Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުބްރެޒިލް ޤައުމީ ޓީމު

ނޭމާގެ ޙާލަތު ރަނގަޅު ކަމަށް ބްރެޒިލް އިން ބުނެފި

މިދިޔަ ހޯމަ ދުވަހު ނޭމާގެ ހަށިގަނޑުގެ އެމްއާރުއައި ސްކޭނެއް ހަދާފައިވާކަން ފާހަގަކޮށް ބްރެޒިލްގެ ފެޑެރޭޝަން އިން ބުނީ، ޓެސްޓު ތަކުގެ ނަތީޖާ އިން ދައްކާ ގޮތުގައި ނޭމާގެ ޙާލަތު އަންނަނީ ރަނގަޅު ވަމުން ކަމަށް. އަދި މި ކުރިއެރުން ތަކަކީ، މެޑިކަލް ޓީމުން އުންމީދު ކުރި މިންގަނޑު ތަކުގެ ތެރޭގައި ހުރި ކުރިއެރުން ތަކެއް ކަމަށް ވެސް އެ އިދާރާ އިން ބުނެފައިވޭ.

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 10 ޖޫން 2026 | ބުދަ 07:26
ބްރެޒިލްގެ ތަރި ނޭމާ ޖޫނިއާ.

ބްރެޒިލްގެ ތަރި ނޭމާ ޖޫނިއާ. | ރޮއިޓާސް

ބްރެޒިލް ޤައުމީ ޓީމުގެ ތަރި ނޭމާ ޖޫނިއާ އަށް ލިބިފައިވާ އަނިޔާ އިން ރަނގަޅުވުމަށް ކުރަމުން އަންނަ މަސައްކަތް ތަކުގެ ތެރެއިން، އުންމީދު ކުރި ވަރަށް ވުރެ ބޮޑަށް އޭނާގެ ޙާލަތު ރަނގަޅު ވަމުން އަންނަ ކަމަށް ބްރެޒިލް އިން ބުނެފި އެވެ.

ބްރެޒިލްގެ ފުޓުބޯޅަ ފެޑެރޭޝަން އިން ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ، ނޭމާގެ ފަރުވާގެ ކަންކަން ކުރިއަށް ދަނީ ވަރަށް ހެޔޮ ބަދަލުތަކާ އެކު ކަމަށެވެ. 

މިދިޔަ ހޯމަ ދުވަހު ނޭމާގެ ހަށިގަނޑުގެ އެމްއާރުއައި ސްކޭނެއް ހަދާފައިވާކަން ފާހަގަކޮށް ބްރެޒިލްގެ ފެޑެރޭޝަން އިން ބުނީ، ޓެސްޓު ތަކުގެ ނަތީޖާ އިން ދައްކާ ގޮތުގައި ނޭމާގެ ޙާލަތު އަންނަނީ ރަނގަޅު ވަމުން ކަމަށެވެ. އަދި މި ކުރިއެރުން ތަކަކީ، މެޑިކަލް ޓީމުން އުންމީދު ކުރި މިންގަނޑު ތަކުގެ ތެރޭގައި ހުރި ކުރިއެރުން ތަކެއް ކަމަށް ވެސް އެ އިދާރާ އިން ބުނެފައިވެ އެވެ. 

ނޭމާގެ ރިކަވަރީ، ނުވަތަ އަނިޔާ އިން ރަނގަޅު ވުމަށް ކުރިއަށް ގެންދާ ޕްރޮގްރާމްއާ ގުޅޭ ގޮތުން ފެޑެރޭޝަން އިން ބުނީ، ކުރިއަށް އޮތް ތަނުގައި އޭނާ އަމަލު ކުރަމުން ދާނީ ބްރެޒިލްގެ ޤައުމީ ޓީމުގެ މެޑިކަލް ކޮމިޝަން އިން ރާވާފައިވާ ޕްލޭންއާ އެއްގޮތަށް ކަމަށެވެ. މި ޕްލޭން އަކީ، އޭނާ އެނބުރި ދަނޑަށް ނިކުތުމަށްޓަކައި ބޭނުންވާ ފިޒިކަލް ފިޓްނަސް ހޯދުމަށް ވަރަށް ބޮޑަށް ބަލައިގެން ތައްޔާރު ކޮށްފައިވާ އުސޫލު ތަކެއް ކަމަށް ވެސް އެ ބަޔާނުގައި ބުނެފައިވެ އެވެ. 

ވޯލްޑް ކަޕާ ކުރިމަތިލާއިރު، ބްރެޒިލްގެ ޤައުމީ ޓީމުގައި އެންމެ ފާހަގަ ކޮށްލެވޭ ނޭމާ އަށް އަނިޔާ ވުމުގެ ސަބަބުން ކުޅުމާ ދުރުގައި ހުންނަން ޖެހުމަކީ ބްރެޒިލްގެ ޤައުމީ ޓީމަށް ކުރިމަތިވެފައިވާ ނުތަނަވަސް ކަމެކެވެ. ނަމަވެސް، އެންމެ ފަހުގެ މެޑިކަލް ރިޕޯޓުތަކާ އެކު، ނޭމާ އަވަސް މުއްދަތެއްގެ ތެރޭގައި އަލުން ކުޅުމުގެ ތެރެއަށް އަތުވެދާނެ ކަމުގެ އުންމީދު ވަނީ ބޮޑުވެފައި އެވެ. 

ބްރެޒިލްގެ މެޑިކަލް ޓީމުން އަންނަނީ ނޭމާގެ ޙާލަތު ވަރަށް ގާތުން ބަލަމުން ކަމަށެވެ. އަދި އޭނާގެ ފަރުވާގެ ކަންކަން ކުރިއަށްދާ ގޮތުގެ ތަފްސީލުތައް ޤަވާއިދުން އާންމު ކުރަމުން ދާނެ ކަމަށް ވެސް، ބްރެޒިލްގެ ފުޓުބޯޅަ ފެޑެރޭޝަން އިން ވަނީ ބުނެފައި އެވެ. 

ބްރެޒިލް ފުޓްބޯޅަ ޓީމުބްރެޒިލް ފުޓުބޯޅަ ފެޑެރޭޝަންނޭމާ

އިތުރަށް ކިޔާލަން

20 މެއި 2026

ނޭމާ ބްރެޒިލްގެ ޤައުމީ ޓީމަށް، އަންޗެލޮޓީ ބުނީ ވޯލްޑް ކަޕް ކާމިޔާބު ކުރެވޭނެ ކަމަށް

20 މެއި 2026
ނޭމާ ބްރެޒިލްގެ ޤައުމީ ޓީމަށް، އަންޗެލޮޓީ ބުނީ ވޯލްޑް ކަޕް ކާމިޔާބު ކުރެވޭނެ ކަމަށް
01 ޖެނުއަރީ 2026

އިތުރު އެއް އަހަރަށް، ސަންޓޯސްގެ އެއްބަސްވުން ނޭމާ އައު ކޮށްފި

01 ޖެނުއަރީ 2026
އިތުރު އެއް އަހަރަށް، ސަންޓޯސްގެ އެއްބަސްވުން ނޭމާ އައު ކޮށްފި
28 ޖެނުއަރީ 2025

ނޭމާ، ކުރީގެ ކުލަބުން ސަންޓޯސް އަށް ބަދަލު ވަނީ

28 ޖެނުއަރީ 2025
ނޭމާ، ކުރީގެ ކުލަބުން ސަންޓޯސް އަށް ބަދަލު ވަނީ
18 ޑިސެމްބަރު 2024

ބްރެޒިލް ފުޓުބޯޅަ ފެޑެރޭޝަންގެ ރައީސްކަމަށް ރޮނާލްޑޯ ވާދަކުރަނީ

18 ޑިސެމްބަރު 2024
ބްރެޒިލް ފުޓުބޯޅަ ފެޑެރޭޝަންގެ ރައީސްކަމަށް ރޮނާލްޑޯ ވާދަކުރަނީ
22 އޮކްޓޯބަރު 2024

އަލް ޙިލާލް މޮޅުވީއިރު، ނޭމާ އެނބުރި ކުޅުމުގެ ތެރެއަށް

22 އޮކްޓޯބަރު 2024
އަލް ޙިލާލް މޮޅުވީއިރު، ނޭމާ އެނބުރި ކުޅުމުގެ ތެރެއަށް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު