Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެޣައްޒާ ހަނގުރާމަ

ފްލޮޓިލާގެ އެކްޓިވިސްޓުންނަށް ބެން-ގްވީރު މަލާމާތް ކުރުމުން، ބައިނަލްއަޤުވާމީ މުޖުތަމައުގެ ފާޑު ކިޔުން

ބުދަ ދުވަހު އެކްސްގައި އާންމުކުރި މި ވީޑިއޯ އިން ފެންނަނީ އަތްފަ ބަނދެ، ބޯ ބިމުގައި ޖައްސައިގެން ކަކޫ މައްޗަށް ތިރިކޮށްފައި ތިބި އެކްޓިވިސްޓުންގެ ކައިރީގައި ހުރެ ބެން-ގްވީރު އެމީހުންނަށް ފުރައްސާރަ ކުރާ މަންޒަރު.

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 21 މެއި 2026 | ބުރާސްފަތި 08:52
އިޒްރޭލްގެ ހަރުކަށި ފިކުރުގެ ނޭޝަނަލް ސެކިއުރިޓީ މިނިސްޓަރު އިތަމާރު ބެން-ގްވީރު އާންމުކުރި ވީޑިއޯ އަކުން ނަގާފައިވާ މި ފޮޓޯ އިން ފެންނަނީ، އިޒްރޭލް އިން ހިފަހައްޓާފައިވާ ގާޒާ ފްލޮޓިލާގެ އެކްޓިވިސްޓުން ތަކެއް ބިމުގައި ކަކޫ ޖައްސައިގެން ތިބޭ މަންޒަރު.

އިޒްރޭލްގެ ހަރުކަށި ފިކުރުގެ ނޭޝަނަލް ސެކިއުރިޓީ މިނިސްޓަރު އިތަމާރު ބެން-ގްވީރު އާންމުކުރި ވީޑިއޯ އަކުން ނަގާފައިވާ މި ފޮޓޯ އިން ފެންނަނީ، އިޒްރޭލް އިން ހިފަހައްޓާފައިވާ ގާޒާ ފްލޮޓިލާގެ އެކްޓިވިސްޓުން ތަކެއް ބިމުގައި ކަކޫ ޖައްސައިގެން ތިބޭ މަންޒަރު. | ސޯޝަލް މީޑިއާ

ޣައްޒާ އަށް އެހީ ހިފައިގެން ދަތުރު ކުރި ފްލޮޓިލާގެ އެކްޓިވިސްޓުން ހައްޔަރުކޮށް، އެމީހުންނަށް އިޒްރޭލުގެ ހަރުކަށި ފިކުރުގެ ނޭޝަނަލް ސެކިއުރިޓީ މިނިސްޓަރު އިތަމާރު ބެން-ގްވީރު މަލާމާތް ކުރާ މަންޒަރު ފެންނަ ވީޑިއޯއެއް އާންމުވުމާ ގުޅިގެން، ބައިނަލްއަގުވާމީ މުޖުތަމައުގެ ބޮޑެތި ފާޑު ކިޔުން ތަކެއް އިޒްރޭލް އަށް އަމާޒު ވެއްޖެ އެވެ.

ބުދަ ދުވަހު އެކްސްގައި އާންމުކުރި މި ވީޑިއޯ އިން ފެންނަނީ އަތްފައި ބަނދެ، ބޯ ބިމުގައި ޖައްސައިގެން ކަކޫ މައްޗަށް ތިރިކޮށްފައި ތިބި އެކްޓިވިސްޓުންގެ ކައިރީގައި ހުރެ ބެން-ގްވީރު އެމީހުންނަށް ފުރައްސާރަ ކުރާ މަންޒަރެވެ.

މި އަމަލާ ގުޅިގެން އިޓަލީގެ ބޮޑުވަޒީރު ޖޯޖިއާ މެލޯނީ ވަނީ އެކްޓިވިސްޓުންނާ މެދު ކަންތައް ކުރި ގޮތަކީ ބަލައި ގަނެވޭނެ ކަމެއް ނޫން ކަމަށް ވިދާޅުވެފަ އެވެ. މެލޯނީ ނެރުއްވި ބަޔާނެއްގައި ވިދާޅުވީ، އިންސާނީ ކަރާމާތަށް އުނިކަން ލިބޭ ގޮތަށް އިޓަލީގެ ގިނަ ރައްޔިތުން ތަކެއް ހިމެނޭހެން، އެކްޓިވިސްޓުންނާ މެދު މިފަދަ އިހާ ނެތި ގޮތަކަށް އަމަލު ކުރުމަކީ ކެތް ކުރެވޭނެ ކަމެއް ނޫން ކަމަށެވެ. މި މައްސަލައިގައި ރަސްމީކޮށް ސުވާލު ކުރުމަށް އިޓަލީގެ ފޮރިން މިނިސްޓްރީ އިން ވަނީ އިޒްރޭލް އިން އެ ގައުމަށް ކަނޑަ އަޅާފައި ހުންނަ ސަފީރު ހާޒިރު ކޮށްފަ އެވެ.

ފްރާންސް އިން ވެސް ވަނީ މި ވީޑިއޯ ކުށްވެރިކޮށް، އެ ގައުމުގެ ރައްޔިތުންނަށް އިހުތިރާމް ކުރުމަށާއި، ވީ އެންމެ އަވަހަކަށް އެމީހުން މިނިވަން ކުރުމަށް ގޮވާލާފަ އެވެ. ފްރާންސްގެ ފޮރިން މިނިސްޓަރު ޖީން ނޮއެލް ބަރޮޓް ވިދާޅުވީ، "ގްލޯބަލް ސުމޫދު" ފްލޮޓިލާގެ ފަސިންޖަރުންނާ މެދު ބެން-ގްވީރު އަމަލުކުރި ގޮތަކީ ބަލައި ގަނެވޭނެ ކަމެއް ނޫން ކަމަށާއި، އެކަން އިޒްރޭލު ސަރުކާރުގެ ބައެއް ވަޒީރުން ވެސް ކުށްވެރި ކޮށްފައިވާ ކަމަށެވެ. މި މައްސަލައިގައި ފްރާންސް އިން ވެސް ވަނީ އިޒްރޭލްގެ ސަފީރު ހާޒިރު ކޮށްފަ އެވެ.

ސްޕެއިންގެ ފޮރިން މިނިސްޓަރު ހޯސޭ މެނުއަލް އަލްބަރޭޒް ޖަރުމަނުގެ ބާލިންގައި ހުންނަވައި ވިދާޅުވީ، އެކްޓިވިސްޓުންނާ މެދު އަމަލު ކުރި ގޮތަކީ ވަރަށް އަނިޔާވެރި، ލަދުވެތި އަދި އިންސާނިއްޔަތާ ހިލާފު އަމަލެއް ކަމަށެވެ. ސްޕެއިންގެ ބޮޑުވަޒީރު ޕެޑްރޯ ސަންޗޭޒް ވިދާޅުވީ، އެ ގައުމުގެ ރައްޔިތުންނަށް އިހާނެތިކޮށް ހިތުމަކީ ބަލައި ގަންނާނެ ކަމެއް ނޫން ކަމަށާއި، ބެން-ގްވީރު ސްޕެއިން އަށް ވަނުން މަނާ ކޮށްފައި އޮތް އޮތުން މުޅި ޔޫރަޕްގެ އިއްތިހާދަށް ފުޅާ ކުރުމަށް މަސައްކަތް ކުރައްވާނެ ކަމަށެވެ.

އަޔަލޭންޑްގެ ފޮރިން މިނިސްޓަރު ހެލެން މެކެންޓީ ވިދާޅުވީ، އެ ވީޑިއޯ ފެނުމުން ވަރަށް ބޮޑު ސިހުމެއް ލިބިވަޑައި ގެންނެވި ކަމަށާއި، "ޣައިރު ގާނޫނީ ގޮތުން" ހައްޔަރު ކޮށްފައިވާ އެކްޓިވިސްޓުން ވަގުތުން މިނިވަން ކުރުމަށް ގޮވާލާ ކަމަށެވެ. ހައްޔަރު ކުރި މީހުންގެ ތެރޭގައި އަޔަލޭންޑްގެ ރައީސް ކެތަރިން ކޮނޮލީގެ އާއިލާ ބޭފުޅަކު ވެސް ހިމެނެ އެވެ. ތުރުކީގެ ފޮރިން މިނިސްޓްރީ އިން ބުނީ ބެން-ގްވީރުގެ މި އަމަލުން، އިޒްރޭލްގެ ބޮޑު ވަޒީރު ބެންޖަމިން ނަތަންޔާހޫގެ ސަރުކާރުގެ އަނިޔާވެރި އަދި ޖާހިލު ވިސްނުން އަނެއްކާ ވެސް ދުނިޔެ އަށް ހާމަވެއްޖެ ކަމަށެވެ.

ނެދަލޭންޑްސްގެ ފޮރިން މިނިސްޓަރު ޓޮމް ބެރެންޑްސަން ވެސް ވަނީ މި އަމަލަކީ އިންސާނީ ކަރާމާތާ ހިލާފު ކަމެއް ކަމަށް ވިދާޅުވެ، އިޒްރޭލުގެ ފޮރިން މިނިސްޓަރު ގިޑިއޯން ސާރްއާ އެކަން ހިއްސާ ކުރައްވާފަ އެވެ. މީގެ އިތުރުން އިނގިރޭސިވިލާތާއި. ކެނެޑާ އިން ވެސް ވަނީ މި މައްސަލައިގައި ކަންބޮޑުވުން ފާޅުކޮށް، އިޒްރޭލު ސަރުކާރުން މިކަމަށް ޖަވާބު ދާރީވާން ޖެހޭނެ ކަމަށް ބުނެފަ އެވެ.

ގްލޯބަލް ސުމޫދު ފްލޮޓިލާ ތުރުކީ އިން ފުރީ ޣައްޒާގެ ބްލޮކޭޑް ފޫއަޅުވާލުމަށް ފަހު އެހީ ފޯރު ކޮށްދިނުމަށެވެ. ނަމަވެސް އިޒްރޭލުގެ ސަލާމަތީ ބާރު ތަކުން ވަނީ މިދިޔަ ހަފުތާގައި އެ އުޅަނދު ހުއްޓުވައި، އޭގައި ތިބި 430 އެކްޓިވިސްޓުން ހައްޔަރުކޮށް އިޒްރޭލް އަށް ގެންގޮސްފަ އެވެ.

މަސްދަރު: އެޖެންސީސް

ޣައްޒާޣައްޒާ ހަނގުރާމައިޓަމާރ ބެން-ގްވިރްގްލޯބަލް ސުމޫދު ފްލޯޓިލާ

އިތުރަށް ކިޔާލަން

16 މެއި 2026

އިޒްރޭލްގެ ހަމަލާ ތަކެއްގައި ހަމާސްގެ އިސް ކޮމާންޑަރު ޝަހީދު ކޮށްލައިފި

16 މެއި 2026
އިޒްރޭލްގެ ހަމަލާ ތަކެއްގައި ހަމާސްގެ އިސް ކޮމާންޑަރު ޝަހީދު ކޮށްލައިފި
11 މެއި 2026

އިޒްރޭލްއާ ދެކޮޅަށް ދަތި ކުރުމުގެ ފިޔަވަޅު އެޅޭނެ ކަމުގެ އުންމީދު އެބަ އޮތް: ކަލާސް

11 މެއި 2026
އިޒްރޭލްއާ ދެކޮޅަށް ދަތި ކުރުމުގެ ފިޔަވަޅު އެޅޭނެ ކަމުގެ އުންމީދު އެބަ އޮތް: ކަލާސް
07 މެއި 2026

އިޒްރޭލްގެ ހަމަލާ ތަކުގައި ޒަޚަމުވި ހަމާސްގެ ލީޑަރުގެ ދަރިކަލުން އަވަހާރަ ވެއްޖެ

07 މެއި 2026
އިޒްރޭލްގެ ހަމަލާ ތަކުގައި ޒަޚަމުވި ހަމާސްގެ ލީޑަރުގެ ދަރިކަލުން އަވަހާރަ ވެއްޖެ
07 މެއި 2026

އިޒްރޭލް އިން ދިން ހަމަލާ ތަކެއްގައި ހަމާސްގެ ލީޑަރުގެ ދަރިކަލުން ޒަޚަމުވެއްޖެ

07 މެއި 2026
އިޒްރޭލް އިން ދިން ހަމަލާ ތަކެއްގައި ހަމާސްގެ ލީޑަރުގެ ދަރިކަލުން ޒަޚަމުވެއްޖެ
02 މެއި 2026

ފަލަސްޠީނަށް ތާއީދުކޮށް ބާއްވާ އެއްވުންތައް މަނާ ކުރުމަކީ ކުރަން ޖެހޭ ކަމެއް: އިނގިރޭސި ބޮޑު ވަޒީރު ސްޓާމާ

02 މެއި 2026
ފަލަސްޠީނަށް ތާއީދުކޮށް ބާއްވާ އެއްވުންތައް މަނާ ކުރުމަކީ ކުރަން ޖެހޭ ކަމެއް: އިނގިރޭސި ބޮޑު ވަޒީރު ސްޓާމާ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު