Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެރަށްވެހިކަން ހޯދުން

ރަށްރަށުގެ ރައްވެހިކަން ފަސޭހައިން ހޯދޭނެ ނިޒާމެއް ގާއިމް ކުރުމަށް މަޖިލީހަށް ހުށަހަޅައިފި

ރަށަކުން ބިމެއް ނުވަތަ ދިރިއުޅޭނެ ތަނެއް މިލްކުވެފައިވާ ފަރާތްތަކަށް، އެ ރަށެއްގެ ރަށްވެހިކަން ފަސޭހައިން ލިބޭނެ ގޮތް ހެދުމަށް "ދިވެހިރާއްޖޭގެ ރަށެއްގެ ރަށްވެއްސަކަށް ވުމާބެހޭ ގާނޫނު" އަށް އިސްލާހު ހުށަހަޅައިފި. މި އިސްލާހުގެ ދަށުން ވާރުތައިން، ގަނެގެން ނުވަތަ ބޯހިޔާވަހިކަމުގެ މަޝްރޫއަކުން ބިމެއް ލިބިފައިވާނަމަ، ފަސް އަހަރުގެ މުއްދަތެއް ބެލުމެއްނެތި ރަށްވެހިކަން ބަދަލުކުރުމުގެ އިޚްތިޔާރު ލިބިގެންދާނެ. މި ބަދަލަކީ ރާއްޖޭގެ އިޖުތިމާއީ އަދި އިގްތިސާދީ ހާލަތަށް ރިއާޔަތްކޮށް، ރަށްވެހިކަން ހޯދުމުގައި ހުރި ގާނޫނީ ހުރަސްތައް ނައްތާލުމަށް ހުށަހެޅި އިސްލާހެއް.

ފަޒީލް އަބްދުލް
ފަޒީލް އަބްދުލް | 22 ޖޫން 2026 | ހޯމަ 13:38
ރައްޔިތުންގެ މަޖިލީހުގެ ގަލޮޅު އުތުރު ދާއިރާގެ މެންބަރު މުޙައްމަދު އިބްރާހީމް (ކުޑޫ)

ރައްޔިތުންގެ މަޖިލީހުގެ ގަލޮޅު އުތުރު ދާއިރާގެ މެންބަރު މުޙައްމަދު އިބްރާހީމް (ކުޑޫ) | ރައްޔިތުންގެ މަޖިލިސް

ރާއްޖޭގެ ރަށެއްގައި ބިމެއް ނުވަތަ ދިރިއުޅުމަށް އެކަށީގެންވާ ތަނެއް މިލްކުވެފައިވާ ފަރާތްތަކަށް އެ ރަށެއްގެ ރަށްވެހިކަން ފަސޭހައިން ހޯދޭނެ ނިޒާމެއް ގާއިމުކުރުމަށް ރައްޔިތުންގެ މަޖިލީހަށް ބިލެއް ހުށަހަޅައިފި އެވެ.

ގަލޮޅު އުތުރު ދާއިރާގެ މެންބަރު މުޙައްމަދު އިބްރާހީމް (ކުޑޫ) މަޖިލީހަށް ހުށަހެޅުއްވި މި ބިލަކީ ދިވެހިރާއްޖޭގެ ރަށެއްގެ ރަށްވެއްސަކަށް ވުމާބެހޭ ގާނޫނަށް އިސްލާހު ގެނައުމަށް ހުށަހަޅާފައިވާ ބިލެކެވެ. މި ބިލުގެ މައިގަނޑު ބޭނުމަކީ މިހާރު އަމަލުކުރަމުންދާ ގާނޫނުގެ ދަށުން ރަށްވެހިކަން ލިބުމަށް ކަނޑައަޅާފައިވާ ޝަރުތުތައް ބަދަލުކޮށް، ރައްޔިތުންނަށް ލުއިފަސޭހަ މަގެއް ފަހިކޮށްދިނުމެވެ.

މިހާރު އަމަލުކުރަމުންދާ ގާނޫނުގެ ދަށުން ރަށެއްގެ ރަށްވެއްސެއްގެ ގޮތުގައި ރަޖިސްޓަރީ ކުރެވެނީ އެ ރަށެއްގައި މެދުކެނޑުމެއްނެތި 5 (ފަހެއް) އަހަރު ދުވަހު ދިރިއުޅެފައިވާ ފަރާތްތަކަށެވެ. ނަމަވެސް މި ބިލުގައި ހިމެނޭ އިސްލާހުގެ ދަށުން، ރަށަކުން ދިރިއުޅުމަށް އެކަށީގެންވާ ބިމެއް ނުވަތަ ތަނެއް މިލްކުވެފައިވާ ފަރާތްތަކަށް އެ ރަށެއްގެ ރަށްވެހިކަން ފަސޭހައިން ހޯދޭނެ ނިޒާމެއް ގާއިމުކުރުމަށް ހުށަހަޅައިފައިވެ އެވެ.

ބިލުގައި ބަޔާންކޮށްފައިވާ ގޮތުން، ވަކި ރަށެއްގައި ރަށްވެހިވެފައިވާ މީހަކަށް ވާރުތައިން، ބިން ބެހުމުން، ގަތުމުން، ހިބައިން، ކޯޓު ހުކުމަކުން ނުވަތަ ސަރުކާރުގެ ބޯހިޔާވަހިކަމުގެ މަޝްރޫއެއްގެ ދަށުން އެހެން ރަށަކުން ބިމެއް ނުވަތަ ދިރިއުޅުމަށް އެކަށީގެންވާ ތަނެއްގައި ދިރިއުޅުމުގެ ގާނޫނީ ހައްގު ލިބިފައިވާނަމަ، އެ ރަށެއްގެ ރަށްވެއްސަކަށް ވުމަށް އެދި ހުށަހެޅުމުގެ އިޚްތިޔާރު ލިބިގެންވާނެ އެވެ.

މިގޮތަށް އެދި ހުށަހަޅާ ފަރާތުން އެފަދަ ހައްގެއް ލިބިފައިވާކަން ސާބިތުކޮށްދޭ ރަސްމީ ލިއެކިޔުންތައް ހުށަހެޅުމުން، އެ ބިމަކީ، ގެއަކީ، ފްލެޓަކީ ނުވަތަ ދިރިއުޅޭ ތަނަކީ ދިރިއުޅުމަށް އެކަށީގެންވާ ތަނެއްކަން ކަމާބެހޭ އިދާރާއަށް ކަށަވަރުވުމުން، އެ މީހަކު އެ ރަށެއްގެ ރަށްވެއްސެއްގެ ގޮތުގައި ރަޖިސްޓަރީ ކޮށްދޭންވާނެ އެވެ.

މިގޮތަށް ރަޖިސްޓަރީ ކުރެވުމާއެކު، އެ މީހަކު ކުރިން ރަށްވެހިވެފައިވާ ރަށުގެ ރަޖިސްޓަރީއިން އުނިކުރެވޭނެ އެވެ. އަދި އެއްވެސް މީހަކަށް އެއް ވަގުތެއްގައި އެއް ރަށަށްވުރެ ގިނަ ރަށެއްގައި ރަށްވެހިވެފައިވާ މީހެއްގެ ގޮތުގައި ރަޖިސްޓަރީ ނުވެވޭނެ އެވެ.

ބިލުގައި ބަޔާންކޮށްފައިވާ ގޮތުން މި ގާނޫނުގެ ދަށުން ހަދާ ގަވާއިދުގައި ހުށަހަޅަންޖެހޭ ލިޔެކިޔުންތަކާއި، އެދި ހުށަހަޅާނެ އިޖުރާއާތުތަކާއި، އެ ހުށަހެޅުންތަކާމެދު ގޮތް ނިންމުމަށް މަސްއޫލުވާ އިދާރާއާއި، ބަލަދުވެރިކަމުގެ ދަށުގައިވާ ކުދިންގެ ރަށްވެހިކަން ބަދަލުކުރުމުގައި އަމަލުކުރާނެ އުސޫލުތައް ބަޔާންކުރަންވާނެ އެވެ.

މި ބިލުގައި ބުނެފައިވަނީ މި ގާނޫނަށް ގެންނަންޖެހޭ އިސްލާހުތައް މި ގާނޫނަށް އަމަލުކުރަން ފަށާތާ ގިނަވެގެން ތިން މަސްދުވަހުގެ ތެރޭގައި ހަދައި ދިވެހިސަރުކާރުގެ ގެޒެޓުގައި ޝާއިޢުކުރަންވާނެ ކަމަށެވެ. މި ގާނޫނަށް އަމަލުކުރަން ފަށާނީ މި ގާނޫނު ފާސްވެ، ތަސްދީގުކޮށް ދިވެހިސަރުކާރުގެ ގެޒެޓުގައި ޝާއިޢުކުރާ ތާރީޚުން ފެށިގެންނެވެ.

މި ބިލުގެ މައިގަނޑު ބޭނުމަކީ މިކަމާ ގުޅޭ ގާނޫނީ އޮނިގަނޑު މިޒަމާނުގެ އިޖުތިމާއީ އަދި އިގްތިސާދީ ހާލަތާ އެއްގޮތަށް ހަރުދަނާކުރުމެވެ.

20 ވަނަ ރައްޔިތުންގެ މަޖިލީސްރަށްވެހިކަންމުހައްމަދު އިބްރާހިމް (ކުޑޫ)

އިތުރަށް ކިޔާލަން

20 ޖޫން 2026

ރައްޔިތުންގެ މަޖިލީހުގެ ތެރެއިން ސަރުކާރު ޖަވާބުދާރީ ކުރުވުމުގެ ނިޒާމު މިއަދު އޮތީ އެއްކޮށް ބަލިކަށިވެފައި: އައިކް

20 ޖޫން 2026
ރައްޔިތުންގެ މަޖިލީހުގެ ތެރެއިން ސަރުކާރު ޖަވާބުދާރީ ކުރުވުމުގެ ނިޒާމު މިއަދު އޮތީ އެއްކޮށް ބަލިކަށިވެފައި: އައިކް
20 ޖޫން 2026

ޕީއެންސީ މަޖިލިސް މެންބަރުންގެ "ނިކަމެތި" ހާލަތު

20 ޖޫން 2026
ޕީއެންސީ މަޖިލިސް މެންބަރުންގެ "ނިކަމެތި" ހާލަތު
19 ޖޫން 2026

އިޖުތިމާއީ ނިޒާމް ފެއިލްވެއްޖެ، ދައުލަތުގެ ބެލުމުގެ ދަށުގައި ތިބޭ ކުދިންނާ ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ވެސް ސަރުކާރުން ވަނީ އިހުމާލުވެފައި: އިފްހާމް

19 ޖޫން 2026
އިޖުތިމާއީ ނިޒާމް ފެއިލްވެއްޖެ، ދައުލަތުގެ ބެލުމުގެ ދަށުގައި ތިބޭ ކުދިންނާ ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ވެސް ސަރުކާރުން ވަނީ އިހުމާލުވެފައި: އިފްހާމް
18 ޖޫން 2026

ޚާއްސަ އެހީއަށް ބޭނުންވާ ފަރާތްތަކަށް ދޫކުރާ މާލީ އިނާޔަތް ބަރާބަރަށް ޖަމާނުވާ މައްސަލަ މަޖިލީހަށް ހުށަހަޅައިފި

18 ޖޫން 2026
ޚާއްސަ އެހީއަށް ބޭނުންވާ ފަރާތްތަކަށް ދޫކުރާ މާލީ އިނާޔަތް ބަރާބަރަށް ޖަމާނުވާ މައްސަލަ މަޖިލީހަށް ހުށަހަޅައިފި
18 ޖޫން 2026

އެމްޑީޕީ ބޮޑު މުޒާހަރާ: ރައްޔިތުންނަށް ލިބޭ ފެށުމެއް

18 ޖޫން 2026
އެމްޑީޕީ ބޮޑު މުޒާހަރާ: ރައްޔިތުންނަށް ލިބޭ ފެށުމެއް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު