Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެ
ޕާކިސްތާން

ޕާކިސްތާނުގައި ސިޔާސީ އެއްވުމެއް އޮތް ތަނެއްގެ ކައިރީގައި ބޮމެއް ގޮއްވާލުމުގެ ސަބަބުން 15 މީހުން މަރުވެއްޖެ

ޕާކިސްތާނުގެ ބަލޫޗިސްތާން ޕްރޮވިންސްގެ ވެރިރަށް ގުއެޓާގައި ބޭއްވި ސިޔާސީ އެއްވުމެއްގައި ހިނގި ބޮން ގޮއްވުމުގައި 15 މީހުން މަރުވެ، 30 އަށްވުރެ ގިނަ މީހުންނަށް ޒަޚަމްވެއްޖެއެވެ. އިސްލާމިކް ސްޓޭޓުން މިހަމަލާގެ ޒިންމާ ނަގާފައިވެއެވެ.

ރާއްޖެ އެމްވީ | 4 ސެޕްޓެމްބަރު 2025 | ބުރާސްފަތި 16:00
ބަލޫޗިސްތާނުގައި މި ގޮވުން ހިނގާފައިވަނީ ސިޔާސީ އެއްވުމެއް ބޭއްވި ސްޓޭޑިއަމް ސަރަހައްދުގެ ކައިރިޣައި

ބަލޫޗިސްތާނުގައި މި ގޮވުން ހިނގާފައިވަނީ ސިޔާސީ އެއްވުމެއް ބޭއްވި ސްޓޭޑިއަމް ސަރަހައްދުގެ ކައިރިޣައި

ޕާކިސްތާނުގައި ސިޔާސީ އެއްވުމެއް އޮތް ތަނެއްގެ ކައިރީގައި ބޮމެއް ގޮއްވާލުމުގެ ސަބަބުން 15 މީހުން މަރުވެ، 30 އަށްވުރެ ގިނަ މީހުން ޒަޚަމް ވެއްޖެ އެވެ.

ރިޕޯޓުތައް ބުނާ ގޮތުގައި ބަލޫޗިސްތާން ޕްރޮވިންސްގެ ވެރިރަށް ގުއެޓާގައި ހުރި ސްޓޭޑިއަމެއްގައި ބަލޫޗިސްތާން ނެޝަނަލް ޕާޓީ (ބީއެންޕީ)ގެ ސަތޭކަ އެތައް މެންބަރުން އެއްވެ ތިއްބާ، އަންގާރަ ދުވަހުގެ ރޭ ޕާކިންގ އޭރިއާގައި ބޮމެއް ގޮއްވާލިއެވެ.

ބުދަ ދުވަހު ޕްރޮވިންސްގެ އޮތޯރިޓީތަކުން ބުނެފައި ވަނީ މަރުވި މީހުންގެ އަދަދު 15 އަށް އިތުރުވެފައިވާ ކަމަށެވެ. މި ހަމަލާ ދިންކަމަށް އިސްލާމިކް ސްޓޭޓް ހަތިޔާރު އެޅި ގްރޫޕުން ބުނެފައިވެއެވެ.

އަފްޣާނިސްތާނާއި އީރާނާ އިންވެގެން އޮންނަ ބަލޫޗިސްތާނަކީ އެ ޤައުމުގެ އެންމެ ބޮޑު އަދި އެންމެ ފަގީރު ސަރަޙައްދެވެ. އެތަނުގެ ރައްޔިތުން އިސްލާމިކް ސްޓޭޓާއި، ސަރަހައްދު މިނިވަން ކުރުމަށް ކަމަށް ބުނެ މަސައްކަތް ކުރާ ގްރޫޕްތަކާ ދެމެދުގައި ގަވާއިދުން ހިންގާ ހަމަލާތަކާ ކުރިމަތިލާން ޖެހެއެވެ.

ޕާކިސްތާނުގެ ޖިއޯ ނިއުސްގެ ރިޕޯޓުގައިވާ ގޮތުން، ބަލޫޗިސްތާނުގެ ސިއްޙީ ވަޒީރު ބަޚްތު މުޙައްމަދު ކަކާރު ވިދާޅުވީ ސަލާމަތީ ބާރުތައް ސެކިއުރިޓީ ބަލަހައްޓަމުން ދިއުމުގެ ސަބަބުން ޖާނުން ފިދާ ވެގެން ހަމަލާ ދިން މީހާ އަށް އެއްވުން އޮތް ސަރަޙައްދަށް ވަދެވިފައި ނުވާ ކަމަށެވެ.

ސަރުކާރުގެ އޮފިޝަލް ހަމްޒާ ޝަފްޤަތު ނޫސްވެރިންނަށް ބުނެފައި ވަނީ، އެއްވުމުގެ ތެރެއަށް ބޮން ގޮއްވާލި މީހާ އަށް ވަދެވުނު ނަމަ ގެއްލުން ވަރަށް ބޮޑުވީސް ކަމަށެވެ. އޭނާ އިތުރަށް ވިދާޅުވީ ސަރުކާރުން 120 ފުލުހުން އެއްވުމުގެ ސަލާމަތަކީ ކަންކަން ބެލެހެއްޓުމަށް ޑިޕްލޯއި ކުރި ކަމަށެވެ.

އަންގާރަ ދުވަހުގެ ރޭ ބޭއްވި އެއްވުމަކީ 2021 ގައި އަވަހާރަވި ބަލޫޗިސްތާނުގެ ކުރީގެ ވެރިޔާ އަތާއުﷲ މެންގަލްގެ ހަނދާނުގައި ބޭއްވި އެއްވުމެކެވެ.

ޕާކިސްތާނުގެ ބޮޑުވަޒީރު ޝަހްބާޒް ޝަރީފް، ބީއެންޕީގެ އެއްވުމަށް އަމާޒުކޮށް ދިން ހަމަލާ ކުށްވެރިކޮށް، މިއީ "ބަލޫޗިސްތާނުގައި ހަމަނުޖެހުން އުފެއްދުމަށް ޓެރަރިސްޓުން ރާވާ ނުބައި ރޭވުމުގެ ހެއްކެއް" ކަމަށް ވިދާޅުވެފައިވާ ކަމަށް ލޯކަލް މީޑިއާ އިން ރިޕޯޓުކޮށްފައި ވެއެވެ.

ބަލޫޗިސްތާނުގައި ހަތިޔާރު އެޅި ތަފާތު ގުރޫޕް ތައް ހަރަކާތްތެރިވަމުން ދިއުމާއެކު، އެތަނުގެ ރައްޔިތުންގެ ސަލާމަތަށް އަބަދުވެސް ނުރައްކާވެފައިވެއެވެ.

ފެބްރުއަރީ 2024 ގައި، ޕާލިމެންޓަރީ އިންތިޚާބުގެ ކުރީ ދުވަހު ބަލޫޗިސްތާނުގެ އިންތިޚާބީ އޮފީސްތަކަށް ދިން ބޮން ހަމަލާގެ ޒިންމާ އިސްލާމިކް ސްޓޭޓުން ނަގާފައިވެއެވެ. މި ހަމަލާތަކުގައި 20 އަށްވުރެ ގިނަ މީހުން މަރުވެ، އެތައް ބަޔަކު ޒަޚަމްވިއެވެ.

ނޮވެމްބަރު މަހު، ގުއެޓާގެ ރެއިލްވޭ ސްޓޭޝަނެއްގައި ހިންގި ބޮމުގެ ހަމަލާއެއްގައި 20 އަށްވުރެ ގިނަ މީހުން މަރުވެ، އެތައް ބަޔަކު ޒަޚަމްވިއެވެ. މި ހަމަލާގެ ޒިންމާ ބަލޫޗް ލިބަރޭޝަން އާމީ މިލިޓަންޓް ގްރޫޕުން ނަގާފައިވެއެވެ.

އަދި މިއަހަރުގެ މާރިޗް މަހު، ވަކިވަން އެދޭ ބަލޫޗިސްތާން ލިބަރޭޝަން އާމީގެ ހަތިޔާރުއެޅި ހަނގުރާމަވެރިން 400 އަށްވުރެ ގިނަ ފަސިންޖަރުން އުފުލި ރެއިލެއް ހައިޖެކް ކޮށް، ބަލޫޗް ސިޔާސީ ގައިދީން ދޫކޮށްނުލައިފިނަމަ ރޭލުގައި ތިބި މީހުން މަރާލާނެ ކަމަށް ބުނެފައިވެއެވެ.

ޕާކިސްތާން-ބަލޫޗިސްތާންއިސްލާމިކް ސްޓޭޓްބީއެންޕީބީ

ކޮމެންޓް

Like & Win

Giveaway
Powered by: Radient Heat Waters
Kent Grand Plus

Kent Grand Plus

Tap

އިތުރަށް ކިޔާލަން

ބަންގްލަދޭޝްގެ ކުރީގެ ބޮޑު ވަޒީރު ޚާލިދާ ޒިޔާގެ ޙާލު ސީރިއަސް ވެއްޖެ

ބަންގްލަދޭޝްގެ ކުރީގެ ބޮޑު ވަޒީރު ޚާލިދާ ޒިޔާގެ ޙާލު ސީރިއަސް ވެއްޖެ

30 ނޮވެމްބަރު 2025
ބަންގްލަދޭޝްގެ ކުރީގެ ލީޑަރު ޝެއިޚް ހަސީނާ އަށް މަރުގެ އަދަބު ދިނުމަށް އެދިއްޖެ

ބަންގްލަދޭޝްގެ ކުރީގެ ލީޑަރު ޝެއިޚް ހަސީނާ އަށް މަރުގެ އަދަބު ދިނުމަށް އެދިއްޖެ

17 އޮކްޓޯބަރު 2025
އަމިއްލައަށް މަރުވެގެން ދިން ހަމަލާއެއްގައި އިންޑޮނޭޝިއާގެ ޕޮލިސް ސްޓޭޝަނެއްގެ ތެރޭގައި 2 މީހަކު މަރުވެއްޖެ

އަމިއްލައަށް މަރުވެގެން ދިން ހަމަލާއެއްގައި އިންޑޮނޭޝިއާގެ ޕޮލިސް ސްޓޭޝަނެއްގެ ތެރޭގައި 2 މީހަކު މަރުވެއްޖެ

07 ޑިސެމްބަރު 2022
ހޫދުގެ މައްޗަށް ކުރާ ޓެރަރިޒަމްގެ ދައުވާގެ އަޑުއެހުންތައް ސިއްރުކުރުމަށް ނިންމައިފި

ހޫދުގެ މައްޗަށް ކުރާ ޓެރަރިޒަމްގެ ދައުވާގެ އަޑުއެހުންތައް ސިއްރުކުރުމަށް ނިންމައިފި

05 ޑިސެމްބަރު 2022
ކާބުލް އެއަރޕޯޓުގައި ބޮމުގެ ހަމަލާ ދިން މީހުންނަށް ބައިޑެންގެ ވަރުގަދަ އިންޒާރެއް

ކާބުލް އެއަރޕޯޓުގައި ބޮމުގެ ހަމަލާ ދިން މީހުންނަށް ބައިޑެންގެ ވަރުގަދަ އިންޒާރެއް

27 އޯގަސްޓު 2021

އަހަރުތަކުން މިއަދު

12 މާރިޗު
ސްވީޓް ޕޮޓޭޓޯ ކެސެރޯލް ވިތް މާޝްމެލޯސް
20251 އަހަރު ކުރިން
ލައިފް ސްޓައިލް

ސްވީޓް ޕޮޓޭޓޯ ކެސެރޯލް ވިތް މާޝްމެލޯސް

އަންހެނުންގެ ދުވަސް ނިމި މުއާލާތް ކެނޑުނުއިރުވެސް އެ ވާހަކަދައްކަވަން އެމަނިކުފާނަށް ކެރިވަޑައިނުގަތެވެ.
20242 އަހަރު ކުރިން
ރިޕޯޓު

އަންހެނުންގެ ދުވަސް ނިމި މުއާލާތް ކެނޑުނުއިރުވެސް އެ ވާހަކަދައްކަވަން އެމަނިކުފާނަށް ކެރިވަޑައިނުގަތެވެ.

އިވުނީ މީހެއް ހަޅޭކުގެ އަޑު، ދެން ފެނުނީ ވެއްޓިފައި އޮއްވާ!
20233 އަހަރު ކުރިން
ރިޕޯޓު

އިވުނީ މީހެއް ހަޅޭކުގެ އަޑު، ދެން ފެނުނީ ވެއްޓިފައި އޮއްވާ!

ރާފިލްގެ ފަހު މެސެޖް ''އައްސަލާމް އަލައިކުމް ސަރ، އަޅުގަނޑު ވަރަށް ގަދައަށް ހުން އައިސްގެން މިއުޅެނީ''
20224 އަހަރު ކުރިން
ރިޕޯޓު

ރާފިލްގެ ފަހު މެސެޖް ''އައްސަލާމް އަލައިކުމް ސަރ، އަޅުގަނޑު ވަރަށް ގަދައަށް ހުން އައިސްގެން މިއުޅެނީ''

ކަސްރަތުކޮށް ނިމިގެން ދާއިރު މާސްކް އަޅައިގެން ދިއުމަށް ފުލުހުން އިލްތިމާސްކޮށްފި
20215 އަހަރު ކުރިން
ރާއްޖެ

ކަސްރަތުކޮށް ނިމިގެން ދާއިރު މާސްކް އަޅައިގެން ދިއުމަށް ފުލުހުން އިލްތިމާސްކޮށްފި

ޔާމީންގެ އެއްވެސް ކެންޑިޑޭޓަކަށް ތާއީދެއް ނުކުރާނަން: މިނިސްޓަރު އައިޝާ
20197 އަހަރު ކުރިން
ރާއްޖެ

ޔާމީންގެ އެއްވެސް ކެންޑިޑޭޓަކަށް ތާއީދެއް ނުކުރާނަން: މިނިސްޓަރު އައިޝާ

ޖެނެރަލް ޝިޔާމް މާފަށް އެދި ތައުބާވުމަށް ރުކުމާ ގޮވާލައްވައިފި
20188 އަހަރު ކުރިން
ރާއްޖެ

ޖެނެރަލް ޝިޔާމް މާފަށް އެދި ތައުބާވުމަށް ރުކުމާ ގޮވާލައްވައިފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު