Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެރައްޔިތުންގެ މަޖިލިސް

ނަފްސާނީ ބަލިތަކަށް ދޭ ބޭހުގެ ދަތިކަމެއް ނެތް: މިނިސްޓަރު ގީލާ

23 ޖޫން 2026 | އަންގާރަ 05:04

ނަފްސާނީ ބަލިތަކަށް ބޭނުންވާ ބޭސް ލިބުމުގައި ދަތިތަކެއް ހުރިކަމަށް އާންމުންނާއި މަޖިލިސް މެންބަރުން ފާހަގަކުރެއްވި ނަމަވެސް، އެފަދަ ދަތިކަމެއް އުޅޭކަމަށް ގަބޫލުނުކުރައްވާ ކަމަށް ހެލްތު މިނިސްޓަރު ގީލާ އަލީ ވިދާޅުވެއްޖެ. މިނިސްޓަރު ވިދާޅުވީ މި ބޭސްތަކަކީ ވަކި އުސޫލުތަކަކާއި ކޯޓާއެއްގެ ދަށުން އެތެރެކުރާ ބޭސްތަކެއް ކަމަށާއި، މިހާރު ވެސް ބޭނުންވާ ފަރާތްތަކަށް ބޭސް ފޯރުކޮށްދެމުންދާ ކަމަށް. ނަމަވެސް ބައެއް މުހިންމު އިންޖެކްޝަންތަކާއި ރިހެބިލިޓޭޝަނަށް ބޭނުންވާ ބޭސް ނުލިބޭތީ އާންމުންގެ ކަންބޮޑުވުންތައް ވަނީ އިތުރުވެފަ.

ޝާމާ ޝުއައިބް
ޝާމާ ޝުއައިބް | 23 ޖޫން 2026 | އަންގާރަ 05:04
ހެލްތު މިނިސްޓަރު ގީލާ އަލީ، ރައްޔިތުންގެ މަޖިލީހުގައި

ހެލްތު މިނިސްޓަރު ގީލާ އަލީ، ރައްޔިތުންގެ މަޖިލީހުގައި | ރައްޔިތުންގެ މަޖިލިސް

ނަފްސާނީ ބަލިތަކަށް ދޭ ބެސްތައް ލިބުމުގައި ދަތިކަމެއް ހުރި ކަމަށް ގަބޫލު ނުކުރައްވާ ކަމަށް ހެލްތު މިނިސްޓަރު ގީލާ އަލީ ވިދާޅުވެއްޖެ އެވެ. 

އަންގާރަ ދުވަހުގެ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއަށް މިނިސްޓަރު ހާޒިރުކޮށްފައިވާއިރު، ގަލޮޅު އުތުރު ދާއިރާގެ މެންބަރު މުހައްމަދު އިބްރާހިމް (ކުޑޫ) ވަނީ ނަފްސާނީ ބަލިތަކަށް ފަރުވާ ދިނުމަށް ބޭނުންކުރާ ބޭސް ލިބުމުގައި ދަތިކަން ހުރިކަން ފާހަގަ ކުރައްވާ، އެކަން ހައްލު ކުރުމަށް ކުރަމުންދާ މަސައްކަތާ ގުޅިގެން ސުވާލު ކުރައްވާފަ އެވެ. 

Advertisement - newsAdvertisement

އެ ސުވާލަށް ޖަވާބު ދެއްވަމުން މިނިސްޓަރު ވިދާޅުވީ ނަފްސާނީ ބަލިތަކަށް ފަރުވާ ދިނުމަށް ބޭނުންވާ ބޭސްތަކަކީ ވަކި އުސޫލުތަކެއްގެ ތެރެއިން ރާއްޖެ އެތެރެ ކުރެވޭ ބޭސް ތަކެއް ކަމަށެވެ. އަދި އެއީ ވަކި ކޯޓާތަކެއް ކަނޑައެޅިގެން އެތެރެކުރެވޭ ބޭސް ތަކެއް ކަމަށެވެ. 

މި ބޭސްތައް ލިބުމުގައި ދަތިކަމެއް ހުރިކަމަށް ނުދެންނެވޭނެ ކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ. 

މެންޓަލް ހެލްތު ޕޭޝަންޓްސް އަށް ލިބެން ޖެހޭ ބޭހަކީ ވެސް ވަކި ޚާއްސަ ބޭސްތަކެއް. އެއީ އެ ބޭހަކީ ބައެއް ބޭސްތަކަކީ ބޭސް ސިޓީގައި ލިޔެވިގެން ވަކި އިންތިޒާމެއްގެ ތެރެއިން މެނުވީ ލިބޭ ބޭސްތަކެއް ނޫން. އެއީ ރާއްޖެ އެތެރެ ކުރުމުގައި ވެސް ކޯޓާ އެއް ކަނޑައެޅިފަ ހުންނަ ބޭސްތަކެއް. އޭގެ ތެރެއިން ބައެއް ބޭސްތަކަކީ. އަޅުގަނޑުމެން މިހާރު ވެސް ގުރައިދޫ މަރުކަޒުގަ ތިބި މީހުންގެ ތެރެއިން ވެސް ބޭސް ފޯރުކޮށްދިނުމާ ކުރީގަ ވެސް ދަންނަވާލިހެން އާއިލާތަކާ ހަވާލު ކުރެވިގެން ގޮސްފައިވާ މީހުންނަށް ބޭސް ފޯރުކޮށްދިނުމަކީ މިހާރު ވެސް ކުރަމުން ދާ ކަމެއް. އެ ބޭހުގެ ސަޕްލައި އަށް އަޅުގަނޑު ނުދަންނަވާނަން މިވަގުތު ދަތިކަމެއް ހުރިއެކޭ. 
ހެލްތު މިނިސްޓަރު ގީލާ އަލީ 

މިނިސްޓަރު އެހެން ވިދާޅުވި އިރު، ނަފްސާނީ ބަލިތަކަށް ފަރުވާ ހޯދާ ފަރާތްތަކަށް ބޭސް ނުލިބިގެން ދާދި ފަހުން ވެސް ގިނަ ބަޔަކު ވަނީ ކަންބޮޑުވުން ފާޅު ކޮށްފަ އެވެ. އަދި ބައެއް ހާލަތްތަކުގައި ބޭނުންކުރާ އިންޖެކްޝަން ނުލިބޭތީ އެކަމުގެ ކަންބޮޑުވުން ވެސް ގިނަބަޔަކު ސޯޝަލް މީޑިއާގައި ފާޅު ކޮށްފައި ވެ އެވެ. 

އޭގެ އިތުރުން އަންގާރަ ދުވަހުގެ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި މާވަށު ދާއިރާގެ މެންބަރު އަހްމަދު ޝާކިރު ވެސް ވަނީ ނަފްސާނީ ބަލިތަކަށް ފަރުވާ ކުރުމަށް ބޭނުންކުރާ އިންޖެކްޝަނެއް ނުލިބޭތީ، އެކަން މެންބަރުގެ ސަމާލުކަމަށް ވެސް އައިސްފައިވާ ކަން ފާހަގަކުރައްވާފަ އެވެ. އަދި ކެންދޫ ދާއިރާގެ މެންބަރު މައުރޫފް ޒާކިރު ވަނީ ރިހެބިލިޓޭޝަނަށް ބޭނުންވާ ބޭސް ނުލިބޭތީ އެކަން މެންބަރުގެ ސަމާލު ކަމަށް އައިސްފައިވާ ކަމަށް ވިދާޅުވެފަ އެވެ. 

މިނިސްޓަރު ގީލާ، ނަފްސާނީ ބަލިތަކަށް ފަރުވާ ކުރުމަށް ބޭނުންކުރާ ބޭސް ލިބުމުގައި ދަތިކަމެއް ނެތް ކަމަށް ވިދާޅުވި އިރު، މީގެ ކުރިން މިނިސްޓަރު ވަނީ ބޭސް ލިބުމުގައި ހުރި ދަތިތަކަށް ހައްލު ހޯދުމަށްޓަކައި ފާމަސީތަކުގައި ހުރި ބޭސްތައް ދިނުމަށް ޑޮކްޓަރުންނަށް އިރުޝާދު ދީފައިވާ ކަމަށް ވިދާޅުވެފަ އެވެ. އެކަމާ ގުޅިގެން ގިނަ ބައެއްގެ ފާޑުކިޔުން މިނިސްޓަރަށް ވަނީ އަމާޒުވެފަ އެވެ. 

ރައްޔިތުންގެ މަޖިލިސްގީލާ އަލީހެލްތު މިނިސްޓްރީނަފްސާނީ ފަރުވާ

އެންމެ ހިނގާ

1

އާރްޑީސީން މަގު ކޮނުމުގެ ތެރޭގައި ފާރެއް ވެއްޓި އުމުރުން ދުވަސްވީ މީހަކު "ވަޅުލެވިއްޖެ"

2

ޓްރަމްޕް ފަދަ ރައީސްއަކާ އީރާން އަށް ކުރިމަތިލާާން ޖެހިފައި ނުވޭ، އީރާންގެ ވެރިކަން ބަދަލުވާން ޖެހޭ: ރޫބިއޯ

3

ޚާމަނާއީ އަވަހާރަކޮށްލި ހާދިސާއަށްފަހު ފުރަތަމަ ހިނގި ކަންތައްތަކުގެ ތަފުސީލު ޣާލީބާފް ހާމަކުރައްވައިފި

4

އިދިކޮޅުން ދޭ އިންޒާރުތަކަކީ ހަގީގީ ނުރައްކަލުގެ ގޮތުގައި ބަލާނަން: އީރާންގެ ވަގުތީ ޑިފެންސް މިނިސްޓަރު

5

އީރާނުގެ ހަމަލާތަކުން އިސްރާއީލު ދިފާއުކުރެވޭނެ ގާބިލުކަމެއް އެމެރިކާ އަކު ނެތް ކަމަށް އެމެރިކާގެ އިސް ކޮމާންޑަރަކު ވިދާޅުވެއްޖެ

އިތުރަށް ކިޔާލަން

23 ޖޫން 2026

މެންޓަލް ހޮސްޕިޓަލާ ބެހޭ ގޮތުން ދެ މިނިސްޓަރަކު އެކައްޗެއް ވިދާޅެއް ނުވޭ، ރައީސް ދައްކަވަނީ ކޮން ވާހަކަ އެއް ކަމެއް ސާފެއް ނުވޭ!

23 ޖޫން 2026
މެންޓަލް ހޮސްޕިޓަލާ ބެހޭ ގޮތުން ދެ މިނިސްޓަރަކު އެކައްޗެއް ވިދާޅެއް ނުވޭ، ރައީސް ދައްކަވަނީ ކޮން ވާހަކަ އެއް ކަމެއް ސާފެއް ނުވޭ!
23 ޖޫން 2026

ނަފްސާނީ ބަލީގެ ފަރުވާތަކަށް ވަކި ހޮސްޕިޓަލެއް ކަނޑައެޅިފައި ނެތީ ކުރީގެ ސަރުކާރުތަކުގެ ސަބަބުން: ހެލްތް މިނިސްޓަރ

23 ޖޫން 2026
ނަފްސާނީ ބަލީގެ ފަރުވާތަކަށް ވަކި ހޮސްޕިޓަލެއް ކަނޑައެޅިފައި ނެތީ ކުރީގެ ސަރުކާރުތަކުގެ ސަބަބުން: ހެލްތް މިނިސްޓަރ
23 ޖޫން 2026

މެންޓަލް ހެލްތު ސެންޓަރުން އެކަށީގެންވާ ފަރުވާ ނުދެވެނީ ނަފްސާނީ ބަލި މީހުން ގިނަވީމާ: ގީލާ

23 ޖޫން 2026
މެންޓަލް ހެލްތު ސެންޓަރުން އެކަށީގެންވާ ފަރުވާ ނުދެވެނީ ނަފްސާނީ ބަލި މީހުން ގިނަވީމާ: ގީލާ
23 ޖޫން 2026

އީސީގެ މެންބަރު ކަމަށް ޝަކީލް އައްޔަނުކުރަން މަޖިލީހުން ރުހުން ދީފި

23 ޖޫން 2026
އީސީގެ މެންބަރު ކަމަށް ޝަކީލް އައްޔަނުކުރަން މަޖިލީހުން ރުހުން ދީފި
23 ޖޫން 2026

ސިނގިރޭޓުގެ އަގު ހެޔޮކުރުން: ސުވާލަށް ޖަވާބުދެއްވުމަށް މިނިސްޓަރު ގީލާ ދެކޮޅު ހައްދަވައިފި

23 ޖޫން 2026
ސިނގިރޭޓުގެ އަގު ހެޔޮކުރުން: ސުވާލަށް ޖަވާބުދެއްވުމަށް މިނިސްޓަރު ގީލާ ދެކޮޅު ހައްދަވައިފި
22 ޖޫން 2026

ކުރިން އިސްތިއުފާ ދިނީ މިނިވަންކަމާ އެކު މަސައްކަތް ނުކުރެވުނީމަ، ދެންވެސް އެފަދަ ހާލަތެއް ކުރިމަތި ވެއްޖެ ނަމަ އިސްތިއުފާ ދޭނަން: ޝަކީލް

22 ޖޫން 2026
ކުރިން އިސްތިއުފާ ދިނީ މިނިވަންކަމާ އެކު މަސައްކަތް ނުކުރެވުނީމަ، ދެންވެސް އެފަދަ ހާލަތެއް ކުރިމަތި ވެއްޖެ ނަމަ އިސްތިއުފާ ދޭނަން: ޝަކީލް
22 ޖޫން 2026

ފިނޭންސް މިނިސްޓަރު ޒަރީރަށް ކޮމިޓީން ރުހުން ދީފި

22 ޖޫން 2026
ފިނޭންސް މިނިސްޓަރު ޒަރީރަށް ކޮމިޓީން ރުހުން ދީފި
22 ޖޫން 2026

"ވޯޓު ދެނީ ޑިގިޓަލީ، ކަނީ ޑިގިޓަލީ، ބޮނީ ޑިގިޓަލީ، އެހެން ޒަމާނަކަށް އައިސްފަ މިއޮތީ": ޖަނާބު

22 ޖޫން 2026
"ވޯޓު ދެނީ ޑިގިޓަލީ، ކަނީ ޑިގިޓަލީ، ބޮނީ ޑިގިޓަލީ، އެހެން ޒަމާނަކަށް އައިސްފަ މިއޮތީ": ޖަނާބު
22 ޖޫން 2026

މި ސަރުކާރުން މަޖިލީހަށް ހުށަހެޅި ބިލަކުން، ކުރި ކަމަކުން ފައިދާއެއްވީ ދިވެހި ރައްޔިތަކު ނެތް: ޣަފޫރު

22 ޖޫން 2026
މި ސަރުކާރުން މަޖިލީހަށް ހުށަހެޅި ބިލަކުން، ކުރި ކަމަކުން ފައިދާއެއްވީ ދިވެހި ރައްޔިތަކު ނެތް: ޣަފޫރު
21 ޖޫން 2026

ދުންފަތުގެ ބާވަތްތަކުން ނަގާ ޑިއުޓީ 50 އިންސަތަ ކުޑަކުރަން ސަރުކާރުން ހުށަހަޅައިފި

21 ޖޫން 2026
ދުންފަތުގެ ބާވަތްތަކުން ނަގާ ޑިއުޓީ 50 އިންސަތަ ކުޑަކުރަން ސަރުކާރުން ހުށަހަޅައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް