Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެގަން

ގަމަށް ހުރިހާ ސަރުކާރަކުން ވެސް ވަނީ އިހުމާލު، އަދިވެސް ފުރިހަމަ ގޮތުގައި އެންމެ އަސާސީ ޚިދުމަތްތައް ގާއިމް ނުކުރެވޭ: ކުރީގެ ކައުންސިލް ރައީސް ޒަކީ

ގަމުގެ އާބާދީ އިތުރުވަމުންދިޔަ ނަމަވެސް، ފެނާއި ނަރުދަމާ ފަދަ އަސާސީ ޚިދުމަތްތައް އެކަށީގެންވާ ގޮތެއްގައި ފޯރުކޮށްނުދެވޭތީ އާންމުންގެ ޝަކުވާ ބޮޑުވެފައިވާ ކަމަށް އެ ރަށު ކައުންސިލްގެ ކުރީގެ ރައީސް ޒަކީ ވިދާޅުވި. ޚިދުމަތްދޭ ކުންފުނިތަކުގެ ގާބިލުކަން ނެތުމުގެ ސަބަބުން ބައެއް ރައްޔިތުންނަށް ޚިދުމަތް ހޯދަން ކޯޓަށް ދާންޖެހިފައިވާކަން ފާހަގަކުރައްވައި، ލާމަރުކަޒީ ނިޒާމު ބަލިކަށިވުމުގެ ސަބަބުން ރަށުގެ ތަރައްގީއަށް ބޮޑެތި ހުރަސްތަކެއް ކުރިމަތިވެފައިވާ ކަމަށް އޭނާ ވިދާޅުވި.

އަމްނާ އިމާދު
އަމްނާ އިމާދު | 17 ޖޫން 2026 | ބުދަ 13:03
ބުދަ ދުވަހުގެ ފަށާއިރު ޕްރޮގްރާމްގައި ގަމު ކައުންސިލްގެ ކުރީގެ ރައީސް އަހުމަދު ޒަކީ ވާހަކަ ދައްކަވަނީ.

ބުދަ ދުވަހުގެ ފަށާއިރު ޕްރޮގްރާމްގައި ގަމު ކައުންސިލްގެ ކުރީގެ ރައީސް އަހުމަދު ޒަކީ ވާހަކަ ދައްކަވަނީ. | ރާއްޖެއެމްވީ

ލ. ގަމަށް އެއްވެސް ސަރުކާރަކަށް ބެލިފައިނުވާ ކަމަށާއި، ރައްޔިތުންނަށް ބޭނުންވާ ޚިދުމަތްތައް އަދިވެސް ފުރިހަމަ ގޮތުގައި ގާއިމް ނުކުރެވޭ ކަމަށް ގަމު ކައުންސިލްގެ ކުރީގެ ރައީސް އަހުމަދު ޒަކީ ވިދާޅުވެއްޖެ އެވެ. 

ބުދަ ދުވަހުގެ ފަށާއިރު ޕްރޮގްރާމްގައި ޒަކީ ވިދާޅުވީ ގަމަކީ ރާއްޖޭގެ ރަށްތަކުގެ ތެރެއިން އެންމެ ބޮޑު ބިން އޮންނަ ރަށް ކަމަށާއި، އާބާދީ އެއް ދުވަހުން އަނެއް ދުވަހަށް އިތުރުވަމުންދާ ކަމަށެވެ.

ނަމަވެސް ރައްޔިތުންނަށް ބޭނުންވާ ޚިދުމަތްތައް ރަށުގައި ގާއިމް ނުކުރެވޭ ކަމަށާއި، ޝަކުވާ އިންތިހާއަށް ބޮޑު ކަމަށެވެ. 

ސަރުކާރުތަކުން ވަރަށް ބޮޑަށް އިހުމާލުވާކަން ފާހަގަކުރައްވައި ޒަކީ ވިދާޅުވީ އެއްވެސް ސަރުކާރަކަށް ގަން ބެލިފައިނުވާ ކަމަށާއި، އެންމެ އަސާސީ ޚިދުމަތްތައް އަދިވެސް ނުލިބޭ ކަމަށެވެ. 

އެގޮތުން އަދިވެސް ފެނާއި ނަރުދަމާ ކަރަންޓުގެ ޚިދުމަތް އެދެވޭ ގޮތުގައި ނުދެވޭ ކަމަށާއި، އަލަށް ދޫކުރާ ގޯތިތަކަށް މި ޚިދުމަތްތައް ގާއިމް ކުރުމަށް ވަރަށް ބޮޑަށް ދަތިވާ ކަމަށް އޭނާ ވިދާޅުވި އެވެ. ޒަކީ ވިދާޅުވީ ބައެއް ގޯތިތަކަށް ޚިދުމަތް ހޯދުމަށް އެމީހުން ކޯޓަށް މައްސަލަ ހުށަހަޅައި، ކޯޓުން އެކަންކަން ކޮށްފައިވާ ކަމަށެވެ. އަދި ވިދާޅުވީ ކޯޓާ ހިސާބަށް މި ފަދަ މައްސަލަތައް ދިއުމަކީ ވަރަށް ދެރަވަރުގެ ކަންކަން ކަމަށެވެ. 

ގަމާއި ދޭތެރޭގައި އެއްވެސް ވަރަކަށް އެއްވެސް ސަރުކާރަކުން ބެލިފައިނެތް އެނގޭތޯ. ޚާއްސަކޮށް ވަރަށް ބޮޑެތި ހުވަފެންތަކެއް އައިސްގެން ރައްޔިތުން މިތިބެނީ ކަންކަމަށް އެދި. އެހެނަސް އަޅުގަނޑުމެންގެ މިރަށުގައި މިހާރު މިއޮތް އާބާދީއަށް ވެސް އަދި މި އާބާދީ ބޮޑު ކުރަން އޮތް ތަނަށް ވެސް އެއްވެސް ފުރުސަތެއް ނެތް. ކަންކަން ހުއްޓިފައި މަޑު ޖެހިފައި އޮންނަތަން މިފެންނަނީ. 
ގަމު ކައުންސިލްގެ ކުރީގެ ރައީސް އަހުމަދު ޒަކީ

ޒަކީ ވިދާޅުވީ، ރައްޔިތުންނަށް އަސާސީ ޚިދުމަތްތައް ދޭން ހުންނަ ކުންފުނިތަކުގެ ކެޕޭސިޓީ ނުހުންނަ ކަމަށާއި، މަސައްކަތްތައް އެކަށީގެންވާ ގޮތުގައި ކުރިއަށް ނުގެންދެވޭ ކަމަށެވެ. އަދި އެރަށުގައި ގާއިމް ކޮށްފައިވާ ނަރުދަމާ ނިޒާމު ހަލާކުވެފައިވާ ކަމަށާއި، ހަލާކުވީ ރަނގަޅަށް މެއިންޓަނަންސް މަސައްކަތް ނުކުރެވުމުން ކަމަށް އޭނާ ވިދާޅުވި އެވެ. 

މީގެ އިތުރުން ޒަކީ ވިދާޅުވީ މިސަރުކާރާއެކު ލާމަރުކަޒީ ނިޒާމު ހަލާކު ކޮށްލާފައިވާ ކަމާށާއި، އެހެންކަމުން ރައްޔިތުންނާ ގާތުން ޚިދުމަތް ދިނުމަށް ވެސް ދަތިވެފައިވާ ކަމަށެވެ. ނަމަވެސް މިފަދަ މައްސަލަތައް ހައްލު ކުރުމަށްޓަކައި ކައުންސިލުން ކުރަން ޖެހޭ ހުރިހާ މަސައްކަތެއް ކޮށް ކަމާބެހޭ އިދާރާތަކަށް މައްސަލަ ހުށަހަޅާފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.

ގަންއަހުމަދު ޒަކީލާމަރުކަޒީ ނިޒާމު

އިތުރަށް ކިޔާލަން

17 ޖޫން 2026

ގަމުގައި މިވަގުތު އޮތް އެންމެ ބޮޑު ގޮންޖެހުމަކީ ސިއްޙީ ނިޒާމު ބަލިކަށިވެ، ރައްޔިތުންނަށް އެކަށީގެންވާ ފަރުވާ ލިބުމުގައި ހުރި ހުރަސްތައް: ކައުންސިލު ރައީސް

17 ޖޫން 2026
ގަމުގައި މިވަގުތު އޮތް އެންމެ ބޮޑު ގޮންޖެހުމަކީ ސިއްޙީ ނިޒާމު ބަލިކަށިވެ، ރައްޔިތުންނަށް އެކަށީގެންވާ ފަރުވާ ލިބުމުގައި ހުރި ހުރަސްތައް: ކައުންސިލު ރައީސް
28 މެއި 2026

ގަމުގައި ކަރަންޓު ޖެހިގެން ހާލުދެރަވި 14 އަހަރުގެ ކުއްޖާއަށް ފަރުވާ ދެމުންދަނީ ވެންޓިލޭޓަރުގައި

28 މެއި 2026
ގަމުގައި ކަރަންޓު ޖެހިގެން ހާލުދެރަވި 14 އަހަރުގެ ކުއްޖާއަށް ފަރުވާ ދެމުންދަނީ ވެންޓިލޭޓަރުގައި
21 މެއި 2026

އަތޮޅު އޮފީސްތަކަށް ކިޔާނެ ނަމެއް ނުނިންމިގެން އެތައް ޚިދުމަތެއް ހުއްޓިފައި!

21 މެއި 2026
އަތޮޅު އޮފީސްތަކަށް ކިޔާނެ ނަމެއް ނުނިންމިގެން އެތައް ޚިދުމަތެއް ހުއްޓިފައި!
19 މެއި 2026

އަޅުގަނޑުގެ މަސްއޫލިއްޔަތު ވަރަށް ސާފު، އެއީ މި ވެރިކަން ބަދަލުކުރުން: ރައީސް ނަޝިދު

19 މެއި 2026
އަޅުގަނޑުގެ މަސްއޫލިއްޔަތު ވަރަށް ސާފު، އެއީ މި ވެރިކަން ބަދަލުކުރުން: ރައީސް ނަޝިދު
19 މެއި 2026

ގޮނޑުދޮށް ހިމާޔަތްކުރުމާއި ގުޅޭ ޤައުމީ ސިޔާސަތެއް ދަނީ އެކުލަވާލަމުން: މިނިސްޓަރ

19 މެއި 2026
ގޮނޑުދޮށް ހިމާޔަތްކުރުމާއި ގުޅޭ ޤައުމީ ސިޔާސަތެއް ދަނީ އެކުލަވާލަމުން: މިނިސްޓަރ
17 މެއި 2026

މާލޭ ސިޓީ ކައުންސިލުން ނިންމާ ނިންމުންތަކުގެ އަސަރު މުޅި ރާއްޖޭގެ އިންތަކަށް ފޯރާނެ: އާޒިމް

17 މެއި 2026
މާލޭ ސިޓީ ކައުންސިލުން ނިންމާ ނިންމުންތަކުގެ އަސަރު މުޅި ރާއްޖޭގެ އިންތަކަށް ފޯރާނެ: އާޒިމް
05 މެއި 2026

ލ. ގަމު ނަރުދަމާ ނިޒާމު ފެއިލްވެ މަގުތަކަށް ނަޖިސް ފެތުރެނީ؛ ޕަމްޕުތައް މާލެ ގެންދިޔަ ގޮތަށް ޚަބަރެއް ނުވޭ

05 މެއި 2026
ލ. ގަމު ނަރުދަމާ ނިޒާމު ފެއިލްވެ މަގުތަކަށް ނަޖިސް ފެތުރެނީ؛ ޕަމްޕުތައް މާލެ ގެންދިޔަ ގޮތަށް ޚަބަރެއް ނުވޭ
27 އެޕްރީލު 2026

ގަމުގައި އަޅަން ނިންމި މެންޓަލް ހޮސްޕިޓަލް ގެ އެއްވެސް މަސައްކަތެއް ކުރިއަށް ނުގެންގޮސް، މާލޭގައި މެންޓަލް ހޮސްޕިޓަލެއް އަޅަން ނިންމާފައިވާ ކަމަށް ރައީސް މުއިއްޒު ވިދާޅުވެއްޖެ

27 އެޕްރީލު 2026
ގަމުގައި އަޅަން ނިންމި މެންޓަލް ހޮސްޕިޓަލް ގެ އެއްވެސް މަސައްކަތެއް ކުރިއަށް ނުގެންގޮސް، މާލޭގައި މެންޓަލް ހޮސްޕިޓަލެއް އަޅަން ނިންމާފައިވާ ކަމަށް ރައީސް މުއިއްޒު ވިދާޅުވެއްޖެ
21 އެޕްރީލު 2026

ސަރުކާރުގެ ވިސްނުން ހުރީ މި ސަރުކާރުން އަލަށް ފަށާ ކަންކަން ކުރަން، މަޝްރޫޢުތައް ހުއްޓި އިތުބާރު ގެއްލުނު ހިސާބަކީ އެއީ: ފުވައްމުލަކު މޭޔަރ

21 އެޕްރީލު 2026
ސަރުކާރުގެ ވިސްނުން ހުރީ މި ސަރުކާރުން އަލަށް ފަށާ ކަންކަން ކުރަން، މަޝްރޫޢުތައް ހުއްޓި އިތުބާރު ގެއްލުނު ހިސާބަކީ އެއީ: ފުވައްމުލަކު މޭޔަރ
21 އެޕްރީލު 2026

އަތޮޅު ކައުންސިލްތައް އުވައިނުލައި، ކުރީން އޮތްގޮތައް އަނބުރައި ރުޖޫއަކުރަން މަޖިލީހަށް ހުށަހަޅައިފި

21 އެޕްރީލު 2026
 އަތޮޅު ކައުންސިލްތައް އުވައިނުލައި، ކުރީން އޮތްގޮތައް އަނބުރައި ރުޖޫއަކުރަން މަޖިލީހަށް ހުށަހަޅައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު