްޔިތުން ބޭނުންވަނީ ސަރުކާރު ބަދަލުކުރަން: ޝާހިދު

ސަރުކާރަށް ރައްޔިތުން އިތުބާރެއް ނުކުރޭ، ރައްޔިތުން ބޭނުންވަނީ ސަރުކާރު ބަދަލުކުރަން: ޝާހިދު

22 ޖެނުއަރީ 2017
އެމެރިކާގެ ރައްޔިތުންގެ ރައްކާތެރިކަން ކަށަވަރު ކުރުން އެއީ އެންމެ އިސްކަންދޭ ކަންތައް: އެމެރިކާ އެމްބަސީ

އެމެރިކާގެ ރައްޔިތުންގެ ރައްކާތެރިކަން ކަށަވަރު ކުރުން އެއީ އެންމެ އިސްކަންދޭ ކަންތައް: އެމެރިކާ އެމްބަސީ

20 ޖެނުއަރީ 2017
ރައްޔިތުންގެ މަޖިލީހުން ކުރަނީ އިހްލާސްތެރި މަސައްކަތްތަކެއް ނޫން: ޝިފާ

ރައްޔިތުންގެ މަޖިލީހުން ކުރަނީ އިހްލާސްތެރި މަސައްކަތްތަކެއް ނޫން: ޝިފާ

18 ޖެނުއަރީ 2017

އަހަރުތަކުން މިއަދު

23 އެޕްރީލު
ރައުދު ހައްޔަރުކުރީ ޔުމްނު ވައްޓާލުމުގެ އަތެއް އޮވެގެން
20251 އަހަރު ކުރިން
ރާއްޖެ

ރައުދު ހައްޔަރުކުރީ ޔުމްނު ވައްޓާލުމުގެ އަތެއް އޮވެގެން

އިސްރާއިލުން ދެން އީރާނަށް ހަމަލާދީފިނަމަ އެ"ޒަޔަނިސްޓް ރެޖީމް" އެއްކޮށް ނައްތާލާނަން: އިބްރާހީމް ރައީސީ
20242 އަހަރު ކުރިން
ދުނިޔެ

އިސްރާއިލުން ދެން އީރާނަށް ހަމަލާދީފިނަމަ އެ"ޒަޔަނިސްޓް ރެޖީމް" އެއްކޮށް ނައްތާލާނަން: އިބްރާހީމް ރައީސީ

އާސެނަލްގެ ކުޅުންތެރިން ދަތުރުކުރި ބޯޓެއްގައި އަލިފާން ރޯވެއްޖެ
20233 އަހަރު ކުރިން
ކުޅިވަރު

އާސެނަލްގެ ކުޅުންތެރިން ދަތުރުކުރި ބޯޓެއްގައި އަލިފާން ރޯވެއްޖެ

ލަމްހާގެ ބަންދު މުރާޖައާގައި އޭނާ: "މިތާ އުޅެން މިހާރު ވަރަށް ވަރަށް އުނދަގޫވޭ"
20224 އަހަރު ކުރިން
ރާއްޖެ

ލަމްހާގެ ބަންދު މުރާޖައާގައި އޭނާ: "މިތާ އުޅެން މިހާރު ވަރަށް ވަރަށް އުނދަގޫވޭ"

ކޮވިޑުގެ ރެކޯޑު އިންޑިޔާއަށް: މުޅި ގައުމު ރޮނީ އޮކްސިޖަން ނުލިބިގެން
20215 އަހަރު ކުރިން
ރިޕޯޓު

ކޮވިޑުގެ ރެކޯޑު އިންޑިޔާއަށް: މުޅި ގައުމު ރޮނީ އޮކްސިޖަން ނުލިބިގެން

ކުޑަކުއްޖެއްގެ އާދޭސް ދުނިޔޭގެ ލީޑަރުންނަށް!
20197 އަހަރު ކުރިން
ރިޕޯޓު

ކުޑަކުއްޖެއްގެ އާދޭސް ދުނިޔޭގެ ލީޑަރުންނަށް!

ފަހުމީ ގެއްލުމުގެ އެއްދުވަސް ކުރިން މަންމައަށް ކުރެވުނު އާދަޔާ ހިލާފް އިހްސާތަކުގެ ވާހަކަ
20188 އަހަރު ކުރިން
ރިޕޯޓު

ފަހުމީ ގެއްލުމުގެ އެއްދުވަސް ކުރިން މަންމައަށް ކުރެވުނު އާދަޔާ ހިލާފް އިހްސާތަކުގެ ވާހަކަ

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު