Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެ
މޯލްޑިވްސް ޒަކާތު ހައުސް

އަތޮޅު ތެރޭގައި ގުރުއާން ސެންޓަރުތައް ބިނާކުރުމަށް ޒަކާތު ފަންޑުން އޭޕްރީލް މަހު 7 ލައްކައަށް ވުރެ ގިނަ ރުފިޔާ ދޫކޮށްފައިވޭ

މިދިޔަ އަހަރުގެ އޭޕްރީލް މަހާ އަޅާބަލާއިރު މިއަހަރުގެ އޭޕްރީލް މަހު މުދަލު ޒަކާތުގެ ފަންޑުން ކުރި ހޭދަ 34.8 އިންސައްތަ އިތުރުވެ، ޖުމްލަ 3.8 މިލިއަން ރުފިޔާ ހަރަދުކޮށްފައިވާ ކަމަށް ޒަކާތު ހައުސްގެ ތަފާސްހިސާބުތަކުން ދައްކާ. މީގެ ތެރެއިން އެންމެ ބޮޑު ހޭދައެއް ކޮށްފައިވަނީ ބޭސްފަރުވާއަށާއި ފަގީރުންނަށް އެހީވުމުގެ އިތުރުން ދީނީ އަދި ތައުލީމީ ކަން ކަމަށް. ހަމައެއާއެކު، އިދާރީ ހިންގުމަށް ކުރާ ހޭދަ ބޮޑުތަނުން ކުޑަކުރެވިފައިވާއިރު، މިއަހަރުގެ އޭޕްރީލް މަހު މުދަލު ޒަކާތުގެ ގޮތުގައި 5.4 މިލިއަން ރުފިޔާ ލިބިފައިވޭ.

އަމްނާ އިމާދު
އަމްނާ އިމާދު, ރާއްޖެ އެމްވީ | 22 މެއި 2026 | ހުކުރު 08:33
އިސްލާމިކް މިނިސްޓްރީގައި ފިތުރު ޒަކާތުގެ ފައިސާ ދޫކުރަނީ.

އިސްލާމިކް މިނިސްޓްރީގައި ފިތުރު ޒަކާތުގެ ފައިސާ ދޫކުރަނީ. | އިސްލާމިކް މިނިސްޓްރީ

މި އަހަރުގެ އެޕްރީލު މަހު މުދަލު ޒަކާތުން ކޮށްފައިވާ ހޭދަތައް އިތުރުވެފައިވާ ކަމަށް މޯލްޑިވްސް ޒަކާތު ހައުސް އިން ބުނެފި އެވެ. 

ފާއިތުވި އެޕްރީލު މަހު ޒަކާތު ފަންޑުން ކުރި ހޭދަތަކުގެ ތަފާސްހިސާބުތަކަށް ބަލާއިރު،2025 ވަނަ އަހަރުގެ އެޕްރީލު މަހު ހޭދަކުރި 2,828,118.28 ރުފިޔާއާ އަޅާބަލާއިރު، 2026 ވަނަ އަހަރުގެ އެޕްރީލު މަހު ޖުމްލަ 3,811,259.91 ރުފިޔާ ވަނީ ހޭދަކޮށްފަ އެވެ. މިއީ ގާތްގަނޑަކަށް 34.8 އިންސައްތައިގެ އިތުރުވުމެއް ކަމަށް ޒަކާތު ހައުސުން ބުނެ އެވެ. 

Advertisement - newsAdvertisement

ޒަކާތު ހައުސުން ބުނީ 2026 އެޕްރީލު މަހުގެ ހޭދަތަކުގެ ތަފާސްހިސާބުތައް ދައްކާ ގޮތުން، އެންމެ ބޮޑު ހޭދައެއްކޮށްފައިވަނީ ފަގީރުންނާއި މިސްކީނުންނަށް އެހީވުމަށާއި، ތައުލީމީ ދާއިރާއަށާއި، ކީރިތި ގުރުއާނާ ގުޅުންހުރި ޕުރޮގުރާމުތަކުގެ އިތުރުން އިޖުތިމާއީ ފައިދާއަށް ހިންގާ ހަރަކާތްތަކަށް ކަމަށެވެ. 

ފަގީރުންނާއި މިސްކީނުންނަށް ދިން އެހީ އިތުރުވިކަން ފާހަގަކޮށް ޒަކާތު ހައުސުން ބުނީ، 2026 އެޕްރީލު މަހު 1,449,239.39 ރުފިޔާ ހޭދަ ކޮށްފައިވާ ކަމަށެވެ. އެއީ ޒަރޫރީ ބޭނުންތަކަށް އެހީގެ ގޮތުގައި 182,731 ރުފިޔާ ހޭދަ ކޮށްފައިވާއިރު، ބޭސްފަރުވާގެ އެހީއަށް 1,266,508.39 ރުފިޔާ ހޭދަ ކޮށްފައިވެ އެވެ. 

މީގެ އިތުރުން ޒަކާތު ހައުސުން ބުނީ، ޒަކާތުގެ މަސައްކަތްތަކުގައި އުޅޭ މުވައްޒަފުންގެ މުސާރައާއި އިދާރީ ހިންގުމުގެ ހޭދަތައް ހިމެނޭ "ޢާމިލުން"ގެ ބައިން ކުރި ހޭދަ ކުޑަ ކުރެވިފައިވާ ކަމަށެވެ. 

ފާއިތުވި އެޕްރީލު މަހު ޒަކާތު ފަންޑުން ކުރި ހޭދަތަކުގެ ތަފާސްހިސާބުތައް.

އެގޮތުން 2025 ވަނަ އަހަރުގެ އެޕްރީލު މަހު މި ބައިން 483,077.82 ރުފިޔާ ހޭދަކޮށްފައިވާއިރު، މި އަހަރުގެ އެޕްރީލު މަހު މި އަދަދު ވަނީ 195,003.79 ރުފިޔާ އަށް ތިރިކުރެވިފައި ކަމަށް އެ އިދާރާއިން ބުނެ އެވެ. 

ފީސަބީލިﷲ މަޝްރޫއުތަކަށް ބޮޑު ކުރިއެރުމެއް ލިބުނުކަން ފާހަގަކޮށް ޒަކާތު ހައުސުން ބުނީ، މަތީ ތައުލީމު ފުރިހަމަ ކުރުމަށް 290,274.76 ރުފިޔާ، ޙާފިޛުން އުފެއްދުމުގެ ޕްރޮގްރާމްތަކާއި ގުރުއާނުގެ އިލްމު ފެތުރުމަށް 1,093,749.47 ރުފިޔާ އަދި އަތޮޅު ތެރޭގައި ގުރުއާން ސެންޓަރުތައް ބިނާކުރުމަށް 782,992.50 ރުފިޔާ އެހީގެ ގޮތުގައި ދޫކޮށްފައިވާ ކަމަށެވެ.

ޒަކާތު ހައުސްގެ ތަފާސްހިސާބުތަކަށް ބަލާއިރު، 2026 ވަނަ އަހަރުގެ އޭޕްރީލް މަހު މުދަލު ޒަކާތުގެ ގޮތުގައި ޖުމްލަ 5,434,893 ދިވެހި ރުފިޔާ ލިބިފައިވެ އެވެ. މިއީ އޭގެ ކުރީ މަހާ އަޅާބަލާއިރު 53.8 އިންސައްތައިގެ ދަށްވުމެއް ނަމަވެސް، 2025 ވަނަ އަހަރުގެ އޭޕްރީލް މަހާ އަޅާބަލާއިރު މިއީ 8.9 އިންސައްތައިގެ ކުރިއެރުމެކެވެ. 

މޯލްޑިވްސް ޒަކާތު ހައުސްމުދަލު ޒަކާތްގުރުއާނާބެހޭ މަރުކަޒު

ކޮމެންޓް

އިތުރަށް ކިޔާލަން

ފަގީރުންނާއި މިސްކީނުންގެ ދަފުތަރުގައިވާ ފަރާތްތަކަށް، ބޮލަކަށް 6,000 ދިވެހި ރުފިޔާގެ މަގުން ފިތުރު ޒަކާތް ބަހައިފި

ފަގީރުންނާއި މިސްކީނުންގެ ދަފުތަރުގައިވާ ފަރާތްތަކަށް، ބޮލަކަށް 6,000 ދިވެހި ރުފިޔާގެ މަގުން ފިތުރު ޒަކާތް ބަހައިފި

19 މާރިޗު 2026
މާލެ ސަރަހައްދުގައި ގޮވާމުގެ ބާވަތްތަކުން ފިތުރު ޒަކާތް ދެއްކުމުގެ ފުރުސަތު އަންނަ ހޮނިހިރު ދުވަހު ހުޅުވާލަނީ

މާލެ ސަރަހައްދުގައި ގޮވާމުގެ ބާވަތްތަކުން ފިތުރު ޒަކާތް ދެއްކުމުގެ ފުރުސަތު އަންނަ ހޮނިހިރު ދުވަހު ހުޅުވާލަނީ

12 މާރިޗު 2026
މޯލްޑިވްސް ޒަކާތު ހައުސް ޤާއިމުކޮށްފި

މޯލްޑިވްސް ޒަކާތު ހައުސް ޤާއިމުކޮށްފި

01 ޖެނުއަރީ 2026
ގާނޫނީ ދާއިރާގެ މުހިންމު ފޮތެއްގެ އިތުރުން "މުދަލު ޒަކާތް ހިސާބުކުރުން" ގެ ނަމުގައި ސުއޫދު ލިޔުއްވި ފޮތެއް ނެރެފި

ގާނޫނީ ދާއިރާގެ މުހިންމު ފޮތެއްގެ އިތުރުން "މުދަލު ޒަކާތް ހިސާބުކުރުން" ގެ ނަމުގައި ސުއޫދު ލިޔުއްވި ފޮތެއް ނެރެފި

29 ސެޕްޓެމްބަރު 2025
މުދަލު ޒަކާތް ނެރުން ވާޖިބުވާ ނިޞާބު ބަދަލުވެއްޖެ

މުދަލު ޒަކާތް ނެރުން ވާޖިބުވާ ނިޞާބު ބަދަލުވެއްޖެ

21 އޯގަސްޓު 2025

އަހަރުތަކުން މިއަދު

13 ޖޫން
"ސޮރީ" ފިލްމަށް ލިބުނު ބޮޑު ކާމިޔާބީ ފާހަގަކޮށްފި، ފިލްމު ދެއްކުމުގެ ކުރިން 15 ޝޯ ފުލް ވެއްޖެ
20251 އަހަރު ކުރިން
ރާއްޖެ

"ސޮރީ" ފިލްމަށް ލިބުނު ބޮޑު ކާމިޔާބީ ފާހަގަކޮށްފި، ފިލްމު ދެއްކުމުގެ ކުރިން 15 ޝޯ ފުލް ވެއްޖެ

އަރަފާތު ބިމުގައި ނެތް ނަމަވެސް އެދުވަހުގެ މާތްކަން ލިބިގަތުމަށް ރޯދަ ހިފުމާއި، ޒިކުރު ކުރުމާއި ދުއާ ކުރުމާއި ތަކުބީރު ކިޔުން ފަދަ ހެޔޮ އަމަލު ކުރެވިދާނެ - ހުތުބާ
20242 އަހަރު ކުރިން
ރާއްޖެ

އަރަފާތު ބިމުގައި ނެތް ނަމަވެސް އެދުވަހުގެ މާތްކަން ލިބިގަތުމަށް ރޯދަ ހިފުމާއި، ޒިކުރު ކުރުމާއި ދުއާ ކުރުމާއި ތަކުބީރު ކިޔުން ފަދަ ހެޔޮ އަމަލު ކުރެވިދާނެ - ހުތުބާ

ފްރާންސްގައި މެސީ އަށް ލިބެން ޖެހޭ އިހުތިރާމް ނުލިބުނު: އެމްބާޕޭ
20233 އަހަރު ކުރިން
ކުޅިވަރު

ފްރާންސްގައި މެސީ އަށް ލިބެން ޖެހޭ އިހުތިރާމް ނުލިބުނު: އެމްބާޕޭ

ޑްރަގަށްވުރެ ބިރުވެރި، ބޮޑު މަސްތެއްގައި ދިވެހިން ފައިސާތައް ބުރުއްސަނީ: އިދާރާތަކަށް ހިލަމެއްވޭ؟
20224 އަހަރު ކުރިން
ރިޕޯޓު

ޑްރަގަށްވުރެ ބިރުވެރި، ބޮޑު މަސްތެއްގައި ދިވެހިން ފައިސާތައް ބުރުއްސަނީ: އިދާރާތަކަށް ހިލަމެއްވޭ؟

ދުނިޔޭގެ އެންމެ ބޮޑު އާއިލާގެ ބައްޕަ މަރުވެ 39 އަނބިން ހުވަފަތްވެއްޖެ
20215 އަހަރު ކުރިން
ދުނިޔެ

ދުނިޔޭގެ އެންމެ ބޮޑު އާއިލާގެ ބައްޕަ މަރުވެ 39 އަނބިން ހުވަފަތްވެއްޖެ

ފަނޑިޔާރުގެ އިސްލާހުކުރުމަށް ކުރަންޖެހޭ އެންމެ މުހިންމު ކަމަކީ ސިޔާސީގޮތުން ވަންނަ ނުފޫޒު ހުއްޓުވުން: ލަތީފާ ޤާސިމް
20197 އަހަރު ކުރިން
ރާއްޖެ

ފަނޑިޔާރުގެ އިސްލާހުކުރުމަށް ކުރަންޖެހޭ އެންމެ މުހިންމު ކަމަކީ ސިޔާސީގޮތުން ވަންނަ ނުފޫޒު ހުއްޓުވުން: ލަތީފާ ޤާސިމް

ފިޠުރު ޒަކާތް
20188 އަހަރު ކުރިން
އިސްލާމް

ފިޠުރު ޒަކާތް

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު