Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެ
ރައްޔިތުންގެ މަޖިލިސް

ސިނގިރޭޓުގެ އަގު ހެޔޮކުރުން: ސުވާލަށް ޖަވާބުދެއްވުމަށް މިނިސްޓަރު ގީލާ ދެކޮޅު ހައްދަވައިފި

ސިނގިރޭޓާއި ދުންފަތުގެ ބާވަތްތަކުން ނަގާ ޑިއުޓީ ބޮޑުކުރުމަށްފަހު، އަލުން އެ އަދަދުތައް ކުޑަކުރުމަށް ސަރުކާރުން ނިންމި ސަބަބާ ގުޅޭގޮތުން މަޖިލީހުގައި މެންބަރުން ކުރެއްވި ސުވާލުތަކަށް ޖަވާބުދެއްވުމަށް ހެލްތު މިނިސްޓަރު ގީލާ އަލީ ދެކޮޅުހައްދަވައިފި. ދުންފަތުގެ ޑިއުޓީ 50 އިންސައްތައަށް ކުޑަކުރުމަށް އެކްސްޕޯޓް އިމްޕޯޓުގެ ގާނޫނަށް އިސްލާހު ހުށަހަޅާފައިވާއިރު، މި ނިންމުމަކީ ދުނިޔޭގެ ސިއްހަތު ޖަމިއްޔާގެ ލަފާގެ މަތިން ނިންމި ނިންމުމެއް ކަމަށް ސަރުކާރުން ބުނުމުން، އާންމުންގެ ބޮޑެތި ފާޑުކިޔުންތައް ވަނީ އަމާޒުވެފަ. ސިއްހީ ދާއިރާގެ މާހިރުންނާއި އާންމުން ދަނީ ސަރުކާރުގެ މި "ޔޫޓާން" އާ ގުޅިގެން ދުންފަތާ ދެކޮޅަށް ކުރާ މަސައްކަތުގެ އިޚްލާސްތެރިކަމާމެދު ސުވާލު އުފައްދަމުން.

ޝާމާ ޝުއައިބް
ޝާމާ ޝުއައިބް, ރާއްޖެ އެމްވީ | 23 ޖޫން 2026 | އަންގާރަ 06:57
ހެލްތު މިނިސްޓަރު ގީލާ އަލީ ރައްޔިތުންގެ މަޖިލީހުގައި

ހެލްތު މިނިސްޓަރު ގީލާ އަލީ ރައްޔިތުންގެ މަޖިލީހުގައި | ރައްޔިތުންގެ މަޖިލިސް

ދިވެހިރާއްޖޭގައި ދުންފަތުގެ އިސްތިއުމާލު ކުރުން މަދުކުރުމަށާއި އާންމު ސިއްހަތު ރައްކާތެރި ކުރުމުގެ ނަމުގައި ސިނގިރޭޓާއި ދުންފަތުން ނަގާ ޑިއުޓީ އިންތިހާއަށް ބޮޑުކޮށް، އެ ނިންމު ބަދަލު ނުކުރާނެ ކަމަށް ބުނުމަށް ފަހު އަނެއްކާ ވެސް ސިނގިރޭޓުން ނަގާ ޑިއުޓީ ކުޑަކުރުމަށް ސަރުކާރުން ނިންމި ސަބަބު ހާމަ ކޮށްދޭން ހެލްތު މިނިސްޓަރު ގީލާ އަލީ ދެކޮޅުހައްދަވައިފި އެވެ. 

އަންގާރަ ދުވަހުގެ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި މިނިސްޓަރު ގީލާ މަޖިލީހަށް ހާޒިރު ކޮށްފައިވާއިރު ސުވާލު ކުރުމުގެ ވަގުތުގައި ވައިކަރަދޫ ދާއިރާގެ މެންބަރު ހުސައިން ޒިޔާދު ވަނީ ސަރުކާރުން ސިނގިރޭޓާއި ދުންފަތުން ނަގާ ޑިއުޓީ ކުޑަކުރަން ނިންމި ސަބަބާ ގުޅޭގޮތުން ސުވާލު ކުރައްވާފަ އެވެ. 

Advertisement - newsAdvertisement

މެންބަރު ވިދާޅުވީ ސަރުކާރުން ވަރަށް ފަޚުރުވެރިކަމާއެކު ސިނގެރޭޓްގެ އަގުތަކަށް ގެނައި ބަދަލުތަކުގެ ސަބަބުން ދިވެހިންގެ ސިއްހަތަށް ވަރަށް ބޮޑު ފައިދާތަކެއް ކުރި ކަމަށް މިއަދާ ހަމައަށް ބުނަމުން އައި ކަމަށެވެ. އެހެން ނަމަވެސް މިއަދު ކުއްލިއަކަށް ޑަބްލިއުއެޗްއޯ އިން ނިންމި ނިންމުމެއް ކަމަށް ބުނެ ދުންފަތް އަގު ހެޔޮ ކުރަން ނިންމި އިރު ސަރުކާރަށް މިއަދު މުހިއްމީ ޑަބްލިއުއެޗްއޯތޯ ނުވަތަ ރައްޔިތުންގެ ސިއްހަތު ތޯ މެންބަރު ސުވާލު ކުރެއްވި އެވެ. އަދި ސިނގިރޭޓާއި ދުންފަތުގެ އަގު ހެޔޮ ކުރަނީ ކޮންގޮތަކަށް ވިސްނުމަށްފަހުގައި ތޯ މެންބަރު ސުވާލު ކުރެއްވި އެވެ. 

އެ ސުވާލުގެ ޖަވާބުގައި މިނިސްޓަރު ވިދާޅުވީ އެ ސުވާލަށް ޖަވާބުދެއްވުމަށް ތައްޔާރުވެވަޑައިގެންފައި ނުވާ ކަމަށެވެ. އެހެން ކަމުން ފަހުން އެ ސުވާލުގެ ޖަވާބު ދެއްވާނެ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ. 

މިނިސްޓަރު އެ ސުވާލަށް ތައްޔާރުވެފައި ނެތް ކަމަށް ވިދާޅުވެ، ސުވާލަށް ޖަވާބުދެއްވުމަށް ދެކޮޅު ހައްދަވާފައިވާއިރު ދުންފަތުގެ ބާވަތްތަކުން ނަގާ ޑިއުޓީ ކުޑަކުރުމަށް ދުނިޔޭގެ ސިއްހަތު ޖަމިއްޔާ (ޑަބްލިއުއެޗްއޯ) ގެ ލަފާ ލިބިފައިވާ ކަމަށާ އެކަމާ ގުޅިގެން މަޝްވަރާތަކެއް ކުރަމުންދާ ކަމަށް ހޯމް މިނިސްޓަރު އަލީ އިހުސާން ވިދާޅުވީ މިނިސްޓަރު ގީލާ އާއެކު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގަ އެވެ. އެހެންކަމުން އެކަމުގެ ތަފްސީލް މިނިސްޓަރަށް އެނގިވަޑައިގަންނަވާނެ ކަމަށް ބައެއް ފަރާތްތަކުން ވަނީ ތުހުމަތު ކޮށްފަ އެވެ. 

ދުންފަތުގެ ބާވަތްތަކުން ނަގާ ޑިއުޓީ 50 އިންސަތައިން ކުޑަ ކުރުމަށް، ސަރުކާރުގެ ފަރާތުން ރައްޔިތުންގެ މަޖިލީހަށް މިހާރު ވަނީ ހުށަހަޅާފަ އެވެ. ސަރުކާރުގެ ފަރާތުން ދިވެހިރާއްޖޭގެ އެކްސްޕޯޓް އިމްޕޯޓްގެ ގާނޫނަށް އިސްލާހު ގެނައުމުގެ މި ބިލު ހުށަހަޅުއްވާފައި ވަނީ ކޮމަންޑޫ ދާއިރާގެ މެންބަރު މުޙައްމަދު އިބްރާހީމް އެވެ. 

މެންބަރު ހުށަހެޅުއްވި ބިލުގައި ބުނީ ސަރުކާރުގެ ފަރާތުން މި ބިލް ހުށަހެޅުމުގެ ބޭނުމަކީ އެކްސްޕޯޓް އިމްޕޯޓް ގެ ގާނޫނުގެ ދަށުން ސިނގިރޭޓަކުން ނަގާ ޑިއުޓީ އަކީ 4 ރުފިޔާ ކަމުގައި ހަމަޖައްސައި، އޭގެ އެޑްވެލޮރަމް ޑިއުޓީގެ ގޮތުގައި ނަގާ އަދަދަކީ 30 އިންސައްތަ ކަމަށް ހަމަޖެއްސުން ކަމަށެވެ. އަދި ދުންފަތުގެ އިސްތިއުމާލު ކުރުމުން ދުރުވުމަށް ޚާއްސަކޮށް ތައްޔާރު ކޮށްފައިވާ ނިކޮޓިން ޗުއިންގަމާއި، ނިކޮޓިން ޕެޗުގެ އިތުރުން އެފަދަ އެހެނިހެން ބާވަތްތަކުން ޑިއުޓީ ދައްކަން ނުޖެހޭ ގޮތަށް ހަމަޖެއްސުން ކަމަށެވެ.

ބިލުގައި ވަނީ ހީޓަޑް ޓޮބޭކޯ ޕްރޮޑަކްޓްސް ނުވަތަ ރޯކުރުމަކާ ނުލައި ހޫނުކޮށްގެން ބޭނުންކުރާ ގޮތަށް އުފައްދާފައި ހުންނަ ދުންފަތުގެ އުފެއްދުންތަކުން ނަގަމުން އައި 50 ޕަސެންޓް، 30 ޕަސެންޓަށް އަދި ސްޓިކަކުން ނަގާ 8 ރުފިޔާ 4 ރުފިޔާއަށް ކުޑަކުރަން ހުށަހަޅާފަ އެވެ. 

2024 ވަނަ އަހަރުގެ ނޮވެމްބަރު 1 އިން ފެށިގެން ސަރުކާރުން ނިންމީ ސިނގިރޭޓުން ނަގާފީ 50 އިންސައްތަ އަދި ކޮންމެ ސިނގިރޭޓަކުން 8 ރުފިޔާ ބޮޑުކުރުމަށެވެ. އަދި ބިޑިން 50 އިންސައްތަ އަދި ކޮންމެ ބިޑިއަކުން 8 ރުފިޔާ އިތުރުކުރުމަށާއި، އީސިނގިރޭޓަށް ނުވަތަ ދުންފަތުގެ އިސްތިއުމާލު ކުރަން ބޭނުންކުރާ އާލާތްތަކަށް އަޅާ ފްލޭވަރ އިން 50 އިންސައްތަ އަދި މިލިލީޓަރަކަށް 8 ރުފިޔާ ބޮޑުކޮށްފައި ވެ އެވެ.

އޭގެ އިތުރުން ހީޓެޑް ޓޮބޭކޯ ޕްރޮޑަކްޓްސް ނުވަތަ ރޯކުރުމަކާ ނުލައި ހޫނުކޮށްގެން ބޭނުންކުރެވޭ ގޮތަށް އުފައްދާފައި ހުންނަ ދުންފަތުގެ އުފެއްދުންތަކުން 50 އިންސައްތަ އަދި ކޮންމެ ސްޓިކަކުން 8 ރުފިޔާ ވަނީ އިތުރު ކޮށްފަ އެވެ. 

ދުންފަތުން ނަގާ ޑިއުޓީ 8 ރުފިޔާ އިން 4 ރުފިޔާ އަށް ކުޑަކުރަން ސަރުކާރުން ނިންމި އިރު، ސިނގިރޭޓާއި ދުންފަތުގެ ބާވަތްތަކުން ނަގާ ޑިއުޓީ ކުޑަނުކުރާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވިތާ މަހެއްހާ ދުވަސް ނުވަނީސް، އެ ނިންމެވުމާ ދެކޮޅަށް ސަރުކާރުން "ޔޫޓާން" އެއް ނެގުމާ ގުޅިގެން އާންމު ރައްޔިތުންގެ ބޮޑެތި ފާޑުކިޔުންތަކެއް ސަރުކާރަށް ދަނީ އަމާޒުވަމުންނެވެ. އެގޮތުން ގިނަ ބަޔަކު ދަނީ ސޯޝަލް މީޑިއާގައި ކަންބޮޑުވުން ފާޅުކުރަމުންނެވެ. އަދި ސަރުކާރުން ކޮންމެ ކަމެއްގައިވެސް ޔޫޓާން ނަގަމުންދާކަމަށް ގިނަ ބަޔަކު ގެންދަނީ ބުނަމުންނެވެ. 

މީގެ އިތުރުން، ދުންފަތުގެ ބާވަތްތަކުގެ އަގު ބޮޑުކުރުމަށްފަހު އަލުން ކުޑަކުރަން އުޅުމަކީ ސަރުކާރުން ދުންފަތާ ދެކޮޅަށް ކުރާ މަސައްކަތުގެ އިޚްލާސްތެރިކަމާމެދު ސުވާލު އުފެދޭ ކަމެއް ކަމަށްވެސް ގިނަ ބަޔަކު ފާހަގަކުރެ އެވެ. 

ގީލާ އަލީރައްޔިތުންގެ މަޖިލިސްހެލްތު މިނިސްޓްރީދުންފަތް ކޮންޓްރޯލުކުރުމުގެ ގާނޫނުދުންފަތުގެ ބާވަތްތައް

ކޮމެންޓް

އިތުރަށް ކިޔާލަން

ނަފްސާނީ ބަލިތަކަށް ދޭ ބޭހުގެ ދަތިކަމެއް ނެތް: މިނިސްޓަރު ގީލާ

ނަފްސާނީ ބަލިތަކަށް ދޭ ބޭހުގެ ދަތިކަމެއް ނެތް: މިނިސްޓަރު ގީލާ

23 ޖޫން 2026
ކުރިން އިސްތިއުފާ ދިނީ މިނިވަންކަމާ އެކު މަސައްކަތް ނުކުރެވުނީމަ، ދެންވެސް އެފަދަ ހާލަތެއް ކުރިމަތި ވެއްޖެ ނަމަ އިސްތިއުފާ ދޭނަން: ޝަކީލް

ކުރިން އިސްތިއުފާ ދިނީ މިނިވަންކަމާ އެކު މަސައްކަތް ނުކުރެވުނީމަ، ދެންވެސް އެފަދަ ހާލަތެއް ކުރިމަތި ވެއްޖެ ނަމަ އިސްތިއުފާ ދޭނަން: ޝަކީލް

22 ޖޫން 2026
ފިނޭންސް މިނިސްޓަރު ޒަރީރަށް ކޮމިޓީން ރުހުން ދީފި

ފިނޭންސް މިނިސްޓަރު ޒަރީރަށް ކޮމިޓީން ރުހުން ދީފި

22 ޖޫން 2026
"ވޯޓު ދެނީ ޑިގިޓަލީ، ކަނީ ޑިގިޓަލީ، ބޮނީ ޑިގިޓަލީ، އެހެން ޒަމާނަކަށް އައިސްފަ މިއޮތީ": ޖަނާބު

"ވޯޓު ދެނީ ޑިގިޓަލީ، ކަނީ ޑިގިޓަލީ، ބޮނީ ޑިގިޓަލީ، އެހެން ޒަމާނަކަށް އައިސްފަ މިއޮތީ": ޖަނާބު

22 ޖޫން 2026
މި ސަރުކާރުން މަޖިލީހަށް ހުށަހެޅި ބިލަކުން، ކުރި ކަމަކުން ފައިދާއެއްވީ ދިވެހި ރައްޔިތަކު ނެތް: ޣަފޫރު

މި ސަރުކާރުން މަޖިލީހަށް ހުށަހެޅި ބިލަކުން، ކުރި ކަމަކުން ފައިދާއެއްވީ ދިވެހި ރައްޔިތަކު ނެތް: ޣަފޫރު

22 ޖޫން 2026

އަހަރުތަކުން މިއަދު

22 ޖޫން
ގަތަރުގައި ހުންނަ އެމެރިކާގެ އަސްކަރީ މަރުކަޒަށް އީރާނުން ހަމަލާދީފި
20251 އަހަރު ކުރިން
ދުނިޔެ

ގަތަރުގައި ހުންނަ އެމެރިކާގެ އަސްކަރީ މަރުކަޒަށް އީރާނުން ހަމަލާދީފި

"އައްޑޫ ފިޝަރީޒް ކޮމްޕްލެކްސް އާއި ހަވާލުވެ ހުރި މީހާ އެކަހެރިކޮށް އާ މީހަކު ވަނީ އައްޔަންކޮށްފަ، މަސްވެރިން މުޒާހަރާކުރާ އިރު އޭނާ ވީތަނެއް ވެސް ނޭނގޭ!"
20242 އަހަރު ކުރިން
ރާއްޖެ

"އައްޑޫ ފިޝަރީޒް ކޮމްޕްލެކްސް އާއި ހަވާލުވެ ހުރި މީހާ އެކަހެރިކޮށް އާ މީހަކު ވަނީ އައްޔަންކޮށްފަ، މަސްވެރިން މުޒާހަރާކުރާ އިރު އޭނާ ވީތަނެއް ވެސް ނޭނގޭ!"

ޓައިޓޭނިކް ކައިރިއަށް ދިޔަ ސަބްމެރީންގައި ތިބި މީހުން މަރުވެއްޖެ ކަމަށް ނިންމުމުން އާއިލާތަކުން ހިތާމައިގައި
20233 އަހަރު ކުރިން
ރިޕޯޓު

ޓައިޓޭނިކް ކައިރިއަށް ދިޔަ ސަބްމެރީންގައި ތިބި މީހުން މަރުވެއްޖެ ކަމަށް ނިންމުމުން އާއިލާތަކުން ހިތާމައިގައި

ފައިގަތަޅާ ފޯރި ފަށައިފި، މުބާރާތުގެ ފުރަތަމަ ލަނޑު ހެދީ މިނިސްޓަރު މަޚްލޫފް
20224 އަހަރު ކުރިން
ކުޅިވަރު

ފައިގަތަޅާ ފޯރި ފަށައިފި، މުބާރާތުގެ ފުރަތަމަ ލަނޑު ހެދީ މިނިސްޓަރު މަޚްލޫފް

އިސްކޮޅުގެ އެންމެ ފަރަގު ބޮޑު ދެމަފިރިންގެ ރިކޯޑު
20215 އަހަރު ކުރިން
ތަފާތު ޚަބަރު

އިސްކޮޅުގެ އެންމެ ފަރަގު ބޮޑު ދެމަފިރިންގެ ރިކޯޑު

ޕޭ ޓޮއިލެޓެއްގެ ތެރޭގައި މީހަކު މަރުވެފައި އޮއްވާ ފެނިއްޖެ
20197 އަހަރު ކުރިން
ރާއްޖެ

ޕޭ ޓޮއިލެޓެއްގެ ތެރޭގައި މީހަކު މަރުވެފައި އޮއްވާ ފެނިއްޖެ

ގާސިމް ގެ އަނބިކަނބަލުން ޖޭޕީގެ ކައުންސިލަށް ހޮވިވަޑައިގެންފި
20188 އަހަރު ކުރިން
ރާއްޖެ

ގާސިމް ގެ އަނބިކަނބަލުން ޖޭޕީގެ ކައުންސިލަށް ހޮވިވަޑައިގެންފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު