Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެމުއިއްޒުގެ ސަރުކާރު

ސަރުކާރުގެ ވިސްނުން ހުރީ މި ސަރުކާރުން އަލަށް ފަށާ ކަންކަން ކުރަން، މަޝްރޫޢުތައް ހުއްޓި އިތުބާރު ގެއްލުނު ހިސާބަކީ އެއީ: ފުވައްމުލަކު މޭޔަރ

ނިމިދިޔަ ސަރުކާރުން ފަށާފައިވާ މަޝްރޫޢުތައް ހުއްޓިފައި ހުރުމާއި، ލާމަރުކަޒީ ނިޒާމަށް ހުރަސްއެޅޭ ގޮތަށް ސަރުކާރުން އަމަލުކުރުމުގެ ސަބަބުން ރައްޔިތުންގެ އިތުބާރު ގެއްލިފައިވާ ކަމަށް ފުވައްމުލައް ސިޓީގެ މޭޔަރު އިސްމާޢީލް ރަފީޤް ވިދާޅުވި.

ނަޒާހަތު އިބްރާހިމް
ނަޒާހަތު އިބްރާހިމް | 21 އެޕްރީލު 2026 | އަންގާރަ 10:32
ފުވައްމުލައް ސިޓީގެ މޭޔަރ އިސްމާޢީލް ރަފީޤް ފަލަސުރުހީ ޕްރޮގްރާމްގައި ވާހަކަދައްކަވަނީ

ފުވައްމުލައް ސިޓީގެ މޭޔަރ އިސްމާޢީލް ރަފީޤް ފަލަސުރުހީ ޕްރޮގްރާމްގައި ވާހަކަދައްކަވަނީ | ރާއްޖެ އެމްވީ

ސަރުކާރުގެ ވިސްނުން ހުރީ މި ސަރުކާރުން އަލަށް ފަށާ ކަންކަން ކުރަން، މަޝްރޫޢުތައް ހުއްޓި އިތުބާރު ގެއްލުނު ހިސާބަކީ އެއީ ކަމަަށް  ފުވައްމުލަކު ސިޓީގެ މޭޔަރ އިސްމާޢީލް ރަފީޤް ވިދާޅުވެއްޖެއެވެ.

އޭނާ އެފަދައިން ވިދާޅުވީ ރާއްޖެޓީވީގެ ފަލަ ސުރުހީ ޕްރޮގްރާމްގައި ވާހަކަދައްކަވަމުންނެވެ. އޭނާ ވިދާޅުވީ ނިމިދިޔަ ސަރުކާރުން ފަށާފައިވާ އެތައް ކަމެއް ފުވައްމުލަކުގައި ވެސް ހުއްޓިފައި އެބަ ހުރި ކަމަށެވެ. ތަކުރާރުކޮށް އެދިގެން ވެސް އެ މަސައްކަތްތައް ކުރިއަށް ނުދިއުމަކީ ރައްޔިތުން އެދޭ ކަންކަން ސަރުކާރަށް ނުކޮށްދެވޭ ކަމަށް ބުނެ، ދެވޭ މެސެޖެއް ކަމަށާއި އެކަން އެހެންވާ ނަމަ ރައްޔިތުން ނުކުމެ ޖަވާބު ދޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.

މީގެ އިތުރުން އެޓޯލްސް މިނިސްޓްރީ އުފެއްދުމާއި ސިޓީ ކައުންސިލަށް ބާރު ނުހިނގާ ގޮތަށް ޕަބްލިކް ވޯކްސް އޮތުމުން މަސައްކަތްތައް ކުރުމަށް ވަރަށް ބޮޑު ގޮންޖެހުމަކަށް ވި ކަމަށް އޭނާ ވިދާޅުވި އެވެ. އުސޫލުން ބޭރުން ކަންކަން ކޮށް، ކުންފުނިތައް ވެސް ހަރުދަނާ ކުރުމުގެ ބަދަލުގައި އެތަންތަން ސިޔާސީ ކޮށްފައިވާ ކަަމަށް މޭޔަރ ވިދާޅުވި އެވެ.

"ކައުންސިލްތަކަށް އެ ބަޖެޓް ދީގެން އެކަން މާ ރަނގަޅަށް ކުރެވޭނެ. މިނިސްޓްރީތައް ހަދައިގެން ސިޔާސީ ވަޒީފާ ދޭން ސިޔާސީ ހަތިޔާރަކަށް އެކަން ބޭނުން ކުރީ. މަސައްކަތްތައް ކުރުމުގައި ފަހިވާ ގޮތަކަށް ނޫން އެކަން ހުރީކީ." މޭޔަރ ވިދާޅުވި އެވެ.

މީގެ އިތުރުން، ސަރުކާރަށް ކައުންސިލް އިންތިޚާބު ނާކާމިޔާބުވި އެންމެ ބޮޑު އެއް ސަބަބަކީ ލާމަރުކަޒީ ނިޒާމް ފުނޑާލަން އުޅުމާއި ކައުންސިލްތައް ބަދުނާމުކުރަން ސަރުކާރުން ކުރި މަސައްކަތްތައް ކަމަށް އޭނާ ވިދާޅުވި އެވެ. މީގެ އިތުރުން ކައުންސިލްތަކަށް މީހުން ނެގުމަށް ވެސް ސަރުކާރުން ހުރަސް އެޅިކަން އޭނާ ވަނީ ފާހަގަކުރައްވާފަ އެވެ. އެފަދަ ހުރިހާ ކަމަކާއި މެދު އާއްމުން ތިބީ މާޔޫސްވެފައި ކަމަށް އޭނަ ވަނީ ވިދާޅުވެފަ އެވެ.

އިސްމާއިލް ރަފީޤުފުވައްމުލައް ސިޓީފަލަސުރުޚީލާމަރުކަޒީ ނިޒާމު

އިތުރަށް ކިޔާލަން

21 އެޕްރީލު 2026

އަތޮޅު ކައުންސިލްތައް އުވައިނުލައި، ކުރީން އޮތްގޮތައް އަނބުރައި ރުޖޫއަކުރަން މަޖިލީހަށް ހުށަހަޅައިފި

21 އެޕްރީލު 2026
 އަތޮޅު ކައުންސިލްތައް އުވައިނުލައި، ކުރީން އޮތްގޮތައް އަނބުރައި ރުޖޫއަކުރަން މަޖިލީހަށް ހުށަހަޅައިފި
18 އެޕްރީލު 2026

ކައުންސިލް އިންތިޚާބާއި ޑަބްލިއުޑިސީ އިންތިޚާބުގެ ދެވަނަ ބުރު: 47 އިންސައްތަ މީހުން ވޯޓު ލައިފި

18 އެޕްރީލު 2026
ކައުންސިލް އިންތިޚާބާއި ޑަބްލިއުޑިސީ އިންތިޚާބުގެ ދެވަނަ ބުރު: 47 އިންސައްތަ މީހުން ވޯޓު ލައިފި
17 އެޕްރީލު 2026

ކައުންސިލް އިންތިޚާބުގެ ދެވަނަ ބުރު މާދަމާ: ވޯޓު ލާނީ މާލެ އާއި ދެވަނަ ބުރުގެ ވޯޓުލާ ރަށްރަށުގައި އެކަނި

17 އެޕްރީލު 2026
ކައުންސިލް އިންތިޚާބުގެ ދެވަނަ ބުރު މާދަމާ: ވޯޓު ލާނީ މާލެ އާއި ދެވަނަ ބުރުގެ ވޯޓުލާ ރަށްރަށުގައި އެކަނި
15 އެޕްރީލު 2026

މިނިސްޓަރު މުއްތަލިބެވެ. މޭޔަރުން ފޭލްވި ނަމަ، ރައްޔިތުން އެ ބޭފުޅުން އަލުން އިންތިޚާބެއް ނުކުރީހެވެ.

15 އެޕްރީލު 2026
މިނިސްޓަރު މުއްތަލިބެވެ. މޭޔަރުން ފޭލްވި ނަމަ، ރައްޔިތުން އެ ބޭފުޅުން އަލުން އިންތިޚާބެއް ނުކުރީހެވެ.
15 އެޕްރީލު 2026

އަތޮޅު ކައުންސިލު އުވާލައި، އަތޮޅުތައް ހިންގަން އުފެއްދި މިނިސްޓްރީ ވެސް އުވާލައިފި، ވީމާ އަތޮޅުތައް އިދާރީ ދާއިރާއެއްގެ ގޮތުގައި ހިންގުމަށް ޤާނޫނީ ހުސްކަމެއް އަންނާނެ: ސުއޫދު

15 އެޕްރީލު 2026
އަތޮޅު ކައުންސިލު އުވާލައި، އަތޮޅުތައް ހިންގަން އުފެއްދި މިނިސްޓްރީ ވެސް އުވާލައިފި، ވީމާ އަތޮޅުތައް އިދާރީ ދާއިރާއެއްގެ ގޮތުގައި ހިންގުމަށް ޤާނޫނީ ހުސްކަމެއް އަންނާނެ: ސުއޫދު
12 އެޕްރީލު 2026

ރަށްތަކާއި، ފަޅުތައް ހިއްކި ނަމަވެސް އެމަޝްރޫއުތަކުން އުފަލެއް ނެތްކަން ރައްޔިތުން ގަބޫލުކުރޭ: މެންބަރު ޒިޔާދު

12 އެޕްރީލު 2026
ރަށްތަކާއި، ފަޅުތައް ހިއްކި ނަމަވެސް އެމަޝްރޫއުތަކުން އުފަލެއް ނެތްކަން ރައްޔިތުން ގަބޫލުކުރޭ: މެންބަރު ޒިޔާދު
11 އެޕްރީލު 2026

އެމްޑީޕީ ސަރުކާރުން ތުޅާދޫގައި އެޅި 100 ހައުސިން ޔުނިޓަށް ހުށަހެޅުމުގެ މުއްދަތު އިތުރުކޮށްފި

11 އެޕްރީލު 2026
އެމްޑީޕީ ސަރުކާރުން ތުޅާދޫގައި އެޅި 100 ހައުސިން ޔުނިޓަށް ހުށަހެޅުމުގެ މުއްދަތު އިތުރުކޮށްފި
11 އެޕްރީލު 2026

ދިވެހިންގެ ކުރިމަތީގައި ރައީސް މުއިއްޒަށް ތާއީދު އޮތީ އެންމެ 30 އިންސައްތަ އަށް: ނިޔާޒް

11 އެޕްރީލު 2026
ދިވެހިންގެ ކުރިމަތީގައި ރައީސް މުއިއްޒަށް ތާއީދު އޮތީ އެންމެ 30 އިންސައްތަ އަށް: ނިޔާޒް
10 އެޕްރީލު 2026

ހޮނިހިރު ދުވަހު ބޭއްވި އިންތިޚާބުތަކުގެ ނަތީޖާ ހޮނިހިރު ދުވަހު އިއުލާންކުރަނީ

10 އެޕްރީލު 2026
ހޮނިހިރު ދުވަހު ބޭއްވި އިންތިޚާބުތަކުގެ ނަތީޖާ ހޮނިހިރު ދުވަހު އިއުލާންކުރަނީ
05 އެޕްރީލު 2026

ސިޓީތަކުން ޕީއެންސީއަށް ލިބުނީ 4 ގޮނޑި، އެމްޑީޕީއަށް 47 ގޮނޑި

05 އެޕްރީލު 2026
ސިޓީތަކުން ޕީއެންސީއަށް ލިބުނީ 4 ގޮނޑި، އެމްޑީޕީއަށް 47 ގޮނޑި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު