Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުއާޖެންޓީނާ

މެސީގެ ބައްޕަ އަށް އަންނަނީ ފަރުވާ ދެމުން، މިހާރު ޙާލު ރަނގަޅު

މެސީގެ އާއިލާ އިން ބަޔާން ނެރެފައި ވަނީ، ޖޯޖް މެސީ މަރުވެއްޖެ ކަމަށް ބުނެ ބައެއް މީޑިއާ ތަކުގައި ޚަބަރު ގެނެސްދޭން ފެށުމާ ގުޅިގެން. އެކަމާ ގުޅިގެން މެސީގެ އާއިލާ އިން ވަނީ މިފަދަ ނާޒުކު ވަގުތެއްގައި ޒިންމާދާރުކަމާ އެކު އަމަލު ކުރުމަށާއި، އިންސާނިއްޔަތުކަން އިސް ކުރުމަށް މީޑިއާ ތަކަށް ގޮވާލާފައި.

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 22 ޖޫން 2026 | ހޯމަ 07:58
އާޖެންޓީނާގެ ކެޕްޓަން ލިއޮނަލް މެސީ އަދި އޭނާގެ ބައްޕަ ޖޯޖް މެސީ.

އާޖެންޓީނާގެ ކެޕްޓަން ލިއޮނަލް މެސީ އަދި އޭނާގެ ބައްޕަ ޖޯޖް މެސީ. | ރޮއިޓާސް

އާޖެންޓީނާގެ ކެޕްޓަން ލިއޮނަލް މެސީގެ ބައްޕަ، ޖޯޖް މެސީގެ ޞިއްޙީ ޙާލަތު ދަށްވެ ފަަރުވާދެމުން އަންނަ ކަމަށާއި، ނަމަވެސް މިހާރު އޭނާގެ ޙާލަތު ރަނގަޅު ވަމުން އަންނަ ކަމަށް މެސީގެ އާއިލާ އިން ބުނެފި އެވެ.

މެސީގެ އާއިލާ އިން މީޑިއާ ތަކަށް އާންމު ކޮށްފައިވާ ބަޔާނެއްގައި ބުނެފައި ވަނީ، ޖޯޖް މެސީ މިހާރު ހުރީ މެޑިކަލް ފޮލޯއަޕް ތަކެއްގެ ދަށުގައި ކަމަށެވެ. ނަމަވެސް، ޖޯޖް މެސީ އަށް ދިމާވެފައި ވަނީ ޞިއްޙީ ކޮން މައްސަލައެއް ކަމެއް އާއިލާ އިން ހާމަ ކޮށްފައި ނުވެ އެވެ. 

މެސީގެ ބައްޕަގެ ޞިއްޙީ ޙާލަތާ ގުޅޭ ގޮތުން ސޯޝަލް މީޑިއާގައި ތަފާތު ވާހަކަތައް ދެކެވެން ފެށީ، މިހާރު ކުރިއަށްދާ ފީފާ ވޯލްޑް ކަޕްގައި އާޖެންޓީނާ އިން އަލްޖީރިއާއާ ދެކޮޅަށް ކުޅުނު މެޗުގައި ލަނޑު ޖެހުމަށް ފަހު، މެސީ އޭނާގެ ޖާޒީ އިން މޫނު ފޮރުވައިގެން ހުރެ ރުއި މަންޒަރު ފެނުމާ ގުޅިގެންނެވެ. 

އެ މެޗަށް ފަހު މެސީ ބުނެފައި ވަނީ ލަނޑު ޖެހުމަށް ފަހު އޭނާ އަށް ރޮވުނީ، ފާއިތުވި ދުވަސް ތަކަކީ އޭނާ އަށް ވަރަށް އުނދަގޫ ދުވަސް ތަކަކަށް ވާތީ ކަމަށެވެ. އަދި އެއީ ފުޓުބޯޅައާ ގުޅުން ހުރި ކަމެއް ނޫން ކަމަށް ވެސް މެސީ ބުނެފައިވެ އެވެ. އެ އުނދަގޫ ވަގުތުގައި އޭނާ އަށް އެހީތެރިކަން ފޯރުކޮށްދިން ޓީމުގެ ކުޅުންތެރިންނާއި، ކޯޗިން އޮފިޝަލުންނަށް ވެސް މެސީ ވަނީ ޝުކުރު އަދާ ކޮށްފައި އެވެ. 

މެސީގެ އާއިލާ އިން ބަޔާން ނެރެފައި ވަނީ، ޖޯޖް މެސީ މަރުވެއްޖެ ކަމަށް ބުނެ ބައެއް މީޑިއާ ތަކުގައި ޚަބަރު ގެނެސްދޭން ފެށުމާ ގުޅިގެންނެވެ. އެކަމާ ގުޅިގެން މެސީގެ އާއިލާ އިން ވަނީ މިފަދަ ނާޒުނު ވަގުތެއްގައި ޒިންމާދާރުކަމާ އެކު އަމަލު ކުރުމަށާއި، އިންސާނިއްޔަތުކަން އިސް ކުރުމަށް މީޑިއާ ތަކަށް ގޮވާލައިފަ އެވެ. އަދި މީހެއްގެ ޞިއްޙީ ޙާލަތާއި އާއިލާގެ ހަމަޖެހުމަކީ، ޒިންމާދާރު ކަމެއް ނެތް ގޮތެއްގައި މިީޑިއާގެ ސަމާލުކަން ހޯދަން ބޭނުން ކުރާ މައުޟޫ އަކަށް ހަދައިގެން ނުވާނެ ކަމަށް ވެސް އެ ބަޔާނުގައި ބުނެފައިވެ އެވެ.

ޖޯޖް މެސީ އަކީ، މެސީގެ ފުޓުބޯޅަ ކެރިއަރުގައި އެންމެ މުހިންމު ދައުރު އަދާ ކުރާ ފަރާތެވެ، އޭނާ އަކީ މެސީގެ އެޖެންޓުގެ އިތުރުން، މެސީގެ ހުރިހާ ވިޔަފާރި މުއާމަލާތް ތަކެއް ބަލަހައްޓަމުން ވެސް އަންނަ ފަރާތެވެ. މިވަގުތު މެސީ ހުރީ އާޖެންޓީނާގެ ޤައުމީ ޓީމާ އެކު ކެންސަސް ސިޓީގެ ކޭމްޕުގައި އެވެ. ވޯލްޑް ކަޕްގައި ހޯމަ ދުވަހުގެ ރޭ އާޖެންޓީނާ އިން އޮސްޓްރިއާއާ ދެކޮޅަށް ކުޅޭނެ އެވެ.

އާޖެންޓީނާޖޯޖް މެސީލިއޮނެލް މެސީ

އިތުރަށް ކިޔާލަން

18 ޖޫން 2026

ފުޓްބޯޅައިގެ އެހެން ތަރިންނަށް ތައުރީފް އޮހުނު އިރު ރޮނާލްޑޯ އަށް އަމާޒުވީ ފާޑުކިޔުން

18 ޖޫން 2026
ފުޓްބޯޅައިގެ އެހެން ތަރިންނަށް ތައުރީފް އޮހުނު އިރު ރޮނާލްޑޯ އަށް އަމާޒުވީ ފާޑުކިޔުން
18 ޖޫން 2026

މެސީ އަކީ އެންމެ މޮޅު ކުޅުންތެރިޔާކަން ދުނިޔެ އިން މިހާރު ޤަބޫލު ކުރަން ޖެހޭ: ރޮނާލްޑޯ

18 ޖޫން 2026
މެސީ އަކީ އެންމެ މޮޅު ކުޅުންތެރިޔާކަން ދުނިޔެ އިން މިހާރު ޤަބޫލު ކުރަން ޖެހޭ: ރޮނާލްޑޯ
17 ޖޫން 2026

އެތައް ރެކޯޑަކާ އެކު މެސީގެ ޖާދޫ ދައްކާލައިފި

17 ޖޫން 2026
އެތައް ރެކޯޑަކާ އެކު މެސީގެ ޖާދޫ ދައްކާލައިފި
11 ޖޫން 2026

މެސީ، މަރަޑޯނާ ނުވަތަ ޕެލޭ؟ ވޯލްޑް ކަޕްގެ ތާރީޚުގައި ފާހަގަކޮށްލެވޭ އެންމެ މޮޅު 10 ލެޖެންޑުން

11 ޖޫން 2026
މެސީ، މަރަޑޯނާ ނުވަތަ ޕެލޭ؟ ވޯލްޑް ކަޕްގެ ތާރީޚުގައި ފާހަގަކޮށްލެވޭ އެންމެ މޮޅު 10 ލެޖެންޑުން
11 ޖޫން 2026

2026 ވަނަ އަހަރުގެ ވޯލްޑް ކަޕް: މުބާރާތާ ގުޅޭ މުހިންމު ބައެއް މައުލޫމާތު

11 ޖޫން 2026
2026 ވަނަ އަހަރުގެ ވޯލްޑް ކަޕް: މުބާރާތާ ގުޅޭ މުހިންމު ބައެއް މައުލޫމާތު
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު