Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެޕޭޕަލް

ރާއްޖެއަށް ޕޭޕަލް ތައާރަފްކުރިއިރު ވިޔަފާރިތަކަށް ބޭނުންވާ 99 އިންސައްތަ ހިދުމަތް ނުލިބޭ: ޖައިލަމް

އުރީދޫ އެމް-ފައިސާ މެދުވެރިކޮށް ޕޭޕަލްގެ ޚިދުމަތް ދޭން ފެށި ނަމަވެސް، ވިޔަފާރިތަކަށް ބޭނުންވާ މާޗަންޓް ޚިދުމަތްތަކާއި ޕޭމަންޓް ގޭޓްވޭ ފަދަ މުހިންމު ބައިތައް ނުލިބޭތީ ޖަވާބު ޕްރައިވެޓް ލިމިޓެޑްގެ ސީއީއޯ މުހައްމަދު ޖައިލަމް ކަންބޮޑުވުން ފާޅުކުރައްވައިފި. މި ޚިދުމަތުން ނަގާ ފީތައް ބޮޑުވުމާއި ޓިކްޓޮކް ފަދަ ޕްލެޓްފޯމްތަކުން ރާއްޖޭގެ އެކައުންޓްތައް ބަލައިނުގަންނާތީ، މިއީ އަމަލީ ގޮތުން ފައިދާހުރި ނިޒާމެއް ނޫންކަން އޭނާ ފާހަގަކުރެއްވި. އެހެންކަމުން، ޕޭޕަލްގެ ފުރިހަމަ ޚިދުމަތްތައް ލިބެންދެން މި މަސައްކަތް ހުއްޓާނުލައި ކުރިއަށް ގެންދިއުމަށް ޖައިލަމް ވަނީ ގޮވާލައްވާފަ.

ފަޒީލް އަބްދުލް
ފަޒީލް އަބްދުލް | 20 ޖޫން 2026 | ހޮނިހިރު 09:39
ޖަވާބު  ޕްރައިވެޓް ލިމިޓެޑްގެ ސީއީއޯ މުހައްމަދު ޖައިލަމް: އޭނާ ވަނީ 2025 ވަނަ އަހަރު މުއާޞަލާތާއި އިންފޮމޭޝަން ޓެކްނޯލޮޖީގެ ދާއިރާއިން؛ ކޮމްޕިއުޓަރ ސޮފްޓްވެއަރއާއި، ސޮފްޓްވެއަރ އެޕްލިކޭޝަން ތަރައްޤީކުރުމުގެ ރޮނގުން ހިތްވަރު ދިނުމުގެ ގައުމީ އިނާމު ހާސިލް ކޮށްފަ.

ޖަވާބު ޕްރައިވެޓް ލިމިޓެޑްގެ ސީއީއޯ މުހައްމަދު ޖައިލަމް: އޭނާ ވަނީ 2025 ވަނަ އަހަރު މުއާޞަލާތާއި އިންފޮމޭޝަން ޓެކްނޯލޮޖީގެ ދާއިރާއިން؛ ކޮމްޕިއުޓަރ ސޮފްޓްވެއަރއާއި، ސޮފްޓްވެއަރ އެޕްލިކޭޝަން ތަރައްޤީކުރުމުގެ ރޮނގުން ހިތްވަރު ދިނުމުގެ ގައުމީ އިނާމު ހާސިލް ކޮށްފަ. | ރައީސް އޮފީސް

އުރީދޫ އެމް-ފައިސާ މެދުވެރިކޮށް ޕޭޕަލްގެ ހިދުމަތް ދިވެހިންނަށް ލިބޭނެކަމަށް ސަރުކާރުން އިއުލާންކޮށްފައިވީ ނަމަވެސް، ޕޭޕަލްގެ އެންމެ މުހިންމު ހިދުމަތްތައް އަދިވެސް ރާއްޖެއަށް ނުލިބޭ ކަމަށް، ރާއްޖޭގައި އެންމެ ފުޅާ ދާއިރާއެއްގައި ޓެކްނޮލޮޖީގެ ހިދުމަތްތައް ފޯރުކޮށްދޭ އެއް ކުންފުނި ކަމުގައިވާ ޖަވާބު ޕްރައިވެޓް ލިމިޓެޑްގެ ސީއީއޯ މުހައްމަދު ޖައިލަމް ވިދާޅުވެއްޖެ އެވެ.

މުވާޞަލާތާއި އިންފޮމޭޝަން ޓެކްނޯލޮޖީގެ ދާއިރާ އިން ކޮމްޕިއުޓަރ ސޮފްޓްވެއަރ އާއި، ސޮފްޓްވެއަރ އެޕްލިކޭޝަން ތަރައްޤީކުރުމުގެ ރޮނގުން ގައުމީ އިނާމު ހާސިލްކޮށްފައިވާ ޖައިލަމް، ސޯޝަލް މީޑިއާގައި ކަންބޮޑުވުން ފާޅުކުރައްވަމުން ވިދާޅުވީ، ޕޭޕަލްއާ ގުޅޭގޮތުން ދައްކާ ވާހަކަތަކުގެ ހަގީގަތް ނުހޯދާ މީޑިއާތަކުން އެ ވާހަކަތައް ފެތުރުމަކީ ހިތާމަހުރި ކަމެއް ކަމަށެވެ.

މިކަމާ ގުޅޭގޮތުން  ރާއްޖެއެމްވީ އަށް އިތުރު ތަފްސީލުދެއްވަމުން ޖައިލަމް ވިދާޅުވީ، ޕޭޕަލް ރާއްޖެއަށް ގެނައުމަށް ސަރުކާރުން ވީ ވައުދު ފުއްދައިފި ކަމަށް ބުނެ އަދި ނިންމާލެވެން ނެތް ކަމަށެވެ.

ބައެއް މީޑިއާތަކުންނާއި ސަރުކާރުގެ އިސްފަރާތްތަކުން ފަތުރާ ޕްރޮޕަގަންޑާތަކުގެ ސަބަބުން މިކަމުގެ ފުރިހަމަ މައުލޫމާތު ދިވެހި ރައްޔިތުންނަށް ނުލިބޭ. އަޅުގަނޑު މި ވާހަކަ ދެއްކީ ރައްޔިތުންނަށް ހަގީގަތް ހާމަކޮށްދިނުމަށް.
ޖަވާބު ޕްރައިވެޓް ލިމިޓެޑްގެ ސީއީއޯ މުހައްމަދު ޖައިލަމް

އެމް-ފައިސާ އާއި ޕޭޕަލް ގުޅުވާލުމުން ލިބޭ ހިދުމަތްތަކަށް ބަލާއިރު، ބޭރުގެ އެކައުންޓްތަކުން ޑޮލަރުން ފައިސާ ލިބުނު ނަމަވެސް، ކޮންމެ މުއާމަލާތަކުން 3 އިންސައްތަ އާއި 4 އިންސައްތައާ ދެމެދުގެ ފީއެއް ނަގާކަން ޖައިލަމް ފާހަގަކުރެއްވި އެވެ. އަދި ރާއްޖޭގެ ބޭންކުތަކަށް ފައިސާ ފޮނުވާއިރު ނަގާ އިތުރު ފީތަކުގެ ވާހަކަ އުރީދޫ އިންނާއި ސަރުކާރުން ހާމަނުކުރާ ކަމަށާއި، މި ހުރިހާ ފީތަކެއް އެއްވުމުން މިއީ އަމަލީ ގޮތުން ބޭނުންކުރަން ފައިދާހުރި ގޮތެއް ނޫން ކަމަށް އޭނާ ވިދާޅުވި އެވެ.

މީގެ އިތުރުން، ޕޭޕަލް މެދުވެރިކޮށް ރާއްޖޭގެ އެއް އެކައުންޓުން އަނެއް އެކައުންޓަށް ފައިސާ ނުފޮނުވޭއިރު، ވިޔަފާރިތަކަށް ބޭނުންވާ "ބިޒްނަސް/މާޗަންޓް" ހިދުމަތްތައް ވެސް ނުލިބެ އެވެ. މީގެ ތެރޭގައި އިންވޮއިސް ފޮނުވުމާއި، ސަބްސްކްރިޕްޝަންތަކާއި، ޕޭމަންޓް ލިންކްތަކުގެ އިތުރުން ޕޭމަންޓް ގޭޓްވޭގެ ހިދުމަތް ހިމެނެ އެވެ. ޖައިލަމް ވިދާޅުވި ގޮތުގައި މީގެ ސަބަބުން ޕޭޕަލް މެދުވެރިކޮށް ވިޔަފާރިތަކަށް ލިބޭ 99 އިންސައްތަ ހިދުމަތްތަކުން ދިވެހިން މަހްރޫމްވެ އެވެ.

ރާއްޖެއަށް ލިބޭ ޕޭޕަލްގެ ހިދުމަތްތަކުގެ ދަތިކަން ބަލަމުން އުރީދޫ އެމް-ފައިސާ އިންޓަގްރޭޝަންގެ ސަބަބުން މާޗަންޓް ހިދުމަތްތަކާއި ފައިސާ ފޮނުވުމުގެ ހިދުމަތްތަކުގެ ތަފާތު ދައްކުވައިދޭ ވިޔަފާރިވެރިއެއް.

ރާއްޖެއަށް ލިބޭ ޕޭޕަލްގެ ހިދުމަތްތަކުގެ ދަތިކަން ބަލަމުން އުރީދޫ އެމް-ފައިސާ އިންޓަގްރޭޝަންގެ ސަބަބުން މާޗަންޓް ހިދުމަތްތަކާއި ފައިސާ ފޮނުވުމުގެ ހިދުމަތްތަކުގެ ތަފާތު ދައްކުވައިދޭ ވިޔަފާރިވެރިއެއް.

 "ޓިކްޓޮކް"  ފަދަ އެންމެ މުހިންމު ޕްލެޓްފޯމްތަކުން އަދިވެސް ރާއްޖޭގެ ޕޭޕަލް އެކައުންޓްތައް ބަލަައި ނުގަންނަކަމަަށް ޖައިލަމް ވިދާޅުވި އެވެ. ރާއްޖޭގައި ތައާރަފްކުރި މި ޚިދުމަތަކީ ބޭނުންތެރި އެއްޗަކަށް ހެދުމަށްޓަކައި މިކަންކަން ކޮންމެހެން އިސްލާހުވާން ޖެހޭކަމައް ވެސް ޖައިލަމް ވަނީ ވިދާޅުވެފަ އެވެ. 

ޖައިލަަމް ވިދާޅުވީ ޕޭޕަލް ރާއްޖެ އަށް ލިބުނު ޚަބަރު ލިބުމާއެކު އޭނާ އަލަށް އުފެއްދި  ޕްލެޓްފޯމްގައި ޕޭޕަލް ގޭޓްވޭ ހިމަނާފައިވާނެ ކަމަށެވެ. ނަމަވެސް، އޭގެން އެއްވެސް ފައިސާ ގެ މުއާމަލާތެއް ނުކުރެވުމުން، ސިޔާސީ ބޭފުޅުން ދެއްކެވި "އެއްބައި ހަގީގަތް" އެކުލެވޭ ވާހަކަތަކުގެ ސަބަބުން ލިބުނީ ބޮޑު މާޔޫސްކަމެއް ކަމަށެވެ. 

އަމިއްލަ ކުންފުންޏަކާއި ސަރުކާރު ގުޅިގެން ކުރި މި މަސައްކަތް ބަލައިގަތް ނަމަވެސް، މިއީ އަދި އެކަށީގެންވާ މިންވަރުގެ ހިދުމަތެއް ނޫންކަމަށް ޖައިލަމް ވިދާޅުވި އެވެ.

ޖައިލަމް ވަނީ ޕޭޕަލްގެ ފުރިހަމަ މާޗަންޓް ހިދުމަތްތައް ލިބެންދެން އުރީދޫ އިން މި މަސައްކަތް ކުރިއަށް ގެންދިއުމަށް އެދިވަޑައިގެންފަ އެވެ. އަދި އެކަން ހާސިލުވަންދެން ދިވެހި ރައްޔިތުން އެކަމަށް އެދި އަޑުއުފުލަން ޖެހޭ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

އުރީދޫ އެމް-ފައިސާޕޭޕަލްޖަވާބު ޕްރައިވެޓް ލިމިޓެޑްމުހައްމަދު ޖައިލަމް

އިތުރަށް ކިޔާލަން

19 ޖޫން 2026

ޕޭޕާލްގެ ކްރެޑިޓް ނަގައި ބަޔެއްގެ ބުރަ މަސައްކަތުގެ ކްރެޑިޓްވެސް ކާލައިފި

19 ޖޫން 2026
ޕޭޕާލްގެ ކްރެޑިޓް ނަގައި ބަޔެއްގެ ބުރަ މަސައްކަތުގެ ކްރެޑިޓްވެސް ކާލައިފި
15 އޮކްޓޯބަރު 2025

އުރީދޫ ފިންޓެކަށް ޕޭޕަލް މެދުވެރިކޮށް ފައިސާ ލިބިގަތުމުގެ ހުއްދަ ދީފި

15 އޮކްޓޯބަރު 2025
އުރީދޫ ފިންޓެކަށް ޕޭޕަލް މެދުވެރިކޮށް ފައިސާ ލިބިގަތުމުގެ ހުއްދަ ދީފި
15 އޮކްޓޯބަރު 2025

އުރީދޫ ފިންޓެކް އިން 2026 ވަނަ އަހަރު ރާއްޖެއަށް ޕޭޕަލްގެ ހިދުމަތް ތައާރަފްކުރަނީ

15 އޮކްޓޯބަރު 2025
އުރީދޫ ފިންޓެކް އިން 2026 ވަނަ އަހަރު ރާއްޖެއަށް ޕޭޕަލްގެ ހިދުމަތް ތައާރަފްކުރަނީ
25 ފެބުރުއަރީ 2017

އިންޑިޔާ އިން ރާއްޖެއަށް ތައުރީފު ކުރުމުގައި ގެންގުޅެނީ ވަކި މިންގަނޑެއް!

25 ފެބުރުއަރީ 2017
އިންޑިޔާ އިން ރާއްޖެއަށް ތައުރީފު ކުރުމުގައި ގެންގުޅެނީ ވަކި މިންގަނޑެއް!
21 ފެބުރުއަރީ 2017

އަލުން އަނބުރާ ރާއްޖެއަށް ދާނަން، އުންމީދު ކަނޑައެއް ނުލަން: ރައީސް ނަޝީދު

21 ފެބުރުއަރީ 2017
އަލުން އަނބުރާ ރާއްޖެއަށް ދާނަން، އުންމީދު ކަނޑައެއް ނުލަން: ރައީސް ނަޝީދު
21 ފެބުރުއަރީ 2017

ސައުދީ ރަސްގެފާނު ރާއްޖެ ވަޑައިގަންނަވާތީ ކަންބޮޑުވަނީ އަނެއް ދިވެހިރާއްޖެއަށްދާން ބޭނުން މީހުން: ނިހާން

21 ފެބުރުއަރީ 2017
ސައުދީ ރަސްގެފާނު ރާއްޖެ ވަޑައިގަންނަވާތީ ކަންބޮޑުވަނީ އަނެއް ދިވެހިރާއްޖެއަށްދާން ބޭނުން މީހުން: ނިހާން
07 ފެބުރުއަރީ 2017

ރާއްޖެއަށް މަސްތުވާތަކެތި އެތެރެކުރި ބޮލީވިއާ މީހާގެ މައްޗަށް ދައުވާ ކޮށްފި

07 ފެބުރުއަރީ 2017
ރާއްޖެއަށް މަސްތުވާތަކެތި އެތެރެކުރި ބޮލީވިއާ މީހާގެ މައްޗަށް ދައުވާ ކޮށްފި
31 ޖެނުއަރީ 2017

ޕްރީމިއަމް ޓެކްސީގެ ޚިދުމަތް ދޭން ބޭނުންވާ ފަރާތްތަކަށް ފުރުޞަތު ހުޅުވާލައިފި

31 ޖެނުއަރީ 2017
ޕްރީމިއަމް ޓެކްސީގެ ޚިދުމަތް ދޭން ބޭނުންވާ ފަރާތްތަކަށް ފުރުޞަތު ހުޅުވާލައިފި
30 ޖެނުއަރީ 2017

ޚާއްސަ އެހީއަށް ބޭނުންވާ ކުދިންނަށް 157 ވަޒީފާ ސަރުކާރުން ހަމަޖައްސާދީފި

30 ޖެނުއަރީ 2017
ޚާއްސަ އެހީއަށް ބޭނުންވާ ކުދިންނަށް 157 ވަޒީފާ ސަރުކާރުން ހަމަޖައްސާދީފި
17 ޖެނުއަރީ 2017

އުރީދޫގެ 4ޖީ ޕްލަސް މުޅި ރާއްޖެއަށް ފުޅާކޮށްފި

17 ޖެނުއަރީ 2017
އުރީދޫގެ 4ޖީ ޕްލަސް މުޅި ރާއްޖެއަށް ފުޅާކޮށްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު