Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެފަތުރުވެރިކަން

ރާއްޖޭގެ ފަތުރުވެރިކަން ކުރިއަށް ދިއުމުގައި އޮތް އެންމެ ބޮޑު ގޮންޖެހުމަކީ ދަތުރުފަތުރު ކުރުމުގެ ނިޒާމް:ރައީސް

އުންމީދަކީ ދައުރު ނިމުމުގެ ކުރިން 50 ރިޒޯޓް ހުޅުވައި ޚިދުމަތް ދިނުން

ސަހުބާން  ފަހުމީ
ސަހުބާން ފަހުމީ | 27 ސެޕްޓެމްބަރު 2017 | ބުދަ 06:08
ރައީސުލްޖުމްހޫރީއްޔާ އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމް

ރައީސުލްޖުމްހޫރީއްޔާ އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމް

ދިވެހިރާއްޖޭގެ ފަތުރުވެރިކަމުގެ ޞިނާޢަތް ކުރިއަށް ދިއުމުގައި ކުރިމަތިވާ އެންމެބޮޑު އެއް ގޮންޖެހުމަކީ، ދަތުރުފަތުރުގެ ނިޒާމުކަމުގައި ރައީސުލްޖުމްހޫރީއްޔާ އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމް ވިދާޅުވެއްޖެއެވެ.

ދުނިޔޭގެ ފަތުރުވެރިކަމުގެ ދުވަހުގެ މުނާސަބަތުގައި ރާއްޖޭގެ ރައްޔިތުންނަށް ފޮނުއްވި ތަހުނިޔާގެ ޚިޠާބުގައި ރައީސް ޔާމީން ވިދާޅުވީ ރާއްޖޭގެ ފަތުރުވެރިކަމުގެ ސިޔާސަތު ކުރިއެރުވުމަށްޓަކައި ދިމާވެފައިވާ ދަތުރުފަތުރު ކުރުމުގެ ނިޒާމަށް ހައްލެއް ހޯދުމަށް ދިވެހިރާއްޖޭގެ އެކި ކަންކޮޅުތަކުން ޑޮމެސްޓިކް އެއަރޕޯޓު، ތަރައްޤީ ކުރުމަށް އިންވެސްޓަރުންނަށް ދޫކޮށްފައިވާ ކަމަށެވެ.

Advertisement - newsAdvertisement

ފަތުރުވެރިކަމުގެ ޞިނާޢަތުން ރާއްޖެއަށާއި ރާއްޖޭގެ ރައްޔިތުންނަށް ލާބައާއި މަންފާ ހޯދައިދިނުމަށްޓަކައި، ސަރުކާރުން ކުރައްވަމުން ގެންދަވާ މަސައްކަތުގެ ދަށުން ފަތުރުވެރިކަމުން ސީދާގޮތެއްގައި ފައިދާ ލިބިދޭ ފަރާތްތައް އިތުރުކުރުމުގެ ގޮތުން އަމިއްލަ ފަރުދުންނަށާއި، ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަށް ފުރުޞަތުތަކެއް ހުޅުވައިލެވިފައިވާ ކަމަށް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

ހަމައެހެންމެ މި މަސައްކަތްތަކުގެ ތެރެއިން ދިވެހިރާއްޖެއަށް ޒިޔާރަތްކުރާ ފަތުރުވެރިންނަށް ޚިދުމަތް ފޯރުކޮށްދިނުމަށް މިދައުރުގެ ތެރޭގައި 50 ރިޒޯޓެއް ހުޅުވައި، އެތަންތަނުން ޚިދުމަތް ދޭން ފެށުމަކީ، އެމަނިކުފާނުގެ ވަރަށް ބޮޑު އުންމީދެއްކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

ރައީސްގެ ހިތޯބުގައި ވިދާޅުވީ ދުނިޔޭގެ ފަތުރުވެރިކަމާބެހޭ ޖަމްޢިއްޔާއިން މި އަހަރުގެ ފަތުރުވެރިކަމުގެ ދުވަހުގެ ޝިޢާރުގެ ގޮތުގައި ކަނޑައަޅާފައިވާ ޝިޢާރު ކަމަށްވާ ''ދެމެހެއްޓެނިވި ފަތުރުވެރިކަން – ތަރައްޤީއަށް ވަސީލަތެއް'' މި ޝިޢާރަކީ، ރާއްޖޭގެ ފަތުރުވެރިކަން ތަރައްޤީކޮށް ކުރިއަށް ގެންދިޔުމުގައި އަދި ރާއްޖޭގެ ފަތުރުވެރިކަމުގެ ޞިނާޢަތަށް ބަލާއިރު ވެސް ވަރަށް މުހިންމު ޝިޢާރެއްކަމުގައި ވިދާޅުވިއެވެ.

މީގެއިތުރުން ރައީސް ޔާމީން ވިދާޅުވީ ދުނިޔޭގެ ފަތުރުވެރިކަމުގެ ދުވަސް ރާއްޖޭގައި މި އަހަރު ފާހަގަކުރާއިރު، މި ކުރު މުއްދަތުގެ ތެރޭގައި ރާއްޖޭގެ ފަތުރުވެރިކަމުގެ ޞިނާޢަތް ހޯދާފައިވާ ކުލަގަދަ ކާމިޔާބީތަކާއި ރަން ވަނަތަކަކީ، އެއާމެދު ކޮންމެ ދިވެއްސަކުވެސް އުފާކުރުން ޙައްޤު، ފަޚުރުވެރިވުން ޙައްޤު ވަނަތަކެއްކަން ކަމަށެވެ. އަދި، މި ޞިނާޢަތު ކުރިއެރުވުމަށް މަސައްކަތް ކުރާ މޯލްޑިވްސް އެސޯސިއޭޝަން އޮފް ޓޫރިޒަމް އިންޑަސްޓްރީ (މަޓީ) އަށާއި، ފަތުރުވެރިކަމާ ގުޅޭ އެންމެހައި ޖަމްޢިއްޔާތަކާއި ޖަމާޢަތްތަކުގެ ހީވާގި ހިންގުންތެރިންނަށާއި، އަދި ފަތުރުވެރިކަމުގެ ޞިނާޢަތާ ސީދާގޮތުންނާއި ނުސީދާގޮތުން ގުޅި ލާމެހިފައިވާ ހުރިހާ ފަރާތްތަކުން ކުރައްވާ ގިނަގުނަ މަސައްކަތްތައް އެމަނިކުފާނު ފާހަގަކުރައްވާ، ޝުކުރު ދަންނަވައި ތަހުނިޔާ އަރިސްކުރެއްވިއެވެ.

އިތުރަށް ކިޔާލަން

23 ޖެނުއަރީ 2017

ސައިކަލެއްގެ ތެރޭގައި އޮތް ފޯނެއް ވަގަށްނެގި މީހަކު ހޯދަން އިއުލާން ކޮށްފި

23 ޖެނުއަރީ 2017
ސައިކަލެއްގެ ތެރޭގައި އޮތް ފޯނެއް ވަގަށްނެގި މީހަކު ހޯދަން އިއުލާން ކޮށްފި
22 ޖެނުއަރީ 2017

ހައި ކޯޓަށް ހުށަހެޅި މެރީޑިއަމްގެ މައްސަލަ ކުރިއަށް ނުދޭ:އެމްޕީއެލް

22 ޖެނުއަރީ 2017
ހައި ކޯޓަށް ހުށަހެޅި މެރީޑިއަމްގެ މައްސަލަ ކުރިއަށް ނުދޭ:އެމްޕީއެލް
19 ޖެނުއަރީ 2017

46.9 މިލިއަން ރުފިޔާ ހޯދުމަށް ސްޓެލްކޯއާ ދެކޮޅަށް ކުރި ދައުވާ ކުރިއަށް ނުގެންދެވޭނެ: ސިވިލް ކޯޓް

19 ޖެނުއަރީ 2017
46.9 މިލިއަން ރުފިޔާ ހޯދުމަށް ސްޓެލްކޯއާ ދެކޮޅަށް ކުރި ދައުވާ ކުރިއަށް ނުގެންދެވޭނެ: ސިވިލް ކޯޓް
16 ޖެނުއަރީ 2017

ޝުމްބާގެ ޝަރީއަތް ކުރިއަށް ނުގެންދާތާ 11 މަސް، އަދިވެސް ޖަލުގައި

16 ޖެނުއަރީ 2017
ޝުމްބާގެ ޝަރީއަތް ކުރިއަށް ނުގެންދާތާ 11 މަސް، އަދިވެސް ޖަލުގައި
16 ޖެނުއަރީ 2017

އިންސާނީ ވަގުފާރީގެ މައްސަލަތަކާއި ގުޅޭގޮތުން މަޢުލޫމާތު ދިނުމުގެ ސެޝަނެއް ކުރިއަށް ގެންގޮސްފި

16 ޖެނުއަރީ 2017
އިންސާނީ ވަގުފާރީގެ މައްސަލަތަކާއި ގުޅޭގޮތުން މަޢުލޫމާތު ދިނުމުގެ ސެޝަނެއް ކުރިއަށް ގެންގޮސްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު