Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެ
ފަލަސްޠީން

2027 ވަނަ އަހަރުގެ ކުރީ ކޮޅު ރިޔާސީ އިންތިޚާބު ބާއްވަން ފަލަސްޠީނުގެ ރައީސް އައްބާސް ނިންމަވައިފި

ރިޔާސަތުން ނެރެފައިވާ ބަޔާނެއް ކަމަށް ބުނެ، ވަފާ އިން ބުނީ 2027 ވަނަ އަހަރުގެ ކުރީ ކޮޅު ރިޔާސީ އިންތިޚާބެއް ބޭއްވުމަށް ރައީސް އައްބާސް ނިންމަވާފައިވާ ކަމަށް. އަދި މި އަހަރުގެ ނޮވެމްބަރު މަހުގެ ތެރޭގައި ޤާނޫނު ހަދާ މަޖިލީހުގެ އިންތިޚާބު ބޭއްވުމަށް ވެސް އެ ޙުކުމުގައި އަންގަވާފައިވާ ކަމަށް ބުނެފައިވޭ.

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް, ރާއްޖެ އެމްވީ | 16 ޖޫން 2026 | އަންގާރަ 05:08
ފަލަސްޠީނުގެ ރައީސް މަހުމޫދު އައްބާސް.

ފަލަސްޠީނުގެ ރައީސް މަހުމޫދު އައްބާސް. | ގެޓީ އިމޭޖަސް

އަންނަ 2027 ވަނަ އަހަރުގެ ކުރީ ކޮޅު ފަލަސްޠީނުގެ ރިޔާސީ އިންތިޚާބެއް ބޭއްވުމަށް، އެ ޤައުމުގެ ރައީސް މަހުމޫދު އައްބާސް ނިންމަވައިފި އެވެ.

ރިޔާސީ އިންތިޚާބު ބޭއްވުމުގެ އިތުރުން، މިއަހަރުގެ ނޮވެމްބަރު މަހުގެ ތެރޭގައި ޤާނޫނު ހަދާ މަޖިލީހުގެ އިންތިޚާބެއް ބޭއްވުމަށް ވެސް ފަލަސްޠީނުގެ ރައީސް އައްބާސް ވަނީ ނިންމަވައިފަ އެވެ. ފަލަސްޠީނުގެ ނޫސް އޭޖެންސީ ވަފާ އިން މިކަން ރިޕޯޓު ކޮށްފައިވާއިރު، އައްބާސް އިންތިޚާބުގައި ވާދަ ކުރައްވާނެ ކަމެއް، ނުވަތަ ނޫން ކަމެއް ވެސް ބުނެފައި ނުވެ އެވެ.

އުމުރުފުޅުން 90 އަހަރުގެ އައްބާސް ފަލަސްޠީނުގެ އެންމެ ފަހު ރިޔާސީ އިންތިޚާބު ކާމިޔާބު ކުރެއްވީ 2005 ވަނަ އަހަރު އެވެ. އެއީ ހަތަރު އަހަރުގެ ދައުރެއް ކަމަށް ވާތީ، އެ ދައުރު ހަމަވާން އޮތީ 2009 ވަނަ އަހަރު އެވެ. ނަމަވެސް އެ ދައުރު އިތުރުކޮށް، އެއަށް ފަހު އިންތިޚާބެއް ބޭއްވިފައި ނުވެ އެވެ. މިހާތަނަށް އައްބާސް ވަނީ ރިޔާސީ ޙުކުމް ތަކުން ވެރިކަން ކުރެއްވުމުގައި އެވެ. 

ރިޔާސަތުން ނެރެފައިވާ ބަޔާނެއް ކަމަށް ބުނެ، ވަފާ އިން ބުނީ 2027 ވަނަ އަހަރުގެ ކުރީ ކޮޅު ރިޔާސީ އިންތިޚާބެއް ބޭއްވުމަށް ރައީސް އައްބާސް ނިންމަވާފައިވާ ކަމަށެވެ. އަދި މި އަހަރުގެ ނޮވެމްބަރު މަހުގެ ތެރޭގައި ޤާނޫނު ހަދާ މަޖިލީހުގެ އިންތިޚާބު ބޭއްވުމަށް ވެސް އެ ޙުކުމުގައި އަންގަވާފައިވާ ކަމަށް ބުނެފައިވެ އެވެ. 

އައްބާސްގެ ޙުކުމުގައި ވަނީ، ނޮވެމްބަރު މަހުގެ ތެރޭގައި ފަލަސްޠީނުގެ ޤާނޫނު ހަދާ މަޖިލީހުގެ އިންތިޚާބު ބާއްވަން ފުރިހަމަ އަށް ތައްޔާރުވެ ވަޑައިގެންފައިވާ ކަމަށް ފާހަގަ ކުރައްވައިފަ އެވެ. ފަލަސްޠީނުގެ ޤާނޫނު ހަދާ މަޖިލީހަކީ، ފަލަސްޠީނު މިނިވަން ކުރުމުގެ ޖަމާއަތުގެ މަޖިލީހެވެ. މި މަޖިލީހުގައި ފަލަސްޠީނުގެ ސަރަހައްދު ތަކުންނާއި، ބޭރުން 700 އަށް ވުރެ ގިނަ މެމްބަރުން ތިބެ އެވެ. 

އެންމެ ފަހުން ފަލަސްޠީނުގެ ސަރަހައްދު ތަކުގައި ޤާނޫނު ހަދާ މަޖިލީހުގެ އިންތިޚާބެއް ބާއްވާފައި ވަނީ 2006 ވަނަ އަހަރު އެވެ. އެ އިންތިޚާބު ކާމިޔާބު ކޮށްފައި ވަނީ ހަމާސް އިންނެވެ. ފަލަސްޠީނުގެ ރައީސް އައްބާސްގެ ފަތަހް ޕާޓީ އަށް ވަނީ ނާކާމިޔާބާ ކުރިމަތިލާން ޖެހިފައި އެވެ. އެކަމުގެ ނަތީޖާ އަކަށް ވެފައި ވަނީ، ފަލަސްޠީނު އޮތޯރިޓީގެ ޤާނޫނު ހަދާ މަޖިލީހުގެ ބައްދަލުވުންތައް 2007 ވަނަ އަހަރުން ފެށިގެން ނުބޭއްވުމެވެ. 

އިންތިޚާބުތައް ބޭއްވުމަކީ، ބައިނަލްއަޤުވާމީ މުޖުތަމައުން ފަލަސްޠީނު އޮތޯރިޓީ އަށް ބާރު އަޅަމުން އަންނަ ކަމެކެވެ. އަދި އިސްލާހު ތަކުގެ ތެރޭގައި ވސް ހިމެނޭ ކަމެކެވެ. ފަލަސްޠީނު އޮތޯރިޓީ އަށް ބައިނަލްއަޤުވާމީ މުޖުތަމައުން އަންނަނީ މާލީ ގޮތުން ވެސް އެހީތެރިކަން ދެމުންނެވެ. 

މީގެ ކުރިން 2021 ވަނަ އަހަރު ފަލަސްޠީނުގެ ރައީސް ވަނީ، އެ އަހަރުގެ މެއި މަހާއި، ޖުލައު މަހު ޤާނޫނު ހަދާ މަޖިލީހުގެ އިންތިޚާބު އަދި ރިޔާސީ އިންތިޚާބު ބޭއްވުމަށް އިއުލާން ކުރައްވައިފަ އެވެ. އެކަމަކު، އިރުމަތީ ޤުދުސްގައި ވޯޓުލުން ކުރިއަށް ގެންދެވޭނެ ކަމުގެ ޔަޤީންކަން ނެތުމުގެ ސަބަބުން އިންތިޚާބު ވަނީ މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފައި އެވެ. 

މަސްދަރު: އޭއެފްޕީ

ފަލަސްތީނުފަލަސްތީނު އޮތޯރިޓީޣައްޒާފަލަސްޠީނުގެ ރައީސް މަޙްމޫދު އައްބާސް

ކޮމެންޓް

އިތުރަށް ކިޔާލަން

އދ ގެ އިންސާނީ ޙައްޤުތަކާބެހޭ މަޖިލީހުގެ 62 ވަނަ ސެޝަންގެ ބައްދަލުވުމުގައި ދިވެހިރާއްޖެ އިން ބައިވެރިވެއްޖެ

އދ ގެ އިންސާނީ ޙައްޤުތަކާބެހޭ މަޖިލީހުގެ 62 ވަނަ ސެޝަންގެ ބައްދަލުވުމުގައި ދިވެހިރާއްޖެ އިން ބައިވެރިވެއްޖެ

16 ޖޫން 2026
ޣައްޒާއަށް އިޒްރޭލުން ދޭ ހަމަލާތަކުގައި 4 މީހުން ޝަހީދު ކޮށްލައިފި

ޣައްޒާއަށް އިޒްރޭލުން ދޭ ހަމަލާތަކުގައި 4 މީހުން ޝަހީދު ކޮށްލައިފި

15 ޖޫން 2026
ހަމާސްގެ ކޮމާންޑަރަކު ޝަހީދު ކޮށްލާފައިވާ ކަމަށް އިޒްރޭލް އިން ބުނެފި

ހަމާސްގެ ކޮމާންޑަރަކު ޝަހީދު ކޮށްލާފައިވާ ކަމަށް އިޒްރޭލް އިން ބުނެފި

07 ޖޫން 2026
ޣައްޒާގެ 70 އިންސައްތަ ސަރަހައްދު ހިފުމަށް ނަތަންޔާހޫ އަމުރުކުރައްވައިފި

ޣައްޒާގެ 70 އިންސައްތަ ސަރަހައްދު ހިފުމަށް ނަތަންޔާހޫ އަމުރުކުރައްވައިފި

29 މެއި 2026
އިޒްރޭލުން އދ. ގެ ސެކްރެޓަރީ ޖެނެރަލްއާ ހުރިހާ ގުޅުމެއް ކަނޑާލައިފި

އިޒްރޭލުން އދ. ގެ ސެކްރެޓަރީ ޖެނެރަލްއާ ހުރިހާ ގުޅުމެއް ކަނޑާލައިފި

28 މެއި 2026

އަހަރުތަކުން މިއަދު

15 ޖޫން
އިސްރާއީލް ވެރިކަމަށް ލިބުނު ގެއްލުމާއި ހާނީއްކަ 'ހިތަށް ނުގެނެވޭހާ ބޮޑު: އައި.އާރް.ޖީ.ސީ
20251 އަހަރު ކުރިން
ދުނިޔެ

އިސްރާއީލް ވެރިކަމަށް ލިބުނު ގެއްލުމާއި ހާނީއްކަ 'ހިތަށް ނުގެނެވޭހާ ބޮޑު: އައި.އާރް.ޖީ.ސީ

އިންތިޚާބުގައި ވާދަކުރާނެ އިތުރު ފަރާތެއް ނެތުމާއެކު 3 ބައި-އިލެކްޝަނެއް ޕީއެންސީ އަށް ކާމިޔާބު ވެއްޖެ
20242 އަހަރު ކުރިން
ރާއްޖެ

އިންތިޚާބުގައި ވާދަކުރާނެ އިތުރު ފަރާތެއް ނެތުމާއެކު 3 ބައި-އިލެކްޝަނެއް ޕީއެންސީ އަށް ކާމިޔާބު ވެއްޖެ

މާލޭގެ ގެއެއްގައި ގޭސް ފުޅިއެއް ގޮވައިފި
20233 އަހަރު ކުރިން
ރާއްޖެ

މާލޭގެ ގެއެއްގައި ގޭސް ފުޅިއެއް ގޮވައިފި

އެސްޓީއޯ ޕީޕަލްސް ޗޮއިސް ފިހާރައިގެ ލީސިން ޕާޓްނަރަކަށް މިފްކޯ
20224 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

އެސްޓީއޯ ޕީޕަލްސް ޗޮއިސް ފިހާރައިގެ ލީސިން ޕާޓްނަރަކަށް މިފްކޯ

ސްޓޭޑިއަމް ފުރެންދެން ހަންގޭރީގެ ސަރުކާރުން މީހުން ވެއްދީ ކީއްވެ؟
20215 އަހަރު ކުރިން
ރިޕޯޓު

ސްޓޭޑިއަމް ފުރެންދެން ހަންގޭރީގެ ސަރުކާރުން މީހުން ވެއްދީ ކީއްވެ؟

ބޯހިޔާވަހިިކަމުގެ ސްކީމްތަކުގައި ބައިވެރިވެވޭނީ ހަމައެކަނި ޕޯޓަލް އިން: ހައުސިންގ މިނިސްޓްރީ
20197 އަހަރު ކުރިން
ރާއްޖެ

ބޯހިޔާވަހިިކަމުގެ ސްކީމްތަކުގައި ބައިވެރިވެވޭނީ ހަމައެކަނި ޕޯޓަލް އިން: ހައުސިންގ މިނިސްޓްރީ

ވާރލްޑް ކަޕް ބެލުމަށް ހެދި ޖަގަހައިގެ ނަމަކަށް ވާރލްޑް ކަޕް ޖަޒީރާ ޖަގަހަ ކިޔުމުން ވެސް މައްސަލައަކަށް ވެއްޖެ
20188 އަހަރު ކުރިން
ރާއްޖެ

ވާރލްޑް ކަޕް ބެލުމަށް ހެދި ޖަގަހައިގެ ނަމަކަށް ވާރލްޑް ކަޕް ޖަޒީރާ ޖަގަހަ ކިޔުމުން ވެސް މައްސަލައަކަށް ވެއްޖެ

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު