Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެޔޫޑަބްލިއުސީ މޯލްޑިވްސް

ޔޫޑަބްލިއުސީ މޯލްޑިވްސްއިން ރާއްޖޭގެ ހަތަރު ދަރިވަރަކަށް ސްކޮލަރޝިޕްގެ ފުރުސަތު ފަހިކޮށްދީފި

21 ޖޫން 2026 | އާދީއްތަ 07:23

ޔޫޑަބްލިއުސީ މޯލްޑިވްސްގެ ފަރާތުން މިއަހަރު ހޮވުނު ހަތަރު ދަރިވަރުން މަތީ ސާނަވީއަށް ކިޔަވާނީ އެމެރިކާ، ޖަޕާން، އަރުމީނިއާ އަދި އެސްވާޓީނީގައި ހުންނަ އެ ޖަމިއްޔާގެ ކޮލެޖްތަކުގައި. އަލިފުޅު ތުއްތު ފައުންޑޭޝަނުގެ އެހީތެރިކަމާއެކު ކުރިއަށްގެންދާ މި ޕްރޮގްރާމްގެ ދަށުން ދަރިވަރުން ފުރިހަމަކުރާނީ އޭ ލެވެލްއާ އެއްފެންވަރުގެ ދެ އަހަރު ދުވަހުގެ އިންޓަނޭޝަނަލް ބެކަލޯރިއޭޓް (އައިބީ) ޑިޕްލޮމާއެއް.

ލައިޝާ އަހްމަދު
ލައިޝާ އަހްމަދު | 21 ޖޫން 2026 | އާދީއްތަ 07:23
ޔޫޑަބްލިއުސީ މޯލްޑިވްސްއިން ރާއްޖޭގެ ހަތަރު ދަރިވަރަކަށް ސްކޮލަރޝިޕްގެ ފުރުސަތު

ޔޫޑަބްލިއުސީ މޯލްޑިވްސްއިން ރާއްޖޭގެ ހަތަރު ދަރިވަރަކަށް ސްކޮލަރޝިޕްގެ ފުރުސަތު | ޔޫޑަބްލިއުސީ

ޔޫޑަބްލިއުސީ މޯލްޑިވްސްއިން ރާއްޖޭގެ ހަތަރު ދަރިވަރަކަށް ބޭރު ގައުމުތަކުގައި މަތީ ސާނަވީ ތައުލީމު ހާސިލުކުރުމުގެ ފުރުސަތު ފަހިކޮށްދީފިއެވެ.

ސްކޮލާޝިޕް ލިބުނު ދަރިވަރުން ކިޔެވުމަށް ހަމަޖެހިފައިވަނީ އެމެރިކާ، ޖަޕާން، އަރުމީނިއާ އަދި އެސްވާޓީނީގައި ހުންނަ ޔުނައިޓެޑް ވޯލްޑް ކޮލެޖްތަކުގައެވެ.

Advertisement - newsAdvertisement

މި ފުރުސަތު ލިބުނު ހަތަރު ދަރިވަރުންނަކީ ގާޒީ ސްކޫލުން ފާތިމަތު ސާޝާ ފަރުހަތު، އަމީނިއްޔާ ސްކޫލުން ފާތިމަތު ފާރިހާ ފަޔާޒް އަދި ޖިއާން އަހުމަދު ސައީދު، އަދި ފިންލޭންޑް އިންޓަނޭޝަނަލް ސްކޫލުން އާމިނަތު އުލާ އަހުމަދެވެ.

ފާތިމަތު ސާޝާ ފަރުހަތު ކިޔަވަން ހަމަޖެހިފައިވަނީ ޖަޕާނުގައި ހުންނަ ޔޫޑަބްލިއުސީ އައިސަކްގައެވެ. ފާތިމަތު ފާރިހާ ފަޔާޒް ކިޔަވަން ހަމަޖެހިފައިވަނީ އަރުމީނިއާގައި ހުންނަ ޔޫޑަބްލިއުސީ ޑިލިޖަންގައެވެ. ޖިއާން އަހުމަދު ސައީދު ކިޔަވަން ހަމަޖެހިފައިވަނީ އެސްވާޓީނީގައި ހުންނަ ޔޫޑަބްލިއުސީ ވޯޓަފަޑް ކަމްލަބާގައެވެ. އާމިނަތު އުލާ އަހުމަދު ކިޔަވަން ހަމަޖެހިފައިވަނީ އެމެރިކާގައި ހުންނަ ޔޫޑަބްލިއުސީ ޔޫއެސްއޭގައެވެ.

ޔޫޑަބްލިއުސީ މޯލްޑިވްސްއަކީ ބައިނަލްއަޤުވާމީ ފެންވަރުގައި ފާހަގަކޮށްލެވޭ، ތައުލީމީ ގޮތުން ނަމޫނާ މުއައްސަސާއެކެވެ. ދުނިޔޭގެ އެކި ކަންކޮޅުތަކުގައި އެފަދަ ފަނަރަ ކޮލެޖެއް ހުރިއިރު، އެ ތަންތަނުގައި ދަރިވަރުން ފުރިހަމަކުރާނީ ދެ އަހަރު ދުވަހުގެ އިންޓަރނޭޝަނަލް ބެކަލޯރިއޭޓް ޑިޕްލޮމާއެކެވެ. އެއީ އޭ ލެވެލްއާ އެއް ފެންވަރެއްގެ، ދުނިޔޭގެ ހުރިހާ ޔުނިވާސިޓީތަކަކުންނާއި މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން ވެސް ބަލައިގަންނަ ސަނަދެކެވެ.

ޔޫޑަބްލިއުސީ މޯލްޑިވްސްއަކީ ދިވެހިރާއްޖޭގައި ޔޫޑަބްލިއުސީ ސްކޫލްތައް ތަމްސީލުކުރާ ގައުމީ ކޮމިޓީއެވެ. އެ ޖަމިއްޔާގެ ސްކޮލާޝިޕް ޕްރޮގްރާމް ކުރިއަށްގެންދަނީ އަލިފުޅު ތުއްތު ފައުންޑޭޝަނާއި ޔޫޑަބްލިއުސީ އިންޓަނޭޝަނަލް އޯގަނައިޒޭޝަނުގެ ދީލަތި އެހީތެރިކަމާއެކުގައެވެ. މިއީ ގްރޭޑް ދިހައެއް ނިންމާ ދިވެހި ދަރިވަރުންނަށް އަމާޒުކޮށްގެން ކޮންމެ އަހަރަކުވެސް ހުޅުވާލެވޭ ފުރުސަތެކެވެ.

ޔޫޑަބްލިއުސީ މޯލްޑިވްސްފާތިމަތު ސާޝާ ފަރުހަތުފާތިމަތު ފާރިހާ ފަޔާޒްޖިއާން އަހުމަދު ސައީދުއާމިނަތު އުލާ އަހުމަދުއަލިފުޅު ތުއްތު ފައުންޑޭޝަން

އެންމެ ހިނގާ

1

ރަޝިޔާގެ ހުއްދަ ނެތި އެމެރިކާ އެއަރ ފޯސްގެ ބޯޓެއް ވެރި ރަށް މޮސްކޯގައި ޖައްސައިފި

2

ރާއްޖެ ޓީވީގެ އާމިރު ސަލީމަށް ހަމަލާދޭން ސަރުކާރު ހިންގާ ޕާޓީން ބަޔަކަށް ފައިސާދިންކަމުގެ މައުލޫމާތު ލިބިގެން މައްސަލަ ފުލުހަށް ހުށަހަޅައިފި

3

10 ބާވަތުގެ ސައީދު އާއި އިތުރު 23 ބާވަތުގެ މުހައްމަދު ސައީދު

4

މިސް ވޯރލްޑުގައި ދިވެހިރާއްޖެ ތަމްސީލު ކުރާ އީމާ އޭޝިއާ އާއި އޯޝޭނިއާ ރީޖަންގެ ގަދަ 5 ގައި ހިމެނިއްޖެ

5

ޓްރަމްޕްގެ ދަރިކަލުން ބެރޮންގެ ފުރާނަ އަށް ނުރައްކާވާ ގޮތަށް އީރާން އިން ދެއްކި މަންޒަރާއެކު، ސީކްރެޓް ސަރވިސް އެލާޓުގައި!

އިތުރަށް ކިޔާލަން

05 ފެބުރުއަރީ 2017

އައްޑޫ މަސްވެރިންނަށް އައިސް ނުލިބޭތާ ހަތަރު މަސް، އައިސް ހޯދަން ހުވަދޫ އަށް!

05 ފެބުރުއަރީ 2017
އައްޑޫ މަސްވެރިންނަށް އައިސް ނުލިބޭތާ ހަތަރު މަސް، އައިސް ހޯދަން ހުވަދޫ އަށް!
31 ޖެނުއަރީ 2017

ރާއްޖޭގެ ޑިމޮކްރެސީ ކުރިއަރުވަން ރައީސް ނަޝީދު ކުރައްވާ މަސައްކަތްޕުޅު އެނގިގެން ހިނގައްޖެ:އަތުލް ކެޝަޕް

31 ޖެނުއަރީ 2017
ރާއްޖޭގެ ޑިމޮކްރެސީ ކުރިއަރުވަން ރައީސް ނަޝީދު ކުރައްވާ މަސައްކަތްޕުޅު އެނގިގެން ހިނގައްޖެ:އަތުލް ކެޝަޕް
28 ޖެނުއަރީ 2017

ރާއްޖޭގެ ބޮޑު ބަޔަކަށް ވިއްސާރަ ކުރާނެ: މެޓް

28 ޖެނުއަރީ 2017
ރާއްޖޭގެ ބޮޑު ބަޔަކަށް ވިއްސާރަ ކުރާނެ: މެޓް
26 ޖެނުއަރީ 2017

ޢަރަބިއަން މާކެޓް ފެއާގެ ރާއްޖޭގެ ސްޓޭންޑް ތައްޔާރުކޮށްދޭނެ ބަޔަކު ހޯދަނީ

26 ޖެނުއަރީ 2017
ޢަރަބިއަން މާކެޓް ފެއާގެ ރާއްޖޭގެ ސްޓޭންޑް ތައްޔާރުކޮށްދޭނެ ބަޔަކު ހޯދަނީ
16 ޖެނުއަރީ 2017

ފުލުސް ކޮމާންޑަރަކާއި ޖެންޑާގެ ހަތަރު މުވައްޒަފަކަށް ދައުވާކުރަން ފޮނުވައިފި

16 ޖެނުއަރީ 2017
ފުލުސް ކޮމާންޑަރަކާއި ޖެންޑާގެ ހަތަރު މުވައްޒަފަކަށް ދައުވާކުރަން ފޮނުވައިފި
16 ޖެނުއަރީ 2017

ހަތަރު ޤައުމެއްގެ ސިފައިން ބައިވެރިވާ ކޯސްޓްގާޑު ބޭސިކް ޑައިވިންގ ކޯހެއް އެމްއެންޑީއެފް އިން ފަށައިފި

16 ޖެނުއަރީ 2017
ހަތަރު ޤައުމެއްގެ ސިފައިން ބައިވެރިވާ ކޯސްޓްގާޑު ބޭސިކް ޑައިވިންގ ކޯހެއް އެމްއެންޑީއެފް އިން ފަށައިފި
15 ޖެނުއަރީ 2017

ރެއިންބޯގެ ދެ ލައްކައަށްވުރެ ގިނަ ރުފިޔާ ފޭރިގަތް ހަތަރު މީހަކު ހައްޔަރުކޮށްފި

15 ޖެނުއަރީ 2017
ރެއިންބޯގެ ދެ ލައްކައަށްވުރެ ގިނަ ރުފިޔާ ފޭރިގަތް ހަތަރު މީހަކު ހައްޔަރުކޮށްފި
11 ޖެނުއަރީ 2017

ރާއްޖޭގެ މަސްބޯޓެއްގައި އަލިފާން ރޯވެއްޖެ

11 ޖެނުއަރީ 2017
ރާއްޖޭގެ މަސްބޯޓެއްގައި އަލިފާން ރޯވެއްޖެ
10 ޖެނުއަރީ 2017

ހަތަރު ބިލިއަން ރުފިޔާ ހިމެނޭ ދަރަނީގެ މައްސަލަތައް މިދިޔަ އަހަރު ސާބިތުވި: ސިވިލް ކޯޓް

10 ޖެނުއަރީ 2017
ހަތަރު ބިލިއަން ރުފިޔާ ހިމެނޭ ދަރަނީގެ މައްސަލަތައް މިދިޔަ އަހަރު ސާބިތުވި: ސިވިލް ކޯޓް
04 ޖެނުއަރީ 2017

ރާއްޖޭގެ ސިޔާސީ މަސްރަހުން 2017 ވަނަ އަހަރު އާ ބަދަލުތަކެއް ފެނިގެންދާނެ: ނިޒާރު

04 ޖެނުއަރީ 2017
ރާއްޖޭގެ ސިޔާސީ މަސްރަހުން 2017 ވަނަ އަހަރު އާ ބަދަލުތަކެއް ފެނިގެންދާނެ: ނިޒާރު
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް