Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެ މޯލްޑިވްސް ޒަކާތު ހައުސް

މޯލްޑިވްސް ޒަކާތު ހައުސް ޤާއިމުކޮށްފި

ޒަކާތުގެ ޤާނޫނަށް ޢަމަލުކުރަން ފެށުމުގެ ކުރިން އިސްލާމީ ވުޒާރާގެ ދަށުން ހިނގަމުން އައި ޒަކާތު ހައުސް އުވާލައި، ޤާނޫނުގެ ދަށުން ހިނގާ އިދާރާއެއްގެ ގޮތުގައި އާ ޒަކާތު ހައުސެއް ޤާއިމުކޮށްފި. ޒަކާތުގެ ފުރަތަމަ ޤާނޫނު 2025 ޑިސެންބަރު 6 ގައި ރައީސް ތަސްދީޤުކުރައްވައި، އާ އަހަރާއެކު ޢަމަލުކުރަން ފަށައިފި.

ފަޒީލް އަބްދުލް ލަތީފް
ފަޒީލް އަބްދުލް ލަތީފް | 1 ޖެނުއަރީ 2026 | ބުރާސްފަތި 11:12
ޒަކާތް ދިނުން: މޯލްޑިވްސް ޒަކާތު ހައުސް ވަނީ ބުރާސްފަތި ދުވަހު ރަސްމީކޮށް ގާއިމުކުރައްވާފަ

ޒަކާތް ދިނުން: މޯލްޑިވްސް ޒަކާތު ހައުސް ވަނީ ބުރާސްފަތި ދުވަހު ރަސްމީކޮށް ގާއިމުކުރައްވާފަ

ޒަކާތުގެ ޤާނޫނުގެ ދަށުން، އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާގެ ދަށުން ހިނގަމުންދާ އިދާރާއެއްގެ ގޮތުގައި، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، ބުރާސްފަތި ދުވަހު މޯލްޑިވްސް ޒަކާތު ހައުސް ޤާއިމު ކުރައްވައިފި އެވެ.

މިއާއެކު، ޒަކާތުގެ ޤާނޫނަށް ޢަމަލުކުރަން ފެށުމުގެ ކުރިން އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާގެ ދަށުން ހިނގަމުން އައި މޯލްޑިވްސް ޒަކާތު ހައުސް،  ވަނީ އުވާލައްވާފަ އެވެ.

Advertisement - newsAdvertisement

ޒަކާތުގެ ފުރަތަމަ ޤާނޫނު ރައީސުލްޖުމްހޫރިއްޔާ ތަސްދީޤު ކުރެއްވީ، ނިމިދިޔަ 2025 ވަނަ އަހަރުގެ ޑިސެންބަރު 6 ވަނަ ދުވަހު އެވެ. އަދި މި ފެށުނު އާ އަހަރާއެކު، މި ޤާނޫނަށް ޢަމަލުކުރަން ފެށޭނެ އެވެ. 

މި ގާނޫނު ގައި ކުށެއްގެ ގޮތުގައި ކަނޑައަޅައިފައިވާ ކަންތައްތަކުގެ ތެރޭގައި، ޒަކާތް ދެއްކުން ނޫން ލާޒިމް މީހެއްގެ އަތުން ޒަކާތް ނެގުމާއި ޒަކާތް ދެއްކުން ލާޒިމުނުވާ މުދަލަކުން ޒަކާތް ނެގުން ހިމެނެ އެވެ. އަދި ޒަކާތު ފައިސާ ހައްގު ނޫން ގޮތުގައި ބެހުމާއި އިންވެސްޓުކުރުން ވެސް ކުށެއްގެ ގޮތުގައި ބަޔާންކޮށްފައިވެ އެވެ.

އޭގެ ތެރެއިން ކުށެއް ކޮށްފި ނަމަ 1،000 ރުފިޔާ އާއި އެއްލައްކަ ރުފިޔާ އާ ދެމެދުގެ އަދަދަކުން ޖޫރިމަނާ ކުރެވޭނެ ކަމަށް ގާނޫނުގައިވެ އެވެ. 

ޒަކާތު ހައުސް ގެ މަސައްކަތްތަކުގެ ތެރޭގައި، ޒަކާތް ބަލައިގަތުމުގެ އިންތިޒާމު ހަމަޖެއްސުމާއި ޒަކާތް ހައްގުވާ ފަރާތްތަކަށް ޒަކާތް ދޫކުރުމުގެ އިންތިޒާމުތައް ހަމަޖެއްސުމާއި ކޮންމެ ހަ މަހަކުން އެއްފަހަރު މުދަލު ޒަކާތުގެ ނިސާބު އިއުލާނުކުރުން ހިމެނެއެވެ. އަދި ކަމާބެހޭ އިދާރާތަކާ ގުޅިގެން ފަގީރުންނާއި މިސްކީނުންގެ ދަފުތަރު އެކުލަވައިލައި އަދާހަމަކޮށް ބެލެހެއްޓުމުގެ މަސައްކަތް ވެސް އެ އިދާރާއިން ކުރަން ޖެހެއެވެ.

ޒަކާތުގެ ޤާނޫނުމޯލްޑިވްސް ޒަކާތު ހައުސް

އިތުރަށް ކިޔާލަން

01 މާރިޗު 2025

މިއަހަރުގެ ރަމަޟާންމަހުގެ ފިޠުރު ޒަކާތް ބަލައިގަންނަން ފަށައިފި

01 މާރިޗު 2025
މިއަހަރުގެ ރަމަޟާންމަހުގެ ފިޠުރު ޒަކާތް ބަލައިގަންނަން ފަށައިފި
28 ފެބުރުއަރީ 2025

ފިޠުރުޒަކާތް ބަލައިގަތުމަށް ހަމަޖެހިފައިވާ ސުންގަޑި އާއްމުކޮށްފި

28 ފެބުރުއަރީ 2025
ފިޠުރުޒަކާތް ބަލައިގަތުމަށް ހަމަޖެހިފައިވާ ސުންގަޑި އާއްމުކޮށްފި
23 ޑިސެމްބަރު 2024

ޒަކާތް ނެރުމާއި ބެހުމުގައި ޢަމަލުކުރާނެ ގޮތުގެ ޝަރުޢީ އަސާސްތަކާއި މިންގަނޑުތައް އާންމުކޮށްފި

23 ޑިސެމްބަރު 2024
ޒަކާތް ނެރުމާއި ބެހުމުގައި ޢަމަލުކުރާނެ ގޮތުގެ ޝަރުޢީ އަސާސްތަކާއި މިންގަނޑުތައް އާންމުކޮށްފި
10 މެއި 2024

ފަލަސްތީނުގެ ރައްޔިތުންނަށް އެހީވުމަށް ޒަކާތު ހައުސްއިން އެއްލައްކަ ޑޮލަރު ދެނީ

10 މެއި 2024
ފަލަސްތީނުގެ ރައްޔިތުންނަށް އެހީވުމަށް ޒަކާތު ހައުސްއިން އެއްލައްކަ ޑޮލަރު ދެނީ
09 މެއި 2024

ފަޤީރުންނާއި މިސްކީނުންގެ ދަފުތަރު އެކުލަވައިލުމާ ގުޅޭ އުސޫލަށް އަމަލުކުރަން ފަށައިފި

09 މެއި 2024
ފަޤީރުންނާއި މިސްކީނުންގެ ދަފުތަރު އެކުލަވައިލުމާ ގުޅޭ އުސޫލަށް އަމަލުކުރަން ފަށައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު