Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެ
އީރާން ހަނގުރާމަ

ހަނގުރާމަ މެދު ކަނޑާލުމުގެ އެއްބަސްވުމާ އެމެރިކާ އިން ޚިލާފު ވެއްޖެ: އީރާން

އީރާންގެ ފޮރިން މިނިސްޓްރީ އިން ބުނީ، އެމެރިކާ އިން އީރާން އަށް ހަމަލާ ދިނުމަށް އެ ގައުމުގެ ބިން ނުވަތަ ވައިގެ ސަރަހައްދު ބޭނުން ކުރުމަށް ހުއްދަ ދޭ ކޮންމެ ގައުމަކަށް ވެސް ރައްދު ހަމަލާ ދިނުމުގެ ހައްގު އީރާން އަށް ލިބިގެންވާ ކަމަށް. މިއީ އީރާންގެ ސަރަހައްދީ ސަލާމަތާއި، ގައުމީ ރައްކާތެރި ކަމަށް ކުރިމަތި ވެފައިވާ ސީދާ ނުރައްކަލެއް ކަމަށް އެ ގައުމުގެ ރަސްމީ ބަޔާނުގައި ބުނެފައިވޭ.

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް, ރާއްޖެ އެމްވީ | 3 ޖޫން 2026 | ބުދަ 09:56
އީރާާންގެ ދިދަ.

އީރާާންގެ ދިދަ. | ރޮއިޓާސް

ހަނގުރާމަ މެދު ކަނޑާލުމަށް ޤާއިމު ކޮށްފައިވާ އެއްބަސްވުމާ އެމެރިކާ އިން ޚިލާފު ވެފައިވާ ކަމަށް އީރާން އިން ބުނެފި އެވެ. 

ބުދަ ދުވަހު އީރާން އިން މިހެން ބުނީ ހޮރްމޫޒް ކަނޑު އޮޅީގައި އޮތް އީރާންގެ ތެޔޮ ބޯޓަކަށް އެމެރިކާ އިން ހަމަލާ ދިނުމާއި، ގެޝްމް ރަށުގައި ހުރި ޓެލެކޮމިއުނިކޭޝަން ޓަވަރަކަށް އެމެރިކާ އިން ހަމަލާ ދީފައި ވަނިކޮށެވެ. އީރާން އިން ވަނީ އެމެރިކާގެ ހަމަލާތައް ކުށްވެރި ކުރުމާ އެކު، އެމެރިކާ އިން ހަނގުރާ މެދު ކަނޑާލުމުގެ އެއްބަސްވުމާ ޚިލާފުވެފައިވާ ކަމަށް ބުނެފައި އެވެ. 

އީރާން އިން ބުނީ އެ ޤައުމަށް އަމިއްލަ ނަފްސު ދިފާއު ކުރުމުގެ ހައްގު ލިބިގެންވާ ކަމަށާއި، މިފަދަ ހަމަލާ ތަކަށް ރައްދު ދިނުމަށް ލިބިފައިވާ ހުރިހާ ވަސީލަތް ތަކެއް ބޭނުން ކުރާނެ ކަމަށެވެ. އަދި އަންނަން އޮތް ހަމަލާ ތަކުގެ މަސްދަރަށް ހަމަލާ ދިނުން ހިމެނޭ ގޮތުން، ރައްދު ދިނުމުގެ ފުރުސަތު އީރާން އަށް ލިބިގެންވާ ކަމަށް އެ ގައުމުގެ ފޮރިން މިނިސްޓްރީ އިން ބުނެފައިވެ އެވެ.

އީރާންގެ ފޮރިން މިނިސްޓްރީ އިން ބުނީ، އެމެރިކާ އިން އީރާން އަށް ހަމަލާ ދިނުމަށް އެ ގައުމުގެ ބިން ނުވަތަ ވައިގެ ސަރަހައްދު ބޭނުން ކުރުމަށް ހުއްދަ ދޭ ކޮންމެ ގައުމަކަށް ވެސް ރައްދު ހަމަލާ ދިނުމުގެ ހައްގު އީރާން އަށް ލިބިގެންވާ ކަމަށެވެ. މިއީ އީރާންގެ ސަރަހައްދީ ސަލާމަތާއި، ގައުމީ ރައްކާތެރި ކަމަށް ކުރިމަތި ވެފައިވާ ސީދާ ނުރައްކަލެއް ކަމަށް އެ ގައުމުގެ ރަސްމީ ބަޔާނުގައި ބުނެފައިވެ އެވެ.

މި ހަމަލާ ތަކަކީ އީރާންގެ ސަރަހައްދީ ސިޔާދަތަށް ދޭ ހަމަލާއެއް ކަމަށާއި، މިއީ ބައިނަލްއަގުވާމީ ގާނޫނުގެ އަސާސް އާއި އުސޫލުތަކާ ހިލާފު ހަމަލާ ތަކެއް ކަމަށް އީރާން އިން ބުނެފައިވެ އެވެ. އީރާން އިން ބުނީ މި ހަމަލާ ތަކުގެ ސަބަބުން ސުލްހައިގެ މަސައްކަތް ތަކަށް ބުރޫ އަރާ ކަމަށާއި، ސަރަހައްދުގެ އަމާންކަން ގެއްލޭނެ ކަމަށެވެ.

އީރާންގެ ފޮރިން މިނިސްޓްރީ އިން ބުނީ، ހަނގުރާމަ މެދު ކަނޑާލުމުގެ އެއްބަސްވުމުގެ ދަށުން އެމެރިކާ އިން ނަގަން ޖެހޭ ފިޔަވަޅުތައް ނުނަގައި ބާރުގެ ބޭނުން ކުރުމަކީ ބަލައި ގަނެވޭނެ ކަމެއް ނޫން ކަމަށެވެ. އީރާން އިން ވަނީ ބައިނަލްއަގުވާމީ މުޖުތަމައު އަށް މި މައްސަލައިގައި ވަރަށް ހަރުކަށި ގޮވާލުމެއް ގޮވާލައި، އެމެރިކާގެ އަމަލުތައް ހުއްޓުވުމަށް ގޮވާލާފައި އެވެ.

މި ހަދިސާތައް ހިނގާފައި ވަނީ މެދު އިރުމަތީގެ ސަރަހައްދުގައި ނުތަނަވަސްކަން އިތުރު ވެފައިވާ ދަނޑިވަޅެއްގައި އެވެ. އީރާން އިން ބުނީ އެ ގައުމުގެ ރައްކާތެރިކަމާއި، މިނިވަންކަން ރައްކާތެރި ކުރުމަށް ބޭނުންވާ ހުރިހާ ފިޔަވަޅެއް އަޅާނެ ކަމަށެވެ.

މަސްދަރު: ރޮއިޓާސް

އީރާން-އެމެރިކާއީރާން-އިޒްރޭލްއެމެރިކާ-އިޒްރޭލް-އިރާން ހަނގުރާމަ

އިތުރަށް ކިޔާލަން

03 ޖޫން 2026

އެމެރިކާގެ އުދުވާނީ ހަމަލާތަކަށް އިރާނުން ވަރުގަދަ ހަމަލާތަކެއް ދީފި

03 ޖޫން 2026
އެމެރިކާގެ އުދުވާނީ ހަމަލާތަކަށް އިރާނުން ވަރުގަދަ ހަމަލާތަކެއް ދީފި
03 ޖޫން 2026

ގަލްފު ސަރަހައްދުގައި އީރާން އިން ދިން މިސައިލް ހަމަލާ ތަކެއް ކާމިޔާބު ކަމާ އެކު ހުއްޓުވާފައިވާ ކަމަށް އެމެރިކާ އިން ބުނެފި

03 ޖޫން 2026
ގަލްފު ސަރަހައްދުގައި އީރާން އިން ދިން މިސައިލް ހަމަލާ ތަކެއް ކާމިޔާބު ކަމާ އެކު ހުއްޓުވާފައިވާ ކަމަށް އެމެރިކާ އިން ބުނެފި
03 ޖޫން 2026

އީރާންގެ ކްރިޕްޓޯ އެކްސްޗޭންޖު ތަކަށް އެމެރިކާ އިން ފިޔަވަޅު އަޅައިފި

03 ޖޫން 2026
އީރާންގެ ކްރިޕްޓޯ އެކްސްޗޭންޖު ތަކަށް އެމެރިކާ އިން ފިޔަވަޅު އަޅައިފި
03 ޖޫން 2026

މުޖުތަބާ ޚާމަނާއީ ދިރި އެބަހުރި، ޙަރަކާތްތެރިކަން އިތުރުވޭ: ރޫބިއޯ

03 ޖޫން 2026
މުޖުތަބާ ޚާމަނާއީ ދިރި އެބަހުރި، ޙަރަކާތްތެރިކަން އިތުރުވޭ: ރޫބިއޯ
03 ޖޫން 2026

މިއީ އެއްބަސްވުމަކަށް އަންނަންވީ ވަގުތު: ޓްރަމްޕް

03 ޖޫން 2026
މިއީ އެއްބަސްވުމަކަށް އަންނަންވީ ވަގުތު: ޓްރަމްޕް
ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު