Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެޣައްޒާ ހަނގުރާމަ

އިޒްރޭލްގެ ހަމަލާ ތަކެއްގައި ހަމާސްގެ އިސް ކޮމާންޑަރު ޝަހީދު ކޮށްލައިފި

ޣައްޒާގެ އުތުރުގައި ހުރި މިސްކިތް ތަކުން ހޮނިހިރު ދުވަހު އިއުލާން ކޮށްފައިވާ ގޮތުގައި، ޝަހީދުވެފައި ވަނީ ހަމާސްގެ އަސްކަރީ ފައުޖުގެ އިސް ކޮމާންޑަރެއް ކަމަށްވާ އިއްޒުއްދީން އަލް ހައްދާދު. މަންޒަރު ދުށް މީހުންނާ ހަވާލާދީ ބައިނަލްއަޤުވާމީ މީޑިއާ ތަކުގައި ރިޕޯޓު ކޮށްފައިވާ ގޮތުގައި، ޣައްޒަ ސިޓީގެ އެކި މިސްކިތް ތަކުން ވަނީ އޭނާ ޝަހީދުވެފައިވާކަން އާންމުކޮށް އިއުލާން ކޮށްފައި.

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 16 މެއި 2026 | ހޮނިހިރު 11:18
އިޒްރޭލް އިން ދިން ހަމަލާއެއްގައި ޝަހީދުވި ފަލަސްތީނުގެ ރައްޔިތުންގެ ޖަނާޒާގެ ތެރެއިން، ހިތާމައިގައި ތިބި މީހުން މައްޔިތެއްގެ ހަށިގަނޑު އުފުލައިގެން ގެންދަނީ.

އިޒްރޭލް އިން ދިން ހަމަލާއެއްގައި ޝަހީދުވި ފަލަސްތީނުގެ ރައްޔިތުންގެ ޖަނާޒާގެ ތެރެއިން، ހިތާމައިގައި ތިބި މީހުން މައްޔިތެއްގެ ހަށިގަނޑު އުފުލައިގެން ގެންދަނީ. | ރޮއިޓާސް

އިޒްރޭލް އިން ދިން ވަރުގަދަ ވައިގެ ހަމަލާތަކެއްގައި ހަމާސްގެ އަސްކަރީ ފައުޖު، އިއްޒުއްދީން އަލް ގައްސާމް ބްރިގޭޑްސްގެ ކޮމާންޑަރަކު ޝަހީދު ކޮށްލާފައިވާ ކަމަށް އިއުލާން ކޮށްފި އެވެ. 

ޣައްޒާގެ މިސްކިތް ތަކުން މިކަން އިއުލާން ކޮށްފައި މި ވަނީ، ހަމާސްގެ އިސް ކޮމާންޑަރަކަށް އަމާޒުކޮށް ހަމަލާ ދީފައިވާ ކަމަށް އިޒްރޭލް އިން އިއުލާން ކުރިތާ އެއް ދުވަސް ފަހުންނެވެ. 

ޣައްޒާގެ އުތުރުގައި ހުރި މިސްކިތް ތަކުން ހޮނިހިރު ދުވަހު އިއުލާން ކޮށްފައިވާ ގޮތުގައި، ޝަހީދުވެފައި ވަނީ ހަމާސްގެ އަސްކަރީ ފައުޖުގެ އިސް ކޮމާންޑަރެއް ކަމަށްވާ އިއްޒުއްދީން އަލް ހައްދާދު އެވެ. މަންޒަރު ދުށް މީހުންނާ ހަވާލާދީ ބައިނަލްއަޤުވާމީ މީޑިއާ ތަކުގައި ރިޕޯޓު ކޮށްފައިވާ ގޮތުގައި، ޣައްޒަ ސިޓީގެ އެކި މިސްކިތް ތަކުން ވަނީ އޭނާ ޝަހީދުވެފައިވާކަން އާންމުކޮށް އިއުލާން ކޮށްފަ އެވެ. 

އިޒްރޭލްގެ އަސްކަރިއްޔާ އިން ހުކުރު ދުވަހު ބުނެފައި ވަނީ، ހަމާސްގެ އަސްކަރީ ފައުޖުގެ އިސް ވެރިޔަކަށް އަމާޒުކޮށް ވައިގެ މަގުން ހަމަލާ ދީފައިވާ ކަމަށެވެ. ނަމަވެސް، އެ ހަމަލާ ތަކުގައި އަލް ހައްދާދު ޝަހީދުވިކަން ނުވަތަ ނޫންކަން އިޒްރޭލް އިން މިހާތަނަށް ރަސްމީކޮށް ކަށަވަރު ކޮށްދީފައި ނުވެ އެވެ. 

މި ހާދިސާއާ ގުޅިގެން ހަމާސް ޖަމާއަތުން މިހާތަނަށް އަދި ރަސްމީ އެއްވެސް ބަހެއް ބުނެފައި ނުވެ އެވެ. އެ ޖަމާއަތުގެ އަސްކަރީ ކޮމާންޑަރުގެ މަރާ ގުޅޭ ގޮތުން ނޫސްވެރިން ސުވާލު ކުރުމުން ވެސް، ހަމާސް އިން ވަނީ ވަކި އެއްޗެއް ބުނަން އިންކާރު ކޮށްފަ އެވެ. 

އިއްޒުއްދީން އަލް ހައްދާދު އަކީ ހަމާސްގެ އަސްކަރީ ޙަރަކާތް ތަކުގައި އިސް ދައުރެއް އަދާ ކުރައްވާ ބޭފުޅެކެވެ. އޭނާ ޝަހީދުވި ކަމުގެ ޚަބަރު މިސްކިތް ތަކުން އިއުލާން ކުރި ނަމަވެސް، އެކަމާ ގުޅޭ އިތުރު ތަފްސީލެއް މިހާތަނަށް އެއްވެސް ފަރާތަކުން ހާމަ ކޮށްފައި ނުވެ އެވެ.  

މަސްދަރު: ރޮއިޓާސް

އިޒްރޭލް-ޣައްޒާޣައްޒާ ހަނގުރާމަހަމާސް

އިތުރަށް ކިޔާލަން

11 މެއި 2026

އިޒްރޭލްއާ ދެކޮޅަށް ދަތި ކުރުމުގެ ފިޔަވަޅު އެޅޭނެ ކަމުގެ އުންމީދު އެބަ އޮތް: ކަލާސް

11 މެއި 2026
އިޒްރޭލްއާ ދެކޮޅަށް ދަތި ކުރުމުގެ ފިޔަވަޅު އެޅޭނެ ކަމުގެ އުންމީދު އެބަ އޮތް: ކަލާސް
07 މެއި 2026

އިޒްރޭލްގެ ހަމަލާ ތަކުގައި ޒަޚަމުވި ހަމާސްގެ ލީޑަރުގެ ދަރިކަލުން އަވަހާރަ ވެއްޖެ

07 މެއި 2026
އިޒްރޭލްގެ ހަމަލާ ތަކުގައި ޒަޚަމުވި ހަމާސްގެ ލީޑަރުގެ ދަރިކަލުން އަވަހާރަ ވެއްޖެ
07 މެއި 2026

އިޒްރޭލް އިން ދިން ހަމަލާ ތަކެއްގައި ހަމާސްގެ ލީޑަރުގެ ދަރިކަލުން ޒަޚަމުވެއްޖެ

07 މެއި 2026
އިޒްރޭލް އިން ދިން ހަމަލާ ތަކެއްގައި ހަމާސްގެ ލީޑަރުގެ ދަރިކަލުން ޒަޚަމުވެއްޖެ
02 މެއި 2026

ފަލަސްޠީނަށް ތާއީދުކޮށް ބާއްވާ އެއްވުންތައް މަނާ ކުރުމަކީ ކުރަން ޖެހޭ ކަމެއް: އިނގިރޭސި ބޮޑު ވަޒީރު ސްޓާމާ

02 މެއި 2026
ފަލަސްޠީނަށް ތާއީދުކޮށް ބާއްވާ އެއްވުންތައް މަނާ ކުރުމަކީ ކުރަން ޖެހޭ ކަމެއް: އިނގިރޭސި ބޮޑު ވަޒީރު ސްޓާމާ
27 އެޕްރީލު 2026

ސަލާމަތީ ސަބަބު ތަކަށްޓަކައި ނަތަންޔާހޫގެ ބަޔާން ނެގުން ކެންސަލް ކޮށްފި

27 އެޕްރީލު 2026
ސަލާމަތީ ސަބަބު ތަކަށްޓަކައި ނަތަންޔާހޫގެ ބަޔާން ނެގުން ކެންސަލް ކޮށްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު