Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެމުދަލު ޒަކާތް

މިއަހަރު މުދަލު ޒަކާތުގެ ގޮތުގައި ބޮލަކަށް 5500 ދިވެހި ރުފިޔާ ބަހައިފި

މި އަހަރުގެ މުދަލު ޒަކާތުގެ ގޮތުގައި ފަގީރުންނާއި މިސްކީނުންގެ ދަފުތަރުގައި ހިމެނޭ 2،384 މީހުންނަށް ޖުމުލަ 13.1 މިލިއަން ރުފިޔާ ވަނީ މޯލްޑިވްސް ޒަކާތު ހައުސްއިން ބަހާފައި. މިއީ ރާއްޖޭގައި މުދަލު ޒަކާތުގެ ގޮތުގައި ބޮލަކަށް 5،000 ރުފިޔާއަށްވުރެ ގިނައިން ފައިސާ ދޫކުރި ފުރަތަމަ ފަހަރު ކަމަށް އެ އިދާރާއިން މައުލޫމާތުދޭ. މުދަލު ޒަކާތް ނެރުން ވާޖިބުވަނީ ނިޞާބު ހަމަވާ މިންވަރަށް އަތުގައި ފައިސާ ހުރެ، ހިޖުރީ ގޮތުން އެއް އަހަރުވުމުން އޭގެ 2.5 އިންސައްތަ.

އަމްނާ އިމާދު
އަމްނާ އިމާދު | 12 ޖޫން 2026 | ހުކުރު 07:45
އިސްލާމިކް މިނިސްޓްރީން ފިތުރު ޒަކާތް ބަލައިގަންނަނީ. ފައިލް ފޮޓޯ

އިސްލާމިކް މިނިސްޓްރީން ފިތުރު ޒަކާތް ބަލައިގަންނަނީ. ފައިލް ފޮޓޯ | ޒަކާތް ހައުސް

މިއަހަރު މުދަލު ޒަކާތުގެ ގޮތުގައި ބޮލަކަށް 5500 ދިވެހި ރުފިޔާ ބަހައިފައިވާ ކަމަށް މޯލްޑިވްސް ޒަކާތު ހައުސްއިން ބުނެފި އެވެ. 

މޯލްޑިވްސް ޒަކާތު ހައުސްއިން ބުނީ، 1447 ވަނަ އަހަރުގެ ހައްޖުމަހުގެ 1 ވަނަ ދުވަހާ ހަމައަށް ފަގީރުންނާއި މިސްކީނުންގެ ދަފުތަރުގައި ރަޖިސްޓަރީވެފައިވާ ޖުމުލަ 2،384 މީހުންނަށް މުދަލު ޒަކާތުގެ ފައިސާ ޖަމާކޮށްދީފައިވާ ކަމަށެވެ. 

Advertisement - newsAdvertisement

އެއީ އެކު ޖުމުލަ 13,112,000 (ތޭރަ މިލިއަން އެއްލައްކަ ބާރަހާސް) ދިވެހި ރުފިޔާ އެވެ.

ޒަކާތު ހައުސް އިން ބުނީ، މިއަހަރު ބޮލަކަށް ޖެހުނު މިންވަރަކީ މިދިޔަ އަހަރާ އަޅާބަލާއިރު އިތުރު އަދަދެއް ކަމަށެވެ. މިއީ ރާއްޖޭގައި މުދަލު ޒަކާތުގެ ގޮތުގައި ބޮލަކަށް 5،000 ރުފިޔާއަށްވުރެ މަތިން ފައިސާ ބެހި ފުރަތަމަ ފަހަރު ކަމަށް ޒަކާތު ހައުސްއިން ބުނެ އެވެ. 

މުދަލު ޒަކާތުގެ ނިޞާބަކީ ތިމާގެ މުދަލުގައި އެ މިންވަރެއް ހަމަވުމުން އެއިން މުދަލު ޒަކާތް ނެރުން ވާޖިބުވާ އެންމެ މަދު މިންވަރެވެ. މިއީ އިސްލާމް ދީނުގެ ރުކުނަކަށްވާއިރު އެމީހެއްގެ މިލްކިއްޔާތުގައި ނިޞާބު ހަމަވާ މިންވަރަށް ފައިސާ ހުރެ، އެ ފައިސާ ހުންނަތާ ހިޖުރީ ގޮތުން އެއް އަހަރު ވުމުން ޝަރުޢީ ހަމަތަކާ އެއްގޮތަށް އޭގެ ސާޅީސްބައި ކުޅަ އެއްބައި ނުވަތަ 2.5 އިންސައްތަ ޒަކާތުގެ ގޮތުގައި ނެރުން ވާޖިބުވާނެ އެވެ.

މޯލްޑިވްސް ޒަކާތު ހައުސްމުދަލު ޒަކާތް

އިތުރަށް ކިޔާލަން

04 ޖޫން 2026

ޒަކާތު ސްކޮލަރޝިޕަށް ހުށަހެޅުމުގެ ފުރުސަތު 16 ޖުލައިގެ ނިޔަލަށް އޮންނާނެ: ޒަކާތު ހައުސް

04 ޖޫން 2026
ޒަކާތު ސްކޮލަރޝިޕަށް ހުށަހެޅުމުގެ ފުރުސަތު 16 ޖުލައިގެ ނިޔަލަށް އޮންނާނެ: ޒަކާތު ހައުސް
22 މެއި 2026

އަތޮޅު ތެރޭގައި ގުރުއާން ސެންޓަރުތައް ބިނާކުރުމަށް ޒަކާތު ފަންޑުން އޭޕްރީލް މަހު 7 ލައްކައަށް ވުރެ ގިނަ ރުފިޔާ ދޫކޮށްފައިވޭ

22 މެއި 2026
އަތޮޅު ތެރޭގައި ގުރުއާން ސެންޓަރުތައް ބިނާކުރުމަށް ޒަކާތު ފަންޑުން އޭޕްރީލް މަހު 7 ލައްކައަށް ވުރެ ގިނަ ރުފިޔާ ދޫކޮށްފައިވޭ
19 މާރިޗު 2026

ފަގީރުންނާއި މިސްކީނުންގެ ދަފުތަރުގައިވާ ފަރާތްތަކަށް، ބޮލަކަށް 6,000 ދިވެހި ރުފިޔާގެ މަގުން ފިތުރު ޒަކާތް ބަހައިފި

19 މާރިޗު 2026
ފަގީރުންނާއި މިސްކީނުންގެ ދަފުތަރުގައިވާ ފަރާތްތަކަށް، ބޮލަކަށް 6,000 ދިވެހި ރުފިޔާގެ މަގުން ފިތުރު ޒަކާތް ބަހައިފި
12 މާރިޗު 2026

މާލެ ސަރަހައްދުގައި ގޮވާމުގެ ބާވަތްތަކުން ފިތުރު ޒަކާތް ދެއްކުމުގެ ފުރުސަތު އަންނަ ހޮނިހިރު ދުވަހު ހުޅުވާލަނީ

12 މާރިޗު 2026
މާލެ ސަރަހައްދުގައި ގޮވާމުގެ ބާވަތްތަކުން ފިތުރު ޒަކާތް ދެއްކުމުގެ ފުރުސަތު އަންނަ ހޮނިހިރު ދުވަހު ހުޅުވާލަނީ
01 ޖެނުއަރީ 2026

މޯލްޑިވްސް ޒަކާތު ހައުސް ޤާއިމުކޮށްފި

01 ޖެނުއަރީ 2026
މޯލްޑިވްސް ޒަކާތު ހައުސް ޤާއިމުކޮށްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު